މިރޭގެ ޕްރެސް ކޮންފަރެންސްގައި، ކޮވިޑް-19 ގެ މައުލޫމާތު ހިމެނޭ ގްރާފްތައް ދައްކަނީ
31 މެއި 2020 - 22:25
އިއްޔެ އިރު އޮއްސި 6:00 އިން މިއަދުގެ 6:00 އަށް 101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަމަކު މީގެ ތެރޭގައި ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި ކޮންޓެއިންމަންޓް ސައިޓްތަކުގައި އުޅޭ ބިދޭސީން ކަމަށް އެންއީއޯސީ އިން މިރޭ ބުނެފި އެވެ.
މި އަދަދާ އެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފަ އެވެ.
އަލަށް ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 71 މީހުންނަނީ ބަންގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި އިންޑިއާގެ 21 މީހުންނާއި 8 ދިވެހިން ހިމެނޭ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ކުރަމުން އަންނަނީ 1،313 މީހުންނަށް ކަމަށެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު މިހާރު 453 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހުން ޕޮޒިޓިވް ވެފައިވަނީ ބިދޭސީންގެ ކޮންޓެއިންމަންޓް ސައިޓްތަކުންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 ބިދޭސީންނަކީ އެކި ކްލަސްޓާތަކާ ގުޅިގެން ޕޮޒިޓިވްވި މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަތް ދިވެހިން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ހަ މީހުންނަކީ އެކި ކުލަސްޓާތަކާ ގުޅުން އޮތް މީހުން ކަމަށާއި އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް އިތުރު ދިވެއްސަކު ހިމެނޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ބިދޭސީއަކު ވެސް ހިމެނެ އެވެ.
މިއީ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާ ގުޅިގެން އިތުރުވި އިތުރުވުމެއް ކަމަކަށް ނުބެލެވޭ. 79 ނަގައިފައި ބަލައިފި ނަމަ ދެން މިހިރީ ކްލަސްޓާތަކުގެ ތެރެއިން 19 އަދި އިތުރު ކްލަސްތާއަކުން އެކެއް. އިންޑެޕެންޑެންޓް ދެ ކޭސް ފެނިފައި މިވަނީ. އެހެންވީމާ އެގޮތަށް ބަލާއިރު މިއީ ޓިިޕިކަލްކޮށް އައި އިންސްކްރީޒެއް: ޑރ. އަފްޒަލް
މަބްރޫކް ވިދާޅުވީ މިހާރު ތިން ކްލިނިކަކުން ޓެސްޓްތައް ކުރަމުން އަންނަ ކަމަށާއި އެހެންވެ މައުލޫމާތު އެއްކޮށް ހާމަކުރުމަށް މީގެ ފަހުން ބަލާނީ ކޮންމެ ދުވަހެއްގެ 6:00 އިން އަނެއް ދުވަހުގެ 6:00 އަށް ނަތީޖާ ލިބޭ ކޭސްތައް ކަމަށެވެ.
ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ އިތުރުވުމަކީ ލޮކްޑައުން އަށް ލުއި ދިނުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. މިރޭ ހާމަކުރި މައުލޫމާތަށް ބަލާއިރު އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ގިނައިން ހުރީ މީގެ ކުރިން ފެނުނު، ބިދޭސީން ދިރިއުޅޭ ތަންތަނުން ފެނުނު ކޭސްތަކާއި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުންނެވެ. އާ ކޭސްތަކުގެ ތެރޭގައި ދިވެހިންގެ އަދަދަކީ އަށެކެވެ.
"މިއީ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާ ގުޅިގެން އިތުރުވި އިތުރުވުމެއް ކަމަކަށް ނުބެލެވޭ. 79 ނަގައިފައި ބަލައިފި ނަމަ ދެން މިހިރީ ކްލަސްޓާތަކުގެ ތެރެއިން 19 އަދި އިތުރު ކްލަސްތާއަކުން އެކެއް. އިންޑެޕެންޑެންޓް ދެ ކޭސް ފެނިފައި މިވަނީ. އެހެންވީމާ އެގޮތަށް ބަލާއިރު މިއީ ޓިިޕިކަލްކޮށް އައި އިންސްކްރީޒެއް،" އަފްޒަލް ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ ބޮޑެތި ކްލަސްޓާ ތަކާއި ކުދި ކްލަސްޓާތަކަށްވެސް މާބޮޑު އިތުރުވުމެއް ނާންނަ ކަމަށެވެ.
ފެނިފައިވާ ކޭސްތަކާއި ހެދި ޓެސްޓްތަކުން ޕޮޒިޓިވްވި ކޭސްތަކުގެ ޕަސެންޓް އަޅާކިޔުއްވަމުން ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ޕޮޒިޓިވް ކޭސްތަކުގެ ނިސްބަތް ކުރިން 5-7 ޕަސެންޓް ވަރުގައި ހުރުމަށް ފަހު މި ކޭސްތަކުގައި 14 ޕަސެންޓަށް އެރި ކަމަށެވެ.
