އޭސީސީގެ މެމްބަރުކަމަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ.
12 ފެބުރުއަރީ 2020 - 21:21
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ސަރުކާރުން ކަނޑައެޅި ގޮތާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ދެކޮޅު ހަދައިފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ކޮމިޝަނުން، ފިނޭންސް މިނިސްޓްރީގެ ނިންމުމާ ދެކޮޅުކަން ހާމަކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީސް އަދި އެމްއޭސީއެލް އަށް ފޮނުވި ރިކޮމެންޑޭޝަނެއްގައި ކަމަށް އެނގިފައި ވެ އެވެ. އެ ރިކޮމެންޑޭޝަންގެ ތަފްސީލް ނުލިބުނަސް، އެނގިފައިވާ ގޮތުން، އޭސީސީން ބުނެފައި ވަނީ ޓީއެމްއޭ އަށް އާ ޓާމިނަލް ދޫކުރަން ސަރުކާރުން މިހާރު ބޭނުންވާ ގޮތުން ވެސް ދައުލަތަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. އެކަމަކު، އެއީ އޭސީސީން މި މައްސަލައިގައި ދެކޭ ގޮތް ކަމަށް ވާތީ ވަކި ގޮތަކަށް އަމަލު ކުރަން ނާންގާ ކަމަށް ވެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް، މިހާރު ވެސް އެމްއޭސީއެލަށް ބިމު ކުލި ދައްކާ ރޭޓުގައި، ދޭށެވެ. އެއީ ތިރީ ބަޔާ އެކު ހަތަރު ބުރިއަށް ހަދާފައި ހުރި އިމާރާތުގެ އެއް ބުރި އެއްކޮށެވެ.
އެކަމަކު، އެ ނިންމުމާ މެދު ވެސް ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ އެ ކުންފުންޏާ އެކު، އެމްއޭސީއެލުން ކުރި މަޝްވަރާތަކުގައި އެއްބަސްވެފައި އޮތީ، އާ ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ ދޭން ކަމަށެވެ.
ޓީއެމްއޭ އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ކުންފުނިން އަމިއްލަ އަށް ހަދައި، މިހާތަނަށް ހިންގަމުން އަންނަ ޓާމިނަލަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަކުރީ އެމްއޭސީއެލް އިން ދިން ކޮމިޓްމެންޓަށް އިތުބާރުކޮށްގެން ކަމަށެވެ. އެކަމަކު އެއީ 1993 އިން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ. އެ ތަނާ ބެހޭ ގޮތުން ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންކަމުން ފަހުން އެއްބަސްވުން ހަދަމުން އައީ އަހަރުން އަހަރަށް ކަމަށް ވެސް، އެނގިފައިވެ އެވެ.
ފައުޒީ ވިދާޅުވި ގޮތުގައި އާ ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 19،000 އަކަމީޓަރު، 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް ކުއްޔަށް ދޭނެކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދިނެވެ. އެގޮތަށް ބަޔާންކޮށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް ތައްްޔާރުކޮށް ޓީއެމްއޭގެ ހިޔާލު ހޯދަން ވެސް އެމްްއޭސީއެލް އިން ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދޭން ނިންމީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިންވެސްޓަރުންގެ ހިމާޔަތުގަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުލް ކޮންޓްރޯލް ނުވަތަ ފުލް އޮޕަރޭޝަން އެމްއޭސީއެލްގެ އަތްމައްޗަށް ދާނީ ދެ އަހަރަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެދުމަކަށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހެއްދެވި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއޭސީއެލުން މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ކުއްޔަށް ދީފި ނަމަ އަހަރަކު 47 މިލިއަން ޑޮލަރު (724 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރުން ކަނޑައެޅި ގޮތަށް ކުއްޔަށް ދީފި ނަމަ ލިބޭނީ އަހަރަކު ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށް، އޮޑިޓްގައި ބުނެފައިވެ އެވެ.
ސަރުކާރާއި އެމްއޭސީއެލް އަދި ޓީއެމްއާ ދެމެދު އުފެދިފައިވާ ބޮޑު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހަސަން، މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރުމުން ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަަހެޅުން ރަނގަޅު ކަމަށެވެ. އެކަމަކު، އެއީ ސަރުކާރަށް ވެސް ވަރަށް އުނދަގޫ ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން، މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ރޫޅައި ނުލެވި ލަސްވެ، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ލަސްވުމަކީ ހަސަންގެ ކަންބޮޑުވުމެކެވެ. އެގޮތުން، ކުރީގެ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލް ރޫޅާ ނުލެވޭ ނަމަ މަހަކު ނުވަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް އެމްއޭސީއެލް އިން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގައެއް ޓީއެމްއޭ އަށް ދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައި ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށް ޓީއެމްއޭ އިން ބުނާބުނުމާ އޮޑިޓަ ޖެނެރަލް ދެކޮޅެވެ.
