އައިއޭއެސްގެ އެމްޑީ ރިޒްވީ އާއި އެ ކުންފުނީގެ އެހެން ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށް މިއަދު ޖަވާބުދާރީވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ޖުލައި 2019 - 18:06
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އޭރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެސްކެއް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ކުރި ކެމްޕޭން ދަތުރުތަކަށް ފަހުން ފައިސާ ދައްކާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ޕީޕީއެމަށް ވަނީ 4.8 މިލިއަން ރުފިޔާގެ ޓިކެޓު ވިއްކައިފަ އެވެ. އަދި ވަރަށް ފަހުން އެ ޕާޓީން ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިއޭއެސް އަށް އެ ފައިސާ ދައްކައި ޚަލާސް ކޮށްފަ އެވެ.
PPM in Maldivian faisaa dhakkaa halaas koffi
The most trusted news source in the Maldives
Mihaaru
ޕީޕީއެމުން މޯލްޑިވިއަނަށް ފައިސާ ދެއްކުން---
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ވަނީ ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ސަކީނާ މަންޒިލްގައި ހިންގި އޮފީހުގައި އައިއޭއެސްގެ ޑެސްކެއް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ.
އެކަން ހިނގި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މި ސަރުކާރުން އައިއޭއެސް އަށް އައްޔަން ކޮށްފައިވާ އެމްޑީ ރިޒްވީ ވިދާޅުވީ، އެއީ ހިނގާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެތަނުގެ ތެރެއިން ޓިކެޓު ބުކް ކުރުމާއި ނެގުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި، ޚާއްސަ ޑެސްޓުން ޓިކެޓު ނެގުމުގެ އިތުރުން ވެސް ޔާމީންގެ ސަރުކާރުން އައިއޭއެސްގެ އެކި ކަންކަމަށް ވަނީ ނުފޫޒު ފޯރުވައިފަ އެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމާއި ސިޔާސީ ޖަލްސާތަކަށް މަޖުބޫރުން ގެންދިއުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އޭރު ވެސް ކުންފުނީގައި މަސައްކަތް ކުރި މީހެއް. ވީހާ ވެސް ގިނަ މުވައްޒަފުން ގޮވައިގެން ޖަލްސާ އަށް ދިއުމަށް އަންގާ،" އޭރު މޯލްޑިވިއަން ހޮލިޑޭސްގެ އެމްޑީ އަކަށް ހުންނެވި ރިޒްވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އެފަދަ ނުފޫޒެއް އަދި ނާންނަ ކަމަށެވެ. ނަމަވެސް، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވާ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހެޅުން ލިބިވަޑައިގަންނަވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރިހިތާމަ
10 July 2019
އެންމެ ޑެސްކެއްތަ ބެހެއްޓީ؟ ފްލައިޓެއް އެތަނަށް ނުޖައްސާތަ؟ އަމިއްލައަށް މުސާރަ ބޮޑުކުރި ގޮތެއް ކިޔައިނުދެވިގެން އުޅޭއިރު ޑެސްކް ބެހެއްޓި ވާހަކަ ދެއްކީމަ ޔަގީނުންވެސް މުސާރައިގެ ވާހަކަ އޮއްބާލެވޭނެ.
ރަނިޣް
10 July 2019
މެޗުއަރިޓީ ލިބިފައިހުރި ވިސްނުންތަނަވަސް އިންޓެގުރިޓީހުރި މީހުން ކުންފުނިތަކުގެ އެމްޑީއިންނައް އައްޔަންކުރުން މުހިންމެވެ. އެހެން ނޫނީ އެމްޑީ ނުވަތަ ސީއީއޯގެ މަގާމު އެއީ ޖޯކަކައްވެ ކުންފުނިތަކުގެ ބުރޭންޑުގެ ޕުރެސްޓީޖް އަދި ރެސްޕެކްޓު ގެއްލިގެން ދެއެވެ. ސެކަންޑަރީ ސުކޫލު ކުއްޖެއްގެ ތަސައްރަފް ހުރި މީހަކައް މިފަދަ ޕޮސިޝަންތައް ހަވާލުކުރަންވަނެތޯއެވެ. ؟ ކޮބާތޯ ޒިންމަދާރު ވެޓިން ޕުރޮސެސްއެއް މި ފަދަ މަގާމުތަކައް ކުރެވިފަ.؟
އެންދެރި
10 July 2019
ކަލޭމެން ބޮޑުންގެ މުސާރަ ހާމަ ކޮށްބަލާށެވެ..
