ރިޕޯޓް / ރޭޕް

އެމީހުން މިހާރު ވެސް އެތިބީ ކުއްޖަަކަށް ނަޒަރު ހިންގަހިންގާ!

"އޮފެންޑާސް ވެބްސައިޓުގައިވާ މީހުންގެ ތެރެއިން ޖަލުގައި މިވަގުތު ނެތް މީހުން އެނގޭނެ ގޮތެއް ހަދާ ދީބަލަ. ހެޔޮނުވާނެ. އަދި އެންމެ އަވަހަށް ޖަލުން މިނިވަންވާނެ މީހުން ވެސް އެނގޭނެ ގޮތަށް. އޭރުންދޯ އެނގޭނީ ސަމާލުވާން،" ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައިގެ ހަބަރަކަށް ކޮމެންޓް ކުރި އެކަކު ލިއުނެވެ.

ހަގީގަތުގަައި އޭނާ އެ ފާޅުުކުރީ މިހާރު އޮތް ގައުމީ ބޮޑު ކަންބޮޑުވުމެވެ.

ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ސާފުކުރަން ކަމާ ބެހޭ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވެސް ކުރެއްވީ އެ ޝަކުވާ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި އެފަދަ މައްސަލަތަކުގެ ތުހުމަތުވާ މީހުން އެނގެން ޖެހެ އެވެ. އެއީ އެހެން ކުދިން ސަލާމަތް ކުރުމަށް ޓަކައި ކުރަން އަޅަން ޖެހޭ މުހިއްމު އެއް ފިޔަވަޅެވެ.

މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުގައި ކަމާ ބެހޭ އިސް ވެރިން

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތަހުގީގުކޮށް، އެމީހުންނާ ދެކޮޅަށް ދައުވާ އުފުލާ އިރު ވެސް އެމީހުން ދިރިއުޅޭ މުޖުތަމައުގެ އިސް ފަރާތްތަކަށް ނޭނގޭ ކަމަށެވެ. ރަށުގައި ހުންނަވައިގެން، ކޮމިޓީގެ ބައްދަލުވުމުގައި ފޯނުން ވާހަކަދައްކަވަމުން ވިދާޅުވީ ތުއްތު ކުއްޖާގެ މުނިކާފަގެ މައްޗަށް ދައުވާއެއް ކޮށްފައި އޮތްކަން ކައުންސިލަށް އެނގުނީ ވެސް މިފަހަރުގެ މައްސަލަ ފެންމަތިވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ތުއްތު ކުއްޖާއަށް ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޖެންޑާއަަށް މައްސަލަ ހުށަނޭޅި އޮތީ ވެސް އެހެންވެގެން ކަމަށެވެ. ނަމަވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑް، ކުއްޖާގެ މުނިކާފަގެ އޮތްކަން ކައުންސިލަށް އެނގޭ ކަަމަށާއި އެކަމަކު އެއީ ވެސް ނުރަސްމީ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރަސްމީ ހައިސިއްޔަތުން ލިިބިފައި ނުވެޔޭ، އެކަމަކު އަޅުގަނޑުމެންނަށް ވެސް އެނގޭ މި މުނިކާފައަކީ މީގެ ރެކޯޑް އޮންނަ [މީހެއްކަން]. ހަގީގަތުގައި މި މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް މި އެނގުނީ [ކުރީގެ] މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޯޓަށް މި މައްސަލަ އައިސްފައި އޮތްކަން ވެސް،" އޭނާ ވިދާޅުވި އެވެ.

ދޫވެފައި ތިބުމުގެ ކަންބޮޑުވުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން މުޖުތަމައަށް ދޫވެފައި ތިބޭ ތިބުން މަޖިލީހުގެ މެމްބަރުން ވެސް ނެންގެވީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވީ ތުއްތު ކުއްޖާގެ މުނިކާފަގެ ދެ މައްސަލައެއް ފުލުހަށް ހުށަހަޅައި، އެއް މައްސަލައިގައި އޭނާއަށް ދައުވާ ވެސް ކޮށްފައި ވަނިކޮށް ދޫވެފައި ހުރުމެވެ.

މުނިކާފައަށް ދައުވާ އުފުލާފައިި ވަނީ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. އަދި އޭގެ ފަހުން އޭނާ 10 އަހަރުގެ ކުއްޖަކަށް ގޯނާކުރަން އުޅޭ ކަމަށް ތުހުމަތުވާ ވީޑިއޯއެއް ދާދި ފަހުން ވަނީ އާއްމުވެފަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ނުކުރީ ކީއްވެތޯ މެމްބަރުން ފުލުހުންނާ ސުވާލު ކުރެއްވި އެވެ.

