އުމުރުން ދެ އަހަރު ނުވާ ކުއްޖާ ރޭޕްކުރި މައްސަލާގައި ރޭ ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ކަމާ ގުޅޭ މުއައްސަސާތަކުން ޖަވާބުދާރީ ވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
19 ޖެނުއަރީ 2020 - 08:27
ގއ. ކަނޑުހުޅުދޫގައި ރޭޕްގެ އަނިޔާ ލިބުނު ތުއްތު ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު އެއްވެސް މުއައްސަސާ އަކަށް ކުރިއަކުން ނޭނގޭ ކަމަށް އެ ތަންތަނުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ރޭ ބުނެފި އެވެ.
ދެ އަހަރު ނުފުރޭ އަންހެންކުއްޖާ ރޭޕްކުރި މައްސަލައިގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި ކަނޑުހުޅުދޫ ކައުންސިލުން ވެސް ބުނީ ކުއްޖާ އަށް ނުރައްކަލެއް އޮތް މިންވަރު ކުރިން އެއްގޮތަކަށް ވެސް ބެލިފައި ނެތް ކަމަށެވެ.
އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ފުލުހުން ކުރަނީ އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ މައްޗަށެވެ. ކުއްޖާގެ ބައްޕަ އަށް ކުރަނީ އެ ކުއްޖާ ބެލުމުގައި އިހުމާޅުވި މައްސަލަ އެވެ. އޭނާ ގެންދަނީ ތަހުގީގަށް އެއްބާރުލުން ދެމުން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
އެ ތިން މީހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް ވަނީ ތަހުގީގަށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ކުއްޖާގެ މުނިކާފަ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް 2018 ގައި ތަހުގީގުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދައުވާގެ އަޑުއެހުމެއް މިދިޔަ އަހަރު ބޭއްވި އެވެ.
މި މައްސަލައިގައި މުނިކާފަ ހައްޔަރު ނުކޮށް، ދޫކޮށްލާފައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަނީ އޭނާގެ އުމުރަށް ބަލާފައި ކަމަށް ފުލުހުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބުންޏެވެ.
ކޮމިޓީގެ މުގައްްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކޮމިޓީގައި ވިދާޅުވީ، ކުއްޖާގެ މައިންބަފައިންގެ މަސްތުވާތަަކެތީގެ މައްސަލަތައް އޮތް ކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު މުނިކާފަ އަށް އޮތް ކަން ވެސް މިނިސްޓްރީ އަށް ކުރިއަކުން ނޭނގޭ ކަމަށެވެ.
ކުއްޖާ އަށް ނުރައްކާ އޮތް މިންވަރު ކުރިން ނޭނގޭ ކަމަށް ޖެންޑާ މިނިސްޓަރާއި އެހެން މުއައްސަސާތަކުން ބުނަން ފެށުމުން، ކޮމިޓީގެ މުގައްރަރާއި އެހެން ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންވެ، މަސްތުވާތަކެތީގެ މައްސަލައިގައި ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކޮށްފައި ވުމާއި އެ ކުއްޖާއާ އެއް ގެއެއްގައި އުޅޭ މުނިކާފަ އަކީ ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލިފައިވާ މީހަކަށް ވުމުން އެއީ ނުރައްކަލެއް ކަމަށް ނުނިންމޭނެތޯ ވިދާޅުވެ، ޖީހާން ސުވާލު ކުރެއްވި އެވެ.
އޭގެ ޖަވާބުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަަތައް އޮންނަ އާއިލާތަކުގެ ތެރޭގައި މިހާރު ވެސް ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި ސީދާ ބޮޑު ނުރައްކަލެއް އޮވެގެން ނަގާ ނެގުމެއް ފިޔަވައި، އެ ހުރިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ކުރެވޭ ވަރު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދާއޫދު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރާ ނަމަ ދައުލަތުން ބޮޑު ޚަރަދެއް ވެސް ހިނގާނެ އެވެ.
އުމުރުން ދެ އަހަރު ނުވާ ކުއްޖާ ރޭޕްކުރި މައްސަލާގައި ރޭ ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ޖަވާބުދާރީ ވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިނިސްޓަރު ޝިދާތާ ވިދާޅުވީ، ކުއްޖެއްގެ ރައްކާތެރިކަމާ މެދު ކިރިޔާ ވެސް ސުވާލެއް އުފެދޭ ކަން އެނގިއްޖެ ނަމަ އެކަން ބަލައި ،އާއިލާގެ އެހެން މެމްބަރުންނާ ހަވާލުކޮށްގެން ވިޔަސް ރައްކާތެރިކަން ހޯދައިދޭން ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރާ ކަމަށެވެ.
