ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
23 އޮކްޓޯބަރ 2019 - 12:05
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ "ހަގީގީ ތަހުގީގެއް" ކުރާ ނަމަ، ޚިޔާނާތުގެ ލިސްޓަށް އެންމެ ގިނަ އިން އަރާނީ އެމްޑީޕީގެ ބޭފުޅުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ބޮޑު ޚިޔާނާތުގެ ތަހުގީގަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން ތަހުގީގު ކުރަމުން އައި މައްސަލައެއް ކަމަށާއި އެ ތަހުގީގަށް ހުރަސްއެޅީ މި ސަރުކާރުން ކަމަށެވެ.
"ތަހުގީގަށް ހުރަސް އަޅައި މިއިން އެއްވެސް ކަމެއް އަސްލަށް ރުޖޫއަ ނުވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރަމުންދާ ތަން މި ފެންނަނީ،" ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ޝިޔާމް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ލިސްޓަށް އެރުވޭ ކަމަށްވާ ނަމަ، އެއީ މައްސަލައެކެވެ. އެކަމުގައި ހަގީގީ ތަހުގީގެއްކޮށް، ޚިޔާނާތުގައި ބައިވެރިވާ މީހުން ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުގައި ޝިޔާމް ވަނީ އެމްޑީޕީގެ ބޭފުޅުންނަށް ޚިޔާނާތުގެ މަންފާ ލިބިވަޑައިތް ކަމަށް ވިދާޅުވެފަ އެވެ.
ޝިޔާމް މިސާލެއްގެ ގޮތުގައި ދެއްކެވީ ކުރީގެ ސަރުކާރުން މަޖިލިހަށް ހުށަހެޅި ބިލްތަކާ ދެކޮޅަށް އެމްޑީޕީން އިހުތިޖާޖް ކުރަނިކޮށް، އެ ބިލްތަކާ އެއްކޮށް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވި މައްސަލައަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބިލްތަކާ އެއްކޮޅަށް މެމްބަރުން ވޯޓު ދެއްވީ ޚިޔާނާތުގެ ފައިސާ ހޯއްދަވައިގެންނެވެ.
"މިއަދު އެމްއެމްޕީއާރުސީގެ ވާހަކަ ދައްކާ އިރު، ތިޔަ ވިދާޅުވާ ލިސްޓަށް އެންމެ ގިނަ އިން އަރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އެމްޑީޕީގެ ބޭފުޅުން. އެމްޑީޕީގެ ބޭފުޅުން އެ ލިސްޓަށް ނާރާނެ ގޮތެއް ނޯންނާނެ،" ކުރީގެ ސަރުކާރުން ކުރި ތަހުގީގުތައް ދިފާއުކުރައްވައި ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އެ ފައިސާ ބޭނުންކޮށްގެންކަން "ތުންތުން މަތިން" ދައްކާ ވާހަކަތަކުން އަޑު އިވިވަޑައިގެންފައިވާ ކަމަށާއި އަދީބު އެކަން ގަބޫލު ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
އަދީބަށް ޚިޔާނާތުން ލިބިވަޑައިގެންނެވި ފައިސާ އަށް ވުރެ ބޮޑަށް އެމްޑީޕީގެ މީހުންނަށް އެ ފައިސާ ދެއްވިފައިވާ ކަން އަދީބު ވެސް ގަބޫލު ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިތަނުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން ފައިދާވެފައި ތިބި މީހުން ވަރަށް ރަނގަޅަށް އެބަޖެހޭ ބަލާލަން. ފާޑެއްގެ މަޅިއެއް ޕީޖީ ކަރަށް އެއްލައިގެން ބޭނުންވާ ނަންތަކެއް އެ ލިސްޓަށް ގިނަ ކުރުމަށް ވުރެ، ރަނގަޅު ތަހުގީގަކުން ތަހުގީގުކޮށް ވެރިކަމަށް އައި ގޮތް ވެސް ތަހުގީގު ކުރަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިހަށް ކުއްލި މައްސަލަ ހުށަހެޅީ އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ އޮއްބާލާށެވެ. އެކަމަކު، އެމްޑީއެންގެ މައްސަލަ އޮއްބާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަންބޭ
25 October 2019
ގިނައީ ކޮންބައެއްކަން އެނގޭނެ ބިތުފަންގި ނަގައި ނިމުނީމަ. ބަލަންތިބެމާ.
ޢަލިކޮއެ
23 October 2019
ކ.މާފުށީ ރައްޔިތުންގެ 498200 (ހަތަރުލައްކަ އަށާނަވައިހާސް ދުއިސައްތަ ރުފިޔާ) މާލިއްޔަތު ޤާނޫނާ ޚިލާފަށް އިޢުލާން ކުރުމެއްނެތި، އެޖެންޑާކުރުމެއްނެތި، ބަހުސްކުރުމެއްނެތި، ވޯޓްދިނުމެއްނެތި، ޤަރާރު ފާސްކުރުމެއްނެތި، ބިޑުގައި ބައިވެރިވުމެއްނެތް ބަޔަކަށް ކައުންސިލުގެ ރައީސް ފައިސާ ގަނޑުކޮށް ދިންދިނުމަކީ މިހިނދުން މިހިދަށް ބަލާ ތަހުގީގު ހިންގަންޖެހޭ ކަމެއް. ޢޭނާ އަކީ އެމްޑީޕީ މީހަކަށްވިޔަސް ކުރަން ޖެހޭކަމެއް.
އަޅޯ
23 October 2019
ގިނައީ ކޮންބައެއްތޯއެނގޭނީ ހާމަކުރީމަ. ހާމަކުރުމުގެކުރިން ތިހާވަރަކަށް މީހުނާދިމާލަށް އިނގިލިދިއްކުރުއްވަނީ ކޮންކަމަކާ ޑަރުހީވާތީތޯ؟
ޖުލައިން
23 October 2019
ޝިޔާމްއަށް އިނގެންޔާ ނަންތައްވެސް ކިޔައިބަލަ، ޔާމީނު އަދީބުލައްވާ ވައްކަންކޮށްފަ އެލާރިތައް އެމް.ޑީ.ޕީ މީހުންނަށް ބަހައިފާނެކަމަށް ގަބޫލެއް ނުކުރެވޭ
ބޮޑުމީހާ
23 October 2019
އެމްޑީޕީއެއް، ޕީޕީއެމްއެއް، ކުޑައެއް، ބޮޑެއް، ޔާމީނެއް، އަދީބެއް ބަލާނެ ކަމެއް ނެތް. ހިޔާނާތުގެ ފައިސާގައި ޖެހުނު އެންމެންނަށް ހައްގު އަދަބުދެވި، އެމީހުންގެ މުދާ ވިއްކައިގެން ވިޔަސް ދައުލަތަށް ބަދަލު ނުހޯދައި ދެން އެމްޑީޕީ މީހުން ވޯޓް ހޯދަން އައިސްގެން ނުވާނެ
COLLECT
19 October 2020
ބަރާބަރު ވާހަކައެއް އަވަސްކުރޭ ހާމަ ކުރޭ ހީވަނީ ތިކަމުގައި ވެސް ގިނަވާނީ މޑޕ މީހުންހެން ގިނަވާނީ ހހހހ
މަންޑޭލާ
23 October 2019
ޤައުމަ އެމްމެ ބޯޑެތި ހިޔާނައް ދެނީ ނަޝީދުއާ ގުޅިފަތިބިމީހުން.
ޏަމްޏަމް1
23 October 2019
ފެނަކަޔައް ބޮޑު އަގުގައި ތެޔޮ ވިއްކީވެސް އެމީހުން ދޯ.
ޝޮކްތެރަޕީ
23 October 2019
އިސްލާމްދީނައް ފުރަސްސާރަ ކުރަންޏާ މަޑަކުން ނުތިބެވޭނެ. މީ ވަރައް ސީރިއަސް މަސްސަލޭ. ވަގުފައިސާ ނެގިމީހުން ތިބެނީ އެމްޑީޕީގަ.
ހަުޅި
23 October 2019
ހުކުންކުރާ ދުވަސް ކައީރިވީވީހެން ރިޕޯރޓުވާހަކަ ދެއްކުން ގިނަވަނީ ރިޕޯޓު ނެރުނީ އިބޫ ސޯލިހުތަ
ބައްފެން ސަލީމު ބެ
23 October 2019
ކަލޭ ހުރެބަލަ އަނގަ މަޑުންލައިގެން~
ކުޑަދޫ
23 October 2019
ރަނގަޅަށް ކޮނެގެން ބަލާ. ކޮންމެ ދިމާއަކުން ފެންނާނީ ޚިޔާނާތުގެ ގަދަފަދަ ކުލަތައް. ބޮޑެއް ކުޑައެއް ކިޔާނެ ކަމެއްނެތް