ރިޕޯޓް / މިނިވަން ދުވަސް

ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގައި އެމްއޭސީއެލްގެ މުވައްޒަފުން ކާޓޫން ކެރެކްޓާތަކުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ފުޅަނދުބުރު ބެލުމަށް އެންމެ ގިނަ ބަޔަކު ޖަމާވީ މަޖީދީ މަގަށެވެ. މަގުގެ ދެ ފަރާތުގައި ގިނަ ބަޔަކު ފުރި ބާރުވި އިރު، އެމީހުންގެ މޫނު މަތިން ފެނުނީ ހިނިތުންވުމެވެ. މިނިވަން ދުވަހޭ ބުނެފި ނަމަ، މާލޭގައި އެންމެ ގިނަ މީހުން އިންތިޒާރު ކުރާ އެއް ކަމަކީ ފުޅަނދުބުރު ކަމަށް ވުމުން އެހެން ނުވާންވީ ސަބަބެއް ނެތެވެ.

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ފުޅަނދުބުރުގައި މި އަހަރު ވެސް އެކި ތީމުތަކަށް، ހާއްސަކޮށް، ކުޑަކުދިންނާ ގުޅޭ ގޮތަށް ކަންކަން ހުށަހަޅައިދިނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ވެސް ވަނީ މުލީއާގެ ކައިރީގައި ތިއްބަވައިގެން ފުޅަނދުތައް ބައްލަވާލައްވައިފަ އެވެ. މުލީއާގެ ކައިރިން ފުޅަނދުތަކުގެ ބައިވެރިން ތަފާތު ހަރަކާތްތައް ދައްކައިލި އެވެ.

ސަރުކާރުގެ ފަސް ކުންފުންޏަކުން ނުވަ ފުޅަނދު މި ފަހަރު ތައްޔާރުކޮށް، އާންމުންނަށް އިންސާފުކޮށްލަން ވަނީ ދޫކޮށްލައިފަ އެވެ. އެއީ ދިވެހިން އެންމެ ގިނައިން ހިދުމަތް ހޯދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޑަބްލިއުއެސްސީ އާއި އެމްއޭސީއެލް އާއި އެމްޕީއެލް އާއި ސްޓެލްކޯ އެވެ. އެ ހުރިހާ ފުޅަނދުތަކަކުން ވެސް ދިވެހިންގެ ހުރި ހުނަރު ވަނީ ދައްކާލައިފަ އެވެ. ފުޅަނދުބުރުން ޖަޒީރާ އަދި ދިވެހިވަންތަކަން ގިނަ ސިފަތަކެއް ވެސް ފެންނަން ހުއްޓެވެ.

ބީއެމްއެލްގެ ފައިސާ "ފޮތީގެ" ފުޅަނދު

ބީއެމްއެލްގެ ފުޅަނދު. އެ ކުންފުނިން ހެދީ އެންމެ ފުޅަނދެއް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ ގައުމީ ބޭންކުން ތައްޔާރު ކުރި ފުޅަނދުގެ އެންމެ ކުރީގައި ހުރީ ބީއެމްއެލްގެ ލޯގޯއެކެވެ. ދެ ފަރާތުގައި ދެ ބޯވަ އެވެ. ބޯވައިގެ ބޮލުގައި ބީއެމްއެލްގެ ލޯގޯ ޖަހާފައިވާ ތޮތްޕެކެވެ. މަތިން އަރަމުން ދިޔައީ ކުޑަކުދިން އެންމެ ގަޔާވާ ކަހަލަ ބޮކިތަކެކެވެ. މަތީގައި ފައިސާ ފޮތިތަކެއް "އުކާލާފައި" ހުއްޓެވެ. އެއް ރުފިޔާ އާއި ދެ ރުފިޔާގެ ފޮތިތަކެކެވެ. ރީނދުލާއި ރަތް ކުލަ އިން ޖަރީކޮށްފައި އޮތް އެ ފުޅަނދު ތަފާތު ވެފައި ފުރިހަމަ އެވެ.

