ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލިހުގެ ޖަލްސާއެއްގައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރަން ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށް ވިދާޅުވި.--- ފޮޓޯ:މަޖިލިސް
17 ޖުލައި 2019 - 12:38
ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، ރައްޔިތުންގެ މަޖިލިހަށް ބިލްތައް ހުށަހަޅަނީ އެ ޕާޓީއާ މަޝްވަރާ ނުކޮށް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މިހާތަނަށް މަޖިލިހަށް ބިލްތައް ހުށަހެޅީ ޖޭޕީއާ މަޝްވަރާކޮށްގެން ނޫން ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ޖޭޕީ އާއި ސަރުކާރާ ގުޅުން ނެތުން ނޫން ކަމަށް ވެސް، ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި. ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް. އަޅުގަނޑުމެންގެ ތާއީދު އެބަ އޮތް. ސަރުކާރާ އެކީގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ޖޭޕީގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ.
ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް އަދި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކޮށްފައިވާ މީހުންނަށް މަދުވެގެން 9،000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް އިސްލާހުގައިވެ އެވެ.
މިހާރު އޮތް ގާނޫނުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ލިބެނީ މަހަކު 2000ރ. ގެ އިނާޔަތެކެވެ.
އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ނާޒިމް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެއްވުމެއް ނެތި ސިޔާސީ ބޭނުމެއްގަ އެވެ.
އެކަމަކު އެއަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ބިލް ހުށަހެޅުއްވުމުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެއީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަ ކުރަން، ހެޔޮ ނިޔަތެއް އޮވެގެން ހުށައެޅުއްވި ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލް ހުށައެޅުއްވުމުގެ ކުރިން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރެއްވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންގެ އާއިލާތަކާ ވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ ވުޒާރާތަކަށް ދިޔަ އިން. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރިން. ހަމަ ކަމަކަށް ކަމެއް ކުރުމަށް ކޮށްފައި އޮތް ކަމެއް ނޫން މިއީ. މިއީ މިހާރުން މިހާރަށް އަޅާލަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ ބިލް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ބިލް އިތުރަށް ފުރިހަމަކޮށް ދެއްވުމަށެވެ. އަދި މިއީ ސިޔާސީ ކަމަކަށް ނަހަދައި، އޯގާތެރި ކަމަކަށް ހެއްދެވުމަށް ވެސް މެމްބަރުންގެ އަރިހުން އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާށުމީހާ
20 July 2019
ނާޒިމުމެންއިންސާފޭ އަދިރަށްޔިތުންނަށްމާޔެޔޮއެދިގެން ތިހެންތިހަދަނީޖެއްސުމުގެގޔތުން
ރަށުމީހާ
18 July 2019
ނާޒިމް ތިވަރަށް ނުކުޅެދުންތެރިކަން ހުންނަމީހުންދެކެލޯބިވަންޏާ ތިބޭފުޅައިގެޖީބުންދިނީމާ ނާޒިމް އަށްވެސް މާރަގަޅުވާނެ.
އަބޫކަލާމް
18 July 2019
އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ނާޒިމް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެއްވުމެއް ނެތި ސިޔާސީ ބޭނުމެއްގަ އެވެ. ބަލަ ތިތަނުން ކަލެމެން އެންމެންވެސް ތި ކުަރަނީ ސިޔާސީ ކަންކަމެއް ނޫންތަ؟ ތީ ފަންނީ މަސައްކަތް ކުރާ ތަނެއްތަ؟
ޔާސްމީން
18 July 2019
ކޯލިޝަންގަ ތިބެގެން ދޯ ގާސިމް އިރުއިރުކޮޅާ ޔާމީންއާ ގުޅޭ ވާހަކަ ދައްކަނީ. ދެން ޝުކުރުކުރޭ ކޯލިޝަނުން ބޭރުކޮއްނުލާކަން. ގާސިމަށް ހަމަ ނޭންގޭނެ އިޙްލާސްތެރިކަމާ އެކީ އެއްވެސް ކަމެއްކުރާކަށް.
ޖުނޭރު
18 July 2019
މިހާރު އޭސީސީކަހަލަ ތަންތަން މި ކޯލިޝަނުން މީހުން ނުލާތީ އަންނަ ރުޅިގަނޑު މީ
ޓިންޓޮން
18 July 2019
މަޖުލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދީ ޔާމީނުއާ. އެމް.ޑީ.ޕީ އަކާ ނޫން. އެހެންވީމާ، ކޮންމެހެން ޖޭޕީގެ ޚިޔާލާއި މަޝްވަރާ ހޯދާކަށް އެމް.ޑީޕީގެ އެމްޕީން ނަކަށް ނުޖެހޭނެ.
ސިރާޖު
17 July 2019
ކޮންތާކު، އިސްލާހު ހުށައެޅީ ހަމަޖެއްސުމައް. ހެވޭ ތާއީދު ނުކުރިޔަސް. ނިކިން ހިއްވަރެއް ހުރިއްޔާ ތާއީދު ގެންދެބަލަ.
ރ ނަޝީދު
17 July 2019
ކިތައް ފަހަރު ބުނީމަ ބާ އަޑުއިވޭނީ. ވިސްނޭނީ. ކޮޅިޝަން އޮތީ ސަރުކާރު ހިންގާ ބާރުގެ ކޮޅިޝަނެކޭ. އެހެންވެއޭ މިނިސްޓްރީތަކުގަ އެތިބި ކޮޅިޝަން ޕާޓީގެ މީހުން. ޕާލެމެންޓްރީ ކޮޅިޝަނެއް ނަހަދައޭ.
ނަތީޖާހަމާރީ
17 July 2019
ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތައް ކޯލިޝަންގެ ރުހުން ހޯދައިގެން ފޮނުވާކަށް ނުޖެހޭ. ނަމަވެސް ކޯލިޝަނުން ބިލް ހުށަހަލާއިރު އެއީ ފައިސާއާއި ގުޅޭ ކަމެއް ނަމަ، ސަރުކާރާއި މަޝްވަރާ ކުރަންޖެހޭނެ.
ބުލްބުލޭ
17 July 2019
ތިޔަކިޔަނީ އިންސާފުގެ މަގޭ ދޯ
ކަނބިލި
17 July 2019
ނާޒިމު ތިޔަހެން ވިދާޅުވާއިރުވެސް އެންގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ "ޑިމޮކްރަޓިކް ލީޑަރު"ގެ ޑިކްޝަނަރީގައި މަޝްވަރާކުރުން އެއީ އޮންނަ ކަމެއް ނޫންކަން.
ޛިހާމް
17 July 2019
ޕީއެންސީއާ އެއްކޮށްނު މަޖިލިހަށްލީ. މަޝްވަރާކޮށްލާ