ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯހުގެ ބައެއް އިސްވެރިން އިއްޔެ މަޝްވަރާގައި: އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޔޫއެންޑީޕީން ބުނޭ.
14 މެއި 2020 - 15:02
ކޮވިޑް-19ގެ ސަބަބުން އެކި ދާއިރާތަކުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން، ޔޫއެންޑީޕީގެ މައުލޫމާތުތަކުން ދައްކައިފި އެވެ. އޭގެ އެންމެ އެއް ސަބަބަކީ ޓޫރިޒަމްގެ މައްޗަށް އިގުތިސާދު ބިނާވެފައި އޮތްލެއް ބޮޑުވުމެވެ.
ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީން ތައްޔާރުކުރި ޑޭޝްބޯޑާ ހަވާލާދީ ނެރުނު ބަޔާނުގައި ބުނީ މި ބަލިމަޑުކަމުގެ ސަބަބުން ގެއްލުން އެންމެ ބޮޑުވެދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ އިގުތިސާދުގެ ނިސްބަތުން ޓޫރިޒަމް 57 ޕަސެންޓް ހިއްސާކުރުމާއި އިޖުތިމާއީ ރައްކާތެރިކަން ނެތި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް 85 ޕަސެންޓްގައި ހުރުމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ވެސް ހިމެނެ އެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމާއި އޭގެ ބަލިމީހުން ރާއްޖެ އިން ފެންނަން ފެށުމުން ޓޫރިޒަމް ދާއިރާ މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ރިސޯޓްތައް ބަންދުކޮށް، އެތައް ހާސް ބަޔަކު ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ވެސް ފޮނުވައިފަ އެވެ. އެހެންކަމުން ޔޫއެންޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި އެވާ، ކޮވިޑް-19 ގެ އެންމެ ބޮޑު ގެއްލުން މިހާރު ވެސް ރާއްޖެ އަށް ވަނީ ކުރިމަތިވެފަ އެވެ.
އެކަމަކު އެހެން ގިނަ ގައުމުތަކަށް ބަލާއިރު، މިކަހަލަ ބަލިމަޑުކަމަކަށް ނިޒާމީ ގޮތެއްގައި ރާއްޖެ އިން ބައެއް ދާއިރާތަކުން މަތީ ފެންވަރަކަށް ތައްޔާރުވެފައިވާކަން ޔޫއެންޑީޕީން ފާހަގަކުރެ އެވެ. އެގޮތުން ބަޖެޓްގެ ނިސްބަތުން ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއްކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެ އިން އަންނަނީ ބަޖެޓްގެ 10 ޕަސެންޓް، ސިއްހީ ދާއިރާއަށް ހޭދަކުރަމުންނެވެ. ދެން މޮބައިލް ފޯނު ގެންގުޅޭ ނިސްބަތް ވެސް ހިމެނެނީ އެހެން ގިނަ ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީގަ އެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު 166 ޕަސެންޓް މޮބައިލް ފޯން ކަނެކްޝަން ހިމެނެ އެވެ.
އެކަމަކު ތިބި ޑޮކްޓަރުންނަށް ބަލާ ނަމަ ރާއްޖެ ހިމެނެނީ އެ ދާއިރާ އިން މެދު މިންވަރަކަށް ތައްޔާރުވެފައިވާ ގައުމުތަކުގެ ތެރޭގަ އެވެ. ރާއްޖޭގައި ކޮންމެ 10،000 މީހަކަށް ތިބީ ގާތްގަނޑަކަށް 10 ޑޮކްޓަރުންނެވެ.
ޓޫރިޒަމްގެ ދާއިރާ ބޮޑު އަޑިގަނޑެއްގައި އޮތް އިރު އަންނަ އޮގަސްޓު މަހުގެ ތެރޭގައި "ނިއު ނޯމަލް" ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، ކޮވިޑް-19އާ އެކު އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސށލިހުއަލީ
15 May 2020
ދުނިޔޭގެއެއްވެސް ގައުމެއްނެތް މިނޫނީ އެތެރެވުމަށްފަހު އެމީހަކުބޭނުންކަމެއް ކުރެވޭ ދިވެހިރާއްޖެފިޔަވާ ެެ!!!!!!
ސާލިހުއަލީ
15 May 2020
ބަލަ ކޮބާކަންނެލި ދޯނިތަކުގައުޅޭ ބަންގާޅީން އެމީހުންނަށް ކިހިނެއްހަދަނީ ބައެއްދޯނިފަހަރުގަ އެބައުޅޭކެއޮޅުންނަށްވެސް ބަންގާޅީން މިފެންވަރުގަ ގައުމުމިއޮތީ ދެންވިސްނާ ކަނތަށްވާނެގޮއި????