ފުޅަނދުގެ އެތެރޭގައި ތިބީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ތިބި ކުދިންތަކެކެވެ. އަތުގައި އޮތް ރަތް ގައުމީ ދިދަ ވިހުރުވަމުން ދިޔައީ މިނިވަންކަމުގެ އިހްސާސް ކުރަމުންނެވެ. ހިނިތުންވެ ހުރެ ފޯރި އާއި ޖޯޝުގަ އެވެ. މިނިވަންކަމުގެ އުފާވެރި އިހްސާސްތައް އެކުދިންގެ މޫނު މަތިން ދިޔައީ ފެންނަމުންނެވެ.

އެމްޑަބްލިއުއެސްސީގެ ބޮޑު ރޭލު

އެމްޑަބްލިއުއެސްސީ އިން ހެދި ބޮޑު ރޭލު. މިއީ ހިތްގައިމު ރޭލެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ފުޅަނދަކީ ރާއްޖެ އިން ފެންނަ ޒާތުގެ އެއްޗެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ބަޔަކު ދަތުރު ކުރުމަށް ބޭނުން ކުރާ ރޭލެކެވެ. ވޯޓާ އެކްސްޕްރެސްގެ ނަމުން ނަން ދީފައިވާ ރޭލުގެ ދުވެލި ބާރެވެ. އެކިއެކި ކުލަ އިން މީހުންގެ މޫނަށް ހިނިތުންވުން ގެނެސްދިން ރޭލުގެ ކުރީކޮޅުން ފެނުނީ ވަރުގަދަ އަށް ދުން އަރަމުން ދިޔަ މަންޒަރެވެ.

ރޭލުގެ ބާރުގަދަ ބަރުގަނު އަޑުން މީހުންނަށް ސިހުން ގެނުވި އިރު، ރޭލުގެ ތެރެ އޮތީ ކުޑަކުދިން ބިރުން ފިއްކަނޑައިގެންދާ ވަރުގެ ކާޓޫން ކެރެކްޓާތަކުން "ހިސޯރު" ކޮށްފަ އެވެ. ފަހަތުގައި ތިބި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ސަގާފީ އަދި ޖަޒީރާވަންތަ ހަރަކާތްތައް ބަލަން ތިބި މީހުންނަށް ދައްކައިލަ ދިނެވެ.

އެމްއޭސީއެލްގެ ފުޅަނދު ޖަޒީރާވަންތަ

އެމްއޭސީއެލްގެ ފުޅަނދުގައި އަންހެނަކު، ގޮނޑުދޮށް ސިފަވާ ތަނެއްގައި އިށީނދެލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއޭސީއެލް އަކީ ފަހަކަށް އައިސް ކޮންމެ މިނިވަން ދުވަހެއްގައި ފުޅަނދުބުރުގެ ނަމޫނާ ކުންފުންޏެކެވެ. ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވުން މިކަމުގައި އޮވެ އެވެ. މާލޭގެ މަގުތަކުގައި ދައްކާލި ފުޅަނދުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވީ ވެސް އެމްއޭސީއެލްގެ ފުޅަނދުތަކުގަ އެވެ.

މި ފަހަރު އެމްއޭސީއެލްގެ ފުޅަނދުގެ އެންމެ ކުރީ ސަފުގައި މީހުން ތިބީ ކުރީގެ ރަސްރަސްކަލުން ހެދުން އަޅާފައި ތިބި ގޮތަކަށެވެ. ކުރީގެ ކާބަފައިންގެ ދިރިއުޅުން ހަމަ ރަނގަޅަށް ވެސް ދައްކުވައި ދިނެވެ. އެމްއޭސީއެލްގެ ފުރަތަމަ ފުޅަނދުން ފެނުނީ ސްޕޭސް ޝިޕެކެވެ. ރަންވޭއަކުން ތަން ދިއްލާލާފައި އޮތް އިރު، ޓަވަރެއް ފެންނަން ހުއްޓެވެ. ޓަވަރު ކައިރީގައި "ވާ ދޫކުރަމުން" ދިޔައީ ކުޑަކުދިންނަށް ކަމުދާ ސްޕައިޑަމޭން އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ފުޅަނދާ އެކީގައި ސުޕަވުމަން އާއި ހަލްކް ފަދަ ކާޓޫން ކެރެކްޓަތައް ފެނިގެން ދިޔަ އެވެ. އަދި މި ފުޅަނދާ އެކީގައި ވެސް ސަގާފީ ނެށުމުގެ ހަރަކާތްތަކެއް ފެނުނެވެ.

