ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕޯސްޓަރެއް
24 ޖެނުއަރީ 2020 - 20:16
މެދު ރާއްޖެގެ ތެރޭގެ ރަށެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރިން އާއްމުކުރި ގޮތުގައި މެދު ރާއްޖެތެރެ ނިސްބަތްވާ (ކ، އއ، އދ، ވ) އަތޮޅުގެ ރަށެއްގައި ރޭޕްކުރީ 17 އަހަރުގެ ކުއްޖެކެވެ. އެކަމަކު ފަހުން މައުލޫމާތު ލިބުނު ގޮތުގައި އެ ކުއްޖާގެ އުމުރަކީ 14 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
ރޭޕްގެ މައްސަލައިގައި ހައްޔަރުކުރީ 24-18 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. އެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށެވެ. އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ އަށް އިހުމާލުވުމުގެ ތުހުމަތު ކުރާއިރު އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުން ލަސްވުމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
25 January 2020
ފުރަތަވެސް ފިޔަވަޅު އަޅަންވީ ސަރުކާރަށް. ބަރަހަޓާ ސައިޓްތައް ބަންދުނުކޮށްގެން. ސަރުރާރަށް ދިރާގު މެދުވެރިކޮށް އޮރިޔާން ކާޑު ދައްކައިގެން ފައިސާ ލިބޭތީ ހަމަ ވަރިހަމަ ވެގެން އެ ތިބީ ނޫންތޯ. އިއްޔެ ހުކުރު ޚުތުބާގައިވެސް ގޮވާލީ ބަރަހަނާ ސައިޓްތަކަށް ނުވަނުމަށް. ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހަދަން ސަރުކާރަށް ގޮވާނުލީ އިސްލާމިކް މިނިސްޓަރ މަޤާމުން ވަކިކޮށްފާނެތީބާ? ދެން ދީނީ އިލްމުވެރިން ދައްކާނީ އެމީހުންނަށް މީހުން އިޙްތިރާމް ނުކުރާ ވާހަކަ. ޙައްޤު ބަސް ބުނަން ނުކެރެއްޏާ އެވެސް ހަމަ ވެދާނެ ގޮތެއް ކަމަށް ޤަބޫލު ކުރަންޖެހޭ.
ހާމިދު ޝާހިދު
25 January 2020
ހެއްވާ ކަމެއްދެއްތޯ! އެންމެން ނިދާފަ އަދި. ކޮމެންޓް ކުރަން ވަރުބަލިވެފައި. 14 އަހަރު ގެ ކުއްޖަކު 4 ޒުވާނަކުވެގެން ރޭޕް ކުރިއޭ ބުނީމާ، އޭގެ މާނަ ވަރަށް ސާފު. އެކުއްޖާގެ ޖިންސީ ގުނަވަން ފިލުވާލީކަމަށް ބެލެވިދާނެ.
ރާއްޖެއިންބޭރު
25 January 2020
މިހާރު ރާއްޖެތެރެއަކީ ހަމައެކަނި ކ، އއ، އދ، ވ ގެ ރަށްތައް. ދެން އޮންނަނީ މާލެ، އުތުރު، ދެކުނު
1828
25 January 2020
މި ޚަބަރަށް މީހަކު ހަމަ ކޮމެންޓް ނުކުރަނީ ތަ؟
ޖަޒީރާ ކަލޯ
25 January 2020
ކީއްކުރަން ކުރަނީ މިކަމުގެ ސީރިއަސް ކަމުން ގޮސް މިސަރުކާރު ފެށިގެން އައީވެސް ހޯރަ އިއްބެ އަށް ގާނޫނުގަ އޮތް އެންމެ ބޮޑު އަދަބު ދީފަ ވިއްޔާ