ޕީއެންސީގެ ރައީސް އަބްދުއްރަހީމް: ޔާމީން ކަފާލާތުގެ ދަށުން ދޫނުކޮށްގެން އުޅެނީ އިންތިޚާބު ކައިރިވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިހާރު
11 ޖެނުއަރީ 2020 - 21:58
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ނުކޮށް އުޅެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގާތްވެފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އިސްތިއުނާފްގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިިނިވަންކުރަން ވަނީ އެދިފަ އެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތް ކަމަށް މިދިޔަ ޑިސެމްބަރު 18 ގައި ހައި ކޯޓުން ބުނި ނަމަވެސް އެކަމާ މެދު އެ ކޯޓުން އަދިވެސް ގޮތެއް ނުނިންމަ އެވެ. އެހެންވެ، އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ކަނޑައެޅުން ލަސްވާތީ ޔާމީންގެ ގާނޫނީ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"މިއަދު ލޯކަލް ކައުންސިލް އިންތިޚާބު ބޯމައްޗަށް އޮތީމާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށްގެން މި އުޅެނީ ވެސް. އަދި ކަފާލާތު ނުލިބިގެން މި އުޅެނީ ވެސް،" އަބްދުއްރަހީމް
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ސަރުކާރު އައިފަހުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ޔާމީން ބަންދުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައިއިރު ވެސް ޔާމީން ހުންނެވީ ނުހައްގުން ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށާއި މިހާރު ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށް ނުދީގެން އުޅެނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތުމުން ކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ލޯކަލް ކައުންސިލް އިންތިޚާބު ބޯމައްޗަށް އޮތީމާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށްގެން މި އުޅެނީ ވެސް. އަދި ކަފާލާތު ނުލިބިގެން މި އުޅެނީ ވެސް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ހައި ކޯޓުގައި އިސްތިއުނާފް އަޑުއެހުންތައް ފަށާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރުމާ އެކު ކަފާލާތު ލިބެން ޖެހޭނެ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް ޔާމީން ބަންދުކުރީ ނުހައްގުން ކަން ހައި ކޯޓުން އޭރު މައްސަލަ ނިމުނު ގޮތުން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ބައެއް ބޭފުޅުންނަށް ވަރަށް ފަސޭހައިން ކަފާލާތު ލިބިފައިވާ ކަމަށާއި އެކަމަކު ޔާމީނަށް މިހާތަނަށް ވެސް އެ ފުރުސަތު ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިންތިޚާބެއް ކައިރިވުމުން ނުހައްގުން ޖަލުގައި އެމަނިކުފާނު ގެންގުޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމްބެ
29 January 2020
އަޖައިބެއް ! އިންތިހާބެއް ކަަައިރިވިއްޔާ ކުށްވެރިންނަށް ކަފާލާތެއް ދޭންޖެހޭތަ؟ އަދުރޭ އަށް ތިޔަހުރީ ކަފާލާތުދީފަ ދެންގޮސް ޔާމީނު ކައިރީގަ ޖަލުގަ އޮވެބަލަ. ކޮބާތަ ތިބުނާ ސަޕޯޓަރުންތަށް އިއްޔެ ކޯޓް އަށް ޔާމިނު ގެނައިމަވެސް ކޯޓު ބޭރުގަ ތިބީ ރަނޑާލި ހަޔެއްކަ އަންހެނުން. ދެން މަ ހީ ހީ ހީ...
ކަހުރަބު
12 January 2020
ތީދެންކިހާ ދެރަކަމެއް. ކަފާލާތަކީ ކުށް ސާބިތުވެ ކުކުމްކޮށް ހުކުމް ތަންފީޒުކުރަމުންދާ މީހުނަށް ލިބޭ އެއްޗެއްނޫނޭ.
