(ކ-ވ) މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މީދޫ ދާއިރާގެ މެމްބަރު ޝިޔާމް މަޝްވަރާއެއްގައި.---ފައިލް ފޮޓޯ: މިހާރު
09 ޖޫން 2020 - 12:28
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ހިންގި މާރާމާރީތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ނެތަސް އެކަން ފާހަގަނުވާ ކަމަށް މިއަދުގެ ޖަލްސާގެ ރިޔާސަތުން ނަޝީދު ވިދާޅުވުމުން ކުރެއްވި ޓުވީޓެއްގަ އެވެ.
މަޖިލީހުގެ ތަޅުމުގައި ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަަށް ނިންމައި، މަޖިލީހުގެ ޖަލްސާތައް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އެހެންވެ އިއްޔެ އާއި މިއަދުގެ ޖަލްސާ އަށް ވެސް އެ ކޯލިޝަންގެ މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން، އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މިދިޔަ ދެ ދުވަހު ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވީ، މަޖިލީހުގެ ރައީސް ގަވައިދާ ޚިލާފުވެ، މާރާމާރީ ހިންގުވާފައިވާތީ އެކަމާ އިހުތިޖާޖު ކުރައްވަން ކަމަށެވެ.
"މަޖިލީހުގެ ރައީސް މާފަށް އެދެންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާ ހެން ހިންގަން ހުރި ތަނެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދެންމުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން ނަޝީދު އިއްވެވި ނަމަވެސް އޭނާ ނުކުމެވަޑައިނުގަތުމުން އެކަން ކުރައްވަން ނަޝީދު އެންގެވީ އެމްޑީޕީގެ މެމްބަރުންނަށެވެ. އެހެންވެ، ޝިޔާމްގެ ގަޔަށް އަތްލައި، މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އޭނާ އަށް އަނިޔާވި އެވެ. މީގެ އިތުރުން އެމްޑީޕީގެ މެމްބަރުންނަށް ވެސް އަނިޔާވި އެވެ.
ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް އެހެން މެމްބަރުން އުޅުއްވަމަކީ މަޖިލީހުގެ ގަވައިދާ ވެސް ޚިލާފު ކަމަކަށް ވާއިރު، އެ ރޭގެ ޖަލްސާގައި އެކަން ހުއްޓުވަން މަޖިލީހުގެ ރައީސް ނަޝީދު އުޅުއްވި ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި، ހާމަވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަނިކުފާނު ގެންދެވީ އެކަމަށް ހިތްވަރު ދެއްވަމުންނެވެ.
"މަޖިލީހުގެ ރައީސް މާފަށް އެދެންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާ ހެން ހިންގަން ހުރި ތަނެއް ނޫން،" -- އާދަމް ޝަރީފް
އެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވެމުން، އޭނާ ތަޅުމުން ނުކުމެވަޑައިގަތުމަށް އިންކާރު ކުރެއްވުމުން، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރިހަމަ ކުރަންޖެހޭ އެހެން އިޖުރާއަތްތަކެއް ވެ އެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން ލައްވައި ޝިޔާމް މަޖިލީހުން ނެރުނީ އެ އިޖުރާއަތުތަކަށް ބެއްލެވުމެއް ނެތި އެވެ.
މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައިވާ ގޮތުން، ނަން އިއްވާ މެމްބަރަކު މަޖިލީހުން ނުކުމެވަޑައިގަތުމަށް އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބައްލަވައި ޖަލްސާ ކުރިއަށް ގެންދެވުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮވެ އެވެ. ނަން އިއްވާ މެމްބަރާ ހެދި، ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް ނިޒާމު ގެއްލިއްޖެ ނަމަ އެ ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު ވެސް މަޖިލީހުގެ ރައީސަށް ގަވައިދުގައި ދީފައި ވެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ރިޔާސަތުން އެ ރޭ ނުކުރައްވަ އެވެ.
އެއާ އެކު، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ ޖަލްސާއެއްގެ ބާކީ ބައިގައި ބައިވެރިވުމުގެ ހައްގު އެ މެމްބަރަކަށް ނޯންނާނެ ކަމަށާއި ވަގުތުން ތަޅުމުން ނުކުމެވަޑައިގަންނަވަންޖެހޭ ކަމަށް ވެސް ގަވައިދުގައި ބަޔާންކުރެ އެވެ.
މަޖިލީހުގެ އެ ޖަލްސާގައި ހިންގި މާރާމާރީގެ ކަންކަން ޕީޕީއެމުން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު، ފުލުހުން އެ މައްސަލަ ބަލާތީ ވެސް އެމްޑީޕީގެ ލީޑަޝިޕުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްނާ
23 June 2020
މިއީ އާކަމެއް ނޫނެއްނޫންތޯ؟ ކުރިންވެސް ތަޅާނެ މީހުންހޯދާ ތަޅާހެދީ، އަނެއްކާވެސް މީހުން ވަގުތުން އައްޔަންކޮށް ތަޅާހެދީ. މީ މީނަގެ ވައްތަރު. މީނަހޮވީވެސް މިވައްތަރުމީހުން. ފުރަތަމަ މީނަހޮވިމީހުން މައާފަށް އެދެންވީ. ވިސްނަވާ، ދަގަނޑުކެނޑޭނީ ދަގަނޑުން.