"ސައިކޮލޮޖިކަލީ ވެސް ހަމަ ޕީޑޯފައިލްއެއް [ކުޑަކުދިންނާ ބެހޭ މީހެއް] ކަމަށް ވަންޏާ އޭނާ އަކަށް ނުހުރެވޭނެ ހަމަ ކުޑަކުދިންނާ ނުބެހިއެއް. ހަމަ ބެހޭނެ،" ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މުނިކާފަގެ ތަހުގީގު ކުރިން ކޮށްފައި އަދި ޕީޖީގެ ފަރާތުން މައްސަލަ ކޯޓަށް ލާ ހިސާބުން ފެށިގެން ވެސް، އޭނާއަކީ ކާކު ކަން ފުލުހުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

އޭނާ ދެން އެއްސެވީ އެ ހިސާބަށް ގޮސްފައި ހުރި މީހަކު މުޖުތަމައަށް ދޫވެފައި ހުުރުމަކީ ނުރައްކަލެއް ނޫންތޯ އެވެ. ފުލުހުންގެ ފަރާތުން އެ ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްްމުވި ވީޑިއޯއިން އިވޭ އަޑަކީ މުނިކާފަކަން ކަށަވަރު ނުކުރެވުނު ކަމަށެވެ.

އެ ވީޑިއޯގައި އެއްވެސް ފިރިހެނަކު ނުފެނެ އެވެ. އިވެނީ އަޑެވެ. ދެން ފޯނު ހިފައިގެން ހުންނަ ކުއްޖާ ދުވަމުން، ގޮވަނީ މިވެނި މީހެއްގެ ކޮޓަރިއަށް ހިނގާށޭ ބުނާ ވާހަކަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ދޫވެފައި ތިބޭ މައްސަލައިގައި ފުލުހުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެއީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމުން ކޯޓުތަކުގައި އެ މައްސަލަތައް ދިގުލައިގެން ގޮސް، ހެކިބަސް ދޭ މީހުންނަށް ކަންތައްތައް ހަނދާން ނުހުންނަ ވަރަށް މައްސަލަތައް ލަސްވުމެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަން ފުލުހުންގެ ތަހުގީގަށް އެނގުމަށް ފަހު ވެސް ޝަރީއަތް ލަސްވުމުގެ ސަބަބުންނާއި އެނޫން ސަބަބުތަކާ ހެދި ދޫވެފައި ތިބޭ އިރު އެމީހުން އުޅޭ ނޫޅޭ ގޮތް ބެލޭނެ ނިޒާމެއް ރާއްޖޭގައި ނެތެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ކޯޓުގެ މަރުހަލާ ނިމެންދެން ދޫކޮށްލާ އިރު އެފަދަ މީހުން ދިރިއުޅެން ދަނީ ކުޑަކުދިން ތިބި ތަނަކަށްތޯ ވެސް ބެލެން ޖެހޭނެ ކަމަށެވެ.

"ސައިކޮލޮޖިކަލީ ވެސް ހަމަ ޕީޑޯފައިލްއެއް [ކުޑަކުދިންނާ ބެހޭ މީހެއް] ކަމަށް ވަންޏާ އޭނާއަކަށް ނުހުރެވޭނެ ހަމަ ކުޑަކުދިންނާ ނުބެހިއެއް. ހަމަ ބެހޭނެ،" އޭނާ ވިދާޅުވި އެވެ.

ތަހުގީގު މަރުހަލާއަށް ފަހު ޝަރީއަތް ނިމެންދެން ދޫކޮށްލާފައި ތިބީ އެފަދަ ކިތައް މީހުންތޯ އޭނާ ފުލުހުންނާ ސުވާލު ކުރެއްވި އެވެ. ފުލުހުންގެ ފަރާތުން ވަޑައިގެން ތިއްބެވި ބޭފުޅުން ޖަވާބު ދެއްވީ އެ ތަފާސްހިސާބު މަޖިލީހާ ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެެ. އެހެން ވިދާޅުވުމުން ރޮޒައިނާ އެކަން މާނަކުރެއްވީ އެއީ "އެތައް ބަޔަކު ތިބޭނެ ކަން ޔަގީންވުން" ކަމަށެވެ.

