ރީރެޖިސްޓާ ކުރަން އިއްޔެ ދިޔަ ބިދޭސީއަކު އޭނާގެ ޕާސްޕޯޓް ކޮޕީއެއް ދައްކާލަނީ: ގިނަ ބިދޭސީންގެ އަތުގައި ޕާސްޕޯޓެއް ނެތް -- ފައިލް ފޮޓޯ؛ މިހާރު
02 މެއި 2020 - 15:29
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގައިފި އެވެ.
އޭނާ މިހެން އެންގެވިއިރު، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 400 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 331 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެ ގައުމުގެ 261 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އުޅެނީ ކުދިކުދި ތަންތަނުގައި ވަރަށް ބޮޑަށް ތޮއްޖެހިގެންނެވެ. އަދި މިހާތަނަށް ފެނުނު ގިނަ ކްލަސްޓާތަކުގައި ވެސް އެގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ގިނަ ކަމަށް އެޗްޕީއޭ އިން ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މިއަދު ނެރުއްވި އެންގެވުމުގައި ވަނީ ކޮވިޑް-19 ގެ ނުރައްކާ އޮތް ބިދޭސީން ކަރަންޓީން ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރައްވައިފަ އެވެ. އެގޮތުން ކަރަންޓީން ކުރާ ބިދޭސީ މަސައްކަތްތެރިން ހަތަރު ބަޔަކަށް އޭނާ ވަނީ ބައްސަވައިފަ އެވެ.
✳️ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ކަރަންޓީން ކުރުމަށް އެންގުން (2020/41) pic.twitter.com/3zPuR37WBA
— Health Protection Agency (@HPA_MV) May 2, 2020
ފުރަތަމަ ބައިގައި ހިމެނެނީ ވަޒީފާ އަދާކުރަން ވަކި ތަނެއް ނެތި ނުވަތަ ދިރިއުޅޭނެ ޚާއްސަ ތަނެއް ކަނޑައެޅިފައި ނެތް ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ކޮވިޑް-19 އާންމުކޮށް ފެތުރުމުގެ ފުރުސަތު ބޮޑު މީހުންނެވެ.
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކަރަންޓީން ކުރަންޖެހޭ ދެވަނަ ބައިގައި ހިމެނެނީ، ފުލުހުން މިހާރު މޮނީޓަ ކުރަމުން އަންނަ އެޑްރެސްތަކުގައި އުޅޭ މީހުންނެވެ. އެ އެޑްރެސްތަކުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަކީ ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވް ވެފައިވާ ގިނަ މީހުންނާ ގުޅުން އޮތް ބަޔަކަށް ވާތީ، އެ މީހުން ވެސް ކަރަންޓީން ކުރަން ނިންމެވީ ކަމަށް މައިމޫނާގެ އެންގެވުމުގައި ވެ އެވެ.
ބިދޭސީން ދިރިއުޅޭ 23 ތަނެއް ފުލުހުން މިހާރު އަންނަނީ ބަލަހައްޓަމުންނެެވެ. އެއީ ޖާގައިގެ ގޮތުން ވަރަށް ކުދިކުދި އަދި ވަރަށް ގިނަ ބިދޭސީންތަކެއް ތޮއްޖެހިގެން އުޅޭ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެފަދަ ދެ ތަނަކުން 95 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ކަރަންޓީން ކުރަންޖެހޭ ތިންވަނަ ބައިގައި ކަނޑައަޅާފައި ވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ނުރައްކާ އޮތް ކަމަށް ގަބޫލު ކުރެވޭ މީހުންނެވެ.
ހަތަރުވަނަ ބައިގައި ހިމަނާފައި ވަނީ އެ ތިން ކެޓަގަރީ އަށް ވެސް ނުފެތޭ އެކަމަކު ކޮވިޑް-19 ގެ ނުރައްކާ އޮތް ކަމަށް ގަބޫލު ކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިންނެވެ.
ކޮވިޑް-19 ގެ ނުރައްކާ އޮތް ބިދޭސީން ކަރަންޓީން ކުރަންޖެހެނީ މައިމޫނާގެ އެންގެވުމުގައިވާ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ކަނޑައަޅާ ތަނެއްގަ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ މީހުންގެ ތެރެއިން މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް ހިމެނޭތީ، އެ މީހުން ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މީހުންނަށް ޚާއްސަކޮށްގެން ވަގުތީ ތަންތަން އެ ތިން ރަށުގައި ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފަގެއަލި
03 May 2020
މިވާހަދައްކަމުންގޮސް އަނގައިގަ ކުރަލައިފި. މިހާރުމާބޮޑަށް އިމޯށަނަލްވެގެން އުޅޭތަންވެސްފެނޭ. އެކަމަކު ވިސްނާލަންޖެހޭ ތަންކޮޅަކީ ދުނިޔޭގެ އެއްވެސްގައުމެއްގައި ގަވާއިދާހިލާފަށް މިހާގިނަބަޔަކަށް މިގޮތަކަށް ނުއުޅެވޭނެކަން. މިކަމުގައި ކަމާއިބެހޭ ފަރާތްތަށް ފެއިލްވެފައިވާކަން. ކޮވިޑުގެ މާކުރިންވެސް މިއީއެލާރމް އަޅައަޅާއޮތް މައްސަލަ. ބައްޔެކީއްކުރަން މިމީހުން މާލޭމަގުމައްޗަށް މުޒާހަރާކަށް ނިކުތަސަ ބަޑިނުޖަހާ ކޮންޓްރޯލް ކުރެވޭނެ އެއްގޮތެއްވެސް ނޮއޮންނާނެ.
