މުނިފޫހިފިލުވުން / ބޮލީވުޑް

ޑިޖިޓަލްކޮށް ޕްރިމިއާކުރާ ބޮލީވުޑްގެ ފިލްމުތައް

އަޖޭ އަދި އަކްޝޭ.

ކޮވިޑް-19އާ ހެދި އިންޑިއާގަ އިއުލާންކުރި ލޮކްޑައުންއާ އެކު ސިނަމާތައް ބަންދުކޮށް، ފިލްމީ ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާތާ މިހާރު ފަސް މަސް ވަނީ އެވެ. މީގެ ސަބަބުން އެތައް ކްރޯޑް ރުޕީސްގެ ގެއްލުމެއް މިހާރު ވެސް އިންޑަސްޓްރީ އަށް ވެއްޖެ އެވެ. އެކަމަކު އަދިވެސް ބަލީގެ ހާލަތު އިންޑިއާގައި ރަނގަޅުވަމުން ނުދާތީ ސިނަމާތައް ހުޅުވާނެ އިރެއް ނޭނގެ އެވެ.

މި މަހުގެ ތެރޭގައި ލޮކްޑައުނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިން ނަމަވެސް، އޭގެ ތެރޭގައި ސިނަމާތައް ހުޅުވުމުގެ ވާހަކައެއް ނެތެވެ. އެހެންވެ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މީހުން ތިބީ ހާސްކަމުގަ އެވެ. ރިލީޒްކުރަން އޮތް އެތައް ފިލްމެއް ފަސްކުރަން ޖެހުނު އިރު، ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އުންމީދުކޮށްގެން ތިބީ ވަރަށް އަވަހަށް ސިނަމާތައް ހުޅުވޭނެ ކަމަށެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ މީހުން ބުނާގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިއަކުން ސިނަމާތައް އަލުން ހުޅުވާނެ ކަމަކަށް ނުބެލެވެ އެވެ.

ސިނަމާތައް ބަންދުކުރަން ޖެހުމުން ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވަނީ އެ މީހުންގެ ފިލްމުތައް ޑިޖިޓަލްކޮށް ޕްރިމިއާކުރަން ވެސް ނިންމައިފަ އެވެ. އެއީ މި ވަގުތަށް އެ ނޫން ގޮތެއް ނެތުމުންނެވެ. ފިލްމުތައް ރިލީޒްނުކުރެވި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ގެއްލުމެކެވެ.

ޑިޖިޓަލްކޮށް ރިލީޒްކުރި ފުރަތަމަ ބޮޑު ފިލްމަކީ މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އެވެ. ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" ވެސް ވަރަށް އަވަހަށް އެ ޕްލެޓްފޯމަށް އަންނާނެ އެވެ.

ރިޕޯޓްތައް މިހާރު ބުނާގޮތުން ބޮލީވުޑްގެ ބޮޑު 10 ފިލްމެއްގެ ޑިޖިޓަލް ރައިޓްސް ރައިޓްސް މިހާރު ވަނީ ޑިޒްނީ+ހޮޓްސްޓާ އަށް ވިއްކާލައިފަ އެވެ.

1. ލަކްޝްމީ ބޮމް

މި ފިލްމަކީ ކުރިން ފިތުރު އީދުގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް އަކްޝޭ ކުމާރުގެ މި ހޮރޯ-ކޮމެޑީ ދެން ބެލުންތެރިންނާ ހަމައަށް އަންނާނީ ޑިޒްނީ+ހޮޓްސްޓާ އިންނެވެ.

"ލަކްޝްމީ ބޮމް" އަކީ ތަމަޅަ/ތެލެގޫ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަކްޝޭއާ އެކު ފިލްމުން ބަތަލާގެ ރޯލުން ފެނިގެންދާނީ ޒުވާން ބަތަލާ ކިއާރާ އަދުވާނީ އެވެ.

2. ބޫޖް: ޕްރައިޑް އޮފް އޮންޑިއާ

އަޖޭ ދޭވްގަންގެ "ބޫޖް: ޕްރައިޑް އޮފް އިންޑިއާ" އަކީ އަންނަ އޮގަސްޓް މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ނަމަވެސް މި ފިލްމު ވެސް މިހާރު ޑިޒްނީ+ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ބޫޖް" އަކީ ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ޕީރިއަޑް ފިލްމެކެވެ. އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތެހީ ހިމެނެ އެވެ.

3. ސަޅަކް 2

ކުރީގެ ޑައިރެކްޓަރު މަހޭޝް ބަޓް 21 އަހަރު ފަހުން އަލުން ޑައިރެކްޝަނަށް އަންނަ "ސަޅަކް 2" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމު އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތަސް މިހާރު