"އަޅުގަނޑަށް ދެން މިހާރު އެބަ އެނގޭ ޔަގީންކަމާ އެކު ބައިވަރު މައްސަލަތައް ހުންނާނެ، ޕީޑޯފައިލްސްގެ ހަމަ ބައްލަވާފައި ޕްރޮސެކިއުޝަނަށް ފޮނުވާފައި. މީގެ ބައިވަރު މީހުންތައް ހަމަ އުޅޭނެ،" އޭނާ ވިދާޅުވި އެވެ. ދެން ރޮޒައިނާ ދެއްވީ ވަރަށް ބޮޑު މެސެޖެކެވެ.

"ދޭ އާ އައުޓް ދެއާ. އެމީހުން ތިބޭނީ ކޮންމެވެސް ކުޑަ ކުއްޖަކަށް ނަޒަރު ހިންގަ ހިންގާ މިހާރު ވެސް."

33 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 92%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތިމަތު

19 January 2020

މައިން ބަފައިން ދަރިން ހެޔޮގޮތުގައި ބަލަން ފެށިދުވަހަކުން މިވަބަާއިން ތުއްތު ކުދިން ސަލާމަތް ވާނެ. انشاءالله. އެއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ޤަބޫލުކުރުމަކީ ވަރަށް ހިތާމަހުރިކަމެއް. މައިންބަފައިންނާ އާއިލާ ޒިންމަާ ނެގުން އެއީ އެންމެފުރަމަ ކުރަންޖެހޭ ކަމަކަށް އަދި ވާޖިބެއް ކަމަށް ދެކި ޒިންމާ ނެގުން އެއީ ޙައްލު.

The name is already taken The name is available. Register?

ައަހަރެންވެސް

19 January 2020

އަހަރެންގެ އުމުރުން އެންމެ 11 އަހަރުގައި އަހަންނާ ދެފަހަރަށް ބެހެން އުޅުނީ އަހަރެންގެ މަންމައާ އެއްބަނޑު ދައްތަގެ ފިރިމީހާ، އަހަރެން ބޮޑުބެ ކިޔާ، ރަށު ބޮޑު މިސްކިތުގެ މުދިމު. އަާއިލާ މީހެއް ކައިރީ އެވާހަކަ ދުލުން ބުނެވުނީ އުމުރުން 18 އަހަރު ވީ ފަހުން. އެކަމަކު ހިތާމައަކީ އެއްވެސް މީހެއް އެކަން ގަބޫލު ނުކުރީމަ. އޭނާ މުދިމަކަށް ވީމަ. އޭނަ އަދިވެސް މިނިވަން ކަމާ އެކު ރަށުގަ އެބަ އުޅޭ. އުމުރުން މިހާރު 27 އަހަރު އެކަމަކު އަދިވެސް ހަނދާންނުނެތޭ...!!!

The name is already taken The name is available. Register?

ާއުނިމާ

19 January 2020

ކުއްޖަކު ރޭޕްކޮށްލީމާ އެންމެނަށްވެސް އެގޭ، އޭރުން މި އޮންނަނީ ވާއެއްޗެއްވެފަ! ޢެކުއްކުރި މީހައަށް ހަރުކަށި އަދަބު އަދި ދިނުމަކުންވެސް އެކުއްޖާއަށް އިންސާފު ލިބުނީކީނޫން! އިންސާފެއް ނުވެސް ލިބޭނެ! އެވަރުވެ ކަމެއް ރޭޕަކީ

The name is already taken The name is available. Register?

20000

19 January 2020

ޖެންޑަރ މިނިސްޓްރީއަށް ކިހިނެއް ކަމެއް ވަނީ ޖިންސީ ގޯނާ ކުރާ މީހުންގެ ލިސްޓް އަޕްޑޭޓް ނުކުރެވޭ

The name is already taken The name is available. Register?

އެއްކަލަ އަދުރޭ

19 January 2020

މިކަހަލަ އެތައް މައްސަލައެއް މީހުން ދިރިއުޅޭ ކޮއްމެ ރަށެއްގައި ވެސް ޕާރކުކުރެވިފައި އެބަވޭ. މިމައސްސަލަތައް ތިޔަ މުއަށްސަސާ ތުކުން ބަލައި ނިއްމައިދީބަލަ. މީގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަވޭ. ވަކިބައެއްގެ މައްސަލަ ބެލިފައި އަނެއް ބައެއްގެ މައްސަލަ ބެލޭނެ އެއްވެސް ގޮތެއް ނޯވޭ. އއ.ރަސްދޫ ގައި މެޖިސްޓްރޭޓް ކޯރޓްގައި އުޅޭމީހާގެ މައްސަލަ ވާނުވާގަ. ވަޑާންކުރާމީހާ ހަމަ އެއްފާޑެއްގެ މާފަހުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްނިމިއްޖެ

The name is already taken The name is available. Register?

