ޚަބަރު / ރާއްޖެ-ޗައިނާ

ޗައިނާގެ ސަފީރު ރައީސް ނަޝީދަށް: ދޮގު މައުލޫމާތު ފެތުރުން ގަބޫލެއްނުކުރެވޭނެ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަން ލިޒޮން.-- މިހާރު/ފޮޓޯ: ނިޝާން އަލީ

ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ އަދަދާ މެދު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަަނެއްކާ ވެސް ރައްދު ދެއްވައިފި އެވެ.

ސަފީރު ޒަންގް ލިއޮން މިއަދު ނަޝީދު ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސައްހަ ނޫން އަދި ހަގީގަތް އޮޅޭ ފަދަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ގަބޫލުނުކުރެވޭނެ" ކަމަށެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ ރަހުމަތްތެރި ގުޅުމަށް ނުބައި އަސަރެއްކުރާނެ ކަމަށް ވެސް ލިއޮން ވިދާޅުވި އެވެ.

"ރަނގަޅު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުން ވަރަށް މުހިންމެވެ،" އޭނާ ވިދާޅުވި އެވެ.

ލިއޮން ވިދާޅުވި ގޮތުގައި އެއްވެސް ޝައްކެއް އުޅޭ ނަމަ އޭގެ ރަނގަޅު ތަސްވީރު ހޯދަން ބޭނުންވަނީ އެންމެ ފޯން ކޯލެކެވެ.

ޗައިނާގެ ސަފީރުގެ ޓްވީޓް އައީ ރޭ ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭރަށް ރާއްޖެ ދަރާފައިވާ ދަަރަނީގައި ހަމައެކަނި އޮތީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ދޭ ލޯނުތައް ނޫން ކަމަށެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ޗައިނާގެ ބޭންކްތަކަށް ދީފައި އޮތް ސޮވެރިން ގެރެންޓީތައް އުޅެނީ ކަންބޮޑުވާން ޖެހޭ ފަދަ ލެވެލްއެއްގަ އެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި "މުސްތަގުބަލާ މެދު އަޅުގަނޑުމެން އެންމެން ސަމާލުވާން ޖެހެ" އެވެ.

ލިއޮން އާއި ނަޝީދާ ދެމެދު ޓްވީޓްތަކުގެ ރައްދުތަކެއް ފެށިގެން މި އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ދަރަނި 3.4 ބިލިއަން ޑޮލަރު ޖެހޭ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

އެކަމަކު ލިއޮން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ އަދަދު އުޅޭނީ، 1.5 ބިލިއަން ޑޮލަރުގައި ކަމަށެވެ.

ލިއޮން މިއަދު ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވީ ޗައިނާ އިން ފައިސާ ހޯދަން އެއްވެސް ގައުމަކަށް މަޖުބޫރު ނުކުރާ ކަމަށެވެ.

"ހަމަ އެގޮތަށް ދަރަނީގެ މައްސަލައެއްގެ ތެރެއަށް ޕާޓްނަރަކު ވެއްޓޭތަން ބަލަން ވެސް ޗައިނާ އިން ނޭދެ އެވެ،" ލިއޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތަކާއި މާލީ އެހީ ދިނުން ބިނާކުރަނީ ފީޒިބްލް ސްޓަޑީތަކާއި ނުރައްކާ އޮތް މިންވަރުގެ ވެސް މައްޗަށެވެ.

ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ވީ ޗައިނާ އިންނެވެ. މިދިޔަ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުންނާއި ހާރިޖީ ގޮތުން ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ.

161 ކޮމެންޓް, 218 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 1%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަދުރޭ

09 July 2019

ދަރަންޏާ ސޮވެރިން ގެރެންޓީ އާ ވަކިނުވާ މީހަކަށް ވެރިކަންދޭން ހެޔޮވާނެތޯ ؟

The name is already taken The name is available. Register?

ނަޝީއައްނި

09 July 2019

އަޅޭފަހު މީހަކު ހައިރާނޭއްނުވާނެތަ؟ މި އައްނިއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް ނޫނޭ. އޭނާ މޮޔަވީ ކޮންއިރަކުބާ؟ ސަރުކާރުން މީނަގެ އަގަ މަޑުންލައިގެން ހުންނަން އަންގަންވެއްޖެނު. ދިވެރި ރައްޔިތުންނަށް މިކަމުން އުދަގޫވާނީވެސް. ޗައިނާކަހަލަ ބަޔަކާ ވާހަކަ ދައްކާއިރު ބަލައިގަނެވޭ ރަނގަޅު އުސޫލަކުން މުހާތަބު ކުރަން ނޭގޭއިރު ބޭރު ގައުމުތައް ރުޅިއަރުވާ ނުލާބަލަ. މީނާއާހެދި ގައުމަށް ލިބެނީ ގެއްލުން، މީނާ ގޭގައި ބަހައްޓާނެ ގޮތެއް ހަދަންޖެހޭ.

