ޚިޔާލު / ރާއްޖެ-އިންޑިއާ

އޮޅުން ބޮޅުން: ކޮންމެ މީހަކު ދިނަސް ދަރަނި ވާނީ ދަރަންޏަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު، ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމަނިކުފާނު އެއާޕޯޓުގައި---ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ޢަބްދުﷲ

11 ޖޫން 2019 - 09:27

36 comments

ކޮންމެ މީހަކު ދިން ކަމުގައި ވިޔަސް، ނުވަތަ ކޮންމެ ގައުމަކުން ދިން ކަމުގައި ވިޔަސް، ދަރަންޏަށް، ބަޔަކު އެއްޗެއް ދީފި ނަމަ، އެ ވާނީ ދަރަންޏަކަށެވެ. އެ ދަރަންޏަކީ ޗައިނާ ސަރުކާރުން ދިން ދަރަންޏެއް ކަމުގައި ވިޔަސް ނުވަތަ އެމެރިކާގެ ނުފޫޒުގެ ކުޑައިގެ ދަށުން ހިންގާ އޭޖެންސތަކުގެ ތެރެއިން އޭޖެންސީއަކުން ދޫކުރި ދަރަންޏަކަށް ވިޔަސް ނުވަތަ އަވައްޓެރި އިންޑިއާ ސަރުކާރުން ދިން ދަރަންޏަކަށް ވިޔަސް ނުވަތަ މުސްލިމް ޕާކިސްތާނު ސަރުކާރުން ދިން ދަރަންޏެއް ކަމުގައި ވިޔަސް ނުވަތަ ރާއްޖެ އަށް ހެޔޮއެދޭ ސަޢޫދީ ސަރުކާރުން ދިން ދަރަންޏެއް ކަމަށް ވިޔަސް ދަރަނި ވާނީ ދަރަންޏަކަށެވެ. ދަރަނީގެ އެއްބަސްވުމާ އެއްގޮތަށް ދަރަނި ދައްކަން ޖެހޭނެ އެވެ.

ގިނަ ފަހަރަށް އެކުވެރިކަމާއި ރައްޓެހިކަމުގެ ގުޅުމަށް ބަރޯސާ ކުރެވިގެން ދޫކުރާ ދަރަންޏަކީ ދިގު މުއްދަތަކަށް ވަރަށް ކުޑަކުޑަ ފައިދާއެއް ލާފައި ދޭ ދަރަންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން ވެސް ލުއި މަގެއް ހޯދައި ދެވޭތޯ މަސައްކަތްކޮށްދެ އެވެ. އެކުވެރިކަމާއި ރައްޓެހިކަން އޮންނަ އިރުގަ އެވެ. ރައްޓެހިކަން ގެއްލިއްޖެ ނަމަ އަކުރުން އަކުރަށް އެއްބަސްވުމާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒު ކުރުމަށް ފިޔަވަޅު އެޅެ އެވެ. ބޭންކަކުން ލޯނެއް ނެގުމަށް ފަހު ލޯނުގެ ފައިސާ އަނބުރާ ނުދެއްކުމުން ވާ ގޮތަށެވެ. އެންމެ ފަހުން އެ ލޯނެއް ހޯދުމަށް ރަހުނު ކޮށްފައި ބެހެއްޓި އެއްޗެއް ނީލަމުގައި ވިއްކާލަން ޖެހެނީ އެވެ. ވަރަށް ފަހުން ދިވެހި ސަރުކާރާ ވެސް އެކަހަލަ ދެ ކަމަކާ ކުރިމަތިވި އެވެ. އެކުވެރި ގައުމަކުން ދޫކޮށްފައި އޮތް 150 މިލިއަން ޑޮލަރުގެ ލޯނެއް އަވަހަށް ދައްކަން ޖެހުމެވެ. ކުރިން އޮތް ގުޅުން ހީނަރުވުމުންނެވެ. އެ ފައިސާ އުނދަގުލުން ނަމަވެސް ދެ ބުރަކުން ދެއްކި ކަމަށްވެ އެވެ. ދެން ނުކުތީ ސަރުކާރު ބަދަލުވިތާ ކައިރީގައި ދިމާވި މައްސަލައެކެވެ. އެއާޕޯޓު ތަރައްޤީ ކުރުމަށް ކޮންމެވެސް ފަންޑަކުން ލިބެން ޖެހޭ ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމެވެ. މިހާރު އެކަން ވެސް ވަނީ ހަމަޖެހިފައި ކަމަށް ވެއެވެ. މިކަހަލަ ކަންތައްތަކުގެ ފަހަތުގައި ވާ އެއްޗެއް ފުރަތަމަ ބަލައިލުމަކުން ނުފެންނާނެ އެވެ. ރަނގަޅު މަންޒަރު ފެންނާނީ ތަންކޮޅެއް ބޮޑަށް ފީނާލުމުންނެވެ.

