ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި 70 މީހަކު އަނބުރާ ގައުމަށް ފޮނުވާލަނީ

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

19 އެޕްރީލް 2020 - 00:25

116 comments
19 އެޕްރީލް 23:28

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި މާދަމާ ރާއްޖެ ގެންނަނީ އެ ގައުމުގައި ތިބި 53 ދިވެއްސަކާއި ނޭޕާލުން 18 ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން ބުނޭ. އަދި ކޮރޯނާވައިރަސްއާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވުމަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް މި ބޯޓުގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނި.

19 އެޕްރީލް 23:26

ޝާހިދުގެ ޓުވީޓް

19 އެޕްރީލް 23:25

މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އޭ.ކޭ އަބްދުލް މޮމެންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށް. އަދި ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވައިލުމުގެ މަސައްކަތް ކުރިއަަށް ދާނެ ކަމަށް ޝާހިދު ވިދާޅުވި. ރާއްޖޭގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ގަވައިދާ ޚިލާފަށް އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ވުމަށް ހުޅުވައިލި ފުރުސަތުގައި ލިބުނު ހިސާބުތަކުން ދައްކާ.

19 އެޕްރީލް 23:21

ދެ ސަރުކާރުން އެއްވެސް މިކަން މި ގޮތަށް ނިންމިއިރު، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގަލަދޭޝްގެ މީހުން އަނބުރާ ފޮނުވައިލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވަނީ މި ފަހުން ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވާފައި. އަދި އެ ކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައިވޭ. ކޮވިޑް-19 އާ ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް ވަނީ، ކުދިކުދި ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ގެންދިއުމުގެ މަސައްކަތްތަކެއް ފަށާފައި. އެ ގޮތުން 5،000 އެއްހާ ބިދޭސީން އެ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރުން ބުނެފައިވޭ.

19 އެޕްރީލް 23:11

ބަންގްލަދޭޝްްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެ އަންނަ އެ ގައުމުގެ އަސްކަރިއްޔާގެ މަތިންދާބޯޓު ފުރާނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ 70 މީހަކާ އެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ.

19 އެޕްރީލް 21:53

19 އެޕްރީލް 21:41

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

19 އެޕްރީލް 21:40

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

19 އެޕްރީލް 21:14

މަބްރޫކް: މިހާތަނަށް 77 އައިސީޔޫ ބެޑް އެބަހުރި. އޭގެ އިތުރުން ޓްރީޓޮޕް ކައިރީގައި ހަދާ ތަން ހިމެނޭ.

19 އެޕްރީލް 21:12

މަބްރޫކް: އަޅުގަނޑުމެންނާ އެކު މި ވަގުތު ތިބީ 905 ޑޮކްޓަރުން. މީގެ އިތުރުން ތިބީ 2500 ވަރަކަށް ނަރުހުން. މީގެ އިތުރުން ދެން ތިބީ ނޭޕާލާއި ބަންގްލަދޭޝްގައި ތިއްބާ އަޅުގަނޑުމެން ގެެނައި ޑޮކްޓަރުން ތިބީ. އެ މީހުންް ކަރަންޓީނަށް ފަހު ތަމްރީނު ދިނުމަށް ފަހު ވަޒީފާ އަށް ނުކުންނާނެ. އެކަމަކު ޑޮކްޓަރުންނާއި ނަރުހުންގެ ޝޯޓޭޖެއް އުޅޭނެ އަންދާޒާ ކުރި ގޮތަށް ނުދިއްޔައިއްޔާ. ރާއްޖޭގައި މިހާރު އޮތްް ކެޕޭސިޓީ އަށް ބަލާއިރު 1000 އަށް 2 ޑޮކްޓަރުން ތިބީ.

19 އެޕްރީލް 21:09

މަބްރޫކް: މިހާރު ހުރީ 3500 ޓެސްޓިން ކިޓް. އޭގެ އިތުރުން ޗައިނާ އިން ދޭ 20،000 ކިޓާއި ޑަބްލިޔުއެޗްއޯ އިން ދޭ 5،000 ކިޓް އެބަ ލިބޭ. އެސްޓީއޯގެ ފަރާތުން މިހާރު އެބަ މަސައްކަތް ކުރޭ ދެ ކަމެއްގައި. އެއް ކަމަކީ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނެއް ގެނައުމުގެ މަސައްކަތް. އޭތި އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެނީ. އަނެއް ކަމަކީ ޓެސްޓިން ކިޓް އިތުރުކުރުމުގެ މަސައްކަތް.

19 އެޕްރީލް 21:00

މަބްރޫކް: މައުލޫމާތު ނުދޭ މީހާ މިހާރު އެއްބާރުލުން ދޭން ފަށައިފި. ގަވައިދު އޮތީ ހަދައި ނިމިފައި. އަޅުގަނޑުމެން ބަލާނަން ކޮންޓްރެކްޓް ޓްރޭސިންގައި ޒާތީ މައުލޫމާތު ހިފަހައްޓަން.

19 އެޕްރީލް 20:52

ޑރ. ނަޒްލާ: ކަރަންޓީނު ކުރާ މުއްދަތު އިތުރުކުރާކަށް އަދި އަޅުގަނޑުމެން ވިސްނައިފައެއް ނެތް. މިކަމާ ގުޅޭ އިންސްޓްރަކްޝަން ދެމުން އަންނަނީ ޑަބްލިޔުއެޗްއޯ އިން. އެގޮތަށް އެޑްވައިސް ދެއްވައިފިއްޔާ އަޅުގަނޑުމެން އެކަން ބަދަލުކުރާނަން.

19 އެޕްރީލް 20:51

ޑރ. ނަޒްލާ: ބައެއް ފަރާތްތަކުން އެބަހުރި ޕޮޒިޓިވް ނުވާ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފައި. އެއްވެސް މީހެއްގެ ފޮޓޯ އާންމު ނުކުރެއްވުން އެދެން. ނުބައި މީހުންގެ ފޮޓޯ މީގެ ތެރޭގައި އެބަހުރި އާންމު ކުރެވިފައި. މިގޮތަށް ފޮޓޯ އާންމު ކުރެވެން ގާނޫނީ ގޮތުން ހުއްދަ ލިބިފައި އޮތީ ހަމައެކަނި ޕަބްލިކް ހެލްތުގެ ޑީޖީ އަށް. އެހެންވީމަ އެކަން ކުރާ ފަރާތްތަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅަމުން ގެންދާނަން.