The name is already taken The name is available. Register?

އަބުއާ

09 July 2019

ވަރަށްދެރަ ކަމެއް. އިންޑިޔާއިން ދިވެހިރާއްޖެއާއި ދޭތެރޭ ގެންގުޅޭ އެޓިޓިޔުޑަކީ އަޅުވެތިކުރުމުގެ، އަދި، އެއްވެސް އިޙްތިރާމެއް ކުރުމެއްނެތް ވިސްނުން. އެހެންވެތާ ވެރިކަންކުރާޕާޓީގެ ލީޑަރުން އިންޑިޔާއިން ރާއްޖެ އަރާ ހިފަން ވީކަމަށް އެމީހުންގެ ރަސްމީ ޓުވީޓުގަޔާއި ޤައުމީ ޓީވީ ތަކުގަ އެބުނަނީ. ވެރިކަމަކީ އަބަދުވެސް ބަދަލުވަމުން ދާނެއެއްޗެއް. ޗައިނާއާއި ބެހޭގޮތުން ވިޔަސް އެހެން ޤައުމަކާއި ބeހޭގޮތުންވިޔަސް ދޮގު ވާހަކަތައް ދައްކަމުން ދިޔުމަކީ ދެރަކަމެއް.

The name is already taken The name is available. Register?

މަރެ

08 July 2019

ބަލަކުރިއެރުމަށް ޗައިނާ ހިޔާރު ކުރޭ. މޮޔަގޮވަމީޯހަ ބަހަށްޓާ. އެމީހ ައެހްނ އުޅެ ނީ. އަހަރުމެން ކުރިއަރާދާކަށް އިންޑިޔާ ހިޔާރު ނުކުރާނަން.، އެކަން ކުރަމިހުން އެކުރަނީ މޮޔަކަމެއް.

The name is already taken The name is available. Register?

disgusting

08 July 2019

ކުރީގެ ވެރިކަމުގެ ޙާއިނުންނާ އެކުވެގެން ޤައުމު ދަރުވާލުމަކީ ހަން ފެތުރުމުގެ އެއްމެފަހުގެ ހީލަތް!

The name is already taken The name is available. Register?

މުޙުއްމާ

08 July 2019

ނަޝީދު ހުއްޓުވަން އެބަޖެހޭ. މީނައަކީ އެއްގޮތަކަށްވެސް ޑިޕްލޮމެސީ ދަންނަމީހެއް ނުން. މީނައަކީ އެކްޓިވިސްޓެއް. އެހެން އެއްވެސް ކަމެއް ރަގަޅަކަށް ނުކުރެވޭނެ. ފެށުނީއްސުރެ ސަރުކާރުގެ ސިޔާސަތަކީ ވަކިފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮތުން. އެއްވެސް ޤައުމަކާއި ދެކޮޅުވެރިނުވެ ހުރިހާ ޤައުމަކާއިވެސް ރަޙުމަތްތެރިކަމުގެ ގުޅުން ބޭއްވުން. ރައީސް އެބަޖެހިވަޑައިގަންނަވާ ސަރުކާރުގެ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ހާމަކުރައްވައި ނަޝީދު ހުއްޓުވަން.

The name is already taken The name is available. Register?

ނެގުނުކަތީބު

08 July 2019

ޗައިނައަކީވެސް އިންޑިޔާއަކީވެސް ރަނގަޅު ބައެއް ނޫން. ނަމަވެސް އޭގެ ތެރެއިން އިންޑިޔާއަށްވުރެ ޗައިނާއިން ވެދީފައިވާ އެހީތެރިކަމާއި ލޯނުތަކުގެ ފައިދާ ރައްޖެއަށް ބޮޑު. އިންޑިޔާއަިން ބޭނުމެއް ނުވާނެ މިތަން ތަރައްގީވެ ކުރިއަރާކަށް. އެމީހުން އުޅޭނީ އިސްކޮށް އުޅޭ ބައެއްގެ ޖީބު ބޮޑުކޮށްދީގެން ގައުމު އިނދަޖައްސާފައި ބާއްވަން. މިސާލަކަށް 30 އަހަރަށް ބަލާލިއަސް އެކަން ފެންނާނެ.

The name is already taken The name is available. Register?

ޔާނނ

08 July 2019

ނަޝީދު ކީއްވެތަ އޮޅިގެން ތިއުޅެނީ.ޗައިނާ އަކާއި ނުކުޅެވޭނެ.މަނިކުފާނުގެ ސަރުކާރުގެ ރަށްތަށް ބެހީ ގާތްކުދިންނަށް.

The name is already taken The name is available. Register?

ރާވެރިބެ

08 July 2019

ނަށީދުގެ ގޭމަކީ ޗައިނާ ރުޅިއެރުވުން ކަމަށް ވެދާނެ. އިންޑިއާ ރުއްސަން. ހިނި އަންނަ އަނެއް ކަމަކީ ޗައިނާއިން ދަރަނި ނުނަގާ އިންޑިއާއިން ބޮޑެތި ދަރަނި ނެގީމާ ގައުމަށް ލިބޭ ގެއްލުމަށް ބަދަލެއް އާދޭތޯ އުފެދޭ ސުވާލެވެ. ބޮލެއް ހުރި މީހަކަށް ވިސްނޭނެއެވެ. ގައުމު އިތުރަށް ދަރަނިވުން ނޫންކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

ޜޭޓް

08 July 2019

އިންޓަރެސްރޭޓް ކުޑަވުން. ދަރަނި ދެއްކުމުގައި ލުއިގޮތް ފަހިވުން. ސަރަހައްދީ ތަރައްގީގެ ހިއްސާ.

The name is already taken The name is available. Register?

ފފފފގހޔ

08 July 2019

އިންޓެރެސްޓް ކިހާވަރެއް ކުޑަވަނީ؟ ލުއިވަނީ ކޮންގޮތަކަށް؟ ތިއީ ވަހުމު. އިންޑިޔާކަހަލަ މައްކާރު ހަންފަތުރާ ބަޔަކު އެމީހުން ކަޅިއަޅައަޅާ އޮންނަތާ 2000 އަހަރުވެފައި އޮތް ގައުމެއް ހިތަކަށ ލިބުމުން ހަމައަށް ހޭހުންނާނެތަ؟ އަނެއްކޮޅުން، ވެރިކަމުގައި އެތިބީ އެމީހުން ވެރިކަން ދިން ބައެއް. ދިވެހިންކޮޅަށް ޖެހޭނެ ދަންތުރަ ވިސްނާލާ.

The name is already taken The name is available. Register?

ޓިކިޔު

09 July 2019

ބަލަ ރޭޓްވީ ބޮޑު ދައްކަންޖެހޭ މުއްދަތުވީކުރު! ބެހެއްޓި ރާޑަރުވީ އިތުރު، ހެލިކެޕްޓަރ ބަލަހައްޓަން ތބި ސިފައިންވީ އިތުރު! ލޯނު ދީފި! ފޮރިން އިންވެސްޓް މެންޓެއް ރަޖިސްޓްރީ ކޮއްލެވެނީވެސް އިންޑިއާގެ ސޭހޯދާގެނޯ ވަޓް އަ ޖޯކް! މިވެސް މިނިވަން ގައުމެކޭ

The name is already taken The name is available. Register?

ޢެޑަމް

08 July 2019

ދިވެހި ދައުލަތުގެ އިސްވެރިއަކީ އަދި ސަރުކާރުން ރައްޔިތުންނައްސިޔާސަތުކަޑައަޅާ އަމުރު ނެރޭފަރާތަކީ ރައީސްސޯލިހުތޯއެވެ.ނުވަތަ ރައިސް ނަސީދުތޯއެވެ.މިހާރުވަރައްބޮޑައްއޮޅެމުންދާތީސާފުކޮއްލަންބޭނުންވެއެވެ.ސަބަބަކީ މިހާރުރައިސްނަސީދުހުންނެވިމާޤާމުންއޭނާދައްކާބައެއްވާހަކަފުޅުތަކަކީ ދައުލަތުގެއަޑުކާމައްބެލެވިދާނެފަދަގޮތްގޮތައްވާހަކަފުޅުދައްކަވާތީ ހިތުގާމިސުވާލުއުފެދެނީއެވެ.!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454