މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 މެއި 2020 - 21:14
ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ މި މަހު 28 ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން ކުރައްވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން ތިންވަނަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވައިލުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެގޮތުން މިސްކިތްތައް ހުޅުވާލައި ހޮޓާތަކާއި ކެފޭތައް ހުޅުވާލުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،" ރައީސް
"މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލްތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން އުވައިލާއިރު، ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރު ކުރެވޭނެ އެވެ. ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރިފައި ނުވާ ރަށްތައް އާންމު ހާލަތަކަށް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ރަށްރަށުގައި އާންމު އުސޫލުން ނަމާދު ކުރުމުގެ އިންތިޒާމާއި ވިޔަފާރި ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެ ރަށްރަށުގައި ސްކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މާލެ އިން ކޮވިޑް-19 ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް ފެނުމާ އެކު، މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރަށްރަށަށް އަރައި ފޭބުން ވެސް ވަނީ ހުއްޓާލައިފަ އެވެ.
ރައީސް ވިދާޅުވީ އެ ލުއިތަކާއެކު، ކޮވިޑް-19 ގެ ކަންކަން ގޯސްވަމުން ނުދާ ނަމަ އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އެއާއެކު ރިސޯތްތައް ވެސް ހުޅުވައިލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރެއްވާނެ ގޮތުގެ ގައިޑްލައިންތައް ހަދަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ލޮކްޑައުން ނިމުމަކަށް ގެނެސް ދެވޭ ލުއިތަކުގެ ސަބަބުން ކޮވިޑް-19 ގެ ހާލަތު ގޯސްވާ ނަމަ ލޮކްޑައުންގެ ހާލަތަށް އެނބުރި ދާން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
"ފުރަ ބަންދަށް ދެވޭ ލުއިތަކަކީ ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ ކޮވިޑް-19 ރާއްޖޭން ފިލައިގެން ދިއުމެއް ނޫން. އަދި މިލުއިތައް ދެނީ މި ބަލީގެ ނުރައްކަލުން މުޅިން ސަލާމަތްވެގެން ކަމުގައި އަދި ގަބޫލް ކުރައްވައިގެންވެސް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެން ނޫންނަމަ އަޅުގަނޑުމެން ވެސް މިއަދު ތަޖުރިބާ ކުރަމުން ދާނީ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރެއްވި އެންމެ ނުރައްކާތެރި ހާލަތު،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިގްތި ސޯލިހު
21 May 2020
މީހުން ވަޅުލާނެ ތަނެއް ހޯދުން ވަރައްމުހިންމު...
ޟަދީ78
21 May 2020
ކީއްކުރަން 28 އަށް މަޑުކުރަނީ ހުޅުވާލަންޏާ. މިއަދު ހުޅުވާލާ މިކަމުގެ އުފާ ފާޅުކުރަން ފެނޭ. އެންމެން މަގުމައްޗައް ނިކުންނަންވީ. އޮފީސްތަކަށްވެސް. ގައިގޯޅި ވެވުނު ވަރަކަށް ވާންވީ. މިކަމުން ހާސިލްކުރަން ބޭނުންވި ކަންތައްތައް ތަންކޮޅެއް އަވަހަށް ކޮށްދީ މުޅި ޤައުމު ނުރައްކަލަކަށް ވައްޓާލަންވީ. އިކޮނޮމީ ކަމް ބިފޯ ޕީޕަލް. ޙާލަތު ގޯސްވެއްޖެއްޔާ އިތުރަށް ލޮކްޑައުން ކުރާނެ ކަމެއް ނެތް. ގޯ ވިތްދަ ފްލޯ. ނަން އޮފް ދަ ލައިވް މެޓަރސް.
އަލީގ
21 May 2020
ހިޔާލު ވަރައް ކަފިވެފަ އޮތްހެން ހީވަނީ. އައިސޮލޭޝަންގަ ތިބެން ބޭނުންވާ އާއިލާތަކައް އެފުރުސަތު ދިނުން ކިހިނެތް ވާނެބާ. މިހާރުގެ ހާލަތުގަ ކަންތައްތައް ކުރާގޮތައް މިހާރު ލިބޭ މުސާރައެއްވެސް ލިބޭގޮތައް.
