ޚަބަރު / ކޮވިޑް-19

ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

އެމްއެސްސީ މެގްނިފިކާ ޕެސެންޖާ ލައިނާއިން މާލެ އަށް އައި ޓޫރިސްޓުން ޖެޓީ ސަރަހައްދުގައި މަޑުކޮށްލައިގެން--ފޮޓޯ:ނިޝާން އަލީ/މިހާރު

ޝުރުފާ މުހަންމަދު

15 މާޗް 2020 - 12:39

41 comments

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، "ސްޕްރިން ބްރޭކް" އެއްގައި ދަރިފުޅާއި އެކުވެރިއަކާ އެކު ރާއްޖެ އައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޭޖޭ އިވާން ބުނީ ކޮވިޑް-19 އަށް ރާއްޖެ ވަރަށް ތައްޔާރުވެފައިވާ އެހެން ގައުމެއް އޭނާ އަށް ފެނިފައި ނުވާ ކަމަށެވެ.

ޗުއްޓީ އަށް ރާއްޖެ އަންނަން ދަތުރު ރާވައި ތައްޔާރީތައް ވެ ނިމުނުއިރު، ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކަމުގެ ޚަބަރުތައް ފެނުމުން މާޔޫސްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ރާއްޖެ އަންނަން ތައްޔާރުވި ދަތުރު ހުއްްޓާލަން ބޭނުން ނުވާތީ، ދިވެހި ސަރުކާރުން މި ހާލަތު މެނޭޖްކުރާ ގޮތް ބަލަން އޭނާ މަސައްކަތް ކުރި އެވެ. އަދި ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށާއި އެކަމާ ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ވެސް އީވާން ބުންޏެވެ.

އޭނާ ބުނާ ގޮތުގައި، އާންމުކޮށް ސަރުކާރުތަކުގެ ނިންމުންތައް ދާނީ އެކި ގޮތްގޮތަށެވެ. އެންމެ މަތީ ފަންތީގައި ނިންމާ ނިންމުންތައް ދަށް ލެވެލްތަކުގެ މުއައްސަސާތަކާއި ވުޒާރާތަކަށް އެނގޭ ފަހަރަށް ވުރެ ނޭނގޭ ފަހަރު ގިނަކަން ފާހަގަކޮށް އޭނާ ބުނީ ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ފެންނަނީ ދުނިޔޭގެ އާންމު އުސޫލާ ހިލާފަށް ވަރަށް ދެ ފުށް ފެންނަ އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

ރާއްޖޭގެ ހާލަތު ބެލުމުގެ ގޮތުން ޓޫރިޒަމާއި ހެލްތު މިނިސްޓްރީގެ އޮންލައިން ޕްލެޓްފޯމާއި ރާއްޖޭގެ މީޑިއާގެ ޚަބަރުތައް ވެސް ބަރާބަރަށް ބަލަމުން އައި ކަމަށް އޭނާ ބުންޏެވެ. އަދި މީޑިއާތަކާއި މިނިސްޓްރީތަކުގެ އޮންލައިން ޕްލެޓްފޯމުތަކުގައި މައުލޫމާތު އާކުރާ ވަރާއި އަވަސް ކަމާ ދޭތެރޭ އޭނާ ބުނީ އެއީ ޝުކުރު އަދާކޮށް ތައުރީފް ހައްގު ކަމެއް ކަމަށެވެ. ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި، ކަމާ ބެހޭ ވުޒާރާތަކުން މީޑިއާތައް މެދުވެރިކޮށް، އާންމުންނަށް މައުލޫމާތު ފޯރުކޮށްދެމުން އަންނަނީ ވަރަށް ފުރިހަމަ އަދި އެހާ ތަފުސީލުކޮށް ކަން ވެސް އޭނާ ފާހަގަކުރި އެވެ.

އިވާން ބުނިގޮތުގައި ދިވެހި ސަރުކާރުން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާތީ، އެއީ ޓޫރިސްޓުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޗައިނާގެ ވޫހާން ސިޓީގައި އުފަންވެގެން އައި ކޮރޯނާ ވައިރަސް ހަލުވިކަމާ އެކު، މުޅި ދުނިޔެ އަށް ފެތުރެމުން ދާއިރު ހުރިހާ ގައުމަކުން ވެސް މިހާރު އަންނަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. ގައިން ގަޔަށް އަރާ މި ވައިރަސްގެ ގެއްލުން އިންސާނުންނަށާއި މުޅި އިގުތިސާދަށް ކުރަމުން ދާތާ ދެތިން މަސް ވީ އިރު އަދިވެސް ހުއްޓުވޭ ގޮތެއް ނުވެ އެވެ.