19 އެޕްރީލް 20:49

ޑރ. ނަޒްްލާ: އެއްވެސް ކްލަސްޓާއަކީ އޭގެ ފެށުން ކަމަކަށް އަދި އޭގެ ތެރެއިން ފެށުނީ ކިހިނެއް ކަން އަދި ދެނެއެއްނުގަނެވޭނެ. އެއްވެސް ހާލެއްގައި ބަލި ޖެއްސީ ވަކި މީހެކޭ، އެގޮތަށް ހީވާ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން. ފުރަތަމަ އައިޑެންޓިފައި ކުރާ މީހަކީ، އެއީ ޓެސްޓް ކުރެވިގެން ހޯދުނު ފަރާތް. މީގެ އިންވެސްޓިގޭޝަން ނިމުމުން އަޅުގަނޑުމެން އެކަން ދަންނަވާނަން.

19 އެޕްރީލް 20:45

ޑރ. ނަޒްލާ: ޕޮޒިޓިވްވި އިންޑިޔާ ދެ މީހުންނާ ގުޅޭ 50 ވަރަކަށް ކޮންޓެކްޓް ހިމެނޭ. މި އަދަދުތައް ބަދަލުވަމުން ދާނެ.

19 އެޕްރީލް 20:40

ހދ. ހިރިމަރަދޫ އާއި ހދ. ވައިކަރަދޫ ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި

19 އެޕްރީލް 20:39

ޖުމްލަ 14 ކަަރަންޓީން ފެސިލިޓީއެއް މިހާރު ވަނީ ރާއްޖޭގައި ގާއިމްކޮށްފައި.

19 އެޕްރީލް 20:39

މަބްރޫކް: މިހާތަނަށް އައިއިރު 468 ކޮންޓެކްޓެއް ވަނީ ހޯދައިފައި. މީގެ ތެރެއިން 200 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައި. 130 އަށް ވުރެ ގިނަ ތަން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި.

19 އެޕްރީލް 20:37

ދަރުބާރުގޭގައި ނޫސްވެރިންްގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ތިއްބެވީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. ނަޒްލާ ރަފީގު.

19 އެޕްރީލް 19:51

އިސްލާމިކް މިނިސްޓްރީގެ ޓްވީޓް

19 އެޕްރީލް 19:48

ކޮވިޑް-19 ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ސިފައިންގެ ބައެއް މީހުންނަށް ކިޔައިދިނުމުގެ ސެޝަނެއް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިން މިއަދު ވަނީ ބާއްވާފައި. އެ ގޮތްތައް ކިޔައިދިނީ ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނޭ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 52 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން މާލެ އިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 32.

19 އެޕްރީލް 19:23
19 އެޕްރީލް 19:19

ނޯޓް: މިއަދުގެ މެންދުރުފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި، މި ކޭސްތަކުގައި ހިމެނޭ އެކަކު ކޮންޓެކްޓް ޓްރޭސިންގައި އެއްބާރުލުން ނުދޭ ކަމަށް ޑރ. ނަޒްލާއާ ހަވާލާދީ ލިޔަމުން، އެއީ ކޭސް 27 ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުން. މި އޮޅުން އެރުމާ އެކު ކޭސް 27 އަށް ނިސްބަތްކޮށް ވަރަށް ގިނަ ބަޔަކު ފާޑުކިޔަމުން ގޮސްފައިވޭ. އެއްބާރުލުން ނުދޭ ކޭސް ނަންބަރެއް ޑރ. ނަޒްލާ ވިދާޅުވެފައެއް ނުވޭ. އެހެންކަމުން އެ ކުށަށް "މިހާރު"ން މައާފަށް އެދެން.

19 އެޕްރީލް 19:03

ފައިރޫޝް: މިހެން ދެންނެވިޔަސް އަދިވެސް ޑެލިވަރީ ސިސްޓަމް އޮންނަން ޖެހޭ. އެކަމަށް އަޅުގަނޑުމެން ފާސްތައް ވެސްް ދޫކޮށްފައި ހުންނާނީ. އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަން ކޮންމެވެސް ވަރަކަށް މީހުންނަށް އެބަ ފުރުސަތު ދޭން ޖެހޭކަން. އެހެންވެ މި ބަދަލު މި ގެނައީ. ޑެލިވަރީ އަދިވެސް ކުރިއަށް ގެންދަން ޖެހޭނެ.

19 އެޕްރީލް 18:59

މަންނާން: މާލޭގައި ޑެލިވަރީކޮށްގެން އެކަން ކުރެވިދާނެހެން ހިޔެއް ނުވޭ. ބައެއް ފިހާރަތަކުން އެބަ ބުނޭ 4،000 އޯޑަރު އެބަ ހުއްޓޭ. ބައެއް މީހުން އެބަ ބުނޭ އޯޑަރެއް ނުދެވެޔޭ ފިހާރަތަަކަކަށް. ފޯނެއް ނުނަގަޔޭ. ތިމަންނަމެން ނުކުންނަނީ ގެއިން ކާބޯތަކެތި ހުސްވެގެންނޭ. އެހެންވީމަ، ކުރިން އެކަން ކުރި ގޮތް، އެ ނިޒާމް މާލޭގައި މަސައްކަތެއް ނުކުރި. ބައެއް މީހުން ގޭގައި ހުރި ކާބޯތަކެތި ހުސްވެގެން މަގުމައްޗަށް ނުކުންނަން ޖެހުނީ. އެކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ.

19 އެޕްރީލް 18:57
19 އެޕްރީލް 18:56

އުލިގަމުން ޝައްކުވެގެން ޓެސްޓްކުރި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އޭނާ އަކީ ރާއްޖޭން ފެނުނު 52 ވަނަ ކޭސް. މީނާ އަކީ މާލޭން ޕޮޒިޓިވްވި މީހަކާ އެއް އިމާރާތެއްގައި އުޅުނު މީހެއް. އެޗްޕީއޭ އިން ބުނީ މިއީ ކުރިން ފެނިފައިވާ ކޭސްތަކާ އެއްވެސް ގުޅުމެއް ހުރި ކޭސްއެއްތޯ ބަލަމުން އަންނަ ކަމަށް.

19 އެޕްރީލް 18:55

މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފައިރޫޝް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

19 އެޕްރީލް 18:51

މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މަންނާން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

19 އެޕްރީލް 18:50

ފައިރޫޝް: މި ޕްރެސް ކޮންފަރެންސަށް ފަހު، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާކުރަން ފަށާނެ. ފުލުހުން ދެން ނަސޭހަތެއް ނުދޭނެ. ހުއްދަ އޮތަސް، ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭ ނަމަ އެކަކު ވެސް މީގައި އިސްތިސްނާއެއް ނުވާނެ.

