ހެލްތު މިނިސްޓަރު އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މަޝްވަރާއެއްގައި.
15 ޖޫން 2020 - 10:35
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެގޮތަށް ނިންމެވިއިރު، ކޮވިޑް-19 ޖެހިފައިވާ މީހަކު އޭޕްރީލް 15 ގައި މާލެ އިން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް މިއަދުން ފެށިގެން ވަނީ ބޮޑު ލުއިތަކެއް ދީފަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެ އެެވެ.
މައިމޫނާ، ސޮއިކުރައްވައި ރޭ ނެރުނު އެންގުމެއްގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން މިއަދުން ފެށިގެން ބާތިލް ކަމަށެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ބާތިލުކުރުން
— Health Protection Agency (@HPA_MV) June 14, 2020
(ނަންބަރު: 47/2020)
އިތުރު މަޢުލޫމާތުާ: https://t.co/2Cxe8k7OTN
ހާއްސަ ފިޔަވަޅުތައް އުވާލުން
އެހެން ކަމުން ޖަމާއަތުގައި ނަމާދު ކުރުމާއި ގިނަ ބަޔަކު އެއްވެ ކުރާ ކަންކަން ކުރުމަށް މިހާރު ރަށްތަކުގައި މަނަލެއް ނުވާނެ އެވެ. ހުއްދަ ނެގުމަކާ ނުލައި މާލެ ފިޔަވައި އެހެން ރަށްތަކުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ އެވެ.
ކުރިން އޮތް ގޮތުން ވެސް މިއަދުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ އެވެ. މިސްކިތްތައް ހުޅުވައިލަން މިއަދާ ހަމައަށް ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ، އެޗްޕީއޭ އިން މޮނިޓަރިން އަށް ލާފައިވާ މާލެ އާއި ކުރިން އެ ހާލަތުގައި އޮތް ނ. މަނަދު އެވެ. އެކަމަކު، މޮނިޓަރިން އުވައިލިތާ މިއަދަށް 14 ދުވަސް ހަމަވުމުން، މަނަދޫގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި މިހާރު ނަމާދު ކުރެވޭނެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 2,035 އަށް އަރާފައިވާއިރު، މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އާއި އެއަތޮޅު ހިންމަފުށިންނެވެ. އައްޑޫގައި ކަރަންޓީން ކޮށްފައިވާ މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރަދޫ މީހާ
15 June 2020
އައްޑޫ ގައި މިހާރު ފިޔަވަޅު އަޅަނީ ޕޮލިހުންނެވެ. އެމީހުން ވަނީ ކުރިޔަށް ވުރެން ތިން ގުނަ އިތުރަށް ބެރިކޭޑް ޖަހާ ރައްޔިތުންނަށް ދަތި އުނދަގޫ ކުރަމުންނެވެ. ޢެޗް ޕީ އޭ އިން ލުއި ދިނުމުން ޕޮލިހުންނަށް ލާޒިމް ވަނީ އެޗް ޕީ އޭ އިން އަންގާ ގޮތަކަށް އަމަލު ކުރުމެވެ.
ސުންބުލި
15 June 2020
އަދިވެސް އައްޑޫގެ ވިޔަފާރިޔަކަށް ކައުންސިލުން ދަނީ ހުރަސް އަޅާ ބިރުދައްކަމުން.
ސަމަރޭ
15 June 2020
އަސްލު ވިސްނަން ޖެހޭ ސަރަހައްދަކަށް އޮތީ މާލެ ސަރަހައްދު. އާބާދީގެ ތިން ބައި ކުޅަ އެއްބައިގެ އިތުރަށް، ނުގަވައިދުން އެތެރެވެފައި ތިބި 15،000 ބަންގްލަދޭޝް މީހުންވެސް ތިބީ މާލޭގައި. ރަށަކުން މީހަކު ޕޮޒިޓިވް ވިޔަސް އެހާ އުނދަގުލެއް ނުވާނެ. ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އޮތުމުގެ ފާއިދާ އަކީ އެ ރަށް އެއްކޮށް ބަންދުކޮށްލަން ފަސޭހަވުން. ނަރުދޫ މީހަކު ޕޮޒިޓިވް ވެގެންވެސް ފަސޭހަ ކަމާއެކީ މިކަން ނިންމާލެވުނީ އެހެންވީމަ.
މިވަރެއްނެތް
15 June 2020
ފިޔަވަޅުތަކާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި ކޮވިޑަށް ވެކްސިން ހެދި ދުނިޔެއިން އެބަލި ނެތިދާއިރުވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބޭ ދޯ؟ ބަލަގަ ވެންޓިލޭޓަރުތައް ގިނަވެ ބޭނުން ނުހިފިގެން އެމެރިކާ އާއި ޗައިނާއިން އެތަކެތި ފަގީރުގައުމުތަކަށް ހިލޭ އެބަހަނީ! އެޗްޕީއޭ އާއި ހެލްތުގަ ދަސްކުރާ ބޯޑު ޖަހާއިގެން އުޅޭކުދިންނަށް ބުނެލަންއޮތީ 97 މިލިޔަން އާބާދީ އޮންނަ ވިއެޓްނާމްގެ ކޮވިޑަށް އެންމެ މީހަކުވެސް މަރެއްނު ބަލި ކޮންޓްރޯލުކުރި ގޮތް ބަލާށޭ!
ގުރޭ
15 June 2020
ލުއިތަށް ދިނަސް ހުރިހާ ކުދިންވެސް ބަލައިގެން އުޅޭތި. އެކެއްގެ ރައްކާތެރިކަމަކީ އެތަށް ހާސް ބައެއްގެ ރައްކާތެރިކަން ދަންނާތި. ﷲގެ އިރާދަފުޅުން މިފަހަރުވެސް ރައްކާވެރި ތިބިއްޔާ ދަތުރު.
ހަކީމް
15 June 2020
މާލެގެ ރަށްވެހިންނާއި އެންމެ ނިކަމެތި މީހުން. ހުޅުމާލޭގައި އެންމެ ފަހުން އެޅި 7000 ފްލެޓް ގެ ކޮތަރު ކޮށިވެސް ދިނީ ހުސް މާލޭން ބޭރު މީހުންނަށް - މީހުން ޖަމާވަނީ ހަމަ މިސަރަހައްދަށް. އެއްތަނަކަށް ހުރިހާ އެންމެން ޖަމާކުރުމަކީ ތަރަޤީއެއް ނޫން. މާލޭ ، ހުޅުމާލޭ އަދި ވިލިނގިލީގައި ހުރި ހޮޓާ ގެސްޓަހައުސް ތަކަށް ހުއްދަ ލިބޭނެ ދުވަހެއްވެސް ނުއެނގޭ.
ރީތި މޫސަ
15 June 2020
އަލްހަމްދުލިއްﷲ. މިސްކިތަށް ދެވޭ ގޮތް ވުމުން ވަރަށް އުފާވެއްޖެ.