ދެ ވަނަ ފުޅަނދުން ފެނުނީ ކުޑަ ދޯންޏެއްގައި ތިން މީހަކު ތިބެގެން ދުއްވާ ތަނެވެ. ރަށެއްގެ މަލަމަތި ފެންނަ އަދި ޖަޒީރާވަންތަ ގޮތަކަށް މި ފުޅަނދު އޮތީ ބައްޓަންކޮށްފަ އެވެ. ގޮނޑުދޮށުގައި އަންހެނަކު ތެލި ދޮންނަ މަންޒަރާއި ޖޯލީގައި އަންހެނަކު ހަނޑޫ ހޮވާ މަންޒަރު ފެނުނެވެ. އުނދޯއްޔެއްގައި އަންހެނަކު އިންނަ އިރު، ގޮނޑުދޮށުގައި ވެސް އަންހެނަކު ހަމަޖެހިލައިގެން އިނދެ އެވެ.

އެމްޕީއެލްގެ ދިވެހިވަންތަ ޕެރޭޑް

އެމްޕީއެލްގެ ފުޅަނދެއްގައި ކުޑަ ދޯންޏެއް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުޅަނދުގެ އެންމެ ކުރީ ސަފުގައި ގައުމީ އެކި ވައްތަރުގައި ނަލަ ހެދިލައިގެން ތިބީ އެމްޕީއެލްގެ މުވައްޒަފުންނެވެ. އަންހެން ޒުވާނުން ކުރު ހެދުމާއި ކަނޑިކީގައި ތިބި އިރު، ފިރިހެނުން ފެނިގެން ދިޔައީ މުންޑާއި ޓީޝާޓްގަ އެވެ. ކޮންމެ މީހެއްގެ އަތުގައި އޮތް ގައުމީ ދިދަ ދިޔައީ ވިހުރުވަމުންނެވެ.

އެމްޕީއެލްގެ ފުރަތަމަ ފުޅަނދުގައި ފެނުނީ ކުޑަ ދޯންޏަކަށް ބަރުކޮށްފައި އޮތް ފޮށިތަކެކެވެ. މުންޑާއި ޓީޝާޓްގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު އިނީ ދޯނީގެ ހުންގާނުގަ އެވެ. އަނެއް ތިން މީހުން މަސައްކަތް ކުރީ ދޯނިތަކުގައި ހުރި ގޯނިތަކެއް ބޭލުމުގެ ބުރަ މަސައްކަތެވެ.

އޭގެ ފަހަތުގައި ވެސް އަންހެނުންނާއި ފިރިހެނުން ގައުމީ ހެދުމުގައި ދިދަ ވިހުރާލަ ތިއްބެވެ. އެމީހުންގެ ފަހަތުގައި މާފަތި ހިފައިގެން ވަރުބަލި ކަމެއް ނެތި ޒުވާން ފިރިހެނުން ނަށަމުންދިޔަ އެވެ.

އެންމެ ފަހުން ފެނުނީ ދިވެހިރާއްޖެ ޖަހާފައި ރަތާއި ހުދު ކުލައިން ބާޖެއް ފާޑުގެ އުޅަނދެއް ކޮންޓެއިނަރުތަކެއް އުފުލަމުން ދަނިކޮށެވެ. އޭގައި އެކި ކުލަ ކުލައިގެ ފަސް ކޮންޓެއިނަރު ފާޑަކަށް ހަދާފައި ހުރި އެއްޗެއް ބަރުކޮށްފައިވެ އެވެ. އެމްޕީއެލްގެ މަސައްކަތާ ކިތަންމެހާ ވެސް ގުޅޭ ތަފާތު ފުޅަނދެކެވެ.

