ޖެންޑާ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 ޖެނުއަރީ 2020 - 16:24
އިސްތިއުފާ އަށް ގޮވުމުން ޖެހިލުންވެވަޑައިނުގަންނަވާ ކަމަށާއި ކަންކަން އިސްލާހު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގިނަ ބަޔަކު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލަމުން ދާތީ އެކަމަށް ރައްދު ދެއްވައި ޝިދާތާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކާއި ހޯއްދެވުނު ކާމިޔާބީތައް ވަރަށް ގިނަ ކަމަށެވެ. ފެއިލްވެއްޖެކަން ސާބިތުކޮށްދީފި ނަމަ އިސްތިއުފާ ދެއްވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިކަންކަން އިސްލާހު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް އެބައޮތް... އިސްތިއުފާ އަށް ގޮވުމަކުން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީ ސަރަހައްދަށް އެއްވެ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. މިނިސްޓަރު ވެސް އެ ސަރަހައްދަށް އިއްޔެ ވަޑައިގަތެވެ.
ރަކީދޫގައި މަންމައެއްގެ އަނިޔާގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލް މައްސަލާގައި ޝިދާތާގެ އިހުމާލު އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އޭނާ މިއަދު ރައްދު ދެއްވި އެވެ. ޝިދާތާ ވިދާޅުވީ އެ ވާހަކަ ދެކެވެން ފެށީ ސިޔާސީ މަސައްކަތުގައި އުޅުއްވަން ފެއްޓެވުމުން ކަމަށެވެ. އެފަދަ އިހުމާލެއް އޮތް ނަމަ ނިމިދިޔަ ސަރުކާރުން އޭނާއާ ދޭތެރޭ ފިޔަވަޅު ނާޅާ ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖެންޑާ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނޫސްވެރިއަކު ދެންނެވުމުން ޝިދާތާ ވިދާޅުވީ ކުރިން ރާއްޖެ އޮތީ ސިޔާސީ ހަލަބޮލިތަކުގެ ތެރޭގައި ކަމަށާއި އަސްލު މައްސަލަތަކުގެ ވާހަކަ އޭރު ނުދެކެވޭ ކަމަށެވެ.
މިސަރުކާރު އައުމާއެކު އެ ވާހަކަތައް ދެކެވެން ފަށައި މައްސަލަތައް ހައްލު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސަރުކާރަށް ހޯދުނު ކާމިޔާބީތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ފާސްނުކުރެވި 12 އަހަރުވެފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނު ފާސް ކުރުމެވެ.
"ބަލާބަޔަކަށް ފެންނަނީ މިސަރުކާރު ފެއިލްވެފައިވާ މަންޒަރެއް ނޫން. އެކަށީގެންވާ ފިޔަވަޅުތައް އަޅާ މަންޒަރު،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އެކުގައި މަސައްކަތްކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެކަން ރިޕޯޓްކުރިތާ ދެ ގަޑިއިރު ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
19 January 2020
ކޮންމެވެސް ކުންފުޏަކަށް ލާފަ ޖެންޑަރ ހިންގަން ތަންކޮޅެއް ހިންގޭ މީހަކު ގެނެސްބަލަ . ޒާހިދު ކަހަލަ
ގޮދަޑި
19 January 2020
ކޮބާ ބެޑްޝީޓް؟
އެހެންތޯ
19 January 2020
ތި ނިމުނީ. އހަރެމެން ވަރަށް އުފާކޮށްފިން. ދެން އަރާމުގަ ނިދާލަނީ
ޝާލު
19 January 2020
އިސްލާހު ކުރެވިފައިވާވަރު އެބަ ފެނޭ..
ހަކީމް
19 January 2020
މަޤާމުގައި ހުންނަތާ އަހަރުވީ ... ކަމަކަށްފަހު ކަމެއް. 5 އަހަރު ނިމޭއިރުވެސް ބުނާނެ އިސްލާހުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް. ސިދާތާ އެކަންޏެއް ނޫން. މުޅި ސަރުކާރާއި ، މުއައްސަސާތަށް އަދި މަޖްލިސް ގެ ފެއިލް ވުމެއް މީ.
ޖެނިފާ
19 January 2020
މި ފަހުގެ ތާރީހެއްގައި އަޅުގަޑު ނުދެކެން މި ވަރުގެ ގޮތެއްނެތް ގޮތްކުޑަ އަދި ބޮޑާ މިނިސްޓަރެއް. މީ ޤައުމުގެ ރައީސްވެސް މި މިނިސްޓަރު ވަގުތުން ބޭރުކުރަންޖެހޭ ވަގުތެއް ދަންނަވަންތޯ ރައްއިތުންނާއި ދޭތެރޭ ބޮޑާކަމާއި ގޮތެއްނެތް ބަސްތަށް ބޭނުންކުރުމަކީ ތަހްޒީބް މުޖުތަމަޢުތަށް ދަންނަކަމެއްނޫން
ޢެހެންތަ ހީވަނީ
19 January 2020
ބަލާބަޔަކަށްފެންނަނީ ކަމެއް ނުކޮއްދެވިގެން އުޅޭތައް . ތިޔަބަޔަކު ނޫން . ތިޔަބައެއްގެ ރިޕޯޓް ކާޑް ހަދާނީ ބަލަންތިބޭބަޔަކު ހިތުން އޭގުރޭޑް ލިބޭނެޔޭހިތާތަ ތިއުޅޭނީ . ކަމެއް ނުކޮއްދެވޭކަމަށް ގަބޫލު ނުކޮއްތިބެބަލަ ހަމަ ފޭލި ކޮއްލާނީ .
ކަރާ
19 January 2020
ސިދާތާ އަށް ޔަޤީންކަން އޮވެދާނެ. އެކަމަކު އާންމު ރައްޔިތުންނަށް މިހާރު ސިދާތާއާމެދު އިތުބާރެއް ނެތް. އިހުމާލުގެ މައްޗަށް އިހުމާލު. މަގާމު ލިބުނީމަ ދެން ބޭނުމެއްނުވޭ ގޯހުން ގޯހަށް ދިޔަސް މަގާމު ގަނޑު ދޫކޮށްލާކަށް. ދިވެހިންގެ ނުހުންނަ ސިފައެއް އެއީ އަމިއްލަ މިސްޓޭކްތައް ފާހަގަކޮށް، މާފަށް އެދުން. މިހާރު ޖެންޑަރގެ އިހުމާލެއް ނެތް، ފުލުހުންގެ އިހުމާލެއް ނެތް. ގޯސްވީ މީޑިއާ. އާހިރަތު ނިމޭއިރު ރަނގަޅު ތިޔަ މައުސޫމް ކުޑަ ކުއްޖާ ވެސް ގޯސްނުކޮށްފިއްޔާ
ބޮން ސޯދު
19 January 2020
އެކަމަކު ގާޒީ ހައިލަމްގެ މައްސަލަ ނިމުނު 12 ގަޑިއިރުން! މިކަން ނުނިމެންވީ ކީއްވޭ؟
ފަހުދު
19 January 2020
ކަންކަން އިސްލާހުކުރެވޭނެ ކަމުގެޔަގީންކަން އަޅުގަނޑައްވެސް އެބައޮތް. އެއީ ސިދާތާފަދަ ނާގާބިލު މީހުން ތިފަދަ ސެންސިޓިވް ދާއިރާތަކުން ދުރައްޖެހިގެން. ދެރަމިލިބެނީ ތުއްތު މައުސޫމު ކުދިންނައް.