އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
05 ސެޕްޓެމްބަރ 2019 - 11:03
މާލޭގައި އެތައް ޓަނެއްގެ ނަޖިސް، ކޮންމެ ދުވަހަކު އުފެދޭ ކަމަށާއި، ނަޖިސް ނައްތާލަން ހެދޭނެ އިތުރު ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫ އާއި ކ. ހިންމަފުށީގެ ނަރުދަމާގެ ނިޒާމު ނިންމުމަށް ފަހު، އޮޕަރޭޓްކުރަން ނުފެށި ލަސްވާތީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެން ޑރ. ހުސެއިން ވިދާޅުވީ މާލޭގެ ނަރުދަމާ ފުރަތަމަ ފަރުމާކުރި އިރު، އެކަން ކުރެވިފައި އޮތީ މާލޭގައި މިހާރު ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި މާލޭގައި އެއަށް ވުރެ މާ ގިނަ މީހުން އެބަ އުޅޭ ކަމަށެވެ.
ޑރ. ހުސެއިންގެ ޖަވާބު އެގޮތަށް އައީ، މާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރަން ކުރާ މަސައްކަތެއް އޮޅުންފިލުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
"އެހެންކަމުން މާލޭގައި ގާއިމުކޮށްފައިވާ ހޮޅީގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން މާލެ އަށް ބޭނުންވާ ގޮތަށް އެކަން ކޮށެއް ނުދެވޭ. މައްސަލަ ޖެހުނީމަ، އެމްޑަބްލިއުއެސްސީ އިން ކުރާ ކަމަކީ އަނެއްކާ މައްސަލަ ޖެހޭ ދިމާ، ބްލޮކްވާ ވުން ހުއްޓުވަން އިތުރު ހޮޅި އަޅަނީ،" ޑރ. ހުސެއިން ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނި. --- ފޮޓޯ: މަޖިލިސް
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީ އަށް ބިނާކޮށެވެ. އެކަމަކު މާލޭގެ އާބާދީ 200،000 އަށް ވުރެ މައްޗަށް އެރި އިރު، މުޅި ނިޒާމަށް ބާރު ބޮޑުވެ، ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ. އެކަމަކު، އެ މައްސަަލަ އަށް ދާއިމީ ހައްލެެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ޑރ. ހުސެއިން ވިދާޅުވި ގޮތުގައި މާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރެވޭނީ އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން އެ ނިޒާމު އިތުރަށް ހަރުދަނާކޮށްގެންނެވެ. އަދި އެމްޑަބްލިއުއެސްސީން މިކަމާ ވިސްނައި ފިޔަވަޅުތަކެއް އަޅަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ނަޖިސް ބޭރުކުރަނީ ފަރުމައްޗަށް ކަމަށެވެ. އެކަމަކު، އުކާލާ ނަޖިހަކީ އެނަރަބިކް ޑިޖެޝަން ޕްރޮސެސް ބޭނުންކޮށްފި ނަމަ، ގޭސް އުފައްދައި ފައިސާ ހޯދިދާނެ އެއްޗެއް ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.
