މިސް ޔުނިވަސާސްގެ މަގާމު ލިބުނު ތަންޒީގެ ބޮލުގައި 2018 ގެ މިސް ޔުނިވާސް ފިލިޕީންސްގެ ކެޓްރިއޯނާ ގްރޭ ތާޖް އަޅުވައިދެނީ.
10 ޑިސެމްބަރ 2019 - 07:01
މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު ދެކުނު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީނީ ތަންޒީ އަށް ލިބިއްޖެ އެވެ.
އެމެރިކާގެ ޖޯޖިއާގެ އެޓްލާންޓާގެ ޓައިލާ ޕެރީ ސްޓޫޑިއޯގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި 68 ވަނަ މިސް ޔުނިވާސްގެ ހަފުލާގައި މިސް ޔުނިވާސްގެ ތާޖާ އެކު ތަންޒީ، 26، ބުނީ އޭނާ އަށް އެ މަގާމު ލިބުމަކީ ކަޅު ނަސްލުގެ ހުރިހާ އަންހެނުންނަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އޭނާގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސް، ފިލިޕީންސްގެ ރީތީގެ ރާނީ ކެޓްރިއޯނާ ގްރޭ އެވެ.
The new #MissUniverse2019 is... SOUTH AFRICA!!!! 🇿🇦 pic.twitter.com/gRW8vcuT3A
— Miss Universe (@MissUniverse) December 9, 2019
"މިއީ އަހަރެމެން މިހާރު މި އުޅޭ ދުނިޔޭގައި ބަދަލަކަށް އެޅުނު އިތުރު ފިޔަވަޅެއް. މީހާގެ ކުލަ އާއި އިސްތަށިގަނޑު ހުންނަ ގޮތާއި ނަސްލަކީ ތަފާތުކުރުންތައް އޮވެގެން ވާނެ ކަމެއް ނޫން،" ތަންޒީ ބުންޏެވެ. "އަހަންނަށް ހަމަ ޔަގީން އަހަންނަށް މި މަގާމު ލިބުންވެގެން ދާނީ އަހަރެން އެކަހަލަ އެތައް އަންހެން ކުދިންނަށް އުންމީދުތައް އާކޮށްދޭނެ ކަމަކަށް."
މިއީ މިސް ޔުނިވާސްގެ މަގާމު ދެކުނު އެފްރިކާގެ ރީތީގެ ރާނީއަކަށް ލިބުނު ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އެ ގައުމަށް އެ މަގާމު ލިބުނީ 2017 ގަ އެވެ.
މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ ގެންދިޔައީ ޕޯޓެރިކޯގެ ރީތީގެ ރާނީ މެޑިސަން އެންޑަސަން، 24، އެވެ. ތިން ވަނަ ލިބުނީ މެކްސިކޯގެ ސޯފިއާ އެރޮގޯން، 25، އަށެވެ.
މިސް ޔުނިވާސް އަށް ފަހު ދެން މި މަހު އޮންނަ އެންމެ ކުލަގަދަ ހަފުލާއަކަށް ވާނީ މި މަހުގެ 14 ވަނަ ދުވަހު ބާއްވާ 69 ވަނަ މިސް ވޯލްޑް މުބާރާތެވެ. މި ފަހަރުގެ ހަފުލާ އޮންނާނީ މިސް ވޯލްޑް އުފަންވި އިނގިރޭސިވިލާތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމިޔާ
10 December 2019
އަސްލު ރީއްޗެއް ނޫން. ތީ ނަސްލީ ތަފާތު ނުކުރާކަން ދައްކަން ދިން މަގާމެއް. ބޭރު ފުށުގެ ރީތި ކަމަށް ބަލާ ނަމަ އެތާ ތިބި ހުރިހާ ކުދިންވެސް ތި މަންޖެ އަށް ވުރެ ރީތި
މުހައްމަދު ސަ
10 December 2019
އެގްޒެކްލީ މައި ތޯޓް..
2019
10 December 2019
މިސްވޯޑްއަކީ ލަންކާމަންޖެއެކޯ އެކަން ނިމިއްޖެއްނު