މި ޒަމާނުގެ އިސްތިއުމާރިއްޔަތަކީ އިނގިރޭސިންގެ ރަން ޒަމާނުގައި އޮތް ކަހަލަ އިސްތިއުމާރިއްޔަތެއް ނޫނެވެ. މި ޒަމާނުގެ އިސްތިއުމާރިއްޔަތަކީ އިގުތިސާދީ އިސްތިއުމާރިއްޔަތެވެ. މި ޒަމާނުގައި ގައުމަކަށް ގޮސްގެން ހަނގުރާމަ ކޮށްގެން ގައުމު ފަތަހަކޮށްގެން ވެރިކަން ކުރާކަށް ބޭނުމެއް ނުވެ އެވެ. ވެރިކަމުގައި އޮތް ސަރުކާރަކީ ބާރު ގަދަ ގައުމެއް ނުރުހޭ ސަރުކާރަކަށް ވާ ނަމަ އެ ސަރުކާރެއް ގާނޫނީ މަގަކުން، ނުވަތަ ރައްޔިތުންގެެ ތެރޭގައި އުފައްދާ ހަމަނުޖެހުންތަކަކުން ވެރިކަމުން ދުރުކުރެވޭތޯ ބަލަ އެވެ. މި ކަމަށް ވާގިވެރިވާ ފަރާތްތަކުން ދެނީ ފައިސާ އާއި ތަމްރީނާއި ތަޖުރިބާކާރުންގެ އެހީ އެވެ. ފައިސާގެ އެހީ ދެނީ ނަމުގެ ކޮންމެވެސް ހިސާބެއްގައި ޑިމޮކްރަސީގެ ނަން އޮންނަ ބައިނަލްއަގުވާމީ އެހީ ފޯރުކޮށްދޭ ޖަމާޢަތެއްގެ ތެރެއިންނެވެ. ނޫން ނަމަ އެ ގައުމުގައި މަސައްކަތް ކުރާ ކުންފުންޏެއްގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އިންސާނިއްޔަތަށްޓަކައި އުފައްދާފައި އޮންނަ ނުވަތަ އުފައްދާ ފަންޑެއްގެ ތެރެއިންނެވެ. ފަންޑަށް ފައިސާ ދޫކުރަނީ ކުރިން ދެންނެވި މި ކަމަށް ވާގިވެރިވާ ފަރާތުންނެވެ. ވާގިވެރިވާ ފަރާތުން ބޭނުންވަނީ ހަމައެކަނި އެ ގައުމުގައި ނުފޫޒު ފަތުރާށެވެ. އެ ގައުމުގައި ގުދުރަތީ މައުދަނީ މުއްސަނދިކަމެއް ވާ ނަމަ އެ މުއްސަނދިކަމެއް، ވާގިވެރިވާ ފަރާތުގެ ގައުމުގެ ކުންފުނިތަކަށް ލިބުމެވެ. ވާގިވެރިވާ ފަރާތުން ދުޝްމަނެކޭ ބުނާ ފަރާތެއް ދުޝްމަނަކަށް ވާން ޖެހެ އެވެ. ދުވަހަކު ދުޝްމަނު ކަމެއް ނެތަސް މެއެވެ. އެކުވެރިއެކޭ ބުނާ ފަރާތް އެކުވެރިއަކަށް ވާން މަޖުބޫރުވެ އެވެ. ދުވަހަކު އެކުވެރިކަމެއް ނެތަސް މެ އެވެ.