"މި ކުއްޖާގެ ހާލަތުގައި، ކުރިން ވެސް ފާހަގަކުރި ހެން 15 ޖެނުއަރީގައި އަޅުގަނޑުމެންނަށް ރިޕޯޓެއް އައުމުގެ ކުރިންނެއް، އަޅުގަނޑުމެންގެ މައުލޫމާތުތަކު ތެރެއަކު ނެތް އެ ކުއްޖާއާ ގުޅުން ހުރި ތިޔަ ފަދަ އެއްވެސް މައުލޫމާތެއް،" ކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ބަޔަކަށް ވުމުގެ އިތުރުން ކާފަ އާއި މުނިކާފަ އަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ކޮމިޓީގެ މެމްބަރުންނާއި ފުލުހުން ކަންބޮޑުވުމާ އެކު ފާޅުކުރެއްވުމުން ޝިދާތާ ވިދާޅުވި އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަތީ ރަށުގައި ހުންނަވައި ފޯނު މެދުވެރިކޮށެވެ.
އޭނާ ވިދާޅުވީ، ކުއްޖާ އަށް ނުރައްކަލެއް އޮތްކަން ކައުންސިލަށް ރަސްމީކޮށް އެނގިފައި ނެތް ކަމަށެވެ. ފުލުހުންނަށް ނުވަތަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ މައްސަލައެއް އެއްވެސް ރައްޔިތެއްގެ ފަރާތުން އެނގޭ އިރަށް ކައުންިސލުން އެ މައްސަލައެއް އެ އިދާރާތަކަށް ހުށަހަޅާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމާ އެކު، ކަމާ ގުޅޭ އިދާރާތަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރިއިރު، ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ މިފަދަ ކަންކަން ހިނގަނީ ނިޒާމު ދޯދިޔާވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މޮނީޓާ ކުރުން ނެތިގެން ކަމެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް ވެސް މަޖިލީހުން ބަލާނެ ކަމަށެވެ.
"ކުޑަކުދިންނާ ގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 January 2020
ސަރުކާރުމުވައަޒަފުންނީ ހަމައެކަނީ ފިނިކޮޓަރިތަކުގަ އާއި އޭސީޖިޕް ދުއްވަންތިބޭ ބަޔަކަށްވެގެން ވާކަށް ނެތް!
ރަޝް
20 January 2020
ޖެންޑާ މިނިސްޓްރީން ކުރާގޮތަށް އޮންނާނީ އެތާގެ މެންޑޭޓުގައި އޮންނަކަންތައް. ޕޮލިހުން ކުރަންޖެހޭނީ އެމީހުންގެ މެންޑޭޓުގައި އޮންނަކަންތައް. ފުށުއަރާގޮތަށް ހުންނަކަންތައް ކުރާނެބައެއް ހޯދަންޖެހޭނީ. ނޫނީ އެއްބަޔަކު ކުރަންވީކަމެއް އެންގުމުން ނޫނީ ނުކުރެވޭގޮތަށް ހުންނަކަން ނާންގަނީހެއް ނުވެސް ކުރެވޭނެހެން ހީވަނީ. މިކަހަލަ ކަންތައް މިހާރު ސަރުކާރު މަސައްކަތުގެ މާހައުލަގައި ވަރައްގިނައިން ދިމާވާ ކަންކަން.
ހުނިސް
20 January 2020
އެއްވެސް ކަމެއްވާ ސަރުކާރެއްނޫން. ހުރިހާ ކަމެއްގަވެސް އޮޅުވާލުމާ ހީލަތްތެރިކަން. މިޤައުމުގެ ރީތި އާދަކާދަ ނެތި ހިގައްޖެ. ވިސްނާ މީހެއްނެތް.
Dhaadhey
19 January 2020
ހެހެހެ. ވަރަށް ހެއްވާ ވާހަކައެއް ތިޔަ ދެއްކެނީ. ނުރައްކާ އޮތްމިންވަރު ނޭގެންޏާ ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ. މިހާރުވެސް ބައްޕައަކު ފުލުސް އޮފީހަށާއި ޖެންޑާ މިނިސްޓްރީއަށް އެބަދުވޭ އޭނާގެ ކުޑައަންހެން ދަރިފުޅު މަންމަޖަހައިގަނެގެން ނުދައްކައި އެކުއްޖާ ކޮޓަރިއަކަށްލައި ތަޅުލާފައި ދޮންބަފަޔާއި އަދި ބޮޑެތިވެފައިތިބި ހިލޭ ފިރިހެން ކުދިންގެ ތެރެއަށް ދޫކޮށްލާފައިވާތީ އެކަން ކޮޅެއްގައި ނުޖެހިގެން. އެކުޑަ އަންހެންކުއްޖާ ކިޔެވުމުން މަހުރޫމުވެފައިވަނީ.
