އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް.
25 އެޕްރީލް 2020 - 01:15
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދަށް ގެނެސްފައިވާ ލޮކްޑައުން ހާލަތު އާންމު ހާލަތަށް ބަދަލުކުރުމަށް ފަހު ވެސް މި ބައްޔާ އެކު އުޅެން އެނގެން ޖެހޭ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅޭ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއެއްގެ ބޭނުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވައި މިހާރު ބަލި ޖެހިފައި ހުރި މީހުން ހޯދައި "ސާފު" ކޮށްލުން ކަމަށެވެ. މި ބައްޔަކީ 14 ދުވަހުގެ އިންކިއުބޭޝަން ޕީރިއަޑެއް އޮންނަ ބައްޔެއް ކަމުން ބޮޑަށް ލަފާ ކުރެވެނީ ކުރިއަށް އޮތްތަނުގައި ވެސް ބަލި ޖެހިފައިވާ މީހުން ފެންނާނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މި ބަލީގެ ހާލަތަށް ބަލައި ލޮކްޑައުން އުވާލުމަށް ފަހު ވެސް އަނބުރާ އާންމު ދިރިއުޅުމަށް ބަދަލުވާން ދުވަސް ނަގާނެ ކަމަށެވެ.
މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. މުރާދު، މަބްރޫކް، ޑރ. އަފްޒަލް އަދި ޑރ. އަސީލް
"ލޮކްޑައުންގެ ހާލަތު ނިމިގެންދާއިރު ވެސް އަޅުގަނޑުމެންނަށް ވަރަށް ދުވަސް ނަގާނެ އަނބުރާ އެންމެ އިހުގެ ދިރިއުޅުމަށް ބަދަލުކުރަން. ދުވަސްތަކަކަށް އަޅުގަނޑުމެން ޖެހޭނެ ކޮވިޑްއާ އެކުގައި ދިރިއުޅެން ދަސްކުރަން. އަބަދަކު ލޮކްޑައުންއެއްގައި ވެސް ނުތިބެވޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ސިޓީގައި އުފަން ވެގެން އައިސް ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 މި ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. އަދި ގައިން ގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށް އޮތް ގޮތަކީ ވީހާވެސް ގައިދުރުކަން އިސްކޮށް ސާފުތާހިރުވެ ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. އަދި މިކަމުގެ އިރުޝާދުތައް ވެސް އަންނަނީ ދެމުންނެވެ.
ރާއްޖެ އިން މިހާތަނަށް މި ބަލި ޖެހިފައިވާ 128 މީހުން ފެނިފައިވާއިރު 16 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި މީގެ ތެރެއިން 108 ކޭސް ފެނިފައި ވަނީ މާލޭންނެވެ. މި މަހުގެ 15 ވަނަ ދުވަހު މާލެ އިން މި ބަލީގެ ފުރަތަމަ ކޭސް ފެނުމާ އެކު މުޅި މާލެ ވަނީ 14 ދުވަހުގެ ފުލް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކިޕަރ
25 April 2020
ޑަބްލިއު އެޗް އޯގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި 3ލައްކަ މީހުންނަށް މިބަލި ޖެހިއްޖެނަމަ 10،000 އާއި 20،000 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ. މި އަދަދަކީ ސުނާމީ ކާރިސާ އަދި ކުރީގެ ޒަމާންތަކުގައި ޖެހުނު ކޮލެރާފަދަ ބޮޑެތި ބަލިތަކުގައި ރާއްޖެެއިން މީހުން މަރުވީ އަދަދަށްވުރެ ބޮޑު މިންވަރެއް. ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކޮވިޑް19ގެ ވެކްސިން ދެވެންދެން މިހާރު ހުރި ހަރުކަށި މެޝާސްތަކާއެކު ގައުމު ހިންގާނޭ ގޮތްތައް ހޯދަން އެބަޖެހޭ
ކާކު
25 April 2020
ވެކްސިނެއްވެސް ހަދަން 2 އަހަރު ނޮޮނީ 1 އަހަރު ނަގާ ކަމައްވަނީ .....
ހަމަ ހޭ
25 April 2020
ލޮކްޑައުން ދޫކޮށް ލުމާ އެކު " ބޮޑު ޢީދު " އަންނާނެއެވެ. ދިވެހި ރާއްޖެ އަކީ ޖަޕާނެއް ނޫނެވެ. ސައުތު ކޮރެޔާ އެއްވެސް ނޫނެވެ.