"ދާދި ފަހުން އަޅުގަނޑު ޗެކް ރިޕަބްލިކަށާއި އިޓަލީ އަށް ކުރި ދަތުރުގައި މިފަދަ ނިޒާމުތައް ހިނގާ ގޮތާއި އޭގެ ތަޖުރިބާ އަޅުގަނޑުމެން ޓެކްނިކަލް މީހުން ވަނީ ހޯދާފައި،" ފެން ކުންފުނިން ވެސް އެފަދަ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ. ނަޖިސް ބޭނުންކޮށްގެން އިތުރު ގޮތްތަކެއް ހަދަން ޖެހޭ ކަމަށް ވިދާޅުވި. --- ފޮޓޯ: މަޖިލިސް
ޑރ. ހުސެއިން ވިދާޅުވީ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ނަމޫނާއަކަށް ބަލައިގެން އެފަދަ ކަންކަން ކުރުމުން، މާލެ އަށް ހައްލުތައް ލިބި ފަސޭހަވާނެ ކަމަށެވެ. އަދި މި ސަރުކާރުން ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ކުނި އެބަހުރިކަން ފާހަގަ ކުރައްވައި ޑރ. ހުސެއިން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގުމަށް ރައީސް އޮފީހުން ހުއްދަ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން ވަކިވަކި ރަށްތަކުގައި ހުރި ކުނިތައް ސާފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑު ދާއްބަ
05 September 2019
އެކައްޗެއްވެސް ނުކޭމަ ނައްތާލަން ނަޖިހެއް ނުހުންނާނެ
ވަކުންޖު
05 September 2019
ޗެކް ރިޕަބްލިކަ އަދި އިޓަލީގަ ނޯވޭ އެއްވެސް ސިޓީއެ ފުރިބާރުވެގެން ނަރުދާމާގެ ނިޒާމަށް ބާރު ބޮޑުވެގެން އުޅޭރަށެއް. ޖަފާން ކަހަލަ ޖަޒީރާގައުމުގެ ވެރިރަށަކީ ތަނުގެ ނިސްބަތުން އާބާދީ ބޮޑު ސިޓީއެއް. ޖަޒީރާ ތަނަކަށް ވުމުން ޓޯކިއޯ ކަހަލަ ތަނެއް މާރަގަޅުވީސް. އިޓަލީއާ ޗެކު ރިޕަބުލިކު ޗުއްޓީ ހަދާލަން ރަގަޅުވާނީ. އަނެއްކާ ޗުއްޓީއަށްތަ ދިއައީ
ގުއިދައިތަ
05 September 2019
މީ ބޮލެއް.! ބުނާނެ ތިމަންނަ ވެސް މީ މިނިސްޓަރެކޭ.. ކުރާ ސުވާލަށް ޖަވާބު ދޭން އިނގެނީކީ ނޫން. ޕީ.އެޗް.ޑީ އެކޭ ބުނާތީ ވެސް ލަދުން ބޯ ހަލާކު.
ޖަހާންގީރު
05 September 2019
މާލޭގަ ދިރިއުޅޭ ރަށްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއް! ކަންމަތީ ފިހާރައެއްގަ އުފެދުނު ބޯކަރުދާސް ކުނިކޮޅެއް އުކާލަން ކުނިކޮއްޓަށްމިދިޔައީ އެފިހާރައިގެ ނަމުގައި ރަޖިސްޓްރީކޮށްފައޮތް ދެޓަނު ޕިކަޕެއް ވެމްކޯއިން މިބުނަނީ ތިޕިކަޕްގަ ހުރިކުނިކޮޅު ކިތަންމެކުޑަޔަކަސް 2ޓަނު ޕިކަޕެއްވީމާ ޓަނަކަށް 200ރ މަގުން ފައިސާނެގޭނެކަމަށް އެކަމަކު އެތަނުގަ ކުނިކޮޅު ކިރޭނެ ނިޒާމެއް ގާއިމްނުކޮށް ޕިކަޕްގެ ޓަނޭޖުން ފައިސާނެގުމަކީ އެންމެ ރަގަޅު ގޮތެއްނޫން
ސަލާހު
05 September 2019
ދައްކާވާހަކަ ޕޯސްޓުން ގެންނައެއްޗެއް ގެޔާހަމަޔައް ގެނެސް ދޭންނުކެރޭ ތަނަކައް ތިތަހުޒީބު ގެނެވޭނެތޯ
ސަލީމު އިދުރީސް
05 September 2019
ތިބުނީ ތިއޮއް ކުޑަތަންކޮޅުގަ ދެލައްކަ މީހުން އުޅޭވާހަކަ ތިވަރު ކުޑަތަންކޮޅެއްގަ ތިހާގިނަ މީހުން އުޅެންވީމަ މުޅިމާހައުލު އޮންނާނީ ނަޖިސްވެފަ އެކަން ހައްލުކުރަން ކިހެނެއް ހަދަނީ
ރަންނަ
05 September 2019
ފުރަތަމަޖެހެނީ ހާލަތު އިތުރަށް ގޯސްވިޔަނުވެ ކޮންޓްރޯލް ވާނޭ ގޮތެއް ހޯދަން. އޭހެ ފަހުން މުޅި ހައްލެއް ލޯދޭނީ. ހަގީގީ ލާމަރުކަޒީ ނިޒާމް ހިނގައިގަތީމަ މީހުން މާލެ ޖަމާވުން މަދުކުރެވޭނެ. ބައެއް މީހުން މިހާރު މި ކޮމެންޓަށް ދެކޮޅުވެދާނެ. އެހެންނަމަވެސް ޒުވާނުންގެ ހިތްވަރެއް ހުރިއްޔާ މިކަން ކާމިޔާބުވާނެ
ރަދީފުއްދީނުލް އަކްބަރު
05 September 2019
ދިވެހިން ކުރީގާއުޅުނުގޮތަށް އަތިރިއަށްދާގޮތަށް ގާނޫނު ހަދަންވީ. އޭރުން ނަޖިސްޖަމާވެދާނެތީ ހާސްވާކަށްނުޖެހޭނެ.
