އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ކައުންސިލް އިންތިޚާބު ފަސްކުރަން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައި.
03 އެޕްރީލް 2020 - 16:49
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިޚާބަށް ރައްކާތެރި މާހައުލެއް ކަށަަވަރުވެއްޖެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ނުދެނީސް، މިހާރު ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތައް ނުފެށޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020" ނަމުގައި ސަރުކާރުން ބިލެއް ހުށަހެޅީ ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.
ނަމަވެސް އެންމެ ލަސްވެގެން، އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން އިންތިހާބު ބާއްވައި ނިންމަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ނުބޭއްވުނީ ކޮރޯނާވައިރަހުން ރައްކާތެރިވާން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވީ ލޯކަލް ކައުންސިލްގެ އިންތިޚާބު މާދަމާ ބާއްވާށެވެ. އެ ތާރީޚުގައި ނުބޭއްވުނަސް އިންތިޚާބު ފަސްކުރުމުގެ ގާނޫނީ ބާރެއް ކޮމިޝަނަކަށް ނޯވެ އެވެ.
އެކަމަށް ގާނޫނީ ހައްލެއް ހޯދަން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އިންތިޚާބު ފަސްވީ ކަމަށެވެ.
ބިލުގައި ބުނީ އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ ކަންކަން ރަސްމީކޮށް ފަށާނެ ތާރީޚަކާއި އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންވާނެ ކަަމަށެވެ.
ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތައްޔާރީތައް ފަށަން ޖެހޭނީ މެދުކަނޑާލި ހިސާބުން މިހާރު އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނާ އެކުގައި ކަމަށް އެ ބިލުގައިވެ އެވެ.
ބިލް ހުށަހެޅީ އިންތިޚާބު ނިމުމާ އެކު އެ ގާނޫނު އުވާލާގޮތަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެއިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް ވާދަކުރި އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 April 2020
އެންމެ ދައް ވެގެން އޭލެވެލް ނޫނީ ޑިޕްލޮމާ ފެންވަރު ނެތް މީހަކަށް ސިޓީ ކައުންސިލް އަށް ކުރިމަތި ނުލެވޭ ގޮތައް ސުޕަމެޖޯރިޓީ މަޖްލީހުން.ނިންމާދީ ބަލާށެވެ.
ބޮޑުމީހާ
03 April 2020
ތި އިންތިހާބު ނުބާއްވައި ކައުންސިލަރުންނަކީ އައްޔަންކުރާ ބަޔަކަށް ހެދީމަ ނިމުނީ. ޑިމޮކްޜަޓިކް ވެގެން އައިސް އެހާ ޚަރަދު ބޮޑު، ނުވިތާކަށް ވާފައިދާއެއް ނެތް
އެ މް. ކިއު. އޭ އެޕްރޫވްޑް
03 April 2020
އެ މް. ކިއު. އޭ އެޕްރޫވްޑް ސެޓްފިކެޓް ހުރި މީހުންތޯ ކުރި މަތިލަނީ އެ މް. ކިއު. އޭ އިން ބަލަންވީ. ދަތި އުދަގޫ ނިޒާ މްތަށް މިގައު މުގައި އޮންނަނީ ކިޔަވައިގެން ތިބޭ މީހުންނަށް އެކަނި. އެހެންވީ މަ ގައު މުގެ ކަންކަ މުގައި އެ މީހުންނަށް ނު އުޅެވެނީ
މާޝް
03 April 2020
އަޖައިބު ވެދާނެ! މަޖިލިސް މެމްބަރުން ހޭވައްޓާލައިފައި މިއުޅެނީ އިންތިހާބު ނުބޭއްވިގެން. ކިހިނެއް އެނގެނީ މިކަން ނިމޭނެ އިރެއް. މިކަން ނިމޭއިރަށް ގައުމު ދަރަނިވެގެން އަނެއްކާ އިންތިހާބުތަ ބާއްވަންވީ. މިގައުމު ހަމައަކަށް އެޅެން 1 އަހަރުވަރުނަގާނެ އެންމެ މަދުވެގެންވެސް މިކަންތައް ނިމުނަސް. ނިކަން ސިޔާސީ ފިކުރު އެއްކިބާކޮށްފައި ގައުމީފިކުރަކުން އެންމެ ފަހަރަކުވެސް ވިސްނާލައިބަަލަ.
އިސްމާލުކަލޭފާނު
03 April 2020
ތަންތަނުން އެއޮއް މުވައްޒަފުން ކަނޑަނަގަނީ. ނޫނީ ލާރިނުލިބޭގޮަތަށް ފޮނުވާލަނީ. މިކަމާ ވާ މީހަކުނެތް. ބަޔާންގަނޑެއް ނެރެލުން ފިޔަވާ. އަޅެމިގޮތަށް ނުހެދޭނެކަމަށް އެންމެ 10 މިނެޓުތެރޭގާ ގާނޫނެއް ހަދާބަލަ. އޮންނަނީ މިކަންކުރަން ސުޕަރ މެޖޯރިޓީ ދީފާ.
ބަބުރުލް ސަލީމް
03 April 2020
މިދުވަސްކޮޅު ތިބިލެއް މުހިއްމެއްނޫން..... ހުށައަޅާބަލަ ފެންބިލާ ކަރަންޓުބިލު.