12345
25 April 2020
ޑަބްލިއޫއެޗްއޯ ގެ އިސްވެރިޔާ ވެސް ބުނީ ޑޮކްޓަރު ބުނި ގޮތަށް. އިތުރަށް އޭނަބުނީ ވެކްސިން އަދި މެޑިސިން އުފެއްދުނު އިރަކުންނޭ ކުރީގެ ހާލަތަށް ރުޖޫއަވެވޭނީ.
އޮނަރަބްލް އަފީފު ދީދީ
25 April 2020
މުޅިދުނިޔޭގެ މީޑިއާގައި ހުއްޓުމެއްނެތި ކޮރޯނާ ވައިރަސްއާއި ކޮވިޑް 19 ގެ ވާހަކަ ފެތުރިފައިވާތީއާއި މީގެ ބިރުވެރިކަމުގެ ސަބަބުން "ޝައުޤުވެރިކަމާއިއެކު މިވާހަކަ އަޑުއަހާ ގިނަދިވެހިން" އެމީހުންގެ މަޝްހޫރު ފްޓްބޯޅަ ފޭނުންގެ މައުލޫމާތަށްވުރެން ފަރިތަކަމާއިއެކު ވައިރަހާއިބެހޭ މައުލޫމާތު ކިޔާދޭނެ. # މާނައަކީ ބަލީގެ މާހައުލުގައިވެސް އުޅެވިދާނެ ވަރަށް "ގިނަދިވެހިން" ތައްޔާރޭ. އެކަމަކު ..؟ މިޤައުމުގެ އިޤްތިސޯދާއި އަންނާންއޮތް "އިޤްތިސޯދީވަބާއާއި" ކުރޮމަތިލެވޭނެތޯ؟
ޑެސްޕިކަބަލް އަފީފާ ބީބީ
25 April 2020
މެސީ ކުޅޭތަން ޓީވީން ބަލާ އޭނާއާ ބެހޭ މައުލޫމާތު ކިއެއް ކަމަކު އޭނާ ކުޅޭ ފެންވަރަކަށް ނުކުޅެވޭނެ. ހަމަ އެގޮތަށް އިންޓަނެޓުން އޭތި މީތި ކިއެއް ކަމަކު 8 އަހަރުގެ ކިޔެވުން ކިޔަވާ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފަ ތިބި މެޑިކަލް އެކްސްޕާޓުންނާ އެއްވަރެއް ނުވާނެ. ކަލޭވީނުން މިރޯދަމަހުވެސް މައިތިރިވެގެން ގޭގަ އަޅުކަމެއް ކުރެވޭތޯ އުޅެއް ނޫސްތަކުގަ ފިތުނަ އުފައްދަން ނޫޅޭ!
ޢަލިކިލެގެފާނު
25 April 2020
1.މަސައްކައް ގަޑި ނިމޭގަޑި1 އަކައް އަވަސްކުރަންވީ ...ނިމޭ ގޮތައް ކާފިއު. ތަޖްރިބާ ބެލުމައް މަދުމަދުން އޮފީސް ހުޅުވުން.. 2. ކާފިއުގަ މިހާރު ހަދާހެން ފުލުހުން ހުއްދަހޯދާގެން ކޮންމެހެން ގެއިން ނިކުންނަގޮތައް... 3. ބަލި ނުޖެހި އަދި ރަގަޅުވީ ބަޔަކައް ކާޑެއް HPA ދިނުން. ޢެބަޔަކައް އެކަނި ބޭރުގަ އުޅެވޭނީ..ހަމަ މިގޮތައް ޓޫރިސްޓޫންވެސް ރާއްޖެ އެރޭނީ... 4.ބޭންކް އަދި ތޮއްޖެހޭ ތަންތަނު ކިޔޫ ހެދުން މަނާކުރުން .ނޫންވީ ވެކްސިން ލިބެންދެން މިހެން އުޅުން...