ލިބާސް
05 September 2019
ލައްކައެއްހާމީހުންގެ ނަޖިސް ކޮންމެދުވަހަކު މޫދަށް ބޭރުކުރަނީ. ނަޖިސްބޭރުކުރާތަނުން މަސްބާނައިގެން އެތައްބަޔަކު ކަނީ. ހަމައެގޮތަށް މުޅި ރަށަށް ބޭނުންވާ ފެން އުފައްދާފަ ބާކީވާ ހުރިހާ ބްރައިން މޫދަށް ބޭރުކުރަނީ. މިއީ ތިމާވެށި ހަލާކުކުރުމަށްނުވޭތޯ. އެކަމަކު އެހެން ގައުމަކަށް ގޮއްސިއްޔާ ކަލޭމެން ތިމާވެށި ހަލާކުކުރަނީއޭ ކިޔަނީ.
ޖަހާންގީރު
05 September 2019
ކުކުޅަކީ ގުއި ކާއެއްޗެއް އެހެންވިއްޔާ ކުކުޅުމަސް ނުކެވޭނެތާ!
އެޑަމް
05 September 2019
މީިގާ ތުލުސްދުއާ ހިންމަފުށީގެ ނަރުދަމާ އާބެހޭގުތުން މެމްބަރު ކުރިސުވާލައްމިނިސްޓަރު ޖަވާބުދީފަކާނެތެވެ.މުޅިން ސުވާލާނުބެހޭ ބޭކާރުވާހަކަތަކެއްދެއްކީ އެކޮސްއަގަތަޅާއަޑުއަހަންނަސީމު އިނީއަގަބެދިފަ ދެރަށުގެނަރުދަމާއައްވީގޮތެއް ދެރަށުގެރައްޔިތުންނަކައްނޭގުނުކޮބާސުވާލުގެބޭނުމެއް?!!
ތުއްތުކަލޯ
05 September 2019
މާލެއާއި ރާއްޖެތެރޭގެ ރައްރަށުގައި ސަރުކާރު އޮފީސްތަކާއި ސަރުކާއު ހިއްސާއޮންނަ ކުންފުނި ތަކުގައި އިންތިހާއަށް ދަނީ ސިޔާސީ ނަޖިހާއި ކުނި ގިނަވަމުންނެވެ. ސަރުކާރު ގެނައީ ސިޔާސީ ނަޖިހާއި ސިޔާސީ ކުނި ގިނަކުރާކަށް ނޫނެވެ. މިސަރުކާރު ގެނައީ ކުރީސަރުކާރުގެ ނަޖިހާއި ކުނި ސަރުކާރާއި ކުންފުނިތަކުން ބޭރުކޮއް ހުސްކޮއްގެން އާމުދާ އެތަންތަނަށް ލުމަށެވެ. އެކަމަކު އެހެން ނުވިތާއެވެ. އަގުނުކުރެވޭ މަތީ ފަސްހުރި މުދާތަށް އެތިބެނީ ވަންނާނެ ތަނެއްނޭގި ބާކީވެފައެވެ.