ބައްޕައާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މިހާ ހައްޔަރުކޮށްފައި. --ފޮޓޯ/ސޯޝަލްމީޑިއާ
24 ޖެނުއަރީ 2020 - 10:06
އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ ފުލުހުންނާ ހަވާލުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ބިންމަތީގައި އޮތް އިރު، ބަޔަކު ތިބީ އޭނާ ވަށާލައިގެންނެވެ. އެހެން ފޮޓޯއެއްގައި، ފުލުހަކު ގޮސް އޭނާ އެތަނުން ތެދުކުރާ މަންޒަރު ވެސް ފެނެ އެވެ.
މަގުމައްޗަށް ނެރެ ބަޔަކު އޭނާ އަށް އަނިޔާކުރީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އޭނާގެ ދަރިފުޅު ކަމަށް ބުނާ ކުއްޖަކު ރޮމުން އަނިޔާގެ ވާހަަކަ ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އޭގައި އިވެނީ، އެހެން މީހަކު ސުވާލު ކުރުމުން، އެ ކުއްޖާ ވާހަކަތައް ކިޔައިދޭ އަޑެވެ. ބަޔަކު ނުކުމެ އޭނާ ފުލުހުންނާ ހަވާލުކުރީ، އެ އޯޑިއޯ އާއްމުވުމުން ކަމަށް ބެލެވެ އެވެ.
އެ ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ ގޮތަކަށް އޯޑިއޯ އާއްމުކުރި މައްސަލައިގައި ބައެއް މީހުން ހިތްހަމަނުޖެހުންފާޅުކޮށްފައިވެ އެވެ.
އެ އޯޑިއޯގައި، ރޮމުން ކިޔައިދިން ގޮތުގައި ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. ބައްޕަ ފުރަތަމަ އޭނާ އަށް ޖިންސީ ގޯނާކުރީ ފަޅު ގޯއްޗަކަށް ގެންގޮސްގެންނެވެ. އެކަން ސިއްރުކޮށްފައި ބޭއްވުމަށާއި އެހެން ނޫން ނަމަ މަންމަ އާއި އެ ކުއްޖާގެ ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަަމަށް އޯޑިއޯގައި ބުނެ އެވެ.
މަސްތުވެގެން ހުރެ އެކި ފަހަރު މަތިން ގެއަށް އައިސް މީހުން ނޫޅޭ ވަގުތުގައި، ޖިންސީގޯނާ ކުރި ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ. އެ ވާހަކަތައް އާއިލާގެ އިތުރުން ވެސް އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ބިރު ދެއްކި ކަމަށް އެ ކުއްޖާ ބުނެ އެވެ.
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކާ ގުޅިގެން ނޭނގި ހުއްޓައި ބޮޑުކަމު ދެވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކުއްޖާ ބުނެ އެވެ.
ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް މި ދުވަސްވަރު ފެންމަތިވެ، އެ ވާހަކަތައް ކިޔައިދެމުން އަންނަނީ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ފަރާތުން ލިބުނު އަނިޔާތައް ފެންމަތިވެ، އެކަމުގައި ހުރި އެތައް އިހުމާލެއް ފަޅާއަރާފައި ވަނިކޮށެވެ.
ޖެންޑާ މިނިސްޓްރީއާ ގުޅިގެން ފުލުހުން އެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ އިރު، ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ދިގުލައި، އިންސާފަށް ހުރަސްއެޅިފައި އޮންނަ މައްސަލަ ހައްލުކުރަން ކަމާގުޅޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާނުޖެހޭ ނަން ބުނާ ކަށެއް ....ދެން
30 January 2020
ތި 12 އަހަރު ގެ ކުޑަ ކުއްޖާ ގެ އޯޑިޔޯ އަޑު އެހިން ... ޢަހަރެން ވެސް ވަރަށް ހިތްދަތި ވި .. ރޮމުން ރޮމުން އެ ވާހަކަ ތައް ކިޔާދޭ ... ތިކަހަލަ މީހުން ދަން ޖައްސާ މަރަން ވީ ... މާ ވަހުޝީ ވެގެން ނޫޅެ .. ކީއްތަ ވާނީ ހަލާލު ގޮތުގާ އެކަން ކުރިއްޔާ ... ޙަލާލު އައްބެއް އެބަ ހުރި .. ދެން ...
