05 އޮކްޓޯބަރ 2019 - 23:58
މި ސަރުކާރުގެ ބަޖެޓު "ނެތް" ކަމަށް ވިދާޅުވެ، މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާންގެ ލަވައަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކ. ހިންމަފުށީގައި ބޭއްވި ޖަލްސާގައި ޔާމީން އިޝާރާތް ކުރެއްވި ލަވައަކީ ދިވެހިންގެ ގިނަ ބަޔަކަށް ކަމުދިޔަ "ވަގުތު ނެތޭ، ވަގުތު ނެތޭ" މި ލަވަ އަށެވެ. އެކަމަކު، އެ ލަވައިގައި ބުނާ އެ އިބާރާތުގެ ބަދަލުގައި ޔާމީން ބޭނުން ކުރެއްވީ "ބަޖެޓު ނެތޭ، ބަޖެޓު ނެތޭ" މި އިބާރާތެވެ.
ޖަލްސާގައި ޔާމީން ވަނީ މޭނާ ހައްސާންގެ އެ ލަވައިގެ އިބާރާތް އެގޮތަށް ބަދަލުކޮށްގެން އެއް ކަޑި ކިޔުއްވައިފަ އެވެ. ބެލެވޭ ގޮތުގައި ޔާމީން އެ އިޝާރާތް ކުރެއްވި ވާހަކައަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ކަމަށް ބުނެ ދައްކާ ވާހަކައަށެވެ. އަދި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
"ކެޔޮޅު ކިތަންމެ ދަތަސް، ފަޅުވެރިން ކިތަންމެ ގިނަޔަސް، ވަގުތު ނެތޭ ބުނާހެން، ބަޖެޓު ނެތޭ، މިއީ ނޫންތޯ މިކަން ވާ ގޮތަކީ؟" ޖަލްސާގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ބަޖެޓު ހުސްވީމަ، ކަމެއް ކުރާނީ ކިހިނެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީގެ މަޝްރޫއުތައް "ބަންޑުންވެގެން" ގޮސްފައި ނުވާ ކަމަށެވެ. އޭރުގައި ސަރުކާރުން ކުރީ ވަރަށް ބަލައިގެން ކޮންމެހެން ކުރަން ޖެހޭ ކަންކަން ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތަކަށް ތަރައްގީގެ މަޝްރޫއުތައް ފެތުރިގެން ދިޔައީ ފަހު ތިން އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑު ދަރަންޏެއް އޮތް ކަމަށްވާ ނަމަ، ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ދަރަނި އަދާކުރުމުގެ މަސައްކަތްކޮށް، "އަޑިގަޑުން" އަރައިގަނެވޭ ވަރަށް މާލިއްޔަތު ބިނާ ކުރެވުނީމަ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. ވެރިކަމުގައި އެ ބުރަ އުފުލަން ޖެހުމާ ގުޅިގެން ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރަން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ދިއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޕީޕީއެމް
"މުރުއްވަތްތެރިން، ބުއްދިވެރިން ކަންކަން ކުރާ ގޮތަކީ ދަރަނި އަދާކުރެވޭ މިންވަރަށް މާލިއްޔަތު ގެންގޮސްފައި ދެން އެ ހިސާބުން އޭގެ ފަހުން ތަރައްގީގެ މަޝްރޫއުތައް ހިނގާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖެއަކީ އިގްތިސާދީ ގޮތުން މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމަށް ހަދަން ވޭތުވެދިޔަ ފަސް އަހަރު ދުވަހު މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ މި ސަރަހައްދުގައި އޮތް ވަރަށް ތަރައްގީކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި އިދިކޮޅު ޕީޕީއެމަށް މެމްބަރުން އިތުރުކުރަން އެ ޕާޓީން ސިލްސިލާކޮށް ކުރާ ދަތުރުތަކުގައި ކ. އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހިންމަފުށީގައި ހުންނަވައި ޔާމީން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ސަރުކާރަށް ހިންގޭނީ މަސައްކަތްތަކެއް ކުރީމަ ކަމަށެވެ. ވަސީލަތެއް ނުލިބޭނެއޭ ކިއާފައި ތިއްބަސް، އެއްވެސް ކަމެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަސީލަތަކީ ހޯދަން މަސައްކަތް ކުރީމަ ﷲ ތަނަވަސްކޮށް ދެއްވާ އެއްޗެއް،" ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޭ
07 October 2019
ކަލެއަކަށް ދެނެއް ރައީސްކަމެއް ނުލިބޭނެ.
ޖަޒީރާ ބޯއީ
08 October 2019
އެންބުރި އަންނާނަން އިންޝާﷲ
ލީޝް
07 October 2019
ލަދެއް ވެސް ނުގަނޭ މި ޔާނީމު! ޕިސް ޕިސް
އަހުމަދު.
07 October 2019
ބަޖެތް ނެތޭ ބަޖެޓް ނެތޭ ލަވައެއްގެ ސިފައިގަވެސް ކިޔަން އެންމެ ރަނގަޅު މީހަކީ މަނިކުފާނު. ވަރަށް ތާހިރު. ދިވެހި ދައުލަތް ދެތިން އަހަރު ހިނަގާނެ ފައިސާ އެމްއެމް ޕީއާރިސީއަށް ލިބުނު. ކޮބާތޯ އެފައިސާތަށް. ؟ ކައިރީގަ އުޅުނު އައުވާނުން ތަކާ ތިމާމީހަވެސް ބައިވެރިވެގެން އެހުރިހާ ފައިސާ އަމިއްލަ ޖީބަށް ކާޅަކޮށްލައިގެން ހުރެ ބަޖެޓް ނެތޭ ބަޖެޓް ނިޔަން ވަރަށް ތާހިރުދޯ ؟ ލަދުހަޔާތް ކޮބާ.
މަރޭ
07 October 2019
"ޗައިނާ އަށް ބިންބިން ވިއްކަން ގާނޫނު ބަދަލުކުރީ".ޔާމީނު.މިހާރު ކަމުނުދަ ކަމެއް މެޖޯރިޓި ލިބުނީމަ ބަދަލު ނުކުރަނީ ކީޢްވެބާ. ޔާމީނު ކޮށޤފަ ހުރީ ގައމުމަށް ފައިދާ ހުރި ކަންކަން. އެކަމުގެ ފަސޭހަ މާލެ ގަ އުޅެ މީހުންނަށް އިނގެނެ އެކަމަކު ގަބޫލު ކުރަން ބެނުންނެތީ.
ޢަބްދުﷲނާފިޒް
07 October 2019
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ މި ސަރަހައްދުގައި އޮތް ވަރަށް ތަރައްގީކޮށްފައިވާ ކަމަށް މަނިކުފާނު ވިދާޅުވިނަމަވެސް، މަނިކުފާނުގެ ތަރައްޤީއާ ޤައުމަށް ގެނެސްދެއްވި ކުރިއެރުކަމަށް ރައްޔިތުން ނުބަލާ، ރައްޔިތުން މަނިކުފާނަށް ނޫނެކޭ ބުނީ ކީއްވެގެންކަން އެއްވެސްވަރަކަށް ވިސްނާލެއްވިންތޯ!؟ ޖަވާބު ލިބިލެއްވިތޯ!؟
ލޮލް...
07 October 2019
މައުމޫން ޖަލަށް ލީމަ... ހަހަހަހަ
ނުކި
06 October 2019
ރޯނެ ވަލުން ކުދި ފިޔޮއް، ބޯނެ ފެނެއް ނުލިބުމުން، ހޯދިފަހުން ނުފެނުމުން، ރޯނެ ވަލުގަ ހިމަ އަޑުން..
ަފާތުމަ
06 October 2019
ބަޖެޓެއް ނުހުންނާނެ ދިރުވާލި ބަޔަކު ދިރުވާލީމަ...ކޮބާ ލަދު
ބުރު
06 October 2019
ދެން ؛ކީއްވެގެންތަ ތިތެޅިފޮޅެނީ މިސަރުކާރުން މަޝްރޫޢުތައް ނުފަށައިގެން މިސަރުކާރަށް އަދިވީ 10 މަސްނޫންތޯ؟ ތިބުނީ ތިމާމެންވެސް ގެ ސަރުކާރުން މަޝްރޫޢުތައް ފެށީ 3 ވަނަ އަހަރޭ ކީކޭތަ ތިކިޔަނީ ތެޔޮބޮލަށްއެރީތަ ވެރިކަމުން ފޭބީމަ. ކަލޭ ވެރިކަމުން ފޭބިއިރު ރާއްޖެއޮތީ ދަރަނިވެރިކޮށްފަ ނޫންތަ؟ ދެން މިސަރުކާރުންވެސް އުޅެންޖެހިފަމިއޮތީ އެކަންކަން ހަމައަކަށް އަޅުވާކަށްނު.އެވަރުންވެސް ކަލޭ ފުރަަތަމަ އަހަރު ފެށި މަޝްރޫއޫގެ 2ގުނަ މިހާރު ފަށައިފިނު.ބޯގޯސް..
ކަތްދައްތަ
06 October 2019
މާރީތި ވާހަކައެއް ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ވާހަކަ އެބަ ކިޔައެއްނު. އެއީ ޔާމީނުގެ ކޮރަޕްޝަނުގެ ރަމްޒެއް. އެތަން އެޅުމުން މަނިކުފާނު ތިޔަ ވަޑައިގެން ހުންނެވި ރަށުގެ ރައްޔިތު މީހާއަށް ވީ ލުއިތޯ ވީ ބުރަތޯ ބަލާބަލަ. ރަށުން ފުރައިގެން އިންޑިޔާ ލަންކާއަށް ދިއުން މާލެއައިސް ހަފްތާއަކު ހުރެ ބޭސް ކުރުމާ ނުބައްދަލު. މާލެ ގޮސް ހުރުމަކީ އޭގެ ޒާތުގައި ވޭނެއް. ބޮޑު ބުރައެއް. ތަކުލީފެއް. ބޮޑު ޚަރަދެއް. ބަލިން އަޅާ ބޭނުގެ ދެގުނަ ވޭން އަޅާ.
އިދުރީސްނަންބަރު2
06 October 2019
100 މިލިޔަން ހޯދިގޮތް ލަވައަކުން ކިޔައިދޭންޖެހޭ.
ގިޔާސް
07 October 2019
ބައިކުޅަބައި މުސާރަ ނަންގަވައިގެން ފަސްއަހަރުތެރޭ އެއްކުރި ފައިސާއިން 17 ބުރިއަށް ގެދޮރު އިމާރާތް ކުރާގޮތެއްވެސް ރައްޔިތުންނަކަށް ނޭގޭ...........