މިރޭގެ ނިއުސް ބްރީފިންގައި (ކ-ވ) ޑރ. މޫސާ، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، ހެލްތު މިނިސްޓަރު އަމީން އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
20 މާޗް 2020 - 20:37
ޑރ. މޫސަ: ކޮވިޑަށް ޕޮޒިޓިވްް މީހުން އަނެއްކާ ވެސް ޖެހޭ. އެހެންވެ މި މީހާ އަޅުގަނޑުމެން ބަލަން ބޭނުންވޭ އެއް މަސް ދުވަސްވަންދެން ޖުމްލަކޮށް.
ޑރ. މޫސަ: ކޮވިޑަކަށް ވަކި ބޭހެއް ނެތް. އެހެންވީމަ އެންމެ ރިކޮމެންޑް ކުރާ ބޭސްތަކަށް ބަލާފައި އައިސީޔޫގައި އޮތް މީހާ އަށް ބޭސް ދިނީ. ޗައިނާގެ ވެސް ތަޖުރިބާތަކަށް އަޅުގަނޑުމެން ބެލިން. ކޮވިޑްގައި ފުއްޕާމޭގެ ދެފަޅި އަށް ވެސް އެބަ ޖެހޭ. އެހެންވެ ގިނަ މީހުން މަރުވަނީ ވެސް. ކޮވިޑާ ރިލޭޓެޑް އެހެން ކަންތައްތަކެއް ވެސް އެބަ ދިމާވޭ. ބޭރަށްހިންގުން ވެސް ހިމެނޭ. އެހެންވެ، މި ހުރިހާ ކަމެއް ވެސް ރަނގަޅުވި. މިއީ އަޅުގަނޑުމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް. އެންމެ ފުރަތަމަ ދިޔަ ދުވަހު އަޅުގަނޑު ވެސް ހުރީ ދެން ކިހިނެއްހޭ ހަދާނީ. ދެން އޮންނާނީ ކޮން ސްޓެޕެއްހޭ. އެހެންވެ މި ތަޖުރިބާތައް އަޅުގަނޑުމެން އެހެން ގައުމުތަކާ ވެސް އެބަ ހިއްސާކުރެވޭ.
އައިޖީއެމްއެޗްގެ ސީއީއޯ ބަންދު ސަލީމް: އައިޖީއެމްއެޗް އޮތީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރު ކުރެވިފައި. އެތަނަށް ދާ ބަލި މީހުންގެ ރައްކާތެރި ކަމަށް ވެސް އޮތީ ފިޔަވަޅުތަކެއް އެޅިފައި. ރޫޓިން ސާޖަރީތައް ވަނީ ހުއްޓާލެވިފައި. އެތަނަށް ވަންނަ މީހުން އަންނަނީ ބެލެމުން. ކަމާ ބެހޭ މައުލޫމާތުތައް އެބަ ފޯރުކޮށްދެވޭ.
ޑރ. އަލީ ލަތީފު: މިއީ ވަރަށް ހާއްސަ ވަގުތެއް. މި ވަގުތު އެއްބާރުލުން ދިނުންް ވަރަށް ބޭނުން. އަމިއްލަ އަށް ސާފުތާހިރުކަން މި ވަގުތު ވަރަށް މުހިންމު.
ޑރ. އަލީ ލަތީފު: އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމަކީ މި ބަލިން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެއް. މިއީ މުޅި ރާއްޖޭގައި ވެސް ބަލި ފެތުރުން ހުއްޓުވަން އޮތް ވަރަށް މުހިންމު ކަމެއް. ކަރަންޓީން ކުރާ މީހާ ކަރަންޓީންގައި މަޑުކުރުން އެއީ ވަރަށް މުހިންމު ކަމެއް.
ޑރ. މޫސަ: މިއީ ވަރަށް ބުރަ މަސައްކަތެއް އައިޖީއެމްއެޗުގެ ނަރުހުންނާއި ޑޮކްޓަރުންގެ. މިއީ އެންމެންގެ ވެސް މަސައްކަތެއް. މީގެ ތެރޭގައި ނޭވާލާ ނިޒާމުގެ ޑިޕާޓްމެންޓްގެ ޑޮކްޓަރުން ހިމެނޭ. މިއީ ފުރަތަމަ ބަލިމީހާ މިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ސަލާމަތްކުރެވުނު.