ރީތި މޫސަ
03 May 2020
ހެޔޮނުވާނެ މިމީހުންގެނައި ދިވެހިންހޯދާފަ ތިހިނގާ ޚަރަދުތަށް އަތުލަބަލަ
ސަނާ
02 May 2020
ﷲޮޓޯއަށް ބަލާލީމަ ކޮންފިޑެންސް އޮތްވަރު އެނގޭ
ކުންފުނީ ގުރޫޕް
02 May 2020
މިމީހުން ގެނައިބަޔަކުވެސް ނެތްތަ? ކޮބާ އެމީހުންގެ ޒިންމާ.
ޑީއެޗް-11
02 May 2020
އިހުނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ އެމީހުން ފޮނުވައިނުލާ އެކަމުގަ އިހްމާލުވީ މަގާމްތަކުގަ ތިބި މީހުންނަށް ފިޔަވަޅު އަޅަންވީ
ރަދީފްް
02 May 2020
ބަނގުލަދޭޝް އެމްބަސީއަށް ދަންނަވާބާ ކަލޭމެންގެ މީހުންނާއި ހަވާލުވުމަށް. އެމީހުން ތިބޭ ތަންތަން ހަމަޖައްސަން. ކޮންމެހެން ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ހަރަދުނުކޮށް.
ކުމާރު
02 May 2020
ފައްޔާޒް ދެން ރަނގަޅުވާނީ ވަޒީފާެން އެއްކާރިޔަށް ޖެހެލިއްޔާ.ކުރީސަރުކާރު ގޯސްކަމުން ވެރިކަން ބަދަލުކުރީ. އެސަރުކާރު ގޯސްވާހަކަ ނުދައްކާ, އަމަލުން ދައްކާ.
ކުމާރު
02 May 2020
ތި އެންމެން އެސްޓިއޯ ބޯޓަށް ލާފަ ފޮނުވާލާށޭ, އޭރުން އެމީހުންނަށްވެސް ރަނގަޅީ. މިގައުމު ހާލަތަކި މިކޮމެންޓްވެސް ނުޖަހާނެ.
އެސްކޮބާރ
02 May 2020
ބައެއްމީހުން ގެންދެވިދާނެ އާރަށަށްވެސް. މިވަގުތު މުހިއްމުކަމަކީ މާލެއިން ވީހާވެސް މީހުން މަދުކުރުން. ހަމައެކަނި ބިދޭސީންގެ ސަބަބުންނެއްނޫން މާލެ ތޮއްޖެހެނީ. މާލެއަކީ ދިވެހިންވެސް ކުދިކުދި ގޮޅިތަކުގައި ވަޅޯމަސް އަވީލާފަ ތިބޭ ފަދައިން ނިދާތަނެއް. ޔޫސޭގެ ކުރީގެ ޑްރާމާއެެއްގަ ފެންނާނެ މީހުން ޑިއުޓީ ބަހައިގެން ނިދާތަން. އަދިވެސް ހާލަތަކީ އެއީ. ހުރިހާ ސަރުކާރަކުންވެސް މާލެއަށް މީހުން ޖަމާކުރުމުގެ ސިޔާސަތުގެ ނަތީޖާ. އަވަސް ފިޔަވަޅުތަކެއް ބޭނުން
ހަޑް
02 May 2020
ޤާނޫން ތަންފީޒް ވާންޖެހޭ. ދިވެސެއް ބިދޭސީ އަކަށްވެސް ރާއްޖޭގައި ހެދިފަހުރި ޤާނޫން ތަކާއެއްގޮތައް އުޅެވެން ޖެހޭނީ. ބަޔަކުމިހެންހެދީ އޭބުނުމަކުންނުނިމޭ. ޤާނޫނާއި ހިލާފަށް އުލެވިންގެންނުވާނެ. އެންމެ ޤާނޫނެއްވެސް ތަންފީޒް ނުވެގޮސް ގެންނުވާނެ. ވަރަށް ދެރަ ކަމެއް. މިކަންކުރިމީހުންނަށްވެސް އަދަބު ދެވެންޖޭހޭނެ. އެކަމަކު އެހެނެކޭ ކިޔާފަ ޤާނޫނާއި ހިލާފައް އުޅޭބަޔަކު ބޭތިއްބިގެންވެސް ނުވާނެ.