ކަނބިލި
15 May 2020
ކަމަށް ގާބިލު މީހަކު 100 ރުފިޔާއަށް ކުރާ ކަމެއް ނާގާބިލު މީހަކު ހަމަ އެކަން ކުރަން 1 ލައްކަ ރުފިޔާ ހޭދަކޮށްފާނެ. ރާއްޖޭގެ މިއަދުގެ ހަގީގަތަކީ މިއީ
ޢިބްރާހީމް12
14 May 2020
ރާއްޖޭގެ ރައްޔިތުންނަށް ފެންނަނީ ސިއްހީ ކަންކަމަށްވުރެ ބޮޑަށް ކަރަންޓީނު ފެސިލިޓީއޭ ކިޔައިގެން ރިސޯޓު އޯނަރުންގެ ޖީބު ފުރާ މަންޒަރު. ޢިއްތިފާގުން ހެލްތު އަދި ޓޫރިޒަމް މިނިސްޓަރ އައީ ރިސޯޓު ޕާޓީ އަކުން
ދެވަނަ އަދީބު
15 May 2020
ރިސޯޓުތަށް ކަރަންޓީނަށް ނެގުމާ ހަވާލުވެގެން ހުރީ އަލީ ވަހީދު، ހެލްތު މިނިސްޓަރެއް ނޫން. ބޯޑަރު ބަންދުކުރުމަށް ލަފާ ދިނުމާ ހަވާލުވެގެން ހުރީވެސް އަލީ ވަހީދު. އެހެންވީމަ މިއިން އެއްވެސް ކަމެއް ނުވެ ހުރިހާ ކަމަކުން ހެލްތަށް ގެއްލުންވީ. އަލީ ވަހީދު ތައްޔާރުކުރި 2 ހެލްތު ފެސިލިޓީވެސް ބޭކާރުވީ. އެކަމަށް ހަރަދުވި ލާރިއަށް ވީ ގޮތެއް އެނގޭނީ ހަމަ ހެއްދެވި ފަރާތަށް. މިހާރުވެސް ގިނައިން ކަރަންޓީނަށް ނަގާ ރިސޯޓުތަކަކީ އަލީ ވަހީދުގެ މަސްލަހަތު ހިމެނޭ ތަންތަން.
ގްރީން
14 May 2020
އެވެސް ބަންގާޅީ ބޭފުޅުންނަށް. ކޮބައިތަ މަހްލޫފް
ޖަނަކަ
14 May 2020
އެންމެ ގިނައިން ހަރަދު ކޮށް އެންމެ ނަތީޖާ ނުނެރެވޭ ބޭކާރު ހަރަދު ކުރި ގައުމޭ ބުނިލިނަމަ ވަރައް ރަނގަޅުވީސް
ސަލްފަދޯރީ
14 May 2020
ބައެއްގެ ޖީބު ހިނދުކޮޅެއްގެ ތެރޭ ފުރާލުން ނޫންކަމެއް ނުކުރެވޭ...
ދަތްނެތްކުއްޖާ
14 May 2020
ޝައުތު އީސްޓް އޭޝިއާގައި އެންމެ ކޮރަޕްޓް ވެރިން ތިބި ޤައމަކީވެސް ރާއްޖެ ކަމަށް ބުނެލިނަމަ ވަރަށް ފުރިހަމަވީސް.
ފުރަންދުގަ
14 May 2020
ޢަނެއްކާ ހަދާ ތަންތަން އެންމެ ދޯހޮޅިކޮން ހަދަނީވރސް ރާއްޖޭގައި އެގޮތުންވެސް ރާއްޖެ ފަޚުރުވެރިވާން ޖެހޭ
މަބްރޫކް
14 May 2020
ބައްޔަށް ތައްޔާރުވާން އެންމެ ބޮޑު ހަރަދުކޮށް ދުނިޔޭގެ ނިސްބަތުން އެންމެ ގިނަމީހުން ޕޮޒިޓީވެ ދުވާލަކު އެންމެ 400 ޓެސްޓުހެދި މާލެ ފިޔާވާ ރާއްޖޭގެ އެއްވެސްތަނެއްގައި އަދި މިހާތަނަށް ޓެސްޓެެއް ހެދެންނެތި މިކުޑަކުޑަ މާލޭގައި އެންބިއުލާސް ނުލިބިގެން ގޭގައިއޮވެ ބަލިމީހާ މަރުވާ ގައުމަކީ މިގައުމު ދެން ރައްޔަތުން ވިސްނާ ހަރަދުކުރި ފައިސާ ވެއްދިތަނެއް މިކަން ހިންގާމީހުންގެ ހުރިގާބިލްކަން