މިއީ ކުރިން ލަފާކުރި ގޮތަށް ރާއްޖޭގައި ބަލީގެ ޕީކަށް ދާނެ ކަމަށް ބެލެވުނު ދުވަސް ކަމަށް ވާއިރު އިތުރަށް ފެނުނު ކޭސްތަކާ މިކަމާ ހުރީ ކޮން ގުޅުމެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލީގެ ސާޖެއް އުޅޭ ކަމަށް އެއްވެސް އިންޑިކޭޓާއަކުން ނުދައްކާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ރޯގާ އަދި ނޭވާލާ ނިޒާމުގެ އެހެން ބަލިތައް އިތުވާކަން ފާހަގަނުވުމަށެވެ. އަފްޒަލް ވިދާޅުވީ އާ ކޭސްތަކުގެ ތެރެއިން 79 މީހުންނަކީ އެއްތަނެއްގައި އުޅޭ މީހުން ކަމަށް ވާއިރު މިއީ ސާޖެއްގެ ނިޝާނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސާދަ
01 June 2020
ކޮބާ މިނިސްޓަރު ނަހުލާ. ދޯނިފަހަރުތަކުގައި ގަވާއިދާ ޙިލާފަށް އުޅޭ ބައިގަނޑަށް ފިޔަވަޅުއަޅަން ނުވޭތަ އަޅެ
އަކުވާ
01 June 2020
ގަވައިދާ ހިލާފް މީހުން ފޮނުވާލާށޭ.
ސަނާ
01 June 2020
ޟީ މީ މިސަރުކާރުން ކުރާކަމެއް މިގައުމަށް ލިބޭ ހުރިހާ ފައިސާ ހަރަދުކުރަން މިޖެހެނީ މިގައުމުގަ ވަގަށް އުޅޭ ބަންގާޅީންނަށް
ރަދުން999
01 June 2020
ހާދަހާ އަދަދުތައް މަތިވެގެން ތިއުޅެނީ. އަނެއްކާ WHO އިން އިނާމެއް ކަނޑައެޅީތޯ؟ މިހާރު ތިޔަ ހިސާބުތަކަށް ބަލާއިރު ހުރިހާ ބަންގްލާދޭޝް ބޭފުޅުން ރިސޯޓެއްގައި ބައިތިއްބާފައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލަދީ. އޭރުން އަހަރެމެން ބޭނުންކުރަން ހުރި ކާބޯތަކެތި ފެންކޮޅު ސަލާމަތް ވާނެ. މިހާރު ބަޖެޓް ތިޔަ ހަރަދު ކުރަނީ އެބޭފުޅުން ބަލަހައްޓަން. ތިޔަ ހުރިހާ އަދަދުތަކެއް އޭރުން ޒީރޯ ވެދާނެ. ތިޔައީކީ ޑރ ގެ ލަފާ ބޭނުންވާނެ ކަމެއްނޫން.
ލެއްގި ކޮމިޝަނަރ
01 June 2020
މިހާރު ލަންކާ ވައްޓާލެވިއްޖެދޯ.
ރަދީފްް
01 June 2020
ބަނގުނަޖިސް މީހުން ފޮނުވާނުލާހާހިނދު މިކަން މިރާއްޖެއިން ހުއްޓުވުމަކީ ވަރަށްވެސް ނާދިރިކަމެއް. އެމީހުން ފިހާރަތަކުައި ގެންގުޅުމާއި މަސްކަތްކުރަން ސަރުކާރުން ހުއްދަދިނުމަކީ ފުހުންވެސް ކުރާ ޢައިރުގާނޫނީ ކުށެއް.
ހަކީމް
01 June 2020
މިހެން މިވީ ސަރުކާރު ތަކުގެ ދޯދިޔާ ކަމުން. ޝިފާ މެން އަރާ "ދެން ނުކުރެވޭނެޔޭ" ބުނީމަ ހާމަވެގެން ދަނީ މިމީހުން ފެއިލް ވެފަ އޮތްވަރު.
ސްޓާފުން
01 June 2020
ނަޒްލާ ބުނުއްވި ބަނގްލަދޭސް ބޭފުޅުން ދެއްތޯ ، ތޮއްޖައްސުވައިގެން އަމިއްލަ ފައިދާއައް ގެންގުޅުވި ބޭފުޅޫން
ބޯގަންވިލާ
01 June 2020
އަބަދުވެސް ރައްއިތުން ދައްކަމުން ގެންދިޔަ ވާހަކަ އަކީ ތީ ބީދޭސިން ގެ ވަހަކަ ، ގަވައިދާ ހިލާފައް އުޅޭވަހަކަ ، ތިއޮތީ ވާނަ ހައެއްޗެއް ވެފަ ،ތިކަމުގަ ޒިނަމާނަގަންޖެހޭނެ ފަރަތަކީ އިމްގުރޭސަން
އެއްކަލަ ގޮލާ
01 June 2020
"ތޮއްޖައްސައިގެން އުޅޭ" އެއް ނޫން ދޮންކަލޯ. ތޮއްޖައްސައިގެން ގެންގުޅުވި. ވިޔަފާރިވެރިން ޖެހޭނެ މިކަމަށް ޒިންމާވާން. އަހަރެންގެ ޓެކްސް ލާރި ހަރަދުކޮށްގެން ނުވާނެ.
ހަބީބު.
01 June 2020
`ރާއްޖެޔައް ލިބޭ ގެއްލުމުގެ ބޮޑުބައެއް ހިއްސާކުރަނީ ބިދޭސީން މިކަން ބަދަލުކުރުމައް ސަރުކާރުން މިހާރައްވުރެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ރާއްޖޭގެ ކަނޑުދަތުރު ކުރާ އުޅަނދު ތަކަކީ ބޮޑެތި އާމްދަނީ ލިބޭ އުޅަނދުފަހަރު އެއޮޑިދޯނީގެ ވެރިފަރާތައް ބޯޓުގެ ވެރިފަތާތައް މަހުފައިދާޔައް ލައްކައިން ލިބޭ ވީމާ މިފަދައޮޑިދޯނިފަހަރުގަ ބިދޭސީންގެ ބަދަލުގަ 15.000 ރުފިޔާގެ މުސާރައެއް ގާނޫނުން ފާސްކޮއް ވެޒީފާ ތަނަވަސް ވާންޖެހޭ މަޖިލިސް މުސާރަ އެހާބޮޑީ ކޮންއިންސާފަކުން .