ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އަނެއްކާ ވެސް ހަ މީހަކު ޕޮޒިޓިވްވެ މިއަދުގެ ޖުމްލަ 12 އަށް

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

27 އެޕްރީލް 2020 - 11:00

33 comments
27 އެޕްރީލް 18:04

އެޗްޕީއޭގެ ޓުވީޓް

27 އެޕްރީލް 17:46

އަނެއްކާ ވެސް އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް. މި ކޭސްތަކާ އެކު ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 226. މީގެ ގަޑިއެއްހާ އިރު ކުރިން ވެސް ހަ މީހަކު ވަނީ ޕޮޒިޓިވްވެފައި. އެހެންވެ މިއަދުގެ ޖުމްލަ މިހާރު ވަނީ 12 އަށް އަރާފައި. މިހާރު ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 89. ބަންގްލަދޭޝްގެ 104 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި. ދެން އުޅެނީ ޕާކިސްތާނުގެ ދެ މީހަކާއި އިންޑިއާގެ 13 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހުން. މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން "އެހެނިހެން" ކެޓަގަރީގައި ފަސް މީހަކު އެބަތިބި.

27 އެޕްރީލް 16:32
27 އެޕްރީލް 16:27

އިރުރު ހަ މީހަކު ޕޮޒިޓިވްވެއްޖެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ މީހަކާއި ޕާކިސްތާނުގެ މީހެއް. މި ކޭސްތަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފައި.

27 އެޕްރީލް 15:06

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ކާނަލް ހުސައިން އަލީ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

27 އެޕްރީލް 15:03

ކާނަލް ހުސައިން އަލީ: ސިފައިންގެ ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައި. އަދި އެ މީހުންނާ ގުޅިގެން ބައެއް މީހުން ވަނީ ކަރަންޓީން ވެސް ކޮށްފައި. މިކަން ފެށުނުއިރު ވެސް، އަދި މިކަމުގެ ތެރޭގައި ސިފައިން އުޅޭއިރު ވެސް އެނގޭ މި ބައްޔަށް ހުށަހެޅިދާނެކަން. ކަރަންޓީނަށް ވެސް ގޮސް، މުއްދަތު ހަމަކޮށްފައި އަލުން އެނބުރި ހަމަ މަސައްކަތަށް ނުކުންނާނެ. މިއީ ސާކަލްއެއް. އެކަން ހިނގާނީ އެގޮތަށް.

27 އެޕްރީލް 14:54

އަލީ ވަހީދު: ޕޮޒިޓިވް ކޭސްތައް ގިނަވެ، އެ ހާލަތް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުން ވެސް އަޅުގަނޑުމެން ވާނީ ކަރަންޓީން ފެސިލިޓީ ސެކިއުއާ ކޮށްފައި. މިހާރު މި އައީ ފޭސް ޓޫ. ކުރިއަށް އޮތްތާނގައި ޕޮޒިޓިވް ކޭސްތައް ގިނަވެދާނެ. މި ހަފުތާގައި ވެސް ގިނަވެދާނެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ފެނިގެން ދިޔަ ގޮތް. އެކަމަށް އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ތައްޔާރަށް. ފްރޮންޓްލައިންގައި ހިމެނޭ ހުރިހާ އެންމެން ވެސް ތިބީ ތައްޔާރަށް.

27 އެޕްރީލް 14:51

އަލީ ވަހީދު: އެއްވެސް ފެސިލިޓީއެއްގައި ކޮރަޕްޝަން އަމަލެއް ނުހިނގާނެ. ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާލަން އެނގޭ އެއްވެސް ފެސިލިޓީއެއް މެނޭޖްކުރުމުގައި ކޮރަޕްޝެއް ނުހިމެނޭނެ.

27 އެޕްރީލް 14:42

އަލީ ވަހީދު: އިތުރު ފެސިލިޓީތައް ގާއިމްކޮށް ބިދޭސީން ބަދަލު ކުރުމަށް ރައީސް ވަނީ ނިންމަވާފައި. ގުޅިފަޅާއި ވިލިވަރަށް އެ މީހުން ބަދަލު ކުރާނެ. މި ބަދަލުކުރާ ކުރުމުގައި ވެސް އިންސާނީ ކަރާމާރަތަށް ވިސްނާނަން. އަދި އޭގެ އިތުރުން އެ މީހުންނަށް މާލެ އިން ލިބޭ ހިދުމަތަށް ވުރެ ރަނގަޅު ހިދުމަތެއް ލިބޭނެ.