ހަސަން ވިދާޅުވާ ގޮތުން، އެފަދަ ޔަގީންކަމެއް އެމްއޭސީއެލުން ދީފައެއް ނެތެވެ.
"ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަށްނޭނގޭ ޓީއެމްއޭގައި ނެތް އެެއްޗެއް ރިސޯޓުތަކަށް ވިއްކުމަކީ. އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
13 February 2020
މުއްސަދިން އިތުރަށް މުއްސަދިވާ އުސޫލެއް މިގައުމުގަ އޮންނަނީ. 700 މިލިއަން ލިބެން އޮއްވާ ސަރުކާރުން 40 މިލިއަނަށް ދިއުމުގެ މަގްސަދަކީ ކޮބާ؟ ތި ފައިސާއަކީ ސިޔާސީ މީހުން ހިތުހުރި ގޮތެއް ހަދާފަ ބާކީ އެއްޗެއް އޮތިއްޔާ ރައްޔިތުންނަށް ހިދުމަތްކުރުމަށް ހުރި ފައިސާ
ވަތުބަތާނަ
13 February 2020
ކިތަންމެ ދެކޮޅަސް ތިކަން ނުކޮށެއް ނުހުންނަވާނެ! އެއީ އަޑި ނޭންގޭ ޑީލްތަށް.
ދޮން ދީނި
13 February 2020
ދެ އަހަރު ދުވަހުން އެމްއޭސީއެލްއަށް ޓާމިނަލްގެ ފުލް ކޮންޓްރޯލް ލިބޭ ޑީލެއް ގޯހެއް ނޫން. ޓީއެމްއޭގެ މައްސަލަ މީ ވަރަށް ކޮމްްޕްލިކޭޓެޑް މައްސަލައެއް. އާރަންވޭ އޮޕަރޭޓްކުރަން ފެށުމާއި ޓްރާންސްފާތަށް ސްމޫތްކޮށް ގެންދަން މިކަން މުހިންމު. މިހާރު އެއަރޕޯޓްގައި ހިނގަމުންދާ މަޝްރޫޢުތަކަށް ބަލާފައި އެމްއޭސީއެލްއަށް ހިންދެމި ލެވޭނީވެސް 2 އަހަރު ފަހުން. އެކަމަކު ސަރުކާރުން އެބަޖެހޭ އެޓާމިނަލްގައި މަސައްކަތް ކުރަން %70 ދިވެހިންލާން މަޖުބޫރުކުރަން.
ބުލޫކިޔާ
13 February 2020
ތިހުރިހާ ނުބައެއްގެ އަަަސްލަކީ އެމްއޭސީއެލްގައި ވޭތުވެދިޔަ 30 އަހަރު ތިބި އެންމެ ކޮރަޕްޓް 3 ވެރިން . ޢެކަކުވަނީ މީގެ 1 އަހަރުކުރިން ކަނޑާލާފަ . ވަކި މީހެއްގެ ބައްޕަ ވަކި މީހެއްގެ ބޮޑުބޭބެ ނުވަތަ ކާފައަށްވެން ބަހައްޓާކައް ނުޖެހޭނެ . އެއަރޕޯޓައް ބޭނުންނުވާ ޖެޓްސްކީ އަމިއްލަ ކުންފުނިން އެއަރޕޯޓައް ވިއްކިކަން އޯޑިޓުން ފަޅާއެރުވީމަވެސް ވީކަމެއްނެތް. ޓީއެމްއޭ ގެ ޑީލްއާއި ދެކޮޅުހެދި 2 ޖެނެރަލް މެނޭޖަރުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައި .
ސިކުނޑި
13 February 2020
ސަރުކާރުގެ ނިންމުން ޖުމްލަގޮތެއްގައި ރަނގަޅު! އޭސީސީން ދެކޭގޮތްވެސް ގޯހެއްނޫން! ލާންޗްގައި ދާންޖެހުނަސް ފަތުރުވެރިން ރާއްޖެ އަންނާނެކަން ޓީއެމްއޭއަށް ނޭނގެނީ!! ބޮޑާ ހާކާނަމަ ފޮނުވާލަންވީ!! މޯލްޑިވިއަން އާއި މަންތާވެސް އެބައޮތް!! ފައުޒީ އެންމެ ރަނގަޅު ބޯޓުތައް ކިހިލި ޖަހާލައިގެން ދިޔަސް!!