COVID-19 LOCAL UPDATES

COVID-19 LOCAL UPDATES

COVID-19 Local Updates - Ministry of Health - Maldives

COVID-19

ކޮވިޑް-19 އަށް ޚާއްސަ ކޮށްގެން ހެލްތު މިނިސްޓްރީން ހަދާފައިވާ ވެބްސައިޓް

ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލީގެ 13 މީހަކު މިހާތަނަށް ރާއްޖެ އިން ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީން/ޓޫރިސްޓުންނެވެ.

41 ކޮމެންޓް, 295 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 1%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު އެންޓިކްރޯނާ

20 March 2020

އިބޫ ރަނގަޅުވާނެ. ދެން ކުރަންއޮތް ކަމަކީ އަތޮޅު ކައުންސިލުތަކަށް 2 ރަށް ރިޒޯޓް ހަދަން 1 ރަށް ދަނޑުވެރިކަމަށް ދިނުން. އޭރުން ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ އުފާވެރިކަން ލިބޭނީ.

The name is already taken The name is available. Register?

ރަފް

19 March 2020

ވަރަށް ފުރިހަމަ ޕީ. އާރެއް ?

The name is already taken The name is available. Register?

ނާހީ

16 March 2020

މި ވަގުތުވެސް ކަލޭމެން ތިބަލަނީ ސިޔާސީ މަންފާއެއް ލިބޭތޯ.

The name is already taken The name is available. Register?

އިމަނާ

16 March 2020

ފޭލިވާނީ އަމިއްލައަށް. މެޖޯރިޓީދިނީ ރަގަޅުކަންކަންކުރަން. ފައިދާހިރި ބިލްތައްހަދާ ފާސްކުރަން. އެހެންމީހަކު ކިތައްމެ ރަގަޅުކަމެއް ހުށަހެޅިޔަސް މަޖިލީހުގެ ރައީސް ބަލައެއްވެސް ނުގަނެ. އެބޭރުކޮށްލަނީ. ގާވާޢިދަކަށްވެސް ނުބަލާ. އުސޫލެއްވެސްނެތް މިހާރަކު. ވ.ސަލާން.

The name is already taken The name is available. Register?

8787

16 March 2020

އޭ ބުރޯ އެއުޅޭ މަޖިލީހުން މަޓީގެ 6 އެއްކަ މަހުޖަނުންމައިތިރި ކުރަން އެއްބާރު ލުން ދޭނަމަ އަދި މިއަށްވުރެ ފުރިހަމަވީސް. ޑޮލަރު ބޮޑުއަގުގައި ވިއްކަނީ ކަހާތަން ހިރުވާވެސް ނުލާ. އެތިބީ. ކީއްވާނީ އެންމެ ބިލްގަޑެއް ފާސްކޮށްލިއްޔާ ރާޢްޖޭގެ ޚިދުމަތް ވިއްކާފައި ލިބޭ ފައިސާ ޖަމާވާންވާނީ ރާއްޖޭގެ ބޭންކަކަށޭ ކިޔާ. ބޭނުމީ އިބޫ ފެއިލްކުރަން. ބަރުލަމާނީ ގެންނަން

The name is already taken The name is available. Register?

ލޮލްް

16 March 2020

ކޮން ގައުމެޔް ގެ މީހުން ހޭ ؟ ޕޮޒިޓިވް ވީ ؟؟

The name is already taken The name is available. Register?

ހައް ދުންމަތި

16 March 2020

ބޮޑަށް ވައްތަރީ ގޭމަކާ

The name is already taken The name is available. Register?

6666

16 March 2020

އެމެރިކާ މީހުން އުޅޭ ހާލުފެނުނީމަ ތިހެން ނުބުނާނެ! އެއީ ގައުމެއް ނޫން. މިލިޓަރީ އިންޑަސްޓްރިއަލް އޯންކުރާ އިންސާނުންތަކެއް

The name is already taken The name is available. Register?