މިވަރެއްނެތް
25 April 2020
ކޮވިޑަކީ ސިޓީކައުންސިލުގެ ފެއިލްވުން. އެޗްޕީއޭ ގެ ފެއިލްވުން. ހެލްތް މިނިސްޓަރުގެ ފެއިލްވުން. ރައީސު އިބޫއާއި ކެބިނެޓުގެ ފެއިލުވުން. އެބޭފުޅުން ފެއިލްވީ މިބަލި ރާއްޖެއައުމަކުންނޫން. ތައްޔާރުވާން ވަގުތުލިބި ތައްޔާރުނުވެވުމުން. ގްރޭޓާ މާލެއަށް އަސާސީތަކެތި ޑެލިވަނުކުރެވުމުން. ޓެސްޓްކުރާނެ މީހުންދުރާލާ ޓްރެއިނިން ނުކުރުމުން. ޓެސްޓްކިޓުތައް ނުހޯދުމުން. އިންޑިއާގެ އެހީއިން އެކަނި ފުދޭނެކަމަށް ބެލުން. މާއާފަށް އެދި ރޯންވީވަގުތަކީ މިއީ. އަޅޭ ކެރޭނެބާ!
މުހަންމަދު
25 April 2020
ކޮވިޑަކީ މިހާތަނަށް މާލެ ތޮއްޖައިސެގެން ވެރިކަމުގެ ބާރު ދެމެހެއްޓި މީހުންގެ ފެއިލްވުން. މަވެސް މިއުޅެނީ ތިބުނާ ގްރޭޓާ މާލޭގައި. އަސާސީ ތަކެތި ޖެހިގެން ހުންނަ ފިހާރައިން ލިބޭ. އެކަމަކު މީގެ 1 މަސް ކުރިން ކާން ބޭނުންކުރި ބައެއް ތަކެތި ނުލިބޭ. އެއީ ބޭނުންވާ އަސާސީތަކެއްޗެއް ނޫން. ތިބުނާ ގޮތަށް ފުރިހަމައަށް ތައްޔާރުވި ގައުމެއް، އެމީހުން ތައްޔާރުވި ގޮތަށް ކިޔާދީބަލަ. ޓެސްޓްކުރާނެ މީހުންނާ ޓެސްޓްކިޓުތައް ނެތިގެން މިހާރު ރާއްޖޭގައި ޓެސްޓް ނުކުރެވެނީތަ؟
ޣަލް
25 April 2020
ޥެކްސިނެއް ލިބެންދެން...
ގެދާނޯމޮސް
25 April 2020
މިބަލީގެ އާންމު ހާލަތަށް ދިޔުމުގެ އުންމީދެއް އޮތީ 18 މަސްފަހުން ކަމަށް ކަމާބެހޭ މާހިރުން ލަފާދެއްވާ ފަވާއިރު ރާއްޖޭގައި އެކްޓިވްކޭސް ކަމާބެހޭ ފަރާތަށް ނާންގައި އެކަން ސިއްރިކޮށްގެން ބަޔަކުތިބެފި ނަމަ ދެންވާނެ ގޯސްވިސްނާލަން އެބަޖެހެއެވެ. ގޭގައި ދެވޭފަރުވާ އަކަށް ބަރޯސާވެވިގެން ތިބޭނަމަ ދުނިޔެއިން އެހާގިނަ މަރުތަށް އާންމެއް ނުވާނެއެވެ. ފެންނަނީ ލޮކްޑައުން އޮތަސް މާސްކް އެލުމަށާއި ހަރުކަށި ގަވައިދު ތަކެއްއާންމު ކޮށް ޖަޕާނަށް ވެތިބުމެވެ.
ޔާ ރައިޓް
25 April 2020
އެންމެން މަރުވާއިރު ވެސް ތިހެންތޯ ކިޔުއްވާނީ? މިއުޅެނީ ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ވެސް ލޮކް ޑައުން އެކުސްޓެންޑު ކޮށް މި ބަލި ކޮންޓުރޯލް ކުރެވޭތޯ. ސާބަސް!
ހުދް
25 April 2020
މި ގައުމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް އެނގޭނީ މި ގައުމުގެ ހާލަތު އެނގޭ މީހުންނަށް. ކުރީ ޒަމާނުގައި މާލޭގެ ފިހާރައަކުން މީހަކު އެއްޗެއް ގަންނަ އިރަށް ފަހަތުގައި ބަލަން ހުންނަ މީހާ އެއެތި ގަންނަ އުސޫލު ދޫކޮށްލަންވެއްޖެ. އެއީ މަޒީގެ ވިސްނުން. ޑޮކްޓަރުން ދޭ އިރުޝާދާއެއް ގޮތަށް ކަންކުރީމާ ހުންނާނީ ރަގަޅަށް. އަހަރުމެނަށް ނޭންގޭ ލައްކަ ގިނަ މައުލޫމާތު އެމީހުންނަށް އެނގޭނެ.