އޮނަރަބްލް އަފީފު ދީދީ
13 February 2020
އަންހެން ބޭކަނބަލަކަށްވިޔަސް މިވަގުތު އޭސީސީގެ ރައީސް ކަމުގައި ހުންނެވީ ސޯލިޙް އާއި އެބޭފުޅާގެ މުޅި ކެބިނެޓާއި މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި ހުރިހާމެންބަރުންނަށްވުރެންވެސް އެކަމަނާގެ ނަޒާހަތްތެރިކަމަށް އިތުބާރު އެބައޮތް. # ކަމަނާއަކީ ކިޔަވައިގެން ހުންނެވި އަބުރުވެރިއެއް. އުއްމީދަކީ "ވަޒީފާގެ ބޭނުމަށް" ހަޤީގަތް އޮޅުވާނުލާ ދައުލަތަށް ތެދުވެރިވެ ހުވާމަތީގައި ދެމިހުންނެވުން. ސޯލިޙާއި މަޖިލިސްބޭނުންވަނީ ބޭރުކުރަން ނަމަ އެމީހުނަށް އެކަންދޫކޮށްލާ.
ޢަނީ
12 February 2020
އިންވެސްޓަރުންގެ އިތުބާރު ގެއްލެންޖެހޭ އެއްވެސް ސަބަބެއް ނެތް. ޖުމްލަ މައްސަލައަކީ ބަޔަކު އަނގަބަހުން ދިން ޔަގީންކަމަކަށް ތަނެއްދޮރެއް ނުބަލާ 500 މިލިޔަން ޑޮލަރަށް ޓީއެމްއޭ ގަތުންް. ތިޔަ ހުވަފެންް ދެއްކިި މީހުންއަތުން ލާރި އަތުލީމަ ނިމުނީ. ދިވެހިސަރުކާރާާ ބެހޭކަމެއް ތިއަކު ނެތް.
ޝޮކްތެރަޕީ
12 February 2020
މުޅިން ދެވިޔަފަރިއެއް ކުރަން ޓީއެމްއޭ މި އުޅެނީ. ސީޕްލޭން ހިންގަން ބޭނުން ވަނީ އޮފީހެ. ޓާމިލަންލެއްނުން. ދެކޮޅުންވެސް ކާން އެ އުޅެނީ. ޓާމިނަލް ހިންގަން ޖެހެނީ ވެލާނާ އެއާޕޯޓުން.
ބުޅާ
12 February 2020
ޓީއެމްއޭ އަކީ.މިހާތަނަށް ރާއްޖެއައި އެއްމެ ހީލައްތެެެރި ކުންފުނި. ސަބަބު: 1- ނޯ ޖޮބް ފޯ ދިވެހިން. 2- ނޯ ސީއެސްއާރު ފޯ ދިވެހިން. 3- ހެސްކިޔާފަ ބޮޑު އަގުގައި ޓިކެޓް ވިއްކަނީ. 4- 400 ޑޮލަރަށް ގެސްޓުން ނަށް ޓިކެޓް ވިއްކީމާ ޓުވަރިޒަމަށް ގެއްލުންވޭ. 5-ރެވެނިއުގެ 99% ދަނީ ރާއްޖެއިން ބޭރަށް. 6- 99% މުވައްޒަފުން ނަކީ ބޭރުމީހުން، ހާއްސަކޮން ލަންކާ. 7- ފަތުރުވެރިކަން ޓީއެމްއޭއަށް ޑިޕެންޑްކުރުވަން ކުރާމަސައްކަތް. 8- ދިވެހި ފަތުރުވެރިކަމުގެ ކޮންޓުރޯލްނެގު
އަލީ ބަލީ ބަނޑަށްބަލީ
13 February 2020
ވަރަށް ރަނގަޅު ޕޮއިންޓްތަކެއް... އެކަމަކު ދިވެހިންނަށް ވަޒީފާ ނުދޭ ސަބަބުތަކާމެދުވެސް މިހާރު ވިސްނާލަންވެއްޖެ. ގިނަ ދިވެހި ޒުވާނުންނަތަކެއްގެ މައްސަލަ އުޅޭކަންވެސް އެބަ ގަބޫލު ކުރަންޖެހޭ. އަނަދަކު ވިޒީފާ ދޭމީހުންނަށް ހަޅޭފަޅޭއްޖެހުމަކުން މިމައްސަލަތަށް ފޮރުވުމަށްއެހީވެވެނީ. ވަޒީފާއަށް ގަޑިއަށް ނައުމާއި، ސަލާމް ހެސް ކިޔާފައި ބުނުމާއި، ޕްރޮޑަކްޓިވިޓީ ދައްވުމާއި، ކަތްނެތްކަމަކީ ދިވެހި ވޯކްފޯސްއާއި މެދު އެންމެންވެސް ޖައްސާ މައްސަލައެއް.
ޢިބޫ
12 February 2020
މި ފިނޭންސް މިނިސްޓަރ ބޭރުކުރެވޭނެ ގޮތެއްނެތީތޯ،މީނަ މިސަރުކާރުގަ މާގިނަދުވަހު ހުރެފިއްޔާ މުޅިގައުމު ހުސްކޮއް ރައްޔަތުން ބަނޑަށްޖެހޭނެ.