19 އެޕްރީލް 18:49

ޒަރޫރީ ތަކެތި ހޯދުމަށް މާލޭގައި މީހުންނަށް ފުލުހުންގެ ފާސް ދޫކުރުމުގައި ބަހާފައިވާ 26 ސަރަހައްދުގެ ޗާޓް.

19 އެޕްރީލް 18:45

މަންނާން: އަޅުގަނޑުމެންގެ އަންދާޒާއަކީ މި ހުއްދަތަކުގެ ދަށުން މާލޭގައި އެއްވަގުތެއްގައި އުޅޭނީ 650 މީހުން. އެ މީހުން އުޅޭނީ އެކި ސަރަހައްދުގައި. އެހެންްވީމަ އެ މީހުން ތޮއްޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އަޅުގަނޑުމެން ދެކެނީ.

19 އެޕްރީލް 18:40

މަންނާން: ފާސްތަކުން އެހެންް ކަމުގައި ބޭނުންކުރާ ނަމަ އެ ފާސްތައް އަޅުގަނޑުމެން މިހާތަނަށް އައީ ބޭނުންކުރަމުން. ބައެއް މީހުން އެބަހުރި އޭގެ ތެރެއިން ގާނޫނީ އެހެން ކުށްތައް ވެސް ކޮށްފައި. އެކަމަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން.

19 އެޕްރީލް 18:39

މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ޑެޕިއުޓީ ކޮމިޝަނަރު މަންނާން (ކ) އަދި އެސިސްޓެންޓް ކޮމިޝަނަރު ފައިރޫޝް.---ފޮޓޯ: ޕޮލިސް

19 އެޕްރީލް 18:37

މަންނާން: މި ހުއްދަ މި ދެނީ ހަމައެކަނި ގޭބިސީ އަށް ބޭނުންވާ ކާބޯތަކެތި ގަންނަން އެކަނި. އެހެންވީމަ، މި ހުއްދައިގެ ދަށުންް އެހެން މީހަކު ގެންދާކަށް އަޅުގަނޑުމެން ހުއްދައެއް ނުދެން.

19 އެޕްރީލް 18:36

ފައިރޫޝް: ބައެއް މީހުން އެބަތިބި އެކި ބޭނުންތަކަށް ނުކުންނަން ޖެހޭ މީހުން. އެހެންވީމަ ކެޓަގަރީތަކެއް މީގައި ހިމެނިފައި ހުންނާނެ. ވަޒީފާގެ ޑިއުޓީތަކަށް ނުކުންނަން ޖެހޭ މީހުން ވެސް އެބަ ހިމެނޭ. ވަޒީފާތަކަށް ނުކުންނަ މީހުން އަޅުގަނޑުމެން ބަލަނީ އެއީ ކޮންމެހެން ނުކުންނަން ޖެހޭ އަދި އެ ގަޑީގައި ކޮންމެހެން ނުކުމެގެން ހިދުމަތް ދޭން ޖެހޭ މީހެއްތޯ އަޅުގަނޑުމެން ބަލާނެ.

19 އެޕްރީލް 18:34

ފައިރޫޝް: މިހާރު ވާނީ ޓޯކަންގެ ޓައިމް ލިމިޓް ހަމަވެގެން ކުރިން އެއްޗެހި ވާނީ ބާތިލްވެފައި. އެކަމަކު ހަމަ އެ ފޯމް ރިނިއުކޮށްލީމަ އެކަން ކުރިއަށް ދާނެ. ފޯމް ފުރެން ނެތް މީހުން ނަމަ އަޅުގަނޑުމެންގެ ނަންބަރު 1666 އަށް ގުޅުއްވީމަ އެކަން އަޅުގަނޑުމެން ކޮށްދޭނަން. ބައެއް މީހުން ތިބެދާނެ ފޯނަށް ފޮނުވާ މެސެޖް ކިޔަން ނޭނގޭ މީހުން ވެސް. އެހެންވިއްޔާ އަޅުގަނޑުމެން އެ މީހަކާ ހަމައަށް ފޯމް ގެންގޮސްދޭނަން.

19 އެޕްރީލް 18:32

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް: ބައެއް މީހުންނަށް އަދިވެސް އަޅުގަނޑުމެންގެ ޕޯޓަލް ބޭނުން ކުރާ ގޮތް ނޭނގޭތީ އިތުރު ތަފުސީލުތައް ދަންނަވާލާނަން. ކުރިން ވެސް ހަމަ ބޭނުން ކުރި ޕޯޓަލް މި ބޭނުންކުރަނީ. އޭގައި ހުރި މައުލޫމާތުތައް ފުރާލައިފައި ފޮނުވީމަ އަޅުގަނޑުމެން ހުއްދަތައް ދޭނަން. މެނުއަލް ޕްރޮސެސްއަކުން ޕްރޮސެސް ކުރިޔަސް އަޅުގަނޑުމެން ހުންނާނީ މިހާރު ސޮފްޓްވެއާ ސިސްޓަމަކުން ސަރަހައްދުތައް ބަހާލައިފައި. އޭރުން އެއް ބަޔަކު އަނެއް ބަޔަކާ ކޮންޓެކްޓް ވުމުގެ ފުރުސަތު ކުޑަކޮށްދޭނެ.

19 އެޕްރީލް 18:30

މަންނާން: ފިހާރަތަކަށް މިހާރު ވިޔަފާރިކުރަން ގޭބިސީތަކުން ވިޔަފާރި ކުރަން ދާނެ. އެހެންވީމަ ފިހާރަތަކުން ވެސް އެކަމަށް އިންތިޒާމުތައް ހަމަޖައްސައިދިނުން އެދެން. މިގޮތަށް މިހެދީ ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް ބަލައިގެން.

19 އެޕްރީލް 18:28

ޑެޕިއުޓީ ކޮމިޝަނަރު އަބްދުލްމަންނާނު: އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެއް ކަމަކީ ސެންޓަރުންް ދީފައިވާ ހުއްދަތަކުން ނުވަތަ ފާސްތަކުން އެހެން ބޭނުންތައް ކުރަމުން ގެންދާކަން. އެއީ ވަކި ބޭނުންތަކެއްގައި ދީފައިވާ ފާސްތަކެއް.