ސުލައިމާނެ
09 June 2020
ދިވެހިން ބުނޭ އިހަކަށް ނުވިރައްކަލެއް ފަހަކުން ނުވާނޭ، ތަގުދީރުގެ ރޭވެމުން ދާގޮތް މިއީ. ދަތްދޮޅީގެވާހަ އަޑުއެހީމުތޭ. އެހެން މީހުން މައާފަށް އެދެން ބުނާއިރު ތިމާމެން ފުރަތަމަ މައާފަށް އެދެން ނުކެރުނީ.
ކުޑަ
09 June 2020
އާދަނާ. ތިޔަ ޖަހާފޮޑި ވަންނަނީ އަމިއްލަ ބުރިއަކަށްނު. ކޮބާކަލޭ ހެދިގޮތް. މާވަރުއަރުވާފަ ކޮންމެދުވަހަކު ބަހެއް، ޓުވީޓެއް، ކުރަމުން ތިހިރަ ދުވަނީ. ދަތްދޮޅިއޭ ބުނި ދުވަސް ހަނދާންވޭތަ.
ލުތުފީ
09 June 2020
އެއީ ރަގަޅުވާހަކައެއް. ދަތްދޮޅި ދުއްވާލަން ބުނި މައްސަލާގަ މާފަށްއެދެފީމެތޭ!
ހަސަދު
09 June 2020
ޖަލްސާއެއްގެ ރިޔާސަތުން ނިކުންނަން އެންގީމާ ޖެހޭނީ ނިކުންނަން. އެހާ އަޚުލާގު ދަށް މީހުން މަޖުލިހުގައި އިދެވިގެން ނުވާނެ. ރައްޔިތުންގެ މަޖުލިސް އެއީ އެހާ އަޚުލާގީ ގޮތުން ދަށް ތަނަކަސް ވެގެން ނުވާނެ.
ލުތުފީ
09 June 2020
އަޚުލާގޭ... އެނަން ކިޔާ އެއްޗެއް ތަދޭތަ އިއްޒަތްތެރި މެންބަރުން
ކަލް
09 June 2020
ޑިމޮކްރަސީގެ އައްޕަކަމަށް ހެދިގެން އުޅެނީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ޚުދުމުޚްތާރު ވެރިޔެއް. މިމީހުން ޚުދުމުޚްތާރުކަމުގަ ގޮވި މީހާ އެންމެ ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓީވެސް
އިބިރިހިންބެއްޔާ
09 June 2020
ގޯސް ކުއްޖަކު ނުކުރިކަމަށް ބުނެ ރަގަޅުމީހާވެސް އެކަން ނުކުރުން އެއީ ހަމަ ގޯސްކަމެއްކަމުގައި ނޫނީ ނުވާނެ. މަޖިލީހުގެ ރައީސް ކުރެއްވި "އެކްޓް" އެންމެނަށް ފެނުނު.
ދިއްދޫ ހަންދަރު ޙަސަނު
09 June 2020
ދައުލަތުގެ މުސާރަވެރިއެއްގެ ގޮތުގައި is ހުރެ ރައްޔިތުންގެ ދަތްދޮޅި ދުއްވާލަން ދަތްދޮޅި އާދަމް ދިން އިރުޝާދަށް މިހާތަނަށް އައިއިރުވެސް ދަތްދޮޅި އާދަމް އމަޢާފަކަށް ނޭދޭ އެހެންވީމަ އެކަން އަވަސްކުރަން ޖެހޭ ޕީއެންސީ އަކީ ދަޅަދެއްކުމަށް ނުފޯރާފޮތިން ފޫގަޅަން ހަދައިގެން އުޅޭ ފައިދިގު މަކުނުގެ ހާލިފަދަ ހާއްޔެއް
Thaufeeg Abdulla
09 June 2020
ވަރަށްރަގަޅު ވާހަކައެއް
ސަމަންދަރު
09 June 2020
މާފަށް އެދުނަސް ނޭދުނަސް ނަޝީދު އެހެރީ ގޮޅިއަކަށް ފެތިފައި. އަނިޔާވެރިކަމަށް ނިމުމެއް އަންނާނެ
ޜާގޮޑިރާޖާ
09 June 2020
ގޮޅިއަކަށް ފެތިފައޮތްމީހަކު ނޭގުނުދޯ. ޢެއޮތީޖަލުގަ ފިލާ.
ގައުމުގެ ދޫ
09 June 2020
އާދަންބެ ދިވެހި ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ، ލައްޓި ރާގޮނޑި ކުރުދޮށީގާ އުކާހެން މަޖިލީހުގެ މެންބަރުން ފާރުމަތިން އުކުމުގެ މޭސްތިރިއަކީ ހަމަ މަނިކުފާނު. އަދި ދަތްދޮޅި ދުއްވާލީމުހޭވެސް ބުނީ ހަމަ މަނިކުފާނު. އަދު ގޭމްޕްލޭން ބަދަލުވީ، އެހެންވީމާ އަދިވެސް މާފަށް އެދެންގޮވަންވީ މަނިކުފާނުތޯ؟