ޚަބަރު / މާލެ ސިޓީ ކައުންސިލް

ބިޒްނަސް ޕާމިޓް ފުލުހުން ދޫކުރަން ފެށުމުން ޝިފާ ސުވާލު އުފައްދަވައިފި

މާލޭގެ މޭޔަރު ޝިފާ މުހައްމަދު. އޭނާ ވިދާޅުވީ ބިޒްނަސް ޕާމިޓް ހޯދަން ފުލުހުންގެ ޕޯޓަލްގައި ރިކްްއެސްޓް ކުރާ ގޮތަށް ބަދަލުވީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަަމަށް.

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

"ޕޮލިސް ސިޓީއަކަށް [މާލެ] ބަދަލުވުން ރަނގަަޅެއް ނޫން،" ފުލުހުންގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން މޭޔަރު ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުން ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފެށީ ސިޓީ ކައުންސިލަށް ވެސް އެނގުމެއް ނެތި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން ލުއިކުރުމުގެ މައުލޫމާތުތައް އާންމު ކުރުމަށް މިދިޔަ މަހުގެ 29 ގައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ބިޒްނަސް ޕާމިޓަށް އެދެވޭނީ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން އަނެއްކާ ވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފަށައިފަ އެވެ. އެގޮތަށް ފުލުހުން ނިންމައި ބައެއް މީހުންނަށް އެ ހުއްދަ ދޫކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ އަށް އެދިފަ އެވެ. އެކަމަކު، ސިޓީ ކައުންސިލްގެ އިތުރުން ފުލުހުން ވެސް ބިޒްނަސް ޕާމިޓް ދޫކުރަން ފެށުމުން އެތައް ބަޔަކަށް އޮޅުން އަރައި، ތިބީ ވާނުވާގަ އެވެ.

"ޕޮލިސް ސިޓީއަކަށް [މާލެ] ބަދަލުވުން ރަނގަަޅެއް ނޫން،"---ޝިފާ

މޭޔަރު ޝިފާ "މިހާރު" އަށް މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން އަދިވެސް އަމަލްކުރަނީ ލޮކްޑައުން ލުއިކުރުމާ ގުޅޭ ގޮތުން ފުރަތަމަ އިއުލާންކުރި އުސޫލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބިޒްނަސް ޕާމިޓަށް އެދެން ޖެހެނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ބިޒްނަސް ޕާމިޓަށް އެދެވެނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލްގަައި މިހާރު އެ ކެޓަަގަރީ ވެސް ވަނީ ހިމަނައިފަ އެވެ. މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަައަށް އެދެން މަސައްކަތް ކުރި މީހުންނަށް ވެސް ލިބުނީ އެ މެސެޖެވެ.

އެ ބަދަަލާ ބެހޭ ގޮތުން، "މިހާރު" ން ސުވާލު ކުރުމުން ޝިފާ ވިދާޅުވީ ޕާމިޓްތައް ދޫކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ހުއްދައަށް އެދޭ ވިޔަފާރިތަކުގެ މައުލޫމާތު އެއްކޮށް ފުލުހުންނަށާއި އިކޮނޮމިކް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެ ބަދަލު އައީ ކީއްވެ ކަމެއް. އަޅުގަނޑުމެން އެއްބަސްވެފައި އޮތީ ސިޓީ ކައުންސިލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދުމުން، އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުން ވެރިފައި ކުރާ ގޮތަަށް،" ކަންބޮޑުވުމާ އެކު މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޯމަ ދުވަހާ ހަމައަށް 2،000 އަށް ވުރެ ގިނަ ބިޒްނަސް ޕާމިޓް ދޫކޮށްފަ އެވެ.

123 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 1%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާއާއާއައރާޅޭ

10 November 2020

މީދަޯ މިވާ ކަނަކީ ދަންވަރު 3 ޖަހަންދެން ހޮންގާ،ރެސްޓޯރަންޓް ތައްވެސް މަދެއްނޫން އެތަން ތަނުގަ ދަންވަރު ޕޮލިސްބަސް ވެސް މަޑުކޮއްލައިގެން އޮވޭ އިތުރައް ގޯހުންގޯހަ އްކަންނޭނގެ މިކަންވެގެންދާނީ...ވިސްނަވާާ

The name is already taken The name is available. Register?

ޙުސައިން5

07 June 2020

ޕޮލިސް މަސައްކަތް ކުރޭ 24 ގަޑި އިރު. ސިޓީ ކައުންސިލް މަސައްކަތް ކުރަނީ 8 ގަޑި އިރު. ސިޓީ ކައުންސިލްއަށް ހުއްދަޔަށް އެދި ލީފަހުން 4 ދުވަސްވީއިރުވެސް ޖަވާބެއް ނުލިބޭ. ޕޮލިސް ޕޯރޓަލްއަށް ހުއްދަޔަށް އެދުނީމާ ބައި ގަޑި އިރުތެރޭ ހުއްދަ ލިބިއްޖެ. ޝިފާމެން އާންމު ރައްޔަތުންނަށް ނޮހޮރުޕާންނުކޮށް ގޭގަ ތިބެބަލަ.

The name is already taken The name is available. Register?