އިރާގަށް ބައްލަވާށެވެ. ހަނގުރާމާ އަށް ވާގިދޭ ފަރާތްތަކުން ބޭނުން ވަނީ އިރާގުގެ އެތެރޭގައި މަސައްކަތް ކުރާ ދީނީ ތަފާތު އަގީދާތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކާއި އެއް ބަޔަކު އަނެއް ބަޔަކު ޖައްސުވާށެވެ. ބޭރު ފުށުން އެއް އިރެއްގައި ހުންނެވި ބޮޑުވަޒީރަށް ތާއީދުކުރަމުން އޭނާއާ އިދިކޮޅު ޖަމާޢަތްތަކަށް މާލީ އެހީ ފޯރުވާފައިވާ ކަން ވެސް އެނގެން އެބަ ހުއްޓެވެ. ސީރިޔާއަށް ބައްލަވާށެވެ. އަފްޣާނިސްތާނަށް ބައްލަވާށެވެ. އެ ގައުމުތަކުގައި ހަނގުރާމަ ކުރުމަށް ތަފާތު ގޮތް ގޮތަށް ވާގިވެރިވާ ފަރާތްތަކުން ބޭނުންވަނީ އެ ގައުމުތަކުގައި، އެ ފަރާތްތަކުގެ ނުފޫޒު އޮތުމަށެވެ. ހަނގުރާމަ އަށް ވާގިވެރިވާ ފަރާތްތަކުގެ ގައުމުތަކުގެ ކުންފުނިތަކަށް އެ ގައުމުތަކުގެ ތަފާތު މަޝްރޫޢުތައް ލިބުމެވެ. އެ ގައުމުތަކުގެ ޑިޕްލޮމެޓިކް އޮފީސްތަކުގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮންނަނީ، އެ ގައުމެއްގެ ތެރޭގައި، މިކަމަށް މަގު ފަހިކުރުމަށް މަސައްކަތް ކޮށްދިނުމެވެ. ލެޓިން އެމެރިކާގެ ގައުމުތަކަށް ބައްލަވާށެވެ. ނިކަރާގުއާ، ހޮންޑުޔުރަސް، ބޮލީވިޔާ ފަދަ ގައުމުތަކާ ކުރިމަތިވަނީ ވެސް ހަމަ މި މައްސަލަ އެވެ. މި މައްސަލަތައް ފަޟީހަތްވެފައި މި ވަނީ ވިކިލީކް އިންނެވެ. ޑިޕްލޮމެޓިކް އޮފީސްތަކުން ފޮނުވާފައި ހުރި މެސެޖްތަކާއި، ސިޓީތަކާއި ކޭބަލްތަކުންނެވެ.

ރާއްޖޭގައި ތެލެއް ނެތެވެ. ގުދުރަތީ މައުދަނެއް ނެތެވެ. އަޅުގަނޑުމެންގެ ރައުސުލްމާލަކަށް އޮތީ ހަމައެކަނި އިންޑިއާ ކަނޑެވެ. ރާއްޖެ އުފެދިފައި ވަނީ އިންޑިއާ ކަނޑުގެ ވަރަށް މުހިއްމު ހިސާބެއްގަ އެވެ. މިހެން ވުމާ އެކު ރާއްޖޭގައި އިންޑިއާ ކަނޑު ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިއްޖެ ނަމަ، އިންޑިއާ ކަނޑު ބަލަހައްޓަން ބޭނުންވާ ބޮޑެތި އަސްކަރީ ބާރުތަކުގެ ބޭނުން ފުދުނީ އެވެ. އިންޑިއާ ކަންޑުގައި ބާރު ގަދަކުރަން ބޭނުންވާ، ޑިިމޮކްރަސީއާ ބީރައްޓެހި ގައުމުތަކުން ހަރަކާތެއް ހިންގާ ނަމަ އެކަން ރާއްޖެ އިން ވަރަށް ރަނގަޅަށް ބެލޭނެ އެވެ. ރާއްޖޭގައި އަސްކަރީ މަރުކަޒެއް ބާއްވައިގެން މަސައްކަތް ކުރުމަށް ވުރެ މާ ޚަރަދު ކުޑަކޮށް ކަންތައް ކުރެވެން އޮއްވާ އަސްކަރީ މަރުކަޒެއް ބޭއްވުމުގެ ބޭނުމެއް ނުއޮންނާނެ އެވެ.