ބޮޑުމީހާ

15 March 2020

މިހުރިހާ ދުވަހު ގޮވީ މިރާއްޖެ ދުނިޔެއަށް ބަންދު ނުކުރެވޭނެޔޭ، އިގްތިސާދު ފުޑޭނެޔޭ. ..މިހެން ތިއްބާ މަޑުމަޑުން ބަލި ފެތުރި، ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވަން މަޖުބޫރުވަނީ. އެހެން ގައުމުތަކުންވެސް މުޅިގައުމު ބަންދުކޮށްފަ އެއޮތީ، ދެންވެސް ވަގުތު އޮއްވާ ބަންދު ކުރޭ! ހިތަށްއަރަނީ ގައުމު ބަންދުކުރާނީ ގައުމަށް އޮބި ނޯންނަވަރަށް ބަލި މީހުންތަކާއިއެކުތޯ ނޫނީ ވައިރަސް ނެތް ބަޔަކާއިއެކުތޯ! ފުރާނަ ހުރިއްޔާ ފަޅޯ ދަޑި ކައިގެންވެސް އުޅެވިދާނެ!

The name is already taken The name is available. Register?

ޢަލީިި

15 March 2020

ބޮޑު މީހާ އަށް. ފަޅޯ ދަނޑިއެއްވެސް މިހާރު މި ރާއްޖެއިން ބޭރުން ނުގެނެ ކާލެވޭނީ މަދު މީހަކަށް. އެވެސް ކެވޭނީ ދެތިން ފަހަރަކު ، އެ ނިމުނީ.

The name is already taken The name is available. Register?

އަލިހަންދްރޯ

16 March 2020

ދުނިޔޭގައި މިބަލި އެންމެ މޮޅަށް ކޮންޓްރޯލު ކުރި ތިން ތަނަކީ ސިންގަޕޫރު، ޓައިވާން، ހޮންގްކޮންގް. އެމީހުން ތިބީ ދުނިޔޭގެ އެންމެންނަށް ލޮކްޑައުންކޮށް ގައުމު ބަންދުކޮށްގެންނެއް ނޫން. ވާނުވާ ބަލާލާފައި ވާހަކަ ދައްކާ

The name is already taken The name is available. Register?

ޙުސަންބޭ

15 March 2020

ރަނގަޅުވާހަކައެކެވެ. އީވާން އެބުނާހެން ސަރުކާރުން ނިންމާ ނިންމުންތަކަށް ދަށްލެވެލްގެ ބައެއް މުއައްސަސާތަކުން ޢަމަލުނުކުރެއެވެ. މިސާލެއްގެގޮތުން ބުނާނަމަ އަދިވެސް ފިންގަރޕްރިންޓް ޖެހުން ނިމުމަކަށް ނާދެއެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

15 March 2020

ރިސޯޓް ފެންވަރުގެ ކަރަންޓީން ފެސިލިޓީ ހެދީމަ ކޮންމެ މީހަކުވެސް އުފާވާނެ، ސީރިއަސްވާ މީހުންނަށް އެންމެ 10 އައިސީޔޫ ބެޑްސް ހުރީ. މިމަހުގެ ކުލި ދައްކަން ކިތައް އާއިލާތަކަށް އުދަގޫވާނެ، އެމީހުންނަށް ސަރުކާރުން ދިން އެހީއަކީ ކޮބާ؟

The name is already taken The name is available. Register?

ަަަބަބްލްސް

15 March 2020

މިގޭގަ ކުއްޔަށް އުޅޭ ރިސޯޓުން އާމްދަނީ ލިބޭ ބޭފުޅެއްގެ ކުލި ކުޑަކޮށްދިނިން. މަހަކު ބޭންކަށް ދޭންޖެހޭ އަދަދު މަދެއްނުކޮށްދޭ، އެކަމަކުވެސް މާތް ﷲ އާއި ވަކީލުކޮށްފަ ކުޑަކޮށްދިނީ އެބޭފުޅުން އެދުނު ވަރަށް އެދުނު މުއްދަތަށް. ލޯނަށް ދަތިވިޔަސް ހެޔޮކަމަށް ބަލާފަ...

The name is already taken The name is available. Register?

ާއުނިމާ

16 March 2020

ކުލި ކުޑަކޮށްދިން މީހާއަށް ރަޙްމަތް ލައްވާށި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454