ވިޔަފާރި / މުހައްމަދު މަބްރޫކް އަޒީޒް (ރައީސް އޮފީސް)

ފުރާނާ ސަލާމަތް ކުރުމުގައި ހޭދައަކަށް ސަރުކާރުން ނުބަލާނެ: މަބްރޫކް

މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

22 އެޕްރީލް 2020 - 19:32

41 comments
22 އެޕްރީލް 23:10

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހިލޭ ދިން ހައިޑްރޮކްސީކްލޮރޯކްއީން ބޭސް.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

22 އެޕްރީލް 23:04

ފޮރިން މިނިސްޓްރީގެ ޓުވީޓް

22 އެޕްރީލް 23:01

މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން ރާއްޖެ އަށް ހިލޭ ދީފި. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ ހައިޑްރޮކްސިކްލޮރޮކުއިންގެ 50،000 ޔުނިޓު ހިލޭ އެހީގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަަމަށް. އެ ބޭސްތައް މިރޭ ރާއްޖެ ގެނެސްފައި ވަނީ ޗެންނާއީން އައި މޯލްޑިވިއަންގެ މަތިންދާބޯޓުގައި. ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މި ބޭސް ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދިނީ ދެ ގައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކަމަށް. ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިތުބާރު ހިފޭ ބޭހެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުން. މެލޭރިއާ ބޭސް އެކްސްޕޯޓް ކުރަން ރާއްޖޭގެ އިތުރުން 12 ގައުމަކަށް އިންޑިއާ އިން ހުއްދަ ދީފައިވޭ. އެއީ އެމެރިކާ، ސްޕެއިން، ޖަރުމަނު، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، އަފްޣާނިސްތާން، ބަންގަލަދޭޝް، ސީޝެލްސް އަދި ޑޮމިނިކަލް ރިޕަބްލިކް.

22 އެޕްރީލް 22:44

ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް

22 އެޕްރީލް 22:44

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުއްލި ގޮތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިރޭ އާންމުކޮށްފި. "ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާ" ގައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި. އޭގެ ތެރޭގައި ދެފުށް ފެނުމާއި ޖަވާބުދާރީވުމާއި ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓުގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުމާއި ފާރަވެރިވުމުގެ ނިޒާމު ހަރުދަނާ ކުރުމާއި އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ހިމެނޭ. އަދި ސްޓިމިއުލަސް/ރިލީފާ ގުޅޭ ކަންކަމާއި ކާރިސާއާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ނަޒާހަތްތެރިކަން ޔަގީން ކުރުމާއި ލިޔެކިޔުން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމާއި އިދާރާތަކުގެ ހިންގުމުގެ ނިޒާމުގައި ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަކުރުމަށް ކުރެވޭނެ ކަންކަން ވެސް އޭސީސީގެ ގައިޑްލައިންގައި ވޭ.

22 އެޕްރީލް 22:13

ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ހަ ތަނެއް މޮނިޓަ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި. މޮނިޓާ ކުރަމުން އަންނައިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ފަދަ ތަންތަނުން މީހުންނަށް ނުކުމެ ނޫޅެވޭނެ ކަމަށް ފުލުހުން ބުނި. ތޮއްޖެހިގެން ގިނަ ބިދޭސީންތައް ދިރިއުޅޭ ތަންތަން ފުލުހުން ބަލަހައްޓަމުން ގެންދަނީ މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. ޚާއްސަކޮށް އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން ބިދޭސީންގެ މެދުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނޭ. މާލެ އިން 80 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭ. އެ މީހުންގެ ތެރެއިން ވެސް ގިނައީ ބަންގްލަދޭޝްގެ މީހުން.