ިއިބްރާ
25 January 2020
ކިތަންމެ ވަރަކަށް ޖިންސީ އަނިޔާކުރިޔަސް އަސްލު ސަބަބު ކަމުގައިވާ މަސްތުވާ ތަކެތި ބޭނުންކުރާމީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އަދަބުދޭން ނުކެރޭނެ މިސަރުކާރަކަށް.
ބޫމް
25 January 2020
ކޮންސަރުކާރަކަށް ކެރުނީ. ރޔވެސް ވިދާޅުވީ ވަކިވަރަކަށް ވުރެ މަދުން މަސްތުވާތަކެތި ގެންގުުމުން ކުށްވެރި ނުވާނެގޮތް ހަދައިދޭނަމޭ. ވެރިކަމަށް ގެންނަންވީ އެކަން ކުރެވޭވަރުގެ ބައެއް.
ދޮންވެލި
25 January 2020
ބޮޑެތި މައްސަލަ ތަކެއް ބަލަމުން ދާއިރު ޖަލުގައި ޖާގަ ނެތް ވާހަކަ ދައްކާތީ ކަން ބޮޑު ވެއެވެ. ބޮޑެތި ކުއްވެރީންނަށް މީހުން ނޫޅޭ ރަށް ރަށުގަ ޖަލު ހަދަން ވީ އެވެ.
ރިތި މޫސަ
24 January 2020
މިގައުމުން މަސްތުވާތަކެތި ފޮހެލަން ރައްޔިތުން ނުކުންނަންއެބަޖެހޭ ކީއްވެތޯ އެކަންނުކުރެވިގެންމިއުޅެނީ ބަލަންއެބަޖެހޭ ހަމަގައިމުވެސް ރާއްޖެއަށް ރަލާ އޫރުމަސް އެތެރެކުރަނީ ސަރުކާރުތަކުން ހުއްދަދީގެން މިޔަދުގެ ހުކުރު ޚުތުބާގަވެސް އިވިގެންދަޔައީ މިފަދަކަންކަމުގެ އަސްލަކީ ރާކަމުގަ ހަމަގައިމުވެސް ދިވެހިންނަށް ރަލާ އޫރުމަހާ ނުލާ އުޅުވެން އެބައޮތް ވީމާ މަޖުލީސް ތެރެއިން ރަލާ އޫރުމަސް މަސްތުވާތަކެތި އެތެރެކުރުން މަނާކުރާ ގާނޫނުގެ ތެރޭ ހިމެނުމަށް ގޮވާލަން
ހައުލާމް
24 January 2020
ކުޑަކުދީންގެ ހައްގުގައި މިއަދު އަޑުތައް އުފުލި މަގުތަކައް އެއްވެވޭގޮތައް ކީއްވެތޯ އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާއިމްކުރުމައް ގޮވާނުލެވެނީ.. އެ ހައްދުތަކަކީ ހަމަ އަހަރެމެން ކަންފަތުން އަޑުއަހާލާފަ ދޫކޮއްލަން މާތް ރަސްކަލާނގެ ކަނޑައަޅުއްވާ ރަސޫލާ ގާއިމްކުރެއްވި ކަންކަންތޯއެވެ.؟ އެކަންކަމުގައި ފައިންޖަހާފަ ކޮންމެހެން މުސްލިމުންނޭކިޔަގެން އަހަރެމެންނައް އުޅެވިދާނެތަ.؟
ހނ
24 January 2020
ހުރިހާ ނުބައިކަމެއްގެ އަސްލަކީ މަސްތުވާތަކެތީގެ ވަބާ.އެވަބާއިން ދިވެހިން ސަލާމަތްކުރެވޭތޯ ބަލަންވީ.
ނާޒްނީ
24 January 2020
ތިހެން ލިޔާލާފަ ތިބެވޭކަށެއްނެތް.. މިއަދު ޚުތުބާގަ ނެތް ނުބައި އަމަލުތަކައް ދީނުގެ ޝަރީއަތުގައި ހުރި ހައްދުތައް ގާއިމްކުރުން ފާހަނގަކޮއްފަކާއެއް. އަދި ހައްދު ނުޖަހާ އިސްލާމީ މުޖުތަމައުއަކައް ކުރިމަތިވާނޭ ހުރިހާ ކަމެއް މިތަނުގައި މިދަނީ ވަމުން. ސައިހޮޓަލަކައް އެރިޔަސް ޖެހިގެން ހުރިމީހާ އަކީ މީހަކު މަރާލާފަ ނުވަތަ ޒިނޭކުރާ ނުވަތަ ރާބޯ ނުވަތަ ކުޑަކުދީންނާއި ބެހޭ ނުވަތަ މުރުތައްދުވެފައި ހުރިމީހަކައއ ވުމުގެ ފުރުސަތު މިއަދު އިންތިހާއައްބޮޑެވެ.
