17 މެއި 2020 - 00:55
ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ 199 މީހުން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނާއި ސެކިއުރިޓީ މުވައްޒަފުންނާއި އެކިއެކި ޒަރޫރީ ބޭނުންތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 40 އަށް ވުރެން ގިނަ ސިފައިން ހިމެނޭ ކަމަށް އެމްއެންޑީއެފުން ކުރިން ވެސް ބުނެފައި ވެ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނިފައިވާ އިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،078 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 59 މީހުން ވަނީ މިހާތަނަށް ރަނގަޅުވެފަ އެވެ.
މި ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް 1390 މީހުން ކަރަންޓީންކޮށްފައިރު، 972 މީހުން ވަނީ އައިސޮލޭޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަސްގަތީމު
17 May 2020
ތައްޔާރުވީ ވަރު މިއޮތީ ފެންނަން
ވިސްނަވާ
17 May 2020
ސިޓީކައުންސިލުން ބިދޭސީން އުޅޭތަންތަން ބަލަން ހެޒްމެޓް ސޫޓް އަޅާގެން ދިޔާމަވެސް ގިނަމީހުން އެއަށްޖެހީ ޖޯކު. ރައްކާތެރިވެގެން އުޅޭން އަދިވެސް ނޭނގެނީ. އެސްއޯޕީއެއް ލިޔެފައި އޮތަސް ކަމަކު ނުދާނެ. ތަންކޮޅެއް ބޮޑަށް ރައްކާތެރިވެލައްވާ.
ބިދޭސިން1
17 May 2020
އަސްލު ދިވެހިން ތެރޭން ޕޮސިޓިވް ވީ ގިނަމީހުން މީ ފުރަންޓްލައިންގަ ވޯކްކުރާމީހުން. 300 ހާ ދިވެހިން ތެެެރެއިން 200 ވަރަކަށް އެއީ ފުރަންޓްލައިން. މީގެ މާނައަކީ ކޮވިޑް ޖެހުނު ގިނަމީހުންނަކީ ބަންގުލަދޭސްމީހުންނޭ، ބަލި ޖެހުނު ގިނަ ދުވެހިންނަށް ޖެހުނީ މިމީހުންގެ ކަންތަކާ ފުރަންޓްލައިންގަ އުޅެގެންނޭ.
ހެޔޮ ހިތުން
17 May 2020
ވަރަށް ހިތާމަ ކުރަން.. ރައްޔިތުން ގޭގައި ބައިތިއްްބާފައި ނުކުމެ ފްރޮންޓް ލައިނުގައި މަސައްކަތް ކުރައްވާ ތިޔަ ޢުރުބާނީ އަށް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. ﷲ ތި ބޭފުޅުން ނަށް އަވަސް ޝިފާއެއް ލެއްވުން އެދި ދުޢާ ކުރަމެވެ.
ނަތޫ
17 May 2020
ހުރިހާ އެންމެންނަށްވެސް ޝިފާ މިންވަރު ކުރެއްވުން އެދި ﷲއަށް ދުއާ ދަންނަވަން. އަދި މި ބޭފުޅުންގެ ގުރުބާނީ ބަލައިގެން ހުރިހާ ބޭފުޅުންވެސް ރަނގަޅަށް ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބޭނެކަމަށް އުއްމީދުކުރަން.