އައިޖީއެމްއެޗްގެ ޑރ. މޫސަ: ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާއިރު އެއީ ސިވިއާ ނިއުމޯނިޔާ. މި ދެންނެވި 70 އަހަރުން މަތީގެ މީހާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޑްމިޓްކުރިތާ ފަސްވަނަ ދުވަހު ކިރިޔާ ވެސް ރަނގަޅުވީ. އިއްޔެ ޓެސްޓް ހެދިން ނެގެޓިވް. މިއަދު ވެސް ނެގެޓިވް. އެހެންވީމަ، ދެ ފަަހަރަށް ވެސް މިހާރު ނެގެޓިވް. އަޅުގަނޑުމެން މި ގަސްތުކުރަނީ މާދަމާ އޭނާ ޑިސްޗާޖް ކުރަން. އެކަމަކު އޭނާ އަދި ދެ ހަފުތާ އަށް ދާނެ އައިސޮލޭޝަނަށް.
އަމީން: އެ ދެ މީހުންގެ ޓެސްޓްތަކުން މިހާރު ދައްކަނީ ނެގެޓިވްކޮށް. އެކަމަކު އެ މީހުން މުޅިން ދޫކޮށްލާނީ އަދި އެއްފަހަރު ޓެސްޓްތައް ހެދުމަށްފަހު
ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، މި ބައްޔަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށާއި އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ޕޮޒިޓިވް ވެފައި ވަނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލެއް
21 March 2020
ކޮން ބޭހެއް އެމީހުންނަށް ދިނީ؟
މަޑިސީލަ....
21 March 2020
މަޑިސީލަ ގެ ނަރީޝް ދެން ހަދާނީ ކޮން ދޮގެއްބާ .... ކާޑެ އަށް ސަލާމް...
ާގަނީ
21 March 2020
ޢަޅުގަނޑު ބަލާލަން ބޭނުމީ މިވަގުތު ކޮރޯނާގެ ސިމްޕްޓަމްސް އާއި ވަރަށް ވައްތަރު ސިމްޕްޓަމްސް ހުރި ރޯގާއެއް މާލެތެރޭގައި އެބަ އުުޅޭތޯ؟ ނޫނީ މި ކޮމެންްޓް ކިޔާ އެއްވެސް މީހަކަށް މިކަލަ ސިމްޕްޓަމްސް އެބަ ފެނޭތޯ! ހުން އައިސް ކަރުގަ ރިއްސުން އަދި ގައިގަ ރިއްސުން!
ހީރޯ
20 March 2020
އަމީނަކީ ކިތަންމެ ޖެއްސުން ކުރިޔަސް އެކަމާ ފަރުވާލެއް ބަހައްޓާ މީހެއް ނޫންކަން އެނގޭ.. އެކަމަކު މިއަދު ނަޝީދުއާ ދިމާއަށް ބުނަންފެނޭ.. “އަންނާނެ ތީރެއް އުންޑަކަށް، ފެނިގެން އަމާޒުވެގެން މެޔަށް، ގަންނާކުރެއްވި ބިރުން ފިލަން ދާ މީހަކަށް މަ ނުވާނަމޭ.”
ވަތުއޮޑި
20 March 2020
ހެލްތު މިނިސްޓަރައީ މިނިސްޓްރީ މުވައްޒަފުންނާއި އަދި މިނިސްޓްރީ ދަށުން ހިންގާ ހުރިހާ ވުޒާރާއެއްގެ މުވައްޒަފުންނަށް މަރުހަބާ. ހަގީގަތަކީ އެޗްޕީއޭވެސް މިހާ ހޭލާ އޮވެގެން ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރަމުން ދިޔަ ދުވަހެއް ރާއްޖޭގެ ތާރީހުގައިވެސް ދިމާނުވާކަން. ރަނގަޅު ހިންގޭ ވެރިއަކާ ދިމާވީމަ ހަމަ ތަފާތު ފެންނަނީ. ސާބަހޭ އަމީނު!
ފަޅުވެރިން
20 March 2020
ކޮމެންޓް ކުރާ މީހުން ވަރަށް ގިނަ ފަރާތްތަކަށް އެބަ ޝުކުރު އަދާކުރޭ. ނަމަވެސް ފުރަތަމަ ޝުކުރު ޙައްޤުވާ ފަރާތަކީ ރައީސް ޔާމީން. ރައީސް ޔާމީން އަޅައިދެއްވި ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި ޒަމާނީ، ފުރިހަމަ ވަސީލަތްތަކުގެ ސަބަބުން ތިކަން ތިޔަ ޙާޞިލުވީ.
ފެންސު
20 March 2020
ތި ސަކަރާތްވީ! އެންމެ ފުރަތަމަ މާތްﷲ އަށް ޝުކުރުކުރުން. ޔާމީނުގެ ކުރިޔަށް އެބަތިބި މީހުން. އެކަމަކު ޔާމީނުވެސް ލިސްޓުގެ ކޮންމެވެސް ހިސާބެއްގަ ލައްވާލާނެ!
ސޯނިޔާ
20 March 2020
10 ވެންޓިލޭޓަރާއި އާ މެޝިން ހޯދައިގެން އައިސީޔޫ ހެދީ މިދިޔަ މަހު. ބޭނުންވާ ބޭސްތައް ހޯދަން ޑޮކްޓަރު އެދުމުން 24 ގަޑި އިރުތެރޭ ހޯދައިގެން ގެނެސްދެވުނު. އެކި ލެވެލްގައި ކަންކުރާނެ ގޮތުގެ އެސްއޯޕީތައް ލިޔެވި މި މައުލޫމާތު ހިއްސާ ކުރަން އަބަދު ޕްރެސް ކޮންފަރެންސްތައް ބޭއްވުނު. މި ހުރިހާ ކަމަކީ ދުރާލާ ތައްޔާރުވެގެން ހެލްތު މިނިސްޓްރީއިން ކުރަމުން އައި ކަންތައް ނަޝީދު ނޫނީ މަޑިސީލަ ކޮންމެ އެއްޗެއް ގޮވިޔަސް. ހެލްތު މިނިސްޓަރު ހަމަ ހިންގުންތެރީ!
ފާތުމ
20 March 2020
މީގެއެއްމަސްކުރިން 10 ބެޑްގެ އައިސީޔޫހެދީ މެޝިނަރީ ހޯދައިގެން..ޑރ.ބުނީ.އެހެރީފޮޓޯ. މިހާރު 100 އަށް އިތުރު ކުރަންމެޝިނަރީ ހޯދާވާހަކަ ޓީވީބަލާމީހުންނަށް އެނގޭނެ. 13ބަލާ މީހުންނަށް އިޭނީ ފެއިލް.ކިޔާއަޑު..
ޫުސަމޔު
20 March 2020
الْحَمْدُ للَّهِ الْحَمْدُ للَّهِ الْحَمْدُ للَّهِ
ފެންސު
20 March 2020
މާޝާﷲ، މިނިސްޓަރ އަމީން އެންމެފަހުން ނިދިކުރެއްވީ ކޮންދުވަހަކުތޯ؟!! ބަލާލާފަވެސް އެނގޭ ރަގަޅަށް ނުނިދާކަން. މާތްﷲ މިނިސްޓަރ އަމީން އާއި ޓީމްއަށް ހެޔޮ ޖަޒާދެއްވާށި. އަމީން.
ދެރަ
20 March 2020
الحمد لله! ޔާ ﷲ އަޅަމެން ސަލާމަތް ކުރައްވާށި! ބައެއްބޭފުޅުން މި ނެފުތުރިގެން އުޅޭހެން ހީވާތީ ވަރަށް ދެރަވޭ! އެ ގޮތް ދޫކޮށްލައްވާ!
ތުއްތުނާ
20 March 2020
(ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ) [Surat Al-Fatihah 2] حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.