ޑާޑާ
24 January 2020
12އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާއަށް އާއްމުން ކުރި އަނިޔާތަކަށް ހޮސްޕިޓަލުގަ ފަރުވާ ދިނުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން، އާއްމުންވަނީ ވިލިމާލޭ ހޮސްޕިޓަލްގެ ބިއްލޫރިތައްވެސް ތަޅާލާފަ، ހޮސްޕިޓަލުގެ މައްސަލައަކީ ކޮބައިބާ!؟އެއީ ތަރައްޤީވެ ތަހުޒީބުވީމަ ވާގޮތްބާ!؟
ޢަބްދު
24 January 2020
މިއީ “މޫސުމީ” ކަމެއް ނޫން! މިދުވަސްވަރު މިކަހަލަ މައްސަލަ ގިނަވެގެން އުޅެނީ އެކަހަލަ މައްސަލައަކަށް ލިބެންޖެހޭ ސަމާލުކަން ދާދި އިހައްދުވަހު ލިބުމުން... އެ ތުއްތު ކުއްޖާގެ ބޮޑުދައިތަވެސް “ކީއްކުރާނީހޭ” ކިޔާފަ ރިޕޯޓު ނުކުރިނަމަ މިކަހަލަ ލާއިންސާނީ މީހުންނައް ދެވޭނީ ހިމާޔަތޭ ބުންޏަސް ގޯހެއް ނޫން! އެންމެންވެސް ކެރިގެން ރިޕޯޓު ކުރޭ! ޢައިލާއެއް ރައްޓެހިކަމެއް ބަލާނެކަމެއް ނެތް
ާަައަނާ....
25 January 2020
ގިނަފަހަރަަށް ހަމަ ނުކެރެނީ ބުނަން )-: ހިތްވަރު ނުހުންނަނީ ބުނަން.... މީ ބައެއްމީހުންނަށް ވާ ގޮތް.......
ނަން
24 January 2020
ހުރިހާ ގޮތަކުންވެސް އިންޑިއާއާ އެއްގޮތް ވަނީ ދޯ؟
މަގުފުޅާޓިނު
24 January 2020
އަބަދުވެސް.................
ބަރަބޯ
24 January 2020
މިދުވަސްކޮޅު މީހަކަށް އަނިޔާ ކުރަން ބޭނުމިއްޔާ އެއީ ކުޑަކުދިންނާ ބެހޭ މީހެކޭ ބުނެލަން ޖެހޭނީ. ތެދެއް ދޮގެއް ނުބަލާ މީހުންގަނޑު ނިކުމެ އެމީހަކު ރޯނާގަންނުވާލާނެ.
ާއުނިމާ
24 January 2020
ކުޑަކުއްޖެއްގެ ދުލުން ބުނެފިއްޔާ އެވާނީ ތެދަަކަށް،
ގުޑުގުޑާ
24 January 2020
އަދި ކޮޓަރިކުލި އާމްދަނީ ބެހުމުގަ މައްސަލަޖެހިގެން ވަރިފަށަށްއަރާފަތިބޭ ދެމަފިރިންގެތެރެއިންވެސް އަންހެންމީހާ ބުނެލަންޖެހޭނީ ފިރިހެންމީހާ އެވެނިކަމެއްކުރެއޭ، ހަމަ ބުނާއިރަށް ގަބޫލުކޮށްގެން ސޯޝަލްމީޑިއާ ފުރާލާނެ، ފިރިހެންމީހާގެ ދުވަސް އެދިޔައީ އެންމެން ކުރިމަތީގަ. އެކަމަކު ހަނދަށްދިޔަ ފޮޓޯއާއި ވީޑިއޯއާއި ހިލަ ދެއްކީމަވެސް ގަބޫލުނުކުރާ މީހުނޭމީ.
ކޮކްޓެއިލްރައީސް
24 January 2020
ނުވިތާކަށް އެމީހަކަށް ފަރުވާދިން ހޮސްޕިޓަލެއްގެ ބިއްލޫރިތައްވެސް ތަޅާލާނެ، ދިވެހިން ކުރިއަރާދަނީނު....