ބޮޑުމީހާ
19 January 2020
ކައުންސިލަށް ހުރިހާ ކަމެއް އިގޭ، ފަތްކޮޅެއްގައި މީހަކު އެ އިދާރާއަށް ނާންގާތީ އެމީހުން ތިބީ ނޭގޭކަމަށް ހަދައިގެން، ފުލުހުން 3 ފަހަރު އެމީހާގެ މައްސަލަ ބަލައި، ކޯޓަށްވެސް ފޮނުވައިފި، އެވަރުންވެސް ފުލުހުންނަކަށް ވާނުވާއެއް ނޭގޭ، އެ ގޭގަ ދެ ވައްތަރެއްގެ މަސްތެއްގަ ޖެހިފަ ތިބި މީހުން ދިރިއުޅޭކަން މުޅި ރަށަށް އިގޭ. އެއީކުޑަކުދިންގެ މަސްތުގަ ޖެހިފަތިބި ބަޔަކާއި ވާނުވާނޭގޭ މަސްތުގަޖެހިފަ ތިބި ބަޔަކު. މިވަރުންވެސް ނުރައްކާ އޮތް މިންވަރު ދައުލަތަށް ނޭގެ
މުޙުއްމާ
19 January 2020
ނޭގޭ ހުރިހާ ވެރިން އިސްތިޢުފާ ދީފަ ގެޔަށްދޭ.
ާއުނިމާ
19 January 2020
ތިޔަ ދެއްވި ޖަވާބުން ވަރަށް ރަނގަޅަށް ދޭހަވެއްޖެ ޒިންމާ އަދާ ނުކުރެވޭކަން
ހެޔޮއެދޭ މީހާ
19 January 2020
ތިކަމުގެ އަސްލު ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ކަންތަކުން. މަސްތުވާތަކެތި މި ގައުމުން ނައްތާލަން މިހާ ފޯރީގަ ކުރާނެ ދުވަހަކަށް އިންތިޒާރު ކުރެވޭ. މަސްތުވާތަކެތި ރާއްޖެއަށް ގެނެސް ވިޔަފާރި ކުރާ ފަރާތްތައް ހޯދަން މަޖިލީހުން މަސައްކަތް ކުރަން ގޮވާލަން. އޭރުން މި ޤައުމު އަމާން ރައްކާތެރި ތަނަކަށް ހެދިދާނެ. ކާކު. ކޮން މަޖިލިސް މެމްބަރަކު. ކޮން ސިޔާސީ ޕާޓީ އަކުން. ކޮން ރައީސެެއް މިކަން ހައްލުކުރަން އުޅޭނީ.
ވަހީދު
19 January 2020
މަޖިލީހުން ކިހިނެއް މަސްތުވާ ތަކެތި ހުއްޓުވާނީ. އެތާވެސް އެބަތިބި މަސްތުވާ އެއްޗެހި ވިއްކައިގެންނާ ބޮއެގެން ޖަލަށްލި މީހުންވެސް.
ކަޅުމަރިޔަނބު
19 January 2020
ޖެންޑަރ މިނިސްޓަރ ވިދާޅުވީމެއްނު އިހުމާލެއް އޮތްކަން ސާބިތުވެއްޖެއްޔާ އިސްތިއުފާ ދެއްވާނަމޭ. އެކަން ސާބިތު ކުރަންޖެހެނީ ކޯޓުންތޯ؟ ތިޔަބޭފުޅުންގެ ވާހަކަފުޅުން އިހުމާލުވެފައިވާކަމާއި ޒިންމާ އަދާނުކުރެއްވޭކަން ވަރަށް ރަނގަޅަށް ސާފުވޭ. އަވަހަށް އިސްތިއުފާ ދެއްވާ!
ލިންކް
19 January 2020
އޮފެންޑާރސް ރަޖިސްޓްރީ ބަލަހައްޓަނީ މިނިސްޓްރީންނޫންތަ؟ ކުޑަކުދިންނާ ބެހޭ ކަންކަންވެސް ބަލަނީ މިނިސްޓްރީން ނޫންތަ؟ މި 2 ކަން އެކަނި ލިންކް ކޮށްލިއަސް، އޮފެންޑާރސްގެ އާއިލާގައި ނުރައްކާވާ އުމުރުގެ ތުއްތު ކުއްޖެއް ހުރިތޯ ނެތްތޯ ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެނޫންބާ؟ އާބާދީ މަދު ރަށެއްގަ އެންމެންހެން އެކަކު އަނެކަކަށް އެނގޭނޭއިރު އަދި ކައުންސިލަރުންނަށް އޮފެންޑަރސް އެނގޭނޭއިރު ކަންކަން ނުބެލެނީ ކައުންސިލަރުން ކިހާ ބިޒީއެއްވީމަބާ؟