ޚަބަރު / ނ. މަނަދޫ

މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

އައިޖީއެމްއެޗްގެ ލެބޯޓަރީގައި ކޮވިޑް-19 ގެ ޓެސްޓްތައް ހަދަނީ. -- ފޮޓޯ: މިހާރު

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެ ވަނަ ޓެސްޓު ނެގެޓިވް ވުމުން ކުރި ތިން ވަނަ ޓެސްޓުން އޭނާ އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ ކަމަށް މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މީގެ ކުރިން ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވަނީ މަނަދޫން ޕޮޒިޓިވްވި މީހާ ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ އަނެއްކާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން މާލެ ގެނައި މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ފުރަތަމަ އެނގުނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.

މަބްރޫކް "މިހާރު" އަށް ވިދާޅުވީ އެ މީހާ އައިޖީއެމްއެޗަށް ދެއްކި އިރު ޓެސްޓު ހެދީ ކޮވިޑް-19ގެ އަލާމާތެއް ހުރެގެން ނޫން ކަމަށާއި އިމަޖެންސީ އަށް ގެންދާ އެންމެން ޓެސްޓު ހަދާ ގޮތަށް މިހާރު ނިންމާފައި އޮތުމުން ޓެސްޓް ހެދީ ކަމަށެވެ.

އެ މީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުންނެވެ. އެހެންވެ، ނަތީޖާ ޕޮޒިޓިވް ވުމުން އޭނާ ގެންދިޔައީ އެޗްއައިއެޗްގެ އައިސޮލޭޝަން ފެސިލިޓީއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަނުގައި ބަހައްޓާފައި ވަނިކޮށް އަނެއްކާ ވެސް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އެކަމަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށް ވާތީ އޭނާ ފަހުން ބަދަލުކުރީ މަބްރޫކް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށެވެ.

އެ މީހާގެ ދެ ވަނަ ޓެސްޓު ހެދީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ޓެސްޓު ހެދުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށާއި އެކަމަކު ދެ ޓެސްޓެއް ދެ ގޮތަކަށް ދެއްކުމުން ނަތީޖާ ޔަގީން ކުރުމަށް ތިން ވަނަ ޓެސްޓެއް ހެދީ ކަމަށް ވިދާޅުވި އެވެ. އަނެއްކާ ޕޮޒިޓިވް ކަމަށް ދެއްކީ ތިން ވަނަ ޓެސްޓެވެ.

އެހެންވެ މަނަދޫ މީހާ މިހާރު ބަލާފައިވަނީ ޕޮޒިޓިވް ކޭސްއެއްގެ ގޮތުގަ އެވެ. މި ކޭސްއާ ގުޅިގެން މަނަދޫން މިހާތަނަށް ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފަ އެވެ. އަދި އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން 573 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.

9 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 73%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރަކަ

07 May 2020

ނ މަނަދޫގަ ހާދަ ވިހަމީހުން އުޅޭރަށެކޭ ދޯ

The name is already taken The name is available. Register?

ާއުނިމާ

06 May 2020

ތިޔަ ހަދާ ޓެސްޓުތަކުގެ އެއްވެސް އިތުބާރެއް ނެތް މިހާރު

The name is already taken The name is available. Register?

ރެޕިޑް ޓެސްޓް ކިޓް

06 May 2020

ޗައިނާގެ ރެޕިޑް ޓެސްޓް ކިޓްތަކުގެ ނަތީޖާ ބޮޑުތަނުން ގޯސްކަމުން އިންޑިއާގެ 6 ސްޓޭޓެއްގައި އެ ކިޓްތައް ބޭނުންކުރުން މި ދިޔަ ހަފްތާގައި ވަނީ ހުއްޓާލާފައި.

The name is already taken The name is available. Register?

މޯޑޭ

06 May 2020

ރާއްޖޭގަ ސިއްހީ ނިޒާމް ކުރިއަރާފައި ނުވަނީ ސަރުކާރުތަކުން އަޅައި ނުލައި ދޫކޮށްލައިފަ އޮތީމަ އުސް އިމާރާތް ތަކެއް އަޅާފައި ހުރީ. އެތަށް ތާކު ވަސީލަތް ތަކެއް ނެތް. މުޅިރާއްޖޭން ސާންފަލް ނަގާފަ ވެސް މާލޭގަ ހުރި މެސިނަކަށް ޓެސްޓް ހަދަށް މި ގެންނަށް ޖެހެނި. އެކަމް ސިޓީ ދަރަޖަ ދީފަ ހޮސްފިޓަލު އަޅާފަ ހުރޭ މިވަރު ޓެސްޓެއް ހަދާ ފެންވަރު ނުހުރޭ އެ ހޮސްފިޓަލު ތަކުގަ.

The name is already taken The name is available. Register?

އަލިފުޅު 548787

06 May 2020

ވަރަށް ދެރަ. އަވަސް ޝިފާ އަކަށް އެދެން. އަދި އުންމީދަކީ ޓެސްޓް ކިޓް ތައް ރިލަޔަބަލް ވުން. ބައެއް ގައުމު ތަކުން ޓެސްޓް ކިޓުގެ ޝަކުވާ ކޮއްފައިވާތީ މިކަމާ ކަންބޮޑުވޭ. ނަމަވެސް މިކަން ބަލާނެ ކަމުގެ އިތުބާރު ރާއްޖޭގެ ތަޖުރިބާ ކާރު ޑޮކްޑަތުން ނަށް އަޅުގަނދު ކުރަން.

The name is already taken The name is available. Register?

ހިދާ

06 May 2020

ތިހާ ގިނައިން ތިކަން ކޮށްގެން ނަމަވެސް ކަށަވަރު ކުރަން ތި ކުރާ މަސައްކަތަށް ސާބަސް. ތި މަސައްކަތުގައި ﷲ ބަރަކާތް ލައްވައި ބައްޔަށް ޕޮޒިޓިވްވި އެންމެންނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

ޖަންބެ

06 May 2020

4 ވަނަފަހަރަށް ޓެސްޓްކޮށްފިނަމަ ނެގެޓިވް ވެދާނެ. ތިޔަ ޓެސްޓް ތަކަކީ ? ޕަސެންޓް އެކިއުރޭޓް އެއްޗެއްނޫން. މިހެންވެ ޤައުމުތަކުގައި ތީތި ކޮންޓްރޯލް ނުކުރެވިގެން އެދަނީ. ކިތައް ނެގެޓިވް ޕޮސިޓްވެ އެމީހުންގެ ކިބައިން ފެތުރިފައި ހުންނާނެބާ؟؟؟؟

The name is already taken The name is available. Register?

ސާއިރާ

06 May 2020

މަނަދޫ ހޮސްޕިޓަލް ހުރީ ވަރަށް ދަށް ހާލަތެއްގައި. 3000 މީހުން އުޅޭ ރަށެއްގައި ޓެސްޓް ކުރެވޭނެ ގޮތެއް ނެތް

The name is already taken The name is available. Register?

އަހަރެން87

06 May 2020

58 އަހަރުގެ ޕޭސަންޓެނޫން އެއީ، 80 އަހަރު އިގޭތޯ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454