19 އެޕްރީލް 18:26

ފުލުހުންގެ ނޫސް ކޮންފަރެންސް ފަށައިފި

19 އެޕްރީލް 17:51

ތާޒާ ފެން އުފައްދާ ކުންފުނީގެ ޓުވީޓް

19 އެޕްރީލް 17:50

ތާޒާ ފެން މާލޭގެ ގޭގެ އަށް ޑެލިވަރީ ކުރުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން (އައިބީއެމް) އިން ބުނެފި. އެ ކުންފުނީ އެ ގޮތަށް ނިންމީ، މާލެ ބަންދުކޮށްފައިވާ މި ވަގުތު ވަކި ގޭގެ އަށް ފެން ގެންގޮސްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ. ނަމަވެސް މާލެ ސަރަހައްދުގެ ފިހާރަތަކަށާއި ރަށްރަށުން އަންނަ ދޯނިތަކަށް އެ ކުންފުނިން ފެން ފޯރުކޮށްދެއްވުހާ އެންމެ ގިނަ އަދަދަކަށް ފެން ގެންދާނެ ކަމަށް ބުނޭ. އެހެންވެ، ފިހާރަތަކަށް ގުޅައިގެން ފެން ގޭގެ އަށް ގެންދިއުމަށް އައިބީއެމުން އެދޭ. ތާޒާ ފެން އުފައްދާ އައިބީއެމް އަކީ އެމްޑަބްލިއުއެސްސީ ހިއްސާވާ ކުންފުންޏެއް.

19 އެޕްރީލް 15:46

ޑރ. ނަޒްލާ: ކޭސް 27 އާ ގުޅުން ހުރި ކްލަސްޓާ އަކީ، ކޭސް 27، 29، 30، 32، 34، 35، އަދި 37ން ފެށިގެން 49 އާ ހަމައަށް. ކޭސް 28 އާ ގުޅުން ހުރި ކްލަސްޓާގައި ހިމެނެނީ ކޭސް 28، 31، 33، 50 އަދި 51. އޭގެ އިތުރުން އުލިގަމު ކޭސް އާއި ފުލޫ ކުލިނިކަށް ދިޔަ މީހާގެ ކްލަސްޓާ ބަލަމުން މިދަނީ.

19 އެޕްރީލް 15:43

ޑރ. ނަޒްލާ: އުލިގަމު ކޭސްގައި ހިމެނޭ މީހާ އަކީ އުލިގަމު މީހެއް. އޭނާ ކަމެއްގައި މާލެ އައީ.

19 އެޕްރީލް 15:42

ޑރ. ނަޒްލާ: ކޭސް 35 އެއީ، މިހާރު މައުލޫމާތު ލިބޭ ގޮތުން ލިލީގެ ކްލަސްޓާއާ ލިންކެއް އޮތް މީހެއް ކަމަށް. އެކަމަކު އޭނާ އަކީ ލިލީގެ މުވައްޒަފެއް ނޫން.

19 އެޕްރީލް 15:42

ޑރ. ނަޒްލާ: 37-49 އާ ހަމައަށް ހިމެނޭ މީހުންނަކީ އެއް ގެއެއްގެ ދެ ފްލޯގައި ހިމެނޭ މީހުން. އެންމެންނަކީ ވެސް ލިލީ އެންޓަޕްރައިސަސްގައި ޑެލިވަރީކޮށް، އަދި ބައެއް މީހުންނަކީ [ލިލީ] ފިހާރައިގައި ވެސް މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން. އެއާގުޅޭ ކޮންޓެކްޓްތައް ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. މީގެ އިތުރުން ކޭސް 50 އަދި 51 އެއީ ކޭސް 28 އާ ގުޅިފައިވާ އިންޑިޔާ ދެ މީހުން. މި ދެ މީހުންނަކީ ކޭސް 28 އާ ގުޅިފައިވާ މީހުން. އެހެންވެ، ކޭސް 28 އާ ގުޅިގެން ވެސް އަޅުގަނޑުމެން ވާނީ ޓްރޭސިން ހަދާފައި.

19 އެޕްރީލް 15:40

މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި ތަރާވީހް ނަމާދު ޖަމާއަތުގައި ކުރުން މި މަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން މެދުކަނޑާލަން ނިންމައިފި.

19 އެޕްރީލް 15:38

ޑރ. ނަޒްލާ: 36 ވަނަ ކޭސް (މިއަދު ޕޮޒިޓިވްވިކޭސް) އަކީ މާލޭގައި ތޮއްޖެހިގެން އުޅޭ މީހުން ތަންތަނަށް ބަދަލު ކުރުމަށް ޓަކައި މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގެ ދަށުން އަމީން ހިޔާ އަށް ބަދަލު ކުރެވުނު ބަންގްލަދޭޝްގެ މީހެއް. އޭނާގެ އަތުގައި ޑޮކިއުމެންޓެއް ނެތް. އޭނާ މި މަހުގެ 15 ވަނަ ދުވަހު ހުން އައިސްގެން އަމިއްލަ އަށް މާލޭގެ ފްލޫ ކުލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ. އަމިއްލަ އަށް ބޭސް ގަނެގެން އޭގެ ކުރިން ބޭސް ކެއި. މި ވަގުތު މީނާ ހުރީ މާލޭގެ ގެއެއްގައި. ޝީޝާ ކައިރީގައި ހުންނަ ސެލޫން މޮނިޓަރިންގެ ހާލަތަށް ގެނެވުނީ އެހެންވެ.

19 އެޕްރީލް 15:31

މިއަދު ފެނުނު ކޭސްތަކާ ގުޅިގެން 18 ތަނެއް ވަނީ މޮނިޓަރިންްގެ ހާލަތަށް ގެންގޮސްފައި. މީގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހިރިމަރަދޫ، ހޯރަފުށި، ވައިކަރަދޫ އަދި ގާކޮށި 6/03، ގ. ކޯޗާކް، އަމީން ސްޓާފް ބްލޮކް، ޝީޝާ ޝޯ ރޫމް ކައިރީގައި ހުންނަ ސެލޫނެއް، މއ. ކްލައިމެޓް ތިންވަނަ ބުރީގެ އެޕާޓްމެންޓް 1، ގ. އާނޫރާނީ 4 ވަނަ ބުރީގެ އެޕާޓްމެންޓް 4ބީ، ޔޯޓޭސްޓް، ލަގްޒަރީ، ނޯތު ހާބަރުގ ކުރިމަތީގައި ހުރި ހުރިހާ ފިހާރައެއް، ލަގްޒަރީ ކުރީމަތީގައި ހުންނަ ފަތަހަ ފިހާރަ.

