މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.
28 މެއި 2020 - 00:22
ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު މިހާރު ދަށް ކުރެވިފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް އާންމުން ބޯލަނބައި ފުރިހަމަ އެއްބާރުލުން ދިނުމުން ކަމަށް، މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 15 ގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޭ ލުއިތައް އިއުލާން ކުރުމަށް ބޭއްވި މީޑިއާ ބްރީފިންގައި، ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެ ބަލި ފެތުރިފައިވާ އިންފެކްޝަން ރޭޓުތައް ޑރ. ޝީނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން، ބަލި ފެތުރިދާނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ބަލި ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް ދަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެޑްމިޓްކުރި މީހުންގެ އަދަދު ވެސް މިހާރު ދަށެވެ.
ބަލި ފެންނަ މިންވަރު މަދުވެ، މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގެ ލޮކްޑައުން އަށް އަދިވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ލުއިތަކެއް ދޭން ނިންމާފައިވާއިރު، ޑރ. ޝީނާ ވިދާޅުވީ ބަލި އެންމެ ބޮޑަށް ފެތުރިދާނެ ކަމަށް ލަފާކުރީ ގިނަ ބަޔަކު އުޅޭ ތަންތަނުގައި ކަމަށެވެ. ވަކިން ހާއްސަކޮށް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ވާހަކަ ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވި ގޮތުގައި، އެ ތަންތަން މޮނިޓާކޮށް، ހެދި އެންޓި ބޮޑީ ޓެސްޓުތަކުން، ގިނަ މީހުންގެ ގައިން އެންޓި ބޮޑީސް ފެނިފައިވެ އެވެ. އެހެންވެ، އެ މީހުންގެ ގައިން ކޮވިޑް-19 އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ޝީނާ ވިދާޅުވި އެވެ. މިހާރު މި ބަލީގެ ކޭސް ރިޕޯޓުތަކުން ދައްކާ ގޮތުން ގިނައިން ފެންނަނީ ގޭބީސީތަކުން ކަމަށް ވިދާޅުވި އެވެ.
ޝީނާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށްވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތައި، ބޯލެނބުން ކަމަށެވެ.
"މީގެ އެންމެ މުހިންމު ކަމަކީ އާންމުން ވަރަށް ބޮޑަށް އެޗްޕީއޭއިން ދިން އިރުޝާދުތަކަށް ކަމޭ ހިތައިފި. އެގޮތަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކޮށްފި. އެއީ ކަންނޭނގޭ އެ ވަރަށް އިންފެކްޝަން ރޭޓު ދަށް ކުރެވުމުގެ ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އެޑްމިޓްކުރި މީހުންގެ އަދަދު ވެސް މިހާރު ދަށެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތަކެއް ދިނުމާ އެކު، އަތުވެދާނެ ހާލަތަކަށް ބަލައި މިހާރު ވެސް ކަމާގުޅޭ ފަރާތްތައް ތިބީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
ޝީނާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށްވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އެޗްޕީއޭގެ އިރުޝާދުތަކަށް އާންމުން ކަމޭހިތައި، ބޯލެނބުން ކަމަށެވެ.
ބަލި ފެތުރިފައިވާ މިންވަރު ދަށްވުމާ އެކު، އާންމުންގެ ތެރޭގައި އެންޓި ބޮޑީ ހުރި މިންވަރުގެ އިތުރުން ސިއްހީ ނިޒާމު މިހާރު ވަރުގަދަވެ، ބަލި މީހުންނަށް ފަރުވާދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ލޮކްޑައުން އަށް ލުއިދޭ ސަބަބުތަކެއްގެ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ޝީނާ ވިދާޅުވި އެވެ.
މާލެއިން ކޮވީޑް-19 ފެނި އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފުލް ލޮކްޑައުންއެއްގައި އޮންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާރު ރާއްޖެއިން ފެނިފައި ވަނީ މިބަލީގެ ޖުމްލަ 1،457 މީހުންނެވެ. އޭގެ ތެރެއިން 242 މީހުން ރަނގަޅުވެފައިވާއިރު މަރުވެފައި ވަނީ ފަސް މީހުންނެވެ.