ކޮވިޑް-19 އިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅަކަށް ސަރުކާރު ތައްޔާރު ކަމަށާއި މި މަސައްކަތުގައި ހަރަދަކަށް ނުބަލާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ދިވެހިންގެ ފުރާނަ ސަލާމަތްކުރުމުގައި ހޭދަކުރަން ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. މިކަން ކިތަންމެ ދިގުލައިގެން ދިޔައަސް ސަރުކާރުގެ ވިސްނުމަކީ އެއީ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ބޭރުގެ އެތައް ގައުމަކުން މިކަމުގައި ގެންގުޅުނު ގޮތަކީ، ވީހާ ވެސް އަވަހަކަށް އެންމެންނަށް ޖެހިފައި، ރަނގަޅުވާ ބައެއް ރަނގަޅުވެ، މި ބަލީގައި މަރުވާ ބައެއް މަރުވުމުން އިގްތިސާދައިގެން ކުރިއަށް ދެވޭނެއޭ. އަޅުގަނޑުމެން ސްޓްރެޓެޖީއެއް އެހެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ބަލި ޖެހޭ މީހުން މަދުކުރުމާ އެކު ބަލީގެ ޝިކާރައަކަށްވެ އެއްވެސް މީހަކު މަރުނުވާން ސިއްހީ ގޮތުން ކުރެވެން ހުރި ކަމެއް ކުރުމަކީ މި ސަރުކާރުން މިކަމުގައި އަމަލުކުރާނެ އުސޫލެވެ. ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިގްތިސާދު ހަލާކު ވިޔަސް އެކަމަކަށް މިވަގުތަކު އިސްކަމެއް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މި މަސއްކަތުގައި، އަޅުގަނޑުމެންގެ އިގްތިސާދު ހަލާކު ވާންވީ ވަރަކަށް ހަލާކު ވާންވީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް ފަހު އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ބޭނުންވާނެ ކަމަށެވެ. އިގްތިސާދު މިހާރު އޮތް ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޔަފާރިތަކާއި އާންމުންނަށް މިވަގުތަށް ދޭ އެހީއަކީ ދިރިއުޅުން ހިފަހައްޓާލަން ދޭ އެހީއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަން ކުރުމަށް ފަހުގައި އިގްތިސާދު ފުޅާކޮށް، ކުރިއަށް ގެންދިޔުމަށްޓަކައި "ސްޓިމިއުލަސް" ޕެކޭޖުތައް ވެސް އަންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން މަޑުޖެހިފައިވާ ވިޔަފާރިތަކަށް ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރުން އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކުރާ ގޮތުގައި ކޮޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ، އެންމެ "ވާސްޓް ސިނޭރިއޯ" ގައި އިގްތިސާދު މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ އެވެ. މިއީ އެންމެ ފަހުން ރާއްޖެއަށް ކުރިމަތިވި، އިގްތިސާދީ ލޮޅުން ކަމުގައިވާ 2009 ވަނަ އަހަރު ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސް ހާލަތަށް ވުރެ ވެސް ދަށް ހާލަތެކެވެ. އެފަހަރު އިގްތިސާދު ދަށަށް ދިއައީ މައިނަސް 6.6 ޕަސެންޓަށެވެ.

41 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 2%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުނަ

23 April 2020

މަބްރޫކް އެވެ. ޚުލި ނުދައްކައި ގެ ގެއިން ނުކުންނަން ޖެހުނު މީހުންގެ އިތުރުން ކުލި ނުލިބުމުގެ ސަބަބުން ނިކަމެތިވެ ހާލުގައި ޖެހުނު ފަރާތްތަކާއިމެދުވެސް ކަރުނަ އަޅައި ރޯލަން އެބަ ޖެހޭކަން އެނގޭ ތޯއެވެ؟ މިފަދަ މީހުންގެ އަނބި ދަރިން ނަން ދިނާވެފައިވާ ނިކަމެތި ގޮތް ވަޒަންކޮށްލައްވާށެވެ. އެއްވެސް ޕެކޭޖަކުން އެމީހުން ފަރުވާއެއް ނުލިބެއެވެ.

The name is already taken The name is available. Register?

ޙުސާމް

23 April 2020

މަބްރޫކް ގެ ބުރަދާރ އެއްތޯ އެންވަރމެންޓުގެ ވަޒީރަކީ. ޙާދަ ވާހަކަ ގިނަ ބޭފުޅެކޭ އެއީވެސް

The name is already taken The name is available. Register?

ޟާސް

23 April 2020

ރައީސަކީ ބަރާބަރު ބޭފުޅެށް. ޢަޚްލާގު ރަނގަޅު މަޑުމައިތިރި ބަސް މަދު. އެކަމަކު ނެތް ފާއިސާ އެއް ޚަރަދު ކުރާނީ ކިހިނެއްހޭ މަބްރޫކު. ކުރާ ސުވާލާއި ނުގުޅޭގޮތަށް މާގިނައިން ވާހަކަ ދެއްކުމަކީ ހަޑި ކަމެކޭ މަބޫ

The name is already taken The name is available. Register?

ރަދުން

23 April 2020

މަބުރޫކް ޓެރިޓަރީ އިން ބޭރަށްތިނިކުވެވެނީ. ވިސްނައިގެން ވާހަކަދައްކާ.

The name is already taken The name is available. Register?

ކަޒީރާ 07

23 April 2020

މަބްރޫކް ހުސްއަނގަ ނުތަޅާ.. އިޤްތިޞާދު ހަލާލުވީމަ ދެން ކޮންތާކުތޯ މިޖެހެނީ. ތަކެތި އަގު އިންތިހާއަށް އުފުލޭނެ. ޑޮލަރުގެ އަގު މައްޗަށް، ރައްޔިތުމީހާ ހުރިހާ ވޭނެއް ތަހައްމަލް ކުރަންޖެހޭނީ.