27 އެޕްރީލް 14:40

އަލީ ވަހީދު: ފެސިލިޓީތައް ހޯދަމުން މި އަންނަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް. އެއިން ކޮންމެ ފެސިލިޓީއެއްގައި ސިފައިންގެ މީހަކު ހުންނާނެ. މިއިން ކޮންމެ ފެސިލިޓީއެއްގައި ބޮލަކަށް ކަނޑައަޅާފައިވާ ރޭޓަކީ 750ރ. އެއީ އެ ތަނެއްގައި ހިނގާ ހުރިހާ ހަރަދެއް ލައިގެން.

27 އެޕްރީލް 14:38

އަލީ ވަހީދު: އަދިވެސް 10 ރިސޯޓެއްގައި ޓޫރިސްޓުން އެބަތިބި. އޭގެ ތެރޭގައި 50 ގައުމެއްގެ މީހުން އެބަތިބި. އެ މީހުން ފޮނުވުމުގެ ކަންކަން ވެސް ފޮރިން މިނިސްޓްރީން ކުރަމުން އެބަގެންދޭ.

27 އެޕްރީލް 14:38

ނެޝެނަލް އިމަޖެންސީ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ފެނުނު ކްލަސްޓާތައް ވަރަށް ބޮޑަށް އިތުރުވެ، އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

ރާއްޖެ އިން 73 މީހުންނާ އެކު މި ބައްޔަށް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެ އެވެ. މި އަދަދާ އެކު ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލައަކީ 214 އެވެ. މީގެތެރެއިން ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ މާލެއިންނެވެ.

ކޮވިޑް-19ގެ ހާލަތު އޮޅުންފިލުވައިދޭ ސިލްސިލާ މީޑިއާ ބްރީފިންގައި، މިހާތަނަށް އެ އަދަދުތަކުން ފެންނަ މަންޒަރު ކިޔައިދެއްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި މި ކްލަސްޓާތަކުން ފެންނަނީ އެކަކު އަނެކަކާ ދިމާވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަމެވެ.

މާލޭގައި މީހުން ޕޮޒިޓިވްވަމުންދާ އަދަދަށް ބަލައި މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ގޮތުގައި، އޭރު ފެނުނު ހަަތަރު ކްލަސްޓާގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓްސް ތިބީ ފުރަތަަމަ ފެނުނު (ރާއްޖޭގެ 21 ވަނަ ކޭސް) ހިމެނޭ ކްލަސްޓާ ގަ އެވެ. އެ ކްލަސްޓާގައި އޭރު 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. މާލޭގައި ކާފިއު ހިންގައި، އެހެން ވެސް ފިޔަވަޅުތައް އެޅިއިރު، އެކެއްގެ ކޮންޓެކްޓްސް 200 އަށް އެރުމަކީ އޭރު ޑޮކްޓަރުން ވެސް ކަންބޮޑުވުންފާޅުކުރެއްވި ކަމެކެވެ.

އަފްޒަލް ރޭ އާއްމުކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުން މިހާރު ފެނިފައިވާ ކްލަސްޓާސްތަކުގެ ތެރެއިން އެންމެ ބޮޑީ އެމްއެޗްއެފް ކްލަސްޓާ އެވެ. އޭގައި ހިމެނޭ މީހުންނަކީ ކޮން ތަނަކަށް ނިސްބަތްވާ މީހުން ކަން ނޭނގޭ ގޮތަށް ކްލަސްޓާސްތަކަށް ވަނީ ވަކި ނަންތަކެއް ދީފަ އެވެ.

ދެ ވަނަ އަށް އެންމެ ބޮޑީ އޭއެމްއެޗް ކްލަސްޓާ އެވެ. އެ ކްލަސްޓާ އިން 21 މީހުން ވަނީ ފެނިފަ އެވެ. މީގެ އިތުރުން ބީއެންސީ ކްލަސްޓާ އިން އެކަކާއި އާރުއެންސީ ކްލަސްޓާ އިން ދެ މީހުންނާއި ބީއެންޒެޑް ކްލަސްޓާ އިން ދެ މީހުން ވަނީ ފެނިފަ އެވެ. އެއްވެސް ކްލަސްޓާއަކަށް ނުހިމެނޭ ގޮތަށް 11 މީހަކު ވަނީ ފެނިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

"މި ކްލަސްޓާތަކުން ދޭހަވާ މާނަތަކެއް ހުރޭ، މިސާލަކަށް އެ ލޮކޭޝަނެއްގެ ސަބަބުން ކްލަސްޓާސްތައް އިތުރުވުމާއި ނުވަތަ އެ ކްލަސްޓާތަކުން ފެންނަ މީހުންގެ ބާވަތާއި ކޮން ކަހަލަ މަސައްކަތެއް ކުރާ ބައެއް ކަމާއި އެކަކު އަނެކަކާ ދިމާވެފައި ވަނީ ކިހިނެއް ކަމާއި މި ކަހަލަ ބައިވަރު މައުލޫމާތުތަކެއް މީގެއިން ލިބޭނެ،" އަފްޒަލް ވިދާޅުވި އެވެ.