ބައެއް ކަންކަން ކުރުމުގައި މާ ޖަޒްބާތީ ވުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ. އިންޑިއާގެ ބޮޑުވަޒީރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ފުރުސަތު އެރުވަމަކީ އެމަނިކުފާނަށް އަޅުގަނޑުމެންނަށް އެރުވޭނޭ އެންމެ ބޮޑު އެއް އިއްޒަތެވެ. ބޭރު ގައުމުތަކުގައި މިފަދަ ޖަލްސާތައް ހިނގާއިރު، ޓީވީން އަޅުގަނޑުމެންނަށް ފެނިފައި ވަނީ ހަމައެކަނި އެބޭފުޅެއްގެ ނަމާއި މަގާމު އިއްވާލާ ތަނެވެ. މަޖިލީހުގެ ޖަލްސާއަކަށް ވާތީވެ އެވެ. ބެއްދުމާއި ހަދިޔާ ބަދަލުކުރުމާއި ދޮންދިނުމެއް އޮންނަ ނަމަ އެކަމެއް ކުރެވެނީ ޖަލްސާ އިން ބޭރުގަ އެވެ. ނުވަތަ އެހެން ކުޑަ ރަސްމިއްޔާތެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވީ އިނގިރޭސި ބަހުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ވާހަކަ ދެއްކެވީ ހިންދީ ބަހުންނެވެ. މުތުލަޤް ހިންދީ ބަހުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކޮންމެވެސް ވަރަކަށް އެނގޭ "ޕުރޭމްޗަންދު ހިންދީ ބަހަކުން" ނޫނެވެ.

މަހިބަދޫ ދާއިރާގެ މެމްބަރަށް އަޅުގަނޑުގެ އިހުތިރާމް އެވެ. އޭނާގެ ހިތްވަރާއި ކެރުމަށް އަޅުގަނޑުގެ ސާބަހެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގައި ވެސް އިސްލާމީ ލޭ ދައުރުވާ ކަމާއި ގުޖުރާތުގައި ހިނގި ކަންތައްތައް ހަނދާން ނުނެތޭ ކަމުގެ ނިޝާނެއް އެފަދަ ޖަލްސާއެއްގައި ދައްކަން ކެރޭނީ، މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރަން މެޑެލި ހާސިލްކޮށްފައިވާ ފުޓްބޯޅަ ފޯވަޑަކަށެވެ.

ކޮއްޗި އާއި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ކުރުމުގެ ޚަބަރަކީ އަޅުގަނޑަށް ބިރުވެރި ޚަބަރެކެވެ. ދެން އިވޭނެ ޚަބަރަކީ އިންޑިއާގެ ފައިސާ ރާއްޖޭގައި ދައުރު ކުރާ ގޮތަށް ހަމަޖެހޭ ޚަބަރު ކަމަށް ވެސް ވެދާނެ އެވެ. އެއީ ވަރަށް ކުރީއްސުރެ އެ ގައުމުން ކުރަން ބޭނުންވި ކަމެކެވެ. އަޅުގަނޑުމެން މި އުޅެނީ ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅުން ނުހުއްޓުވިގެންނެވެ. އެކެއް ޕޮއިންޓު ތިނެއް ކިލޯމީޓަރުގެ ފާލަމެއްގެ ޓުރެފިކް ހަމައަކަށް ނޭޅުވިގެންނެވެ.

36 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 11%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިލިޓަރީ

11 June 2019

އަދިވެސް މިފެންނަނީ ރައިސް ޔާމިންގެ ތަރައްގީ. މިސަރުކާރުން އަދި ކަމެއްނުކުރޭ. ރާއްޖެ އިންޑިޔާއަ ދަރުވާލުން ނުންކަމެ ނުކުރޭ އަދި.

The name is already taken The name is available. Register?

މަންޑޭލާ

11 June 2019

ސަރުކާރުގެ ވިސްނުން ވަރައް ގޯސް. ދިވެހިން އަޅުވެތި.

The name is already taken The name is available. Register?

ޝޮކްތެރަޕީ

11 June 2019

މި ސަރުކާރަކީ ދިވެހިންނަ އޯޅުވާލައިގެން މަކަރާ ހީލަތުން ރާއްޖެ ދަރުވާލާ އިންޑިޔާގެ މުށުތެރެޔަ ލާން އުޅޭ ބައިގަޑެ. ދިވެހިންނަ މީގެ އަސަރު ވައްރަ ޒަމާނަ ކުރާނެ. ދިވެހިން ހެޔޮވިސްނުން އިސްކުރުން ބުއްދިވެރި.