The name is already taken The name is available. Register?

ޙެހހެހަ

23 April 2020

މާކުރިން ވާހަކަދެއްކުމުގެ މާނައެއް ނެތެވެ. ބަލާނީ ދެން

The name is already taken The name is available. Register?

ފަހުދު

23 April 2020

އެންމެކުރިން ބަލިފެތުރެމުން އައިއިރު އަތުޖެހުނު ބޭހެއް ބޭނުންކުރި. އަދިއެއިރު ތިބޭސްއިފެކްޓިވްކަމައް ގަބޫލުކުރެވުނު. ނަމަވެސް ފަހުން ކޮވިޑް-19 ބައްޔައް ތި ބޭސްދިން މީހުން މަރުވިއަދަދު މާގިނަކަން ހާމަވި. ތިބޭހުގެ ސައިޑްއިފެކްޓް ތަކުގެސަބަބުން އޯގަންފެއިލްވެގެން މަރުވުމުގެ ޗާންސް މާބޮޑުކަމައް ވަރައްގިނަ މެޑިކަލް ޖާރނަލްތަކުގަ މިހާރު އެބަޝާއިރުކުރޭ. އަމިއްލަޔަކައްވެސް ބައްލަވާލައްވާ.

The name is already taken The name is available. Register?

ބޭނުން

22 April 2020

ފުލުހުން ހުއްދަދީފައިވާ ފަރާތްތަކައް ފިހާރަތަކައް، ވަކިއަދަދަކައް ތަރުތީބަކުން ވަދެ މުދާބަލާފަ ގަތުމުގެ ފުރުސަތުދޭންޖެހޭ. ގިނަފިހާރަތަކުން ފީބިސް، ސޭމްޕޫ ސަވަރޖެލް، ތަރުކާރީ ކަހަލަ އެއްޗެހިވެސް ހިތުހުރިއެއްޗައް ފޮނުވަނީ، ސުވާލުކުރީމަ ބުނަނީ އޭތިނެތީމަ މީތިގެނައީއޭ. ނުވިކިފަ ހުރިމުދާ ބޮލުގައެޅުވުމުގެ ފުރުސަތަކައް ބައެއްފިހާރަ ތަކުން ހަދަނީ.

The name is already taken The name is available. Register?

ވޮޗްޑޯގް

22 April 2020

"ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިތުބާރު ހިފޭ ބޭހެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުން." ޓްރަމްޕްތޯ މިހެން ބުނީ؟؟ މިއަދު ސީއެންއެންގައި އޮތީ ތި ބޭސް ކައިގެން ފަރުވާ ކުރި މީހުން މަރުވި ވަރު ނިސްބަތުން ބޮޑޮކަމަށް ތި ބޭސް ނުކާއި ފަރުވާދިން މީހުންނަށް ވުރެ. ތި ބޭސް

The name is already taken The name is available. Register?

ހަސަން ކަލޯ

22 April 2020

މުޅި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަށް ވެސް ކޮވިޑް ވައިރަސްއާ ޖެހި ކުރިމަތި ލާންޖެހުނީ ކޮންފަދަ ދެރަ ނިކަމެތި ހާލެއް ކަން ނޭގޭ މަދު ބަޔަކު އަަހަރުމެން ތެރޭ އެބައުޅޭ. ރައީސް ސޯލިހުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން މިކުޑަ ކުޑަ ދިވެހި ރާއްޖެ ކޮވިޑްގެ ވަބާއާ ހަނގުރާމަ ކުރަމުން މިދަނީ އަޒުމާ ހިއްވަރާ އެކީ ސާބަސް ދޭން ޖެހޭ ދަރަޖަ އަކަށް. ސިޔާސީ ހަތުރުން ސަރުކާރު ބަދުނާމު ކޮށް ލިޔަނީ ރައްޔިތުން އިންތިހާއަށް ސަރުކާރަށް އިތުބާރު ކުރާތީ. ވ.ސަލާމް.

The name is already taken The name is available. Register?

އަހްމަދުކަލޯ

23 April 2020

ސަރުކާރަށް ވަރަށް އިތުބާރު އެބަކުރަން އެހެންނަމަވެސް ހެއްދެވި ޕްލޭންތަށް ފެއިލް ވެފަވަނީ އަނެއްކޮޅުން އެއްބަޔަކު ނާޖައިސް ފަދާ ނަގާ ކޮވިޑަށް ހަދާ ތަންތަނުން ވަރަށް މުއްސަނދި ވެއްޖެ އަދި ސަރުކާރު ކުދިންކޮޅު އިދިކޮޅު ކުދިންނަށް ޕްރޮޖެކްޓްސްތަށް ދީގެންވެސް ބޮޑެތި ކަޓު އެބަނަގާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454