ޑެލިވަރީ ޚިދުމަތުގައި ސަމާލުވާން ޖެހޭ

މި ކްލަސްޓާތަކުގެ ސީދާ ތަފްސީލު ނުދެއްވިޔަސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއްގެ އިރުޝާދު ދެއްވި އިރު އޭނާ ގުޅުވީ ޑެލިވަރީ ޚިދުމަތުގައި މިހާރަށްވުރެ ވެސް އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ބައެއް ކަންކަމާ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އަފްޒަލް ފާހަގަކުރެއްވީ ޑެލިވަރީކުރާ މީހުން ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަކޮށް، އެ މީހުންނާ ހަވާލުވެ މަސައްކަތް ކުރުވާ މީހުން ވެސް އެ މީހުންގެ ހާލު ގާތުން ބެލުމެވެ. މި ޚިދުމަތުގައި އެޅެން ހުރި އެއްވެސް ފިޔަވަޅަކާ މެދު ފަރުވާކުޑަނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.

"ކޮންމެ ދުވަހަކު އެ މީހުންގެ މައުލޫމާތު ނަގައި، ސިއްހީ ހާލަތު ހުރީ ކިހިނެއްތޯ ބަލައި ކިރިޔާވެސް އަލާމާތެއް ފެންނަ މީހަކު ހުރެއްޖެ ނަމަ އަޅުގަނޑުމެންނަށް އަންގަންވާނެ،" އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ކްލަސްޓާތަކަށް ބަލައިފިއްޔާ ހަގީގަތުގައި، އާއްމުކޮށް އުޅޭ އެންމެން މި އުޅެނީ ގޭގައި. ނަމަވެސް މަގުމަތީގައި މި އުޅޭވޭ މީހުންނަކީ ކޮންމެހެން ވެސް އުޅެން ޖެހޭ ބައެއް. އެއީ ޑެލިވަރީ ހިދުމަތަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެ މީހުން މީގެތެރޭގައި ގިނައިން މި އުޅެނީ."

ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގު)ން ކުރިން ބުނެފައިވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ޑެލިވަރީގެ ޚިދުމަތް ދޭ މީހާ އާއި ތަކެއްޗާ ހަވާލުވާ މީހާއާ މެދު ވެސް މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމެވެ. ތަކެއްޗާ ހަވާލުވާ އިރު ވެސް އެއްގޮތަކީ، ދޮރު ކައިރީގައި ގޮނޑިއެއް ނުވަތަ މޭޒެއް ބަހައްޓައި އޭގެ މަތީގައި ކޮތަޅުތައް ބެހެއްޓުމެވެ.

ޑެލިވަރީގެ ޚިދުމަތް ހޯދާ މީހުން ވެސް އެ ތަކެއްޗާ ހަވާލުވުމުގައި ފިޒިކަލް ޑިސްޓެންސިން އަށް ސަމާލުވެ، އެ ގެންނަ ސާމާނުތައް ގެންނަ ކޮތަޅުތައް އުކާލުމާ އެކު ގެނައި ތަކެތީގެ ތެރެއިން ދޮވެވެން ހުރި ރަނގަޅަށް ދޮވެ ސާފުކޮށް، އަތް ދޮވުމަށް ހަނދާންކޮށްދެއްވި އެވެ.

އަފްޒަލް ވިދާޅުވީ ރަށްރަށަށް މުދާ އުފުލާ މީހުންގެ ރައްކާތެރިކަމަށް ވެސް ޚާއްސަ އިސްކަމެއް ޖެހިފައިވާ ކަމަށެވެ.

33 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 86%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓް ބްރޯ

27 April 2020

ސަރުކާރުން މި ބަލި އިތުރުވިޔަ ނުދޭން މިގެންގުޅޭ ސިޔާސަތު އެހާ ގޯހެއްނޫންހެން ހީވަނީ. އެހެން ގައުމުތަކުގަ ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އެދަނީ ގުނަ ވަމުން.

The name is already taken The name is available. Register?

އިއްބެ

27 April 2020

ކާނަލް އަލީ ހަސަން އެއް ނޫން. ކާނަލް ހުސައިން އަލީ. ރަނގަޅު މައުލޫމާތު ފޯރުކޮށްދޭށޭ މިކިޔަނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 April 2020

ކޮރޯނާ ވައިރަސްގެ ފުރަތަމަ ދުވަސްވަރު މިބަލި ރާއްޖެއަށް ފެތުރިއަނުދިނުމަށް ފިޔަވަޅުއަޅާން ނިންމި ކޮމަޓީގެ މުގޫ އަލީވަހީދު އާއި ނުރަސްމީގޮތަކަށް ނަމަވެސް ހަވާލުކުރެއްވިކަން ނުވަތަ "އޭނާގެ ބާރާއި ނުފޫޒު ހިގާގޮތަށް ކަންކަން އިންތިޒާމް ކުރެވިފައިވުމަކީ މިހާލަތަށް ކަންކަން ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބު" ކަމުގައި ބުނާނެ ޖާގަ އެބައޮތް. # އޭނާގެ އަނގަ ފުޅާކޮށް "ކަރާ ފަޅަމުންގޮސް" މަޖާވެފަ ބުނި ބޭނުންވެއްޖެނަމަ ފްލޯޓިންގް ހޮސްޕިޓަލް ވެސް ގެންނާނަމޭ..!؟

The name is already taken The name is available. Register?