އެއްކަލަ އަދުރޭ

19 January 2020

އއ.އަތޮޅު ރަސްދޫ މެޖިސްޓްރޭޓް ކޯރޓްގައިވެސް އުޅޭ ތިކަހަލަ ޒާތަކަށް އުޅޭމީހެއް. އަމިއްލަ ގެއިންފެށިގެން ގޮސް ހިސާބުގަނޑުގައި ހުރި ހުރިހައި ގެއެއްގެ އަންހެން ވެރިން ފެންވަރަންވަނީމާ ފާރުމަތިން އަރާ ގިފިލި ބަލަމުން ގޮސް، އަންހެނުންގެ އެއްބަނޑު ކޮއްކޮގެ ކުޑަ އަންހެން ކުއްޖަކުގެ ގަޔަށްއެރި މައްސަލައެއް ރަސްދޫ ޕޮލިސް ސްޓޭޝަނާ/ގެންޑަރ އިން ބަޔާން ނަގައިފައި އެއޮތްގޮތައް އޮންނަތާ ކިތައް އަހަރު؟

The name is already taken The name is available. Register?

ނާރެސް

19 January 2020

ޕީޑޯފައިލް ގެ ކޭސް އަކަށް ފުލުހުންނަށް ސައްކު އުފެދޭ އަދި އެއްވެސް ވަރެއްގެ ހެއްކެއް ހުރި މީހަކު ނަމަ މުޖުތަމައިން އެކަހެރި ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހެއެވެ. މާނައަކީ ޖަލަށް ލުމެއް ނޫނެވެ. ރިހިބިލޭޓް ކުރެވޭނެ ގޮތެކެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަން ނުޖެހޭގޮތަށް އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަނެއްގައި މަަސައްކަތް ކޮށް އޭނާގެ ހަރަކާތްތައް މޮނިޓަރު ކުރެވޭނެ ގޮތަށެވެ. އާންމުގެ ތެރެއިން އެކަހެރިކޮށެވެ.

The name is already taken The name is available. Register?

ރިއަލީ

19 January 2020

ބައެއް ނުލަފާ ވިސްނުމުގެ މީހުން މިސްކިތުގެ މުދިމު ކަހަލަ މާތް ވަޒީފާތަކާ ގުޅިދާނެ އެމީހުންގެ ނުލަފާ ގޭމު ޖައްސަން. އޭރުން މީހުން އޮޅިގެންވެސް ޝައްކުގެ ނަޒަރަކުން އެމީހުންނަށް ނުބަލާނެތާ! މިވެސް މިއަދު ވިސްނަން ޖެހޭހޭ ތަންކޮޅެއް.

The name is already taken The name is available. Register?

ތިމާވެށި

19 January 2020

ދިރާގު އަދި އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ބައެއް މީހުން ވީޑިޔޯތައް ބަލައިގެން މޮޔަ ވަނީ އެވެ. ކައުންސިލް އަދި ޖެންޑަރ އަދި ފުލުހުން ވެސް ޒިންމާ ނުނެގި އެވެ. ސުވާލު ތަކަށް ރަނގަޅަށް ޖަވާބު ވެސް ނުދެވުނެވެ.

The name is already taken The name is available. Register?

ޢަލީބެ

19 January 2020

ދިރާގާއި އުރީދޫއިން ތިކަމެއް ނުކުރާނެ. އެމީހުން ބޭނުންވަނީ އެފަދަ ތަކެތި ވިއްކައިގެން ކުންފުނީގެ ފައިދާ އިތުރުކުރަން. ސަރުކާރުންވެސް މިކަމަކާ އަޅައެއްނުލާނު. މުޖުތަމަޢު ހަލާކުވިޔަސް އެމީހުންނަށް މައްސަލައެއްނެތް.

The name is already taken The name is available. Register?

ކަރިޝް

19 January 2020

އެތަނަށް އޭނީ ދައޫދު (ޑޭވިޑް) އެއްނުން އައިސް ނުދޭނެޖަވާބެއް

The name is already taken The name is available. Register?

ޒަބީ

19 January 2020

ވަރަށް ޒިންމާދާރުކަން ކުޑަ ތާކުންތާކު ނުޖެހޭ ޖަވާބު މި ދާއޫދު މިދެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454