ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
03 ޖުލައި 2019 - 10:42
ފެނާއި ނަރުދަމާ އާއި ބަނދަރާއި މަގު ހެދުމުގެ 36 މަޝްރޫއަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސ. މަރަދޫގެ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ މިހާތަނަށް ސޮއިކުރީ ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާ އެޅުމުގެ އެއް މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުތަކުގެ އަގު 1.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި 41 މަޝްރޫއެއް ކޮންޓްރެކްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ޓެންޑަރުގައި 20 މަޝްރޫއެއްގެ މަސައްކަތް އޮތް އިރު، ޑޯނަ ފަންޑިންގައި 39 މަޝްރޫއެއްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހުރިި އެއްވެސް މަޝްރޫއެއް މި އަހަރު ނުފައްޓާ ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
"ވަރަށް ގިނަ މަސައްކަތް އެބަހުރި ކުޑަކުޑަ ލާރިކޮޅެއް ޖަހާލާފައި. ހަމަ އަދަދެއް ޖަހާލާފައި. އެ އެއްޗެހި އަހަރުގެ ކުރީކޮޅު ފަށައިފި ނަމަ، މަސައްކަތް މެދުކެނޑޭނެ. އެހެންވީމަ އެ އެއްޗެހިތައް ފެށޭނީ އަހަރުގެ ފަހުކޮޅަށް ދިޔައީމަ، ތަރުތީބުކޮށްފައި އޮތް ޕްލޭނެއް އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.
ބަޖެޓުގައި ހިމަނާފައި އޮތް ކަމެއް ނަމަ، މި އަހަރު ތެރޭގައި "އަތް ނުލާ" ނުދާނެ ކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ފައިސާ ހުރި ވަރަކުން އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތްތަކަށް ތާވަލެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު (ކ) ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި. --- ފޮޓޯ: މަޖިލިސް
ޝަރީފްގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މަރަދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި އޮތީ ވަރަށް ކުޑަކުޑަ އަދަދެއް ކަމަށެވެ. ބަޖެޓުގައި އޮތް އަދަދަކީ "މާ ބޮޑު ކަމެއް" ކުރެވޭނެ އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަރަދޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައި އޮތް ކަން ލިޔެކިޔުންތަކެއް އެނގެން ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެގްޒިމް ބޭންކުން އެކަން ކުރަން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަސްލަމްގެ ވާހަކައިގައި އެ މަސައްކަތް ލަސްވާ ސަބަބުތައް ތަފްސީލްކޮށް ދެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެ ޕްލޭންގެ ޑްރާފްޓެއް ތައްޔާރުކޮށް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރީ
03 July 2019
ޢަސްލަމް ނުހަދާނެ ތެދެއް. އޭނާ ބަލާނީ ދަތުރު ކުރެވޭތޯ! ތާރީޚް މިކަން ހެކިވާނެ!
ގޮހޮޑާ
03 July 2019
ކާކު ދެނަ ހުރީ?!
ކަހުރަބު
03 July 2019
އަބަދުވެސް އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ހާމަ ކޮށްދެން ބޭނުންވެފަ އޮންނަނީ މަޝްރޫޢުގެ ބިޔަކަން އޭގެ އަގުން ހާމަކުރަމުން އެކަމަކު މަޝްރޫޢު ހިންގަން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ވާހަކއެއް ނުދައްކާ
ދެރަކަމުގެ އިންތިހާ
03 July 2019
ނޭގޭތަ؟ ފުރަތަމަ ކަންތައް! އިންޑިޔާ މީހުން ދިން ކޮލިޓީއެއްގެ އިމާރާތްކުރާ މައިގަޑު ތަކެތި ދިން އަގަކަށް އިންޑިޔާއިން ގެންނަންޖެހޭގޮތް އެހެދީ! ދެވަނަ ކަމަކަށް މި މީހުންނާ އިންޑިޔާ މީހުން ނުރުހޭ މީހަކު ވިއްޔާ ކުށެއްގެ ތުހުމަތަށޭ ކިޔާފައި ލަފުގައި ހިފައިގެން ގެންދެވޭގޮތަށް ހަދަން އެއުޅެނީ! މިދާގޮތުން އަދި ކުރިޔަށް ހުރި ޕްރޮޖެކްޓްތައް މާ ސަޅިވާނެކަންނޭގެ!
ލަންބެ
03 July 2019
ކަންކަން ހަނދާން ބަހައްޓަބަލަ......އެއްކަލަ ދަތް ޑީޑީ އައްޑޫގަ ގަރުދިޔަ ފެކްޓަރީ އެޅިގޮތަށް ކަންކަން ކުރީމަ ކަމަކު ނުދާނެ.........
ހަމައަގު
03 July 2019
އިންޑިޔާގެ އެގްޒިންބެންކުން އިހައްދުވަހުނެގި 800 މިލިޔަން ޑޮލަރުންކުރަނީ ކީ؟ އިންޑިޔާއިން ހަމަޖެއްސި 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީން ކުރަނީ ކޮންކަމެއް. ރިޒާވް ދައްވެގެން ދިޔައީ އެފައިގެ ކޮމިޓްމެންޓް ޗާޖްގެ ގޮތުގައި 6 މަސް ދުވަހަށް 100 މިލިޔަން ޑޮލަރ އިންޑިޔާއަށް ދެއްކުމުންތޯ. މަޝް ރޫޢުތަކުގެ ހަމައަގު ބަޖެޓްގަ ޖަހާފަ މިހާރު އިތުރަށް ބޭނުންވަނީ އަނެއްކާ ޔާމީނަށް ބާއަޅަނީތާ؟
ަހުމީމް
03 July 2019
އެއީ ސަރުކާރުގެ އިސްފަރާތްތަކުން ގެޔައް ޓޮއިލެޓްޕޭޕަރު ގަތުމައް ނެގި ލޯނެއް..
ހޯރަބެ
03 July 2019
ހުސް ދޮގު
ދިވެހި ދަރިއެއް.
03 July 2019
ކުރީގެ ސަރުކާރުން ހިންގަމުން އައި ޕުރެޖެކުޓުތައް ހުއްޓާފަ އަލުން އެކިކުންފުނިތަކައް ބަހާލީ..މަރުހަބާ
އާދަންމަނިކް
03 July 2019
މަޗާ އޭރުންތާ ބައިވެރީންނައް ނާޖާއިޒު ފައިދާގަނޑެއް ހޯދަދެވޭނީ. ވެރިކަން ހޯދީ ކަމެއް ވެގެންނޭ.. ހުސްއަތާ ތިބޭކަށެއްނޫން.. ކުރި މަސައްކަތުގެ އުޖޫރަ އޮންނަންވާނެ ނޫން.
ފާރަވެރިން
03 July 2019
ކަރުދާސް ވާހަކަ...ތަފުސީލް ހާމަކުރީމަ ރައްޔަތުން ގަބޫލުކުރާނީ...ތިޔަހެންއަރާ ފޯނުބިލައް 3 ލައްކައޭ ބުންޏަކަސް ރައްޔަތުން ހިއްހަމަނުޖެހެ..
ކޖކކ
03 July 2019
އަސްލަމް އެވެ ތަރުތީބު ކޮއްފަ އޮއްވާ ދޯ ވެރިކަންވެސް ވެއްޓުނީ ހެހެހެ