The name is already taken The name is available. Register?

ކޮލެޖު ބޯއި

11 June 2019

ޑޮލަރުވެސް ހިނގާ އުސޫލުން އިންޑިއާ ފައިސާ މިހާރުވެސް މީހުން ގަނޭ. ވިކޭ

The name is already taken The name is available. Register?

ޢަހުމަދު ހާޖީ

11 June 2019

އިންޑިޔާއިން ހިލަޔާ ހިލަވެލި ގެނަންން ވީމަ ޗައިނާއިން ގެނައުމައްވުރެ އަގުބޮޑު. ދެން ތަފާތު

The name is already taken The name is available. Register?

ނުރަބޯ

11 June 2019

ވަރަށް ވަރަށް ވަރަށް މޮޅު ތެދު ޙަގީގީ ލިޔުމެއް.

The name is already taken The name is available. Register?

ޒޫނާ

11 June 2019

ކޮބާހޭ ބޯހިޔާވަހިކަން... ކޮބާހޭ ފުލެޓު ކޮމިޓީ

The name is already taken The name is available. Register?

އޮބާމާ

11 June 2019

ފުލެޓް އެއޮތީ ރައީް އޮފިހުވެބްސައިޓްް ގަ...........ލޮލް...ރައްޔަތުންނަށް އޮޅުވާލާ ކުޅިކުޅެން ވަރަށްމޮޅު...

The name is already taken The name is available. Register?

ރުޅި

11 June 2019

ގައުމު ގައުމަކަށްވާނީ އުފެއްދުން ތެރި ގައުމަކަށްވެގެން. އެހެންނޫނީ ޖެހޭނީ ސަލާންޖަހަން. އެކަމަށް އެންމެ ފަރިތައީ ޢަބްދުﷲ ޝާހިދު. ދަތުރުތަކަށް އެތައް މިލިއަނެއް ޚަރަދުކުރިއިރު ދައުލަތަށް ލިބުނީ މައިސަރުކާރުގެ މޯދީ ދެއްވި ދަރަނިފައިސާ ކޮޅެއް. އެކަމަކު އަދިފެސް ފޮރިން މިނިސްޓަރ ހަމަ ނާށިގަނޑު ހިފައިގެން ބާކީ ހުރިގައުމުތަކަށް ދަތުރުކުރެވޭތޯ ބަލަނީ. އެހެޔޮ އެފްރިކާގެ މާލީ ކަމަށްވިއަސް.

The name is already taken The name is available. Register?

ބަނާނާ ޕީ

11 June 2019

އިންޑިއާއިން މިދެނީ އެހީއެއް ނުވަތަ އަދި ދަރަންޏެއްވެސް ނޫން. އަޅުވެތިކުރުމުގެ ޕްލޯއީއެއް މިއީ. ޗައިނާގެ ދަރަނި ޚަލާސްކުރަން އެހީވެދެނީކަމަށް ލަފާކުރެވެނީ. އެކަން އެވެރިން ކޮށްދޭނީ ދުވަހަކުވެސް ޗައިނާ އާއިކައިރިނުވެވޭނެގޮތަކަށް އަދި އިންޑިއާއަށް މޮޅުތައްލިބޭގޮތަށް ރާވައިގެން. މިހުރިހާދެރައެއްވެސް މިލިބެނީ އަހަރުމެން ބުއްދިއަށްވުރެ ރުޅިއިސްކުރުމުގެ ސަބަބުން. ޔާމީނުދެކެ އައި ރުޅީގައި ބުއްދީގެ ބޭނުންނުކޮށް ވެރިޔަކު ހޮވުމުގެ ސަބަބުން.

The name is already taken The name is available. Register?

ހަސަން ނުވަވަނަ

11 June 2019

އިންޑިއާގެ ތައްޕަހުން މިތަން މިނިވަންކޮށްދޭން ޔާމީން އުޅުނީމަ ދިވެހިންނަށް ކަމުނުގޮސްގެން ވެރިކަން ބަދަލްކުރީ. ދެންތިބޭ ނާށިގަނޑު ދިއްކޮށްގެން އެމީހުންނާ ދިމާލަށް މުގުކޮޅަކާ ގެރިކާ ހަނޑޫކޮޅަކާ ދޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454