މާލެ: އޭޕްރިލް 17، 2020: އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭންޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ ޑެލިވަރީގައި ސިފައިން ބައިވެރިވަނީ. ސަލާމަތީ ބާރުތަކުގެ ކޮވިޑް ކޭސްތައް ވަކިން ނުކިޔަން އަންނަނީ މަޝްވަރާކުރަމުން. ފައިލް ފޮޓޯ/މިހާރު
02 މެއި 2020 - 02:11
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ އަދަދު ވަކިވަކިން ހާމަ ނުކުރުމަށް މަޝްވަރާ ކުރަމުން އަންނަަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް ހާމަކުރާނެ ގޮތަކާ މެދު މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް މަޝްވަރާ ކުރަނީ އެއީ ގައުމީ ސަލާމަތާ ވެސް ގުޅުން ހުރި ކަމަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑަށް މިހާރު ހީވަނީ އެ މައުލޫމާތު އަޅުގަނޑުމެން ދެމުން ދާނީ ފްރޮންޓްލައިން ގައި މަސައްކަތްކުރާ މީހުން، އެއީ ޖުމްލަ ނަމްބަރެއް ކަމަށް ބަލައިގެން ވަކި ވަކި މުއައްސަސާތައް ނުކިޔާހެން،" ޕޮޒިޓިވްވި ސިފައިންގެ މީހުންނާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވި އެވެެ.
އޭނާ ވިދާޅުވީ އެކަމުގައި ނިންމާ ގޮތެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
މިރޭގެ ޕްރެސް ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ފްރޮންޓްލައިންގެ އަދަދުތައް ވިދާޅުވާނީ ޖުމްލަކޮށް ކަމަށާއި ވަކިވަކި މުއައްސަސާތަކުގެ އަދަދުތައް ވިދާޅު ނުވާނެ ކަމަށެވެ.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކާއި ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.
"ވަކިވަކި ބަޔަކު ވަކިކޮށްފަައި އަޅުގަނޑުމެން ބުނާކަށް ނެތީމޭ. އެއީ ފްރޮންޓްލައިން ކަމަށް ވެއްޖެއްޔާ ވެސް އަޅުގަނޑުމެންނަށް ބުނެވޭވީ ފްރޮންޓްލައިންގެ ހުރިހާ ބާވަތެއް އެއްކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވި ގޮތުގައި ފްރޮންޓްލައިން ކޭސްތައް ވެސް މިހާރު ހުރީ އެކި އެކި ކްލަސްޓާތަކުގެ ތެރޭގަ އެވެ. އެެގޮތުން ފްރޮންޓްލައިންގެ ޖުމްލަ އަދަދެއް ވެސް އަދި ވަކިން ފާހަގަކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ ކޭސްތަކުގެ ތެރެއިން މިހާތަނަށް ހާމަކޮށްފަައި ވަނީ އެމްއެންޑީއެފްގެ ފަސް ކޭހެކެވެ. އެ ކޭސްތަކާ ގުޅިގެން ބަޔަކު އައިސޮލޭޓްކުރިކަން ހާމަކުރި ނަމަވެސް އެ ކޭސްތަކުގެ އިތުރު މައުލޫމާތެއް ފަހުން ހާމައެއް ނުކުރެ އެވެ.
އަފްޒަލް ވިދާޅުވީ ފްރޮންޓްލައިންގައި މަސަައްކަތް ކުރާ މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ ސާމަޕަލް ނެގުމާއި އައިސޮލޭޓްކުރުމާއި ކޮންޓެކްޓް ޓްްރޭސިންގެ މަސައްކަތް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯން
02 May 2020
މިގައުމު ކުރިނާރައިގެން މިއުޅެނީ ކަންކަން ސިއްރުކުރާވަރުން،
ކެޕްޓަން ބުއްޅޭ
02 May 2020
ރަނގަޅު. ތިޔައީތިކަން ކުރަންޖެހޭގޮތް.
ބުރޭ
02 May 2020
ރނގަޅު ވިސްނުމެއް، އެހެންގައުމުތަކުގަވެސް ނުކުރޭ. ފެންވަރެއްނެއް ބައެއް ނޭސްވެރިން ޖަހާހާބެރަކަށް ނުނެށުމަށް ސަރުކާރަށާ މަބުރޫކަށަ ދަންނަވަން.
ވެރިމީހާ
02 May 2020
އޭޭޭޭޭޭޭޭޭޭވެރިންގެ އިހުމާލުން ކަންކަން ވީމާ ސިރުކުރަން ބޭނުންވަނީ އެންްމެފަހުންވެސް ވެރިޔެ ބުނީ ހުރިހާމީހުންނަ ބަލި ޖެހުނަސް މާސްކު ނުލިބޭނެޔޭ އެހެން ބުނި ވެރިން ރިސޯޓުތަކަ ގޮސް ފިލާ.
މާކެޔޮޅު
02 May 2020
ކުރާނެ ކަމެއްނެތް މޮޔަވީތަ! މި އެންޑީޕީ ސަރުކާރަށް މިކަހަލަ އެއްޗެހި ގެޓްވަނީ ހާދަ ލަހަކުންނޭދޯ. ދެން އެކުދިން ރަގަޅަށް ބަލަހައްޓާތި
އަބްދުއްރަޙްމާން މޫސަ
02 May 2020
ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތީ ބާރުތައް، ސަލާމަތީ ބާރުތަކުގެ ތެރެއިން ބަލި މީހުންގެ އަދަދާއި ސަލާމުގައި ތިބި މީހުންގެ އަދަދާއި އެނޫންވެސް އަދަދުތައް އާންމުކޮށް ހާމަ ކުރުމަކީ ގައުމުގެ ސަލާމަތަށް ހުރި ބޮޑު ނުރައްކަލަށް ވެދާނެ، ޓެރަރިސްޓު ހަމަލާތައް ރާވަން ފާރަލައިގެން ތިބޭ ބަޔަކަށް އެ އަދަދުތައް ވަރަށް މުހިންމުވާނެ، މި ބުނި އެއްޗެއް ސަލާމަތީ ކަންކަމުގެ ވިސްނުން ހުރި މީހުންނަށް ފަހުމްވާނެ. މިއަށްވުރެ ތިލަކޮށް ބުނެވޭކަށް ނެތް.
ސިފައިން
02 May 2020
ހުރިހާ އެއްޗެއް ހާމަ ކޮށްފަ ދެން ކޮންމެހެން މަތިޖަހަން އުޅޭނެ ކަމެއްނެތް..
ބށ
02 May 2020
ކޮންތާކުން ހޯދައިގެން އުޅޭ ނަމްބަރެކޭތަ އެކިޔަނީ. ހެޔޮނުވާނެ އަދަދޭ ކިޔާބަލަ. ހަމަގައިމުވެސް މީހުން ބޮލަށް ތުރާލެއް ނުވާނެ.
ތިލަފަޅު މޫސަ
02 May 2020
ކަންކަން ފޮރުވުމަކީ ސަގާފަތެއް
ނަޝްޔާ
02 May 2020
ރަނގަޅު ނިނަމުމެއް. ޢެއީ މިހާރު ވެސް ނަފްސާނީ މައްސަލަތަކެއް އުޅޭއިރު ތިޔަ ތަފްސީލް ތަކުގެ ސަބަބުން ވެސް ރައްޔިތުންނަށް އަސަރު ކުރާ ވަރު ބޮޑުވާނެ ކަމަށް ފެންނާތީ