ގާކޮށި ހުސޭނު

27 April 2020

ގަވައިދާ ޚިލާފަށް ރާއްޖޭގަ އުޅޭ ހުރިހާ ބިދޭސީން ޒިންމަ މިހާރުގެ ސަރުކާރުން

The name is already taken The name is available. Register?

ޖޯލީ

27 April 2020

އަލީވަހީދު އިސްތިއުފާ! މީނަޔާއި މި މިމީހުންގެ ނުފޫޒު ގަދަވެގެންގޮސް މިހާލަތަށް ގައު މު މިވެއްޓުނީ. މިފަދަ ބޮޑު ކުރައިސަސް މެނޭޖު ކުރަން މިމ މީހުންނާ ހަވާލުކުރި މީހެއްގެ ބޮލަށްވެސް ބޭސް ކުރަންޖެހޭ ހެންހީވަނީ

The name is already taken The name is available. Register?

ގުޑުގުޑާ

27 April 2020

ތިޔައަލީވަހީދުމެއްދައްކާވާހަކަ ގަބޫލުކުރައްހެޔޮނުވާނެ ތެދެހެދެއޮތަސް ތީގެއެކުވެސްތެދެއްނުހަދާނެ

The name is already taken The name is available. Register?

ހަތާވީސް

27 April 2020

ދެން މަރުވެއްޖިއްޔާ ދެން މަރުވީ. މީ ހާދަ ޒިންމާދާރު ކަން ކުޑަ ވިސްނުމެކޭ. ކޮބާތަ ސިފައިންގެ ރައްކާތެރިކަމަށް އެޅުނު ފިޔަވަޅު. ކުރިން ތައްޔާރުނުވެ ތިބެ މިހާރު ކުއްލިއަކަށް ތައްޔާރުވާން ޖެހުނީމަ ސިފައިން މިޖުހުނީ އެއްވެސް ރައްކާތެރިކަމެއްނެތި ބިދޭސީންނާއެކުވެސް މަސައްކައްކުރަން.

The name is already taken The name is available. Register?

ާރާއްޖެ ތެރެ

27 April 2020

ފިޒިކަލް ޑިސްޓެންޓްކޮށް ފިހާރައަށް ގޮސް މުދާ ގަނެވޭނެ ގޮތް ހަދަން އެބަ ޖެހޭ. ފިހާރަ ތެރެ ކްރައުޑް ނުވާނެ ހެން މީހުން ވެއްދިދާނެ، މާސްކް އަންގި ލައިގެން ތިބެން ޖެހޭ ގޮތަށް. ޑެލިވަރީ މީހުން ގޭގެއަށް ނުގެނެސް. މާލޭގެ ބޮޑެތި ފިހާރަ ތައް ހުރި ހިސާބަކުން އެ ހިސާބަކަށް، ވަކި އޭރިއާއަކަށް ޚިދުމަތް ދޭގޮތަށް. ދެން އަލީ ވަހީދު އަރާ ކޮރަޕްޝަނޭ ކިޔަކަސް އެކަމާ އެއްވެސް މީހަކު ޝައްކު ކުރާނެ ކަމެއް ނެތް. އެއްމެން ވެސް ކިއްލި ވިއްކަން ވީ.

The name is already taken The name is available. Register?

ދުން ތަރި

27 April 2020

ނަޒާހަތްތެރި ޢަލީ ވަހީދު އަހަރުމެންގެ ކުރިމައްޗަށް މޮޅުވާހަކަ ދައްކަން ނުކުންނާކަށް ލަދެއް ނުގަނޭތަ؟ ކަލޭގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން

The name is already taken The name is available. Register?

ބޮޑުމީހާ

27 April 2020

ބިދޭސީންނަށް ދައުލަތުން ކުރާ ޚަރަދުތަކަާްވާ ފައިސާ ހޯދާނީ ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުން އަތުން. ގަވާއިދާއި ޚިލާފަާް ބިދޭސީން އެތެރެކޮށް ބޮލަކަށް މަދުވެގެން 2000 ޑޮލަރ ނަގައިގެން ތިބީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454