މުރީދު
12 January 2020
ކީއްކުރާނީ.. މިސޮރަކަށް ކަފާލާތެއް، އިސްތިއުނާފްއެއް، އާފަލެއް ކަފާލާތަންވެސް ވަތްކެއްނުކުރެވޭ!
ހަނުހުންނަ މީހާ1
12 January 2020
އިންތިހާބު ކައިރިވިޔަސް ނުވިޔަސް ދީގެން ނުވާނެ. ރައްޔިތުންގެ ހައްގައް އަރާގަނެ ފައިސާ ނަހަލާލުގޮތުގައި ބޭނުން ކިރިމީހަކަށް ކަފާލާތު ދޭނީވެސް ދިވެހިންނަށް ގައްދާރުވާ މީހަކު
ހާސަރު
12 January 2020
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ބައްލަވާ. އިސްތިއުނާފް މަރުހަލާގަ ކަފާލާތަށް އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން ޕީޖީ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފް ނިމެންދެން އެމީހަކު ބަންދުގަ ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރާ ޙާލަތުގަ އެކަނި. ޔާމީން ޖަލުގަ އެހެރީ ދަށު ކޯޓްގެ 5 ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމެއް ތަންފީޒް ކުރަން. ދެން ކަފާލަތެއް ނެތް އޮތީ އިސްތިއުނާފް.
އަލިކޮ
12 January 2020
ކޮން ކަފާލާތެއްތަ؟ ޖަލުގަ އޮވެބަލަ.
ކަފަލޮލީ
12 January 2020
ހުކުމެއް ތަންފީޒުކުރަމުންދާމިހަކު ކަފާލާތުގެ ދަށުން ދޫކުރެވޭކަށް ނޯވެޔޯ ގާނޫނަކު ތި ވަކީލުންނަށް އެވަރު ނޭގެނީތަ
Dhaadhey
12 January 2020
މިނަށްވުރެ ބޮޑަށް ކަނޑުކޮހުން ވަކީލުންނަށާއި ޕާޓީޕާޓީތަކުގެ ވެރިންނަށް ތިބެންޏާ ކޮންމެފަދަ ކޮހެއް ގޮވައި އަދި ކޮސް ހަދަންވެސް ހަދާނެ.
ނަޝީދު.
12 January 2020
އިންތިހާބު ނިމުނީމަ ވަކި ދޭތޯ ބަލަންތިބެބަލަ.
ނަރެލް
12 January 2020
އިންތިހާބާ ދިމާކޮށް ބަތްކައްކާ ކުޅުނުބަޔަކަށް ހީވާނީ އެންމެންވެސް އެބީދައިން ކަންކުރާނޭ ހަރުމީހުންބުނެޭ ވަގުންނަށްހީވާނީ ހައްތަހާވެސްތިބޭނީ ވަގުންނޭ
އަހުޖާ
12 January 2020
މިންވަރަށް އީމާންނުވާ، ގޮނަކަށް ގޮނެއްލިބުނީތީ ޝުކުރުކޮށްލަންވީނު. އޭއްޗެކޭ މީއްޗެކޭ ކިޔައި، ހައްޔަރުކޮށް ތަމެންގެ ވެރިކަމުގަ ގެންގުޅުނީ ކިތަށްމީހުންތޯ! ޤާސިމަށްދެވޭއަހުވަ ކުޑަވެ، ދަރިވެސް ހުރަގެއަށްލައި ތަޅުވާބޭލިހަނދާން ހުރިނަމަ، ތިހަޅޭކެއްނުލަވާނެ. އެދުވަހު އެމީހުންގެ ޢާއިލާއާއި ހެޔޮއެދޭމީހުން އުފުލިވޭން މިހާރު އިހުސާސްކުރެވޭބާ؟ ކަފާލާތުގެދަށުން ދޫކުރެވޭ އުސޫލުތަކެއްހުރޭ. ކިޔާލިންތޯ! ރޮނޑު އަތުޖެހުނީމަ ދަމާނެކޮޅަށް ހަންދަމަން ކެތްކޮށްބަލަ.