ބިޒްނަސް ޕާމިޓް

05 June 2020

ސިޓީ ކައުންސިލަށް ހުށަހަޅައިގެން 4 ދުވަސް ވީ އިރުވެސް ހަބަރެއް ނުވި. 1.5 މަސް މިވީ ކަމެއްނުކޮށް ގޭގަ ތިބޭތާ، ސިފާ މެން ނަށް ނުވީމަ ޕޮލިސް އެ ހަވާލުވީ، މާދަމާވެސް ކަމެއް ގޯސް ވެއްޖިޔާ ކަންކަން ހައްލުކުރަން ނިކުންނަން ތިބީ ހަމަ އެ ޕޮލިހުން. މި ވަގުތު ސިފާމެން އެންމެ ރަނގަޅުވާނީ މަޑުން ގޭގަ ތިބިއްޔާ ވަރަށް ސަލާމް

The name is already taken The name is available. Register?

Ahmed Zain

05 June 2020

މިސިޓީ ކައުންސިލަކާހެދި މާލޭގަ އުޅޭމީހުނަށް ބޮލުރިހުމަކަށް ވެއްޖެ. ބަލަ ކަލޭމެނަށް ތިކަންވެސް ނުކުރެވިގެނެއްނުން ފުލުހުން އެކަމާ ހަވާލުވެ ބަރާބަރަށް ޕާރމިޓު ދޫކުރަމުން އެދަނީ. މިޝިފާޔަކާހެދި އެތަނުގަ އެތިބަ ކައުންސިލަރުންނަކަށްވެސް އެއްވެސްކަމެއް ނުނިއްމޭ. މީނަގެ ކަމަކީ އެމީހުނަށް ޖެއްސުންކޮށް ރައްޔިތުނަށްވެސް ދުއްޕާންކޮށް ޖެއްސުންކުރުން.

The name is already taken The name is available. Register?

ކަނބިލި

05 June 2020

މީނާއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޮލުގައި ރިއްސު މެއް. ބާރުތައް މުށު ތެރެއަށް ލައިގެން ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫން ކަ މެއް ކުރާކަށް އެނގެނީކީ ނޫން. ފުލުހުން ހުއްދަ ދިނުން ރަނގަޅު ނިން މުމ މެއް. ކަންކުރަން ނޭގޭ ނާގާބިލު މީހުންނާ ކަންކަން ހަވާލުކުރު މުން ރައްޔިތުން ރަތައް އެރުން ނޫން ކަ މެއް ނުވާނެ

The name is already taken The name is available. Register?

ސ މީ

05 June 2020

ތީ ކަ މެއްވާ ބައެއް ނޫން. ޕޮލިހުންނާ ތިތަން ޙަވާލު ކުރިއަސް މާ ބޮޑަށްވެސް ރަނގަޅުވާނެ. ޕްރޮފެޝަނަލް ވާނެ. ޕޮލިސް ޕޯޓަލް އަށް ހުށަހެޅިތަާ 30 މިނިޓް ނުވަނީސް އަހންނަށް ހުއްދަ ލިބުން

The name is already taken The name is available. Register?

އ‫ައިލަވް

05 June 2020

‫މާލޭސިޓީ ކައުންސިލްގާ ތިބޭނީ ނާތަހުޒީބު ކުދިންކޮޅެއް ފޮތާ ގަލަމުން މިހިދުމަތް ކިހިނެއްދޭނީ..ތީ ދައުރު ހަމަވެ މުސްކުޅިފެފައި ވާ ބައެއް

The name is already taken The name is available. Register?

ބޯޅަ

05 June 2020

ސުވާލު އުފެދޭނެތާ ދޯ އެމް.ޑީ.ޕީ މެންބަރު ގަފޫރުގެ ޕެސްޓް އެކްސް އަށް އެތައް މިލިއަނަކުން ބައި އަޅަނީ ނުސީދާ ކޮށް، އެމް.އެން.ޑީއެފް އާ ވޮލެން ޓިއަރުން ބޭނުން ކޮށް ކެމިކަލް ގަތުމުގެ ނަމުގަ އެތަށް ޖަރީމާ އެށް އެބަ ހިންގާ އެބަ. ދެންކޮބާ އެހެން މެންބަރުންގެ ހާލަތު،

The name is already taken The name is available. Register?

ދސފދސފދސފ ސދފ

05 June 2020

ތީ އެއްވެސް ކަމެއް ކުރެވޭ ބަޔެއް ނޫން. ވޯޓު ހޯދަން އައިސް ވަރަށް ތަރި ބާލާފަ ހޮވުނީމަ ބަޙަބަރު. އަނގަމަޑުންލައިގެން 5 އަހަރު މުސާރަ ނަގަނަގާ ތިހެން ތިބޭ!

The name is already taken The name is available. Register?

ހަސަންޓޭ1

05 June 2020

ފުލުހުން ނެތި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ޕާމިޓް ދޫކުރިނަމަ މިހާރު ރައްޔިތުން ތިބޭނީ ބަނޑަށެވެ..މި ޕެންޑަމިކް ގައި ފުލުހުންގެ ޕާމިޓްތައް އަވަސްވެފައި އެކަން ކުރި ގޮތް ރަންގަޅެވެ..ހަނދާން އެބަހުރި ތި ސިޓީ ކައުންސިލް އަށް މާލެ ލޮކްޑައުންވުމުގެ ކުރިން ހުއްދަ ހޯދަން ލީ އެއްޗެހި އަތަށް ގޮވި ގޮތް..އެންމެ ފަހުން 3 ވަނަ އަށް ވީދުވަހު ފުލުހުން މިކަން ކޮށްގެން ކިރިޔާ ނޭވާއެއް ލެވުނީ..ފެއިލްވެފައި އޮތް ތަނެއް ތި ސިޓީ ކައުންސިލް އަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454