ސްޓެލްކޯގެ ޓޯއީ ސްޓޯރީ ޕެރޭޑް

ސްޓެލްކޯގެ ޓޯއީ ސްޓޯރީ ޕެރޭޑްގައި ބައެއް ކެރެކްޓާތައް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސްޓެލްކޯގެ ފުޅަނދުތައް ކޮންމެ އަހަރަކު ވެސް އާންމުންގެ ގިނަ ބަޔަކަށް ކަމުދެ އެވެ. ކޮންމެ ފަހަރަކު ވެސް އެ މީހުންގެ ތަފާތު ދައްކަ އެވެ. ބައިވެރިވާ މުވަޒަފުންގެ އަދަދު ވެސް އެހެން ކުންފުނިތަކަށް ވުރެ ނިސްބަތުން ގިނަ އެވެ. އެންމެ ފަހުން އެމީހުންގެ ފުޅަނދުތައް ގުޅުވީ ސްޓާވޯޒް ކެރެކްޓަތަކާ އެވެ.

މި ފަހަރު ސްޓެލްކޯގެ ފުޅަނދު ހާއްސަ ކުރީ ޓޯއީ ސްޓޯރީގެ ކެރެކްޓާތަކަށެވެ. ޝެރިފް ވޫޑީ އާއި ބަޒް ލައިޓްއިޔަ އާއި މިސްޓަ ޕޮޓޭޓޯ ފަދަ ކެރެކްޓާތަކުން ކުޑަކުދިންގެ ހިތްތައް ފުރާލަ ދިނެވެ. ކެރެކްޓަތަކުގެ ތެރެއިން ކުޑަކުދިންނަށް އެންމެ ކަމުދިޔަ އެކައްޗަކީ ޔަގީނުން ވެސް މިސްޓަ ޕޮޓޭޓޯ އަށް ވާނެ އެވެ. ޓޯއީ ސްޓޯރީ ކާޓޫނުގެ މަތިން ކުޑަކުދިން ހަނދާނަށް އަންނާނެ ކަން ކަށަވަރެވެ.

މި ކެރެކްޓަތަކުގެ ފަހަތުގައި އޮތީ އަނެއްކާ ވެސް ބޮޑު ރޭލެކެވެ. ރޭލެއްގައި ގޮވާ އަޑު ހަމަ ރަނގަޅަށް ވެސް އިހްސާސް ކުރެވެ އެވެ. ރޭލަކަށް އެރުމުގެ ތަޖުރިބާ ހަމަ ޔަގީނުން ވެސް ކުރާނެ އެވެ. އެ ފުޅަނދުގެ ފަހަތުގައި އެކި ކުލަ ކުލަ އިން ދިއްލާފައި ހުރި ޕަރީތަކެއް "އުދުހެމުން" ދިޔަ އެވެ.

ސްޓެލްކޯގެ ދެ ވަނަ ފުޅަނދުން ފެންނަނީ ބޮޑު ގެ އެކެވެ. އުނދޯއްޔެއް ކައިރީގައި ހުރި އިރު، ފަންކާއެއް ގޮތަށް އެނބުރޭ ފާޑެއްގެ އެއްޗެއް ބަހައްޓާފައި ހުއްޓެވެ. އަދި ކުޑަކުދިންގެ ލޯތައް އަމާޒުވާ ގޮތަށް އިނގިރޭސި އަކުރުތައް ޖަހާފައި ހުރި ބޮކްސްތަކެއް ދިއްލާލާފައި ހުއްޓެވެ. އޭގެ ފަހަތުގައި އޮތީ ރޮކެޓެކެވެ.

ކޮންމެއަކަސް، ފަސް ކުންފުނީގެ ފުޅަނދުތައް އާންމުންނަށް ފެނިއްޖެ އެވެ. މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން ޚާއްސަކޮށް ކުޑަކުދިން އެންމެ ގަޔާވާ ކެރެކްޓާތަކާއި ދިވެހި ވަންތަކަން ވެސް ދައްކުވައިދީފި އެވެ.

70 ކޮމެންޓް, 161 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 4%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަށްޑޫ ކަތީބު

29 July 2019

ފުޅަދުބުރާ އެހެންބުރުތަށް ދައްކާލާފަ ދިވެހިން ދިވެހިންގެ ގަމާރުކަންމަތީގަ ބައިތިއްބާފަ މުޅި ގައުމުގެ ހަޒާނާ ހުސްކޮށްލަނީ ދަތުރުކޮށްކޮށް.