އަލީގ
21 May 2020
މިވައިރަސް މިގައުމުން އެކީ ނައްތާ ނުލެވޭނެ އެކަންވިޔަސް އަނެއްކާވެސް ވައިރަސް އައުން އެއްކޮއް ހުއްޓުވުމަކީ ވަރައް ނާދިރުކަމެއް. އޮތްގޮތަކީ އެންމެ ކުރުވެގެންވެސް މިއަހަރު ނިމެންދެން މިވައިރަސް އާ އެކު އުޅެވޭނެ ގޮތަކައް ދިރިއުޅުން ބައްޓަން ކުރުން.
އަބްދުއްالله
21 May 2020
ނަމާދުކުރުން އަދި ކުޑަކޮށް ފަސްކޮށްލަން ފެނޭ.
ޙުސާމް
21 May 2020
ސެލިއުޓު ޔޫ ޕުރެޒިޑެންޓު
ބޮޑުމީހާ
21 May 2020
ތި ވަރަށް ގޯސް ނިންމުމެއް. މާލެ ލޮކްޑައުން ދޫކޮށްފިއްޔާ ކޮންޓްރޯލެއް ނުވާނެ. އިގްތިސާދަށްވެސް ފަރުދުންނަށްވެސް ގެއްލުން އެބަވޭ. އެކަމަކު މިއަދު ހުޅުވާފަ އެތައް ހާސް ބަލި މީހުންނާއިއެކު މާދަމާ ބަންދުކުރީމަ އެއްތާކު އެޖެހެނީ.
ފަރީދާ
21 May 2020
އެހީ ދިންކަމައް ބުނީ ޑުރަގު އެޑިކުން ޓުންނާ،ސޯސަލް ސާވިސް ބޭނުން ވާމީހުން އެކަނި.ދެން މިބަލަ ހައްްޓަމުންދާ ބަންގާޅި ބޭފުޅުންނަށް ދިނީ ސޮދަގާތްތަ.ކޮބާ އެއްފަހަރުވެސް މިއިލީގަލް ލޭބަ ފޯސްގެ ވާހަކައެއް ނުބުނެވުނު.ވަރަކަށް އެއްޗިސް ތަކެއްް ދީފިތާ ބަންގާޅި ސަަރުކާރުން.
ރަށްއިތުމީހާ
21 May 2020
ރިޒޯޓު ކުލި ދައްކަން ފައިސާވެރިންގެ އަތުގައި ފައިސާ ނެތް. ޒަރޫރީ ކަންކަމަށް ދައުލަތަކު ފައިސާ އެއް ނެތް. އެއްވެސް ބައެއްގެ އަތުގަ ފައިސާ އެއް ނެތް. އެކަމަކު ކުއްޔަށް އުޅޭ މީހާ އަތުގަ ކުލި ދޭނެ ފައިސާ ހުންނާނެ ކަމަށް ދެކެނީ ކީއްވެ؟ އެތައް ހާސް ބައެއް މިވަނީ ވަޒީފާ ގެއްލިފައި.
ރާޖާ
21 May 2020
މަނިކުފާނު ފުރަތަ މަ މާލެތެރޭގައި ބަލި ޖެހިފައިވާ މީހުން ނޫޅޭނެކަ މާއި ބަލި ފެތުރެ މުން ނުދާކަން ޔަގީންކޮށްދީބަލަ މާލެ އާއި ރާއްޖެ ލޮކްޑައުން ނި މުމ މަކަށްގެނެސް ހުޅުވާލު މުގެ ކުރިން. ރާއްޖެއަށް ބަލި ފެތުރިގެން ދިޔައީވެސް ބޯޑަރު ބަންދު ނުކޮށް ލަސްކުރު މުގެ ސަބަބުން. އޭރުވެސް ސަރުކާރުން ބުނަ މުން ދިޔައީ ތިބީ ފުރިހަ މަޔަށް ތައްޔާރުވެގެން ކަ މަށް. އާހިރުގައި އެހެނެއްނޫން ވީކީ.
ގުދޯގުދޯ
21 May 2020
ތިޔަބުނާ ފެންވަރު ހުރި އެއްވެސް ގައުމެއް ނެތް... ޖެހޭނީ އެކި ޕޭސް ތަކަކުން މިބައްޔަށް ހޭނެން ދަސްކުރަން، މިއީ ވަރަށް ބޮޑު ބަދަލަކަށް ވާނެ މުޅި ދުނިޔެއަށްވެސް. 1 ސްޓެޕް އެޓް އަ ޓައިމް.
ޑޮކްޓަރ ނާން
21 May 2020
ތިކަން ދުނިޔޭގެ އެއްވެސް ގައުމަކަށް ނުވާނެ