ދުނިޔޭގެ އެންމެ ބައިބޯ ސިޓީ، މާލެއިން މި ބަލި ފެނުނު އިރު ދުވާލަަކު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން ދިޔަ ނަމަ ވެސް މިހާރު އެ އަދަދު މަދުވެ ދުވާލަކު 50 ކޭސް ވެސް ހަމަ ނުވެ އެވެ. ބަލި ޖެހިފައިވާ މީހުންނަށް ބަލާއިރު އެ މީހުންގެ ކޮންޓެކްޓްސްވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑްއަލީ
28 May 2020
މިމީހުން ދައްކާ ވާހަކަ އެއް އަމަލެއް ދިމާނުވޭ... ބިރުވެރި ފިލްމެއް އަޅުވައިގެން އުޅެނީ ހެން ހީވަނީ
މިވަރެއްނެތް
28 May 2020
ކަނބުލޯމެން އެކައްޗެއް ކިޔާނީ ކޮންދުވަހަކުތަ؟ ޓީވީއަށް އެރުމުގެ ކުރިން ކުޑަކޮށް ޚިޔާލު ބަދަލުކޮށްލާނަމަ. ތަކުރާރުކޮށް ބުނަމުންދިޔައީ މިހާލަތަށް ދިޔައީ ބަސްނޭހުމުންނޭ! މިހާރު ތިބުނަނީ ރައްޔިތުން ބަސްއަހާއިފިއޭ! ތިކަހަލަ ގޮތަށް ވާހަކަ ހުންނާތީ އިތުބާރުގެއްލެނީ
ޢަލީ ކަރީމް
28 May 2020
ޢަހަންނަށް ރާއްޖެއިން ފެންނަނީ ހުސް ޑޮނަލްޑް ޓްރަމްޕް
ޤައުމުގެ ޙާލަތު
28 May 2020
މަށަށް ފެނުނީ ޑޮކްޓަރުން ދެއްކި ވާހަކަ އެމީހުނަށް އަމިއްލައަށް ވެސް ޤަބޫލުނުކުރެވޭ ހާލަތެއްގައި ތިބެގެން ވާހަކަދެއްކި މަންޒަރު. އެހެން ބަޔަކު ޖަހާބެރަކަށް ނަށަން ޖެހިފަ ތިބިތަން.
މައުސޫމާ
28 May 2020
އުއްމީދަކީ ކުރިއަށް އޮތް މަރުހަލާގައިވެސް ރައްޔިތުން މި ރިވެތި ނަމޫނާ ދެއްކުން. ދިވެހިންވެ ރިވެތި އުޅުން ނަގާލި ބާނީ ކެނެރީގެ ނަޝީދުގެ ވާހަކަތަކަށް ފާރަވެރިވެ ތިބޭ!
ކަސަބު
28 May 2020
މަދު ބަޔަކު އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވިއަސް ވަރަށް ގިނަމީހުން އެއްބާރުލުންދިންކަން ގަބޫލުކުރެވޭ.
ގެދާނޯމޮސް
28 May 2020
ރައީސުލް ޖުމުހޫރިއްޔާވެސް ބުނަން ހަނދުމަފުޅު ނެތިފަވާ ފަދަ ހައްޤުބަސްފުޅެއް ބުނުއްވުމުން ހުރިހާ ދިވެހި ރައްޔިތުން ވަރަށް އުފާވެއްޖެއެވެ. އަދި ހުރިހާދިވެހި ރައްޔިތުން ގެ ފަރާތުން ޑރ. ޝީނާ އަށް ވަރަށް ހޫނުމަރުހަބާ އެއް ދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގަވެސް ނަމޫނާ ބައެއްކަން ދައްކުވާދޭނަމެވެ. އިންޝާ ﷲ : - ޝުކުރިއްޔާ -
ޝަކުނު
28 May 2020
ރައީސް ވެސް ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި. ޜައްޔިތުންގެ ހިތްވަރަށް ސާބަސްދެއްވި. ޝުކުރިއްޔާ ޝީނާ
ނަސޫ
28 May 2020
ރައްޔިތުންނަށް ސާބަސް. އަދި މި މަސައްކަތުގައި ދެގޮތެއް ނުވެ އުޅުއްވާ ހިންގުންތެރި ހެލްތު މިނިސްޓަރު، ޑީޖީ މައިމޫނާ، ޑޮކްޓަރުން، ނަރުހުން، ލެބޯރަޓްރީ ސްޓާފުން، ޕަބްލިކް ހެލްތު ވޯކަރުން އަދިވެސް އެހެނިގެން ގޮތް ގޮތުން މިކަމުގައި ބައިވެރިވާ އެންމެހައި ސިއްހީ ހިދުމަތްތެރިންނާއި އެހެނިހެން ފަރާތްތަކަށް ފަށް ފަށުން ޝުކުރު. ހަގީގަތުގައިވެސް އަދަދުތަށް ވަރަށް މަދު ކުރެވިއްޖެ.
ކަބުރު
28 May 2020
ޑރ ފާސްއޮތަސް ރޯނުއެދުރުންވެސް އުޅޭކަން އެގިގެންމިދިޔައީ
ރައްޔިތު ސިފާ
28 May 2020
ވަރަށް ބޮޑު ތެދެއް
ފަހުދު
28 May 2020
ކަމެނުހިތީ އެންމެ މީހެއް. އެއީ ކެނެރީގެ ނަޝީދު. ހަމަ ހުވާ މި ބުނީ ނަޝީދު މި ސަކަރާތް ޖަހައިގެން އޭނާގެ ފަރާތުން ކޮވިޑް ކްލަސްޓާއެއް އުފެދިއްޖެ ނަމަ ދުވަހަކުވެސް މާފެއް ނުކުރާނަން. މިހާ ޒިންމާދާރުކަން ކުޑަ މީހުން މަގާމުތަކަށް ގެންނާތީ ހިތާމަ ކުރަން.
ހަސީނާ ހުސައިން
28 May 2020
ފުރަތަމަ ފެނުނު ކްލަސްޓަރ އަށް މިހާރު މާފުކުރީތަ، އަހަރެން ނުކުރާނަން. ދައުވާ ވެސް ކުރަންބޭނުން ޕާޓިއާއި މަސްދަތުރު ބޭއްވި މީހުންނަށް ، އަހަރުމެންނަން މިހާލު ޖެހުނީ އެމީހުންނާ ހެދި ހަމަ