19 އެޕްރީލް 15:25

މަބްރޫކް: ކޭސް 51 އާއި 52 އެއީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ ދެ މީހުން. (މި ދެ މީހުންނަކީ އޭސީ މަރާމާތު ކުރަން ގޭގެ އަށް ގޮސް އުޅޭ ދެ މީހުން)

19 އެޕްރީލް 15:23

މިއަދުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

19 އެޕްރީލް 15:19

ޑރ. ނަޒްލާ: މިހާރު ވިސްނަންވީ ކޮންމެ މީހަކީ ވެސް ބަލި ޖެހިފައި ހުރެދާނެ މީހެއް ކަމަށް ބެލުން. ކޮންމެހެން ނުކުންނަން ޖެހޭ މީހާ ވެސް އޭނާ ގައިދުރުކަން ބަހައްޓަން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ.

19 އެޕްރީލް 15:16

ޑރ. ނަޒްލާ: ބަންގްލަދޭޝްގެ ދެބައި އުޅޭ. އެކަކީ ފްލޫ ކުލިނިކަށް ދިޔަ މީހާ. މި ވަގުތު ވެސް އޭނާއާ ކޮންޓެކްޓް ވެފައި އެބަހުރި 4 މީހަކާ.

19 އެޕްރީލް 15:15

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.

19 އެޕްރީލް 15:14

ޑޜ. ނަޒްލާ: ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ފާހަގަކުރެވިފައި އެބަހުރި އަޅުގަނޑުމެން ދީފައި ހުރި ލަފައާ ހިލާފަށް އެކި ތަންތަނަަށް ގޮސްފައި ހުރިކަން.

19 އެޕްރީލް 15:07

ޑރ. ނަޒްލާ: ބަންގްލަދޭޝްގެ އެކަކު ޕޮޒިޓިވް ވި އިރު ހުރީ އަމީން ހިޔާގައި ކަން އެނގުނީ މިއަދު ހެނދުނު. އޭރުން ފެށިގެން އެކަމާ ފިޔަވަޅު އަޅަމުން މި ދަނީ. (އަމީންހިޔާ އަކީ ކޮވިޑާ ގުޅިގެން ބަންގްލަދޭޝްގެ މަސައްކަތު މީހުން ބަދަލުކުރަން ހުޅުމާލޭގައި ވަގުތީ ގޮތުން މީހުން ބައިތިއްބާ ތަނެއް. އެތަނުގައި ވަރަށް ގިނަ މީހުން ކައިބޮއެ ނިދަމުން ގެންދޭ)

19 އެޕްރީލް 15:03

މަބްރޫކް: 100 އަށް ވުރެ ގިނަ ސާމްޕަލް މިހާރު ނުނެގި އެބަހުރި. ޓެގް ޓީމުން ނެގި ޑިޒިޝަނަކީ ކުރެއްދޫގެ އެންމެންގެ ސާމްޕަލް ނަގައިފައި ނޫނީ ރަށަށް ނުދެވޭނެ ކަމަށް. އޭގެ ތެރެއިން 200 އަށް ވުރެ ސާމްޕަލް ނެގި ފަހުން މާލެ އިން މި ބަލި ފެނުނީ. އަޅުގަނޑުމެންނަށް މުހިންމުވީ މާލޭގެ ކޭސްތަކަށް ސަމާލުކަން ދީ މި ބަލި ކޮންޓްރޯލް ކުރުން.

19 އެޕްރީލް 14:59

ޑރ. ނަޒްލާ: މިހާރު މި ޕޮޒިޓިވް ކޭސްތަކަކީ މުޅިން ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓް ކުރި މީހުން.

19 އެޕްރީލް 14:58

މަބްރޫކް: ފުރިހަމަ މައުލޫމާތު ނުދޭ މީހާގެ މައްސަލަ ވާނީ ފުލުހުންނަށް ހުށަހަޅާފައި. މިރޭގެ ޕްރެސް އާ ހަމައަށް އޭނާ މައުލޫމާތު ނުދީފި ނަމަ، އޭނާގެ ޒާތީ މައުލޫމާތު މިރޭގެ ޕްރެސްގައި ހާމަކުރާނެ

19 އެޕްރީލް 14:57

ޑރ. ނަޒްލާ: މީގެ ތެރެއިން ކޭސްއަކާ ގުޅޭ ފުރިހަމަ މައުލޫމާތު އޭނާ ނުދޭ. ފުރިހަމަ އެއްބާރުލުމެއް ނުދޭ.

19 އެޕްރީލް 14:56

ޑރ. ނަޒްލާ: އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރޭގައި ފަހުން ޕޮޒިޓިވްވި ކޭސް 35 އަކީ ވެސް 27 އާ ގުޅުން އޮތް މީހެއް ކަމަށް.

19 އެޕްރީލް 14:55

މަބްރޫކް: މިއަދު ވަނީ ކަނޑިންމަ ފެސިލިޓީ ހެދިފައި. އިތުރު ފެސިލިޓީތައް ހެދެމުން އެބަދޭ. މިއަދު ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އއިތުރު މީހުން ކަރަންޓީނަށް ގެންދަން ޖެހޭނެ.

19 އެޕްރީލް 14:55

މަބްރޫކް: މިހާރު މި ފެނުނު ކޭސްތަކާ އެކު 51 މީހަކު ހިމެނޭ. އެކަކު ކޮންފޯމް ކުރަމުން ދަނީ. މިހާތަނަށް 3982 ސާމްޕަލް ވަނީ ނެގިފައި. އޭގެ ތެރެއިން 254 ސާމްޕަލް އެބަހުރި ނަތީޖާ ނުލިބޭ.

19 އެޕްރީލް 14:51

މީގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި ގޭގެއަށް ގޮސް އޭސީ މަރާމާތުކޮށްދޭ މީހުން ވެސް ހިމެނޭ.

19 އެޕްރީލް 14:48

މަބްރޫކް: އުލިގަމުގައި ޓެސްޓް ކުރި މީހާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް. އޭނާ ކޮވިޑަށް ޕޮޒިޓިވްތޯ މި ބަލަނީ

19 އެޕްރީލް 14:47

މަބްރޫކް: މިއަދު ޕޮޒިޓިވް ވި 13 ބަންގްލަދޭޝްއަކީ ލިލީގައި މަސައްކަތް ކުރާ މީހުން. އެ މީހުން ތިބެނީ ވެސް އެކުގައި.

19 އެޕްރީލް 14:46

މަބްރޫކް: މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެކަކު ހިމެނޭ އަމީން ހިޔާ އަށް ގެންދެވުނު މީހަކު ވެސް.