The name is already taken The name is available. Register?

ސަރުކާނު

29 July 2019

ކޮބާ ވޯޓަރ ސަޕްލައި ފުޅަނދު

The name is already taken The name is available. Register?

މަޖިލިސް

29 July 2019

ވިއްކަންހުރި ކޮސްޓިއުމް ކޮޅެއް ގަޔަށްމަހާލީމަ ހުނަރުވެރިވީދޯ.....

The name is already taken The name is available. Register?

ސޯރޭ

29 July 2019

ދެން ކޮންމެވެސް ކަމެއް ކޮއްލީ ދޯ!

The name is already taken The name is available. Register?

ްއެމްއެމްއައި

29 July 2019

ސިފަވަނީ ހުޅަނގުގެ ޚުރާފިއްޔަތަށް އަޅުވެތިވެފައިވާ މިންވަރު. ފުޅަނދު ބުރަކީ ކުރިމަގުގެ އުންމީދުތައް ރަމްޒުކޮށްދޭން، ޙާސިލުކުރަން މުހުތާދުވެފައިވާ އުންމީދުތައް ތަމްސީލުކޮށްދޭން ކުރާކަމަށްވާއިރު، މިހާރަށްވުރެ ރައްޔިތުން ދީންވެރިވާން، މިހާރަށް ވުރެ، ރައްޔިތުންގެ އުޅުންގުޅުން އިސްލާހުކުރާން، ރާވާފައި ހުރި، ކަންކަން ދެއްކުން ނޫންތޯ ރަނގަޅީ.

The name is already taken The name is available. Register?

އައްޔަ

29 July 2019

ވަރައްހަބޭސް

The name is already taken The name is available. Register?

އައްޔަ

29 July 2019

ދެންކަލޭމެނައް ކަމަކުނުދާނެ ހަމަކޮންމެކަމެއް ކުރަންޖެހޭނީ ޔާމީނު އޭރުންކަމުދާނެ

The name is already taken The name is available. Register?

އިމަނާ

29 July 2019

ފުޅަނދު ބުރުތައް ވަރަށް ފުރިހަމަ. އެކަންކުރި ފަރާތްތަކަށް ޝުކުރިއްޔާ. ޤައުމުގެ ގިނަ އަދަދެއްގެ ރަޢިއްޔަތުން އަޅައިގެން ތިބިހެދުމުންނާ، މޫނުމަތިން އުފާވެރިން ގެނުވި. އެންމެ މަތީ ފަންތީގެ އަންހެން ބޭކަނބަލުންގެ ހެދުންކޮޅު ފަޤީރުކަމާ، އިސްލާމީވަންތަކަމުން ބަރީޢަވެފައިވާތީ، މޫޑު ހަރާބުވި މީހުންވެސް މަދެއް ނުވާނެކަމަށް ފެންނަނީ. ވިސްނާލަމާދޯ.

The name is already taken The name is available. Register?

ކަރުކެހި

29 July 2019

މިއީ ޖަޒީރާ ރާއްޖެ ވީމާ މިކަމައްއެއްޗެއް ބުނާކައްނެތިން ޖަޒީރާ ވަންތަކަމުގެ ހުނަރުމިފެނުނީ

The name is already taken The name is available. Register?

މުލީ އަހްމަދު

28 July 2019

ލަދުން ނުދަން ބަލާކައް، އަހަރުން މީ ރާއްޖޭން ބޭރައް ނުގޮސް އުޅޭ ބައެއް ނޫން، މި ތަނައް ގޮސް އަތްޖަހަން ހުރެފަ ބޭރުގައުމަކައް ގޮސް ދައްކާނީ ކޮން މޫނެއް ؟؟

The name is already taken The name is available. Register?

އަލިކޮ

29 July 2019

ހިތުގައި ތިހާ ބޮޑާކަމާއި ކިބުރުވެރިކަން ބޮޑުވެއްޖެއްޔާ ކިހިނެއްތަ ދިރިއުޅެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454