އޮސްކާ
09 July 2019
މިއީ ތަންތަން ހަވާލު ކުރާ މީހުންގެ ފެންވަރަކީ. ސަބްޖެކްޓަކީ މުސާރަ. އެވާހަކަ އޮއްބާލަންވެގެން ޕީޕީއެމް ޑެސްކޯ!!!
އޮސްކާ
09 July 2019
ޖެނީގެ މުސާރަވެސް ބޮޑުވީ އެހެންވެތޯ؟ އޭނަ ގޮސްފިއްޔާ ތަން ހިންގަން ދަތިވަނީ ޓްވިޓާރ މެދުވެރިކޮށް އަތުވެދާނެ ހަމަލާތަކަށް ދޯ؟
ފަލީހު
09 July 2019
އެއްމެނަށް މުސާރަ ބޮޑުކޮށްލި ކަންތައް ފަޅާ އެރުމުން މޫނުމަތި ރީތިކުރަނީ...ޔާމީންއާއި ކުރީސަރުކާރުގައި ނުބައްދާ މޯލްޑިވިއަންއަށް ފާގަތި ކަމެއްގެނެސް ޓިކެޓްތައް އަގުހެޔޮ ކޮށްބަަލަ..އެއަރޕޯޓްތަކުގައި އެތައްގަޑިއިރެއް މަޑުކުރުވުން ހުއްޓުވަބަލަ..ތަންކޮޅެއް ރަގަޅުއެއްޗެއް ކާންދެވޭތޯ ބަލާބލަ..
މުޙައްމަދުފުޅު
09 July 2019
ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް ކަންތައްތައ ކޮށްދިނުމަށްފަހު، ކުރީގެ ސަރުކާރުން ނުފޫޒު ފޯރުވިއޭ ކިޔާފައި ހިތުން މާ މޮޅު ވާހަކައެއް މި ދައްކަނީ.. ނުފޫޒުގައި ޖެހިގެން ކަންކަން ކޮއްދޭންޖެހުނު ކަމަށް އަމިއްލައަށް އިއުތިރާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން.
ހުމަ
09 July 2019
ކަންތައްތައް ކުރަން ނޭގޭ ބަޔަކު އަރައިގެން ދައްކާނި ދެކޮޅުނުޖެހޭ ވާހަކަ ގައުމު އަދަވަޅަކަށް ވައްޓާލާނެ. ހިންގުމުގެ ގާބިލްކަން ނެތް ބައެއް ކުރާނެ ކަމެއްނެތް ވަގުން ވަގަށް ގޮވާނި
ދަތްނެތްކުއްޖާ
09 July 2019
ސަހަރޯ! މިހިރަ މިހިރަ އަޑުތައް އިވެންފެށީމާ ހިތަކަށް ކެތެއްނުވޭ! ހާދަ ވަރެކޭ ދޮތަ މިވެރިން މިހިރީ އަރުވާލާފާ! ހިސާބު އަކުރު ޖަހާ ސޮރުގެ އަޑެއް ބަޑެއް ނީވޭ. ކިހިނެއްބާ މިވަނީ! އެސޮރަށްވެސް އެނގުނީތޯޗެއް އެސޮރުގެ ކަރަށް ވެއްޓިފައިވާ މަލިގަނޑު ބާރު ވާން އުލޭހެން ދޮތަ! މަ ހިތައް އަރާ މި އަޑުތައް އިވުމަށްވުރެ ގަޔަށް އައިވީ ފުލިއެއް ގުލައިގެން އެނދުމަތީ އޮތަސް މާ ރަގަލު ވާނޭ! ނަމަވެސް މި ޤައުމަށް ހެޔޮ ބަދަލު ތަކެއް އަންނާތީވެ ހަމަ އަޑު އަހާ ހިތްވަނީ.
ވަހީދު
09 July 2019
ދެން ކީއްވެ ޕީޕީއެމުން ފައިސާ ދައްކަން ޖެހުނީ؟ ހަމަ ސުވާލެއް. އަނެއް ސުވާލަކީ ކީއްވެ އެދުވަހު ތިވާހަކަ ނުދެއްކީ؟ މަނަމަ ތިވާހަކަ ދައްކަން ލަދުގަންނާނަން.