19 އެޕްރީލް 14:46

މަބްރޫކް: މިއަދު މި ވަނީ 16 ޕޮޒިޓިވް ކޭސްއެއް މިއަދު ވަނީ ފެނިފައި. މީގެ އިތުރުން އެކަކު ޓެސްޓްކުރެވި ސްކްރީނިން ހަދަމުން ދަނީ.

19 އެޕްރީލް 14:45

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

19 އެޕްރީލް 14:40

މިހާރު މުޅި ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ 51 އަށް އަރައިފައި. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިން.

19 އެޕްރީލް 14:39

މިއީ މާލޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި ދުވަސް. އަދި ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން މިގޮތަށް ޕޮޒިޓިވް ވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ކުރިން ވެސް ވަނީ ވިދާޅުވެފައި

19 އެޕްރީލް 14:38

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ހުރިހާ އެންމެންނަކީ ވެސް ކޭސް 27 އާ ގުޅުން ހުރި މީހުން. އިންޑިޔާ ދެ މީހުން ކޮންޓެކްޓް ވެފައި ވަނީ ކޭސް 31 އާ. ކޭސް 31 ކޮންޓެކްޓް ވެފައި ވަނީ 28 އާ.

19 އެޕްރީލް 14:36

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލޭގައި އުޅޭ އިންޑިޔާގެ ދެ މީހަކު ވެސް މިއަދު ވަނީ ޕޮޒިޓިވް ވެފައި

19 އެޕްރީލް 14:35
19 އެޕްރީލް 14:32
19 އެޕްރީލް 14:29

މީގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީން.

19 އެޕްރީލް 14:28

އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި

19 އެޕްރީލް 14:11

ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވި މީހަކާ ގުޅުން އޮތް މީހަކު ދަތުރުކޮށްފައިވާތީ، ހއ. އިހަވަންދޫ ވެސް މީގެ ކުޑައިރުކޮޅެއް ކުރިން "ބަންދު" ކޮށްފި. އެޗްޕީއޭ އިން އެ ރަށަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެ ރަށަށް މީހުން އެރުމާއި ރަށުން މީހުން ފޭބުމަކީ މަނާ ކަމެއް. އެނގިފައިވާ ގޮތުގައި އެ ރަށަށް ދަތުރުކޮށްފައި ވަނީ އުލިގަމުގައި ހުރި މި ބަލީގެ ތުހުމަތު ކުރެވިފައިވާ މީހާ. އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިހަވަންދު އަށް ގޮސްފައި. އުލިގަމުގައި ހުރި މީހާ ވަނީ މާލެއިން ފުރަތަމަ ފެނުނު ކޭސްއާ ކޮންޓެކްޓްވެފައި ކަމަށްވޭ.

19 އެޕްރީލް 14:07

މިއީ މާލެ އިން ޕޮޒިޓިވްވި 16 ވަނަ މީހާ. އަދި މިއީ މާލޭއިން ޕޮޒިޓިވްވި ބަންގްލަދޭޝްގެ ދެ ވަނަ މީހާ. މި ކޭހާ އެކު ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 36 އަށް އެރީ.

19 އެޕްރީލް 14:04

މާލޭގައި އުޅޭ ބަންގްލަދޭޝް މީހަކު އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި

19 އެޕްރީލް 13:14

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އިން ކާޑު ހުސްވެއްޖެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ މިފަދަ ހައްސާސްކަން ބޮޑު ވަގުތެއްގައި ރައްޔިތުންނަށް ކުރެވޭ އަނިޔާއެއް ކަމަަށް. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކާޑުގެ މިންވަރާއި ތަފްސީލް https://storate.sto.mv އިން ސާފުކޮށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި. "މިހާރު ވެސް ދަނީ ގެންދަމުން،" އަމްރު ވިދާޅުވި. ކޮރޯނާވައިރަސްގެ ބިރުވެރިކަން ރާއްޖެ އަށް ބޮޑުވި ހިސާބުން ފެށިގެން ވެސް ސަރުކާރުން އަންނަނީ ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ދެމުން.

19 އެޕްރީލް 13:00

ކޮރޯނާވައިރަސް ޕޮޒިޓިވް ވި މީހަކު ދިރިއުޅޭ އިމާރާތެއްގައި އުޅުނު މީހަކު ހއ. އުލިގަމަށް ގޮސް އުޅޭތީ، އޭނާގެ ސާމްޕަލް ނަގައި އެ ރަށް މޮނިޓަރިންގެ ހާލަތަށް މިއަދު ގެންގޮސްފި. އެ ރަށަށް އަރައި ފޭބުން މިހާރު މަނާ. އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ އަކީ މި ވައިރަސް އަށް މާލެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ އާ އެއް އިމާރާތެއްގައި އުޅޭ މީހެއް. އޭނާ މިހާރު ވެސް ހުރީ އުލިގަމުގައި. އެ ކަމަކު އޭނާގެ ސާމްޕަލް މިހާރު ވަނީ މާލެ ގެނެސްފައި.

19 އެޕްރީލް 09:39

ޖަލުގައި ހަލަބޮލިކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓް

19 އެޕްރީލް 09:39

މިނިސްޓަރު އިމްރާން އަބްދުﷲ ޖަލުގެ ހާލަތު ބައްލަވާލައްވަނީ: އޭނާ ވިދާޅުވި ގޮތުގައި ޖަލު ހަލަބޮލިކޮށްލަން ބަޔަކު ކުރި މަސައްކަތް ހުއްޓުވާލާފައިވާ ކަމަށް. --ފޮޓޯ/ހޯމް މިނިސްޓްރީ

19 އެޕްރީލް 09:32

ޖަލު ހަލަބޮލިކޮށްލައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތުހުމަތު ކުރައްވައިފި. މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ޖަލު ހަލަބޮލިކޮށްކަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް. އެކަން ކޮންޓްރޯލް ކުރެވުނީ ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކަމަށް ވިދާޅުވި. މިކަމުގައި ތުހުމަތު ކުރަނީ ކޮން ބަޔަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވޭ. ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށް ވިދާޅުވި.

19 އެޕްރީލް 09:07

ގެ ބަދަލުވާ ބަޔަކަށް ފުލުހުން ރޭ ދަންވަރު އެހީތެރިވަނީ.

19 އެޕްރީލް 09:06

މިއީ، މާލޭގެ ގެ އަކުން އެހެން ގެ އަކަށް ބަދަލުވާ އާއިލާ އަކަށް އެސްއޯ ފުލުހުން ރޭ ދަންވަރު އެހީވާ މަންޒަރު ފެންނަ ފޮޓޯއެއް؛ މާލެ ލޮކްޑައުން ކޮށްފައިވާތީ، ބަދަލުވާ ގެ އަށް އެއްޗެހި ގެންދެވޭނެ ގޮތެއް ނެތި، ގޮސް ހުސްވުމުން ފުލުހުން ވަނީ އެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދީ، ފުލުހުންގެ ވެހިކަލްގައި އެ ތަކެތި އުފުލައިދީފައި. ސިފައިންނާއި ފުލުހުންނަކީ ގައުމަށް ކުރިމަތިވާ މި ފަދަ ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ކުރީ ސަފުގައި އަބަދުވެސް ހަރަކާތްތެރިވާ ބައެއް. ކޮރޯނާވައިރަސް ޖެހިފައިވާ 15 މީހަކު މާލެ އިން ފެނުމުން، މާލެ ލޮކްޑައުންކޮށްފައިވާ މި ނާޒުކް ވަގުތުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ބެލެހެއްޓުމުގެ އިތުރުން އާންމުންނަށް އެހީތެރިވުމުގައި ފުލުހުން ވަރަށް ބޮޑަށް މަސައްކަތް ކުރޭ. ޚާއްސަކޮށް މީހުން މަގުމައްޗަށް ނުކުމެ އުޅުން ވީހާ ވެސް މަދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެ މީހުން ވިސްނުމާއި ރޭވުންތެރިކަން ފާހަގަކުރެވޭ.---ފޮޓޯ: ޕޮލިސް

19 އެޕްރީލް 08:49

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފައިރޫޝްގެ ޓުވީޓް

19 އެޕްރީލް 08:48

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، އިއްޔެ ރެއާ ހަމަައަށް އެންމެ ބޮޑު މައްސަލަ އަކަށް ވެފައި އޮތީ ބައެއް މީހުން މަގުމައްޗަށް ނުކުމެ އުޅުން. ހުކުރު ދުވަހުގެ ރޭ 8:30 އާ ހަމައަށް ފުލުހުން އެ މީހުންނާ މެދު މާ ބޮޑަށް އަޅާނުލިޔަސް އޭގެ ފަހުން ވަނީ ކުރިން އިންޒާރު ދީ ފިޔަވަޅު އަޅަން ފަށާފައި. އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭރުތެރޭގައި އުޅެގެން 39 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަަށް. ޖޫރިމަނާ ކުރަނީ 1،000ރ. އިން. ފުލުހުންގެ ވިސްނުމަކީ މީސްމީހުންގެ ޒަރޫރީ ބޭނުންތައް ހައްލު ކޮށްދިނުމަށް ފަހު، ދެން ބޭރުތެރޭގައި އުޅޭ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުން. ޖޫރިމަނާ އަށް ފަހު ދެން އޮތީ އާންމު ސިއްހަތުގެ ގާނޫނާއި ގާނޫނުލް އަުގޫބާތަށް ރިއާޔަތްކޮށް މީހުން ހައްޔަރު ކުރުން. މިހާރު ފުލުހުން ވަނީ ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށް، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު، ކޮންމެ ގެއަކުން ވެސް އެކަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދޭން ނިންމާފައި. މިއަދުން ފެށިގެން ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމުގެ ހުއްދަ ފުލުހުން ދޭނެ. އެކަމަކު، އެ ކަން ކުރެވޭނީ ހާއްސަ ފޯމެއް ފުރައިގެން.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭ ކަމަށް ނެޝަަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ބްރީފިން ގައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު އަފްޒަލް ވިދާޅުވީ އެންމެން ވެސް އަދި ސްޓޭބްލް ކަމަށެވެ. މާލޭގެ 15 ކޭސްގެ ތެރޭގައި މާބަނޑު އަންހެނެއްގެ އިތުރުން ކުޑަ ދެ ކުއްޖަކު ހިމެނެ އެވެ. އެ ދެ ކުދިންގެ ހާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން އެންއީއޯސީގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އެ ދެކުދިންގެ ހާލަތު ވެސް ގޯސް ނޫން ކަމަށެވެ.

"ހާލު ގޯސްވާ ނަމަ އަޅުގަނޑުމެން އާއްމު ގޮތެއްގައި އެ ސްޓޭޓަސް އަޅުގަނޑުމެންނާ ހަމައަށް ލިބޭ. އަދި އެހެން ތަނަކަށް ޓްރާންސްފާ ކުރަން ޖެހިގެން ޓްރާންސްފާކުރާ ނަމަ ވަގުތުން އެމައުލޫމާތު ލިބޭ،" އޭނާ ވިދާޅުވި އެވެ.

މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށި ފަހުން އެންމެ ގިނަ ކޭސް ފެނުނީ މިއަދު އެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ހަތް މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވް ވި އެވެ. އެކަމަކު ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ކޭސްތައް ފެންނަ ރޭޓް އަދި ސްޓޭބްލް ކަމަށެވެ.

"ކަންބޮޑުވާ ރޭޓަކަަށް ދާނީ އަޅުގަނޑުމެން މިކިޔާ ޑަބްލިން އިފެކްޓެއް [އެއް ދުވަހު ފެނުނު ވަރުގެ ދެ ގުނަ އަނެއް ދުވަހު ފެންނަ ގޮތެއް] އަންނަންޏާ. އޭގެ މާނައަކީ ދުވަހުން ދުވަހަށް ފެންނަ ކޭސް ލޯޑް އިތުރުވަމުން ނުވަތަ މަލްޓިޕްލައިވަމުން، ދާ ކަމަށް ވެއްޖެއްޔާ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ހުންނަ މީހުންނަށެވެ.

116 ކޮމެންޓް, 151 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 89%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބޫ12

21 April 2020

ޓިގޮތަށް އުޅޭ ބޭރުމީހުންގެ ކަންތައް މަދު ދުވަސްކޮޅެއްތެރޭ ހަައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދޭން ބުނި ވަޒީރު ކޮބާ

The name is already taken The name is available. Register?

އެސްކޮބާރ

20 April 2020

ބަންގާޅީންގެ މެދުގައި ބަލި ފެތުރެމުގެ ސަބަބުން އިންސާނީ ބޮޑު ހިތާމަވެރި ކާރިސާއަކަށް ބަދަލުވުމުގެ ކުރިން އެމީހުންގެ ތެރެއިން ގިނަބަޔަކު ފޮނުވާލުމަށް ދިވެހި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ. އެންމެ 70 މީހުން ފޮނުވާލަނީ ހެޑްލައިނުން ޖާގަހޯދުމަށް. ލޮކްޑައުންކުރިއިރު ބަންގާޅީންނަށް އެކަށީގެންވާ ގޮތަކަށް ކާބޯތަކެތި ލިބޭނެގޮތެއް ހަމަޖައްސާފައި ނެތް. ދިވެހިންވެސް މިތިބީ 3 ދުވަސްކުރިން ކުރި އޯޑަރަށް ތަކެތި ނުލިބިފައި. ދެން ބަންގާޅީންގެ ހާލު ވިސްނާލަބަލަ

The name is already taken The name is available. Register?

ހުސްޖާގަ

20 April 2020

ބޯޓުން މިކޮޅަށް އަންނަ މީހުންނަށްވުރެ މަދުން އެކޮޅަށް މީހުން ފޮނުވަނީ ހުސްކޮށް ޖާގަ ބާއްވާފަތަ؟ އެންމެ 70 ފޮނުވަނީ ކީއްވެގެންތަ؟

The name is already taken The name is available. Register?

ހާގެހާ

20 April 2020

ހާލުގަޖެހިފަ ތިބި މީހުން ފޮނުވަނީއޭ ކިޔާފަ މިތަނުގަ ތިބި އެގައުމުގެ މަހުޖަނުންގެ ތެރެއިން ދާން ބޭނުންވާ މީހުން ނުފޮނުވައިފިއްޔާ ރަގަޅު. މިގައުމުގެ ބޮޑެތި މީހުންނަށްވެސް އެނގޭ އޭގެ މަހުޖަނުން އުޅޭކަން. އަދި މިފަދަ ގައުމުން ބޭރުވާން ބޭނުންވާ ދަތި ހާލަތެއްގައި އެފަދަ ފްލައިޓެއްގައި ނޫނީއްޔާ އެމީހުންނަށް ނުދެވޭނެކަން އެނގޭ ހާލު އެކަންކުރަން ކިތަންމެ ވަރަކަށްވެސް އުޅޭނެ.

The name is already taken The name is available. Register?

ޒުވާނާ.

20 April 2020

މިއައްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެ ރާއްޖެޔަކައް ބިދޭސީންގެ މައްސަލަ ހައްލުކުރާކައް އެގޮތުން އަގުހެޔޮކޮއް އަގުބޮޑެތި ރިސޯޓު ތަކައް މަގު މަތިން ހޮވައިގެން ބިދޭސީން ގެންދާ ގެންދިޔުންވެސް ހުއްޓުވަން އެބަޖެހޭ މީގެތެރޭގަ ވަރައް ވިޔާނުދާ އެއްޖިއްސުން ގުޅުންހިންގާ ރާބޯ ބިދޭސީންނާ ދީނައް ހަޖޫޖަހާ ދިވެހި އަންހެނުންގެ ގަޔައް ބޮލައް އަރާ މީހުންވެސް އެބަތިބި ބިދޭސީންގެ ގުޅަކުޅޭފަސްގަނޑަކައް މިތަން ބަދަލުވެ ދިވެހިންނާ ދި މާލައް ހިތުހުރި އެއްޗެއްކިޔާ މައްލަވ

The name is already taken The name is available. Register?

އަހމަދު

20 April 2020

ޝާހިދުމެން ކީއްތަ މިކުރަނީ ދަތުރު ކޮށްކޮށް މުޅި ބަޖެޓު ހުސްވި އިރުވެސް ނުގަވާއިދުން އުޅޭ އެތައްހާސް ބިދޭސީން ފޮނުވޭނެ ގޮތެއް ނުހޯދުނު، ބޮޑު ސިންގާ މަނަވަރެއް އައިސް ދިޔައިރުވެސް އެންމެ 70 މީހުން، އެމީހުން އެތިބީ މިއަދު ވަރަށް ނިކަމެތި ހާލުގަ، އެމީހުން ފޮނުވާލެވޭނެ ގޮތެއްގެ ވިސްނުމެއް ތިބޭފުންގެ ކޮށިވިސްނުމަށް ހަމަ ނާންނަނީތަ، އިކޮނޮމިކް މިނިސްޓަރވެސް ސޮކުޑި ސުމަކަށްގޮއްސަ ގޮތް ހުސްވެފަ

The name is already taken The name is available. Register?

ޖަރީމަ

20 April 2020

އެމީހުންނަކީ ސަރުކާރާއި ވެރިންގެ ޖަރީމާ.ސަރުކާރުގެ ވެރިންގެ އިހުމާލް.

The name is already taken The name is available. Register?

ނޭނގޭތީ އަހަނީ

20 April 2020

ވައިރަސް ހުރި މީހަކު ދެފަރާތުން ބޭރު ކުރާ ވައި ގެ ސަބަބުން މި ވައިރަސް އުފުލާނެތޯ؟ ޖޯކެއް ނޫން! ރޯނު އެދުރުން ވަރަށް ގިނަ ގައު މެއް ވީ މާ އަހާލީ!

The name is already taken The name is available. Register?

ހަމަނޭގޭތަ

20 April 2020

ރޯނުއެދުރުން ވަކިކުރަން އެނގޭކަންވެސް ތިއީ ކިހާ މޮޅުވީމަ ވާނެކަމެއް

The name is already taken The name is available. Register?

ނޭނގޭތީ އަހަނީ

20 April 2020

ވަރަށް އެދެން މި ދަންނަވާ ސުވާލު ކޮށް ދެއްވު މަށް! މެހި މަދިރި މިވައިރަސް އުފުލާތޯ؟ ވައިރޯޅީގެ ޒަރިއްޔާއިން ބަލި ޖެހިފަ ހުންނަ މީހަކު އަޅާ ކިނބިހި ކެެއްސުން މި ވައިރަސް އުފުލާނެތޯ؟ ފަހަރުގަ ޖޯކެއް ގޮތަށްވެސް އެއްބަޔަކު މިސުވާލު ނަގާފާނެ.

The name is already taken The name is available. Register?

ގުރޯސަރީ ފާ

20 April 2020

ޗައިނާވަރު ގޯސްބައެއްނެތިގެން އިންޑިއާ ފަހަތުން ދުވަނީ. މިބަލިމަޑުކަމުގަވެސް ޗައިނާނޫނީ އެހީއެއްދިންބަޔަކުނެތް. 20 ހާސް ކިޓު ހިލޭ އެދިނީ. ބައްޔާއި ގުޅިގެން ޓެސްޓުކިޓާއި ވެންޓިލޭޓަރާއި މާސްކާއި ވެކްސިން އުފެއްދުމުގަ ޗައިނާއިން އެއުޅެނީ. އިންޑިއާއިން އަދިވެސް އުފައްދަނީ ފިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454