ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނަށް ޖަލު ހުކުމް އިއްވީ ގޯސްކޮށް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގަބޫލުކުރާ ކަމަށް ޝިޔާމާއި ސައީދު ވިދާޅުވި.
05 ޑިސެމްބަރ 2019 - 23:25
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ހުރި ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ޔާމީނަށް ހުކުމް އިއްވީ ނާއިންސާފުން ކަމަށް ބުނެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ބޭރު ގައުމުތަކާ އެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
ސްރީ ލަންކާގެ ދަތުރު ނިންމާލައްވައި މިރޭ މާލެވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސައީދު ވިދާޅުވީ ނުހައްގުން ޔާމީނަށް އަނިޔާ ދެމުންދާ ކަން ލަންކާގެ މިޝަންތަކާއި ބައިނަލްއަގްވާމީ ފަރާތްތަކަށް މައުލޫމާތު ދެއްވި ކަމަށެވެ. ޔާމީނަށް ހުކުމް އިއްވީ ރަނގަޅަށް ކަން ބަލައި ނުގަނެވޭ ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި ގޮތުގައި އެ ކަންކަމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް އަވަހަށް އަޑު އުފުލައި ބަޔާންތައް ނެރޭނެ އެވެ.
ސައީދު ވިދާޅުވީ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ޔާމީނަށް ހުކުމް އިއްވުމުގެ ކަށަވަރުކަން ދޭން މި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން އެދިވަޑައިގަތް ކަަމަށް ހައިލަމް ވިދާޅުވެފައި ވުން ހިމެނޭ ކަމަށް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ސައީދު ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ފަހުން އެކުލަވައިލި ބެންޗުން އަމަލުކުރި ގޮތް ވެސް އެންމެންނަށް އެނގެ އެވެ.
"ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް އެބަ އެނގޭ މީގައި ގޯސްތަކެއް އެބައުޅޭ ކަން. ޝަރީއަތް ގެންދިޔަ ގޮތާ ދޭތެރޭގައި ހިތްހަމަނުޖެހޭ އެތައް ބަޔަކު އެބަތިބި،" ސައީދު ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވައި މާލޭ ޖަލަށް ގެންގޮސް އަމަލުކުރީ ވެސް ވަރަށް ލާއިންސާނީކޮށް ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ. މާލޭ ޖަލުގައި ކުށްވެރިންނާ އެކު އެމަނިކުފާނު ބެހެއްޓެވުމުން ފުރައްސާރަ ކުރުން ފަދަ ކަންކަން ވެސް ކުރިމަތިވެވަޑައިގެންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވާ ކަންތައްތަކެކެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވެސް ވިދާޅުވީ ޔާމީނަށް އިއްވި ހުކުމުން ސާފުވީ މި ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް އޮތް މިންވަރު ކަމަށެވެ. އެމަނިކުފާނުގެ މުޅި ޝަރީއަތް ހިނގައިދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މި ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ވަރަށް ގާތުން ބަލަމުން. މީގެ އިތުރުން، އިންޓަނޭޝަނަލް އޮގަނައިޒޭޝަންތަކުން ވެސް މިކަން ވަރަށް ގާތުން އެބަ ބަލާ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
29 August 2021
އަންނިއާއިއެމް ޑީ. ޕީ ވެރިކަން ކުރަނީ މަކަރު ހަދާގެން މީހުން ގަދަބާރުން ސާބިތު ނުވާ ޝަރީޢަތް ކޮށްގެން ކަމަށްފެނޭ
އަލްމާ
06 December 2019
ފަނީ... ވެރީ ފަނީ.
ޛާން
06 December 2019
ޔާމީނު ވިދާޅުވީ ކޯޓުން ގޮތްނިންމީމާ، ބޭރުގެ ފަރާތްތަކަށް އެކަމަށް ގޮތެއް ނުކިޔޭނޭ. އަދި އެޙުކުމާގުޅިގެން ތިމަންނައަށް ކުރެވޭނެ ކަމެއް ނޯންނާނޭ. ދެން ޝިޔާމުމެން ކީއްކުރަން ބޭރުމީހުން ކައިރިއަށް އާދޭސް ކުރަން ދާންވީ.
ސަފަރު ކައްދައްތަ
06 December 2019
މަނީ ލޯންޑްރީ އެއީ ކޯޗެއްތަ؟
ވަޑްޔައްތޮކިނަބާ
06 December 2019
ބައިނަލްއަޤުވާމީ ފަރާތްތަކުންވެސްތިބީ ޝަރީޢަތް ހިނގާދިޔަގޮތް ލައިވްޓީވީ އިން ބަލާށެވެ. ޔާމީން އަމިއްލައަށް ޝަރީޢަތުގެ މަޖިލީހުގައިވީ އިޢުތިރާފުން އެކަނިވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެއެވެ. ދެން ކަލޭމެން ކިތަންމެ ކަންބޮޑުވިއަސް އެހެން ބަޔަކު ކަންބޮޑެއް ނުވެއެވެ. ކޮންހާ ދޮގެއްހަދާކަށްހެއްޔެވެ.
ނަޖްވާ
06 December 2019
ބަލަގަ ބައިނަލް އަޤްވާމީ ޖަމިއްޔާ ތަކުންނާ ބޭރުގެ ދައުލަތްތަކުން ބަލަމުންދާނީ ޝަރީއަތުގެ އިޖްރާއަތްތައް ފުރިހަމަވެފަ ހުރި ތޯ އެނގިއްޖެ! އެކަންކަން އެ މަގުން ހުރިއްޔާ ހުކުމް ކޮންމެ ގޮތަކަށް ބުނި ކަމަށް ވިޔަސް އެތަންތަނަކުން މައްސަލައެއް ނުޖައްސާނެ!
ރަށުމީހާ
06 December 2019
ތިބާމެން ބަޔަކައް ހުކުން ކުރި ދުވަސް ހަނ ދާންކޮއްފާ ދެން ވާހަހަދައްކާ ލަދުން ބޯަލާކު ތިބާމެން ފަޓުލޯން ލަނީކީކުރަން ހަނދާންވޭތަ.
މަންމަ
06 December 2019
ތި ބަންދަލު ކޮށްފަ އަންނަ ބައެއްގެ ފުޓޯއެއް ހިސާބުވެސް ނުފެނޭ. ބަލާބަލަ އަހަރަމެންގެ ސާހިދުމެން ގައުމުތަކުގެ ރައީސުންނާއި ވަޒިރުންނަށް ބައްދަލުކުރަމުން ދާގޮތް. އެ ބޭފުޅުން އެ ތިބެނި ސާހިދުމެން ފެނުނީމަ ހެވިފަ.
ވަބާ
06 December 2019
ތިޔަބުނާ ބަޔަކު ކަންބޮޑުވީ ކުރިހުކުން ކުޑަކަމުން
އޮނަރަބްލް އަފީފު ދީދީ
06 December 2019
ޔާމީނުގެވަޒީރުކަންކުރިމީހަކަށް އިތުބާރުނުކުރާތީ ސަޢީދު ދައްކާވާހަކައިގެ ތެދުދޮގުބެލުމަށް އެމަރިކާގެ ސްޓޭޓްޑިޕާޓްމަންޓާއި އިޤިރޭސި ފޮރިންގްސެކެޓްރީ، ޔޯރަޕިއަންޔޫނިއަން އަދި ޗައިނާސަރުކާރާއި ސައުދީގެ މަސްއޫލުފަރާތްތަކުގެ ޓްވިޓަރ އެކައުންޓްތައްބަލައިފިން. # ދުނިޔޭގެމަޝްހޫރު ޙަބަރުފަތުރާޗެނަލްތައްކަމަށްވާ ސީއެންއެން، ބީބީސީ، އެންޑީޓީވީ، އަލްޖަޒީރާ، އެންބީސީ އާއި ފޮކްސް އަދި އޭބީސީ އަކުންވެސް ތިޔަމީހާގެމައްޗަށް ނުޙައްޤު ޙުކުމެއް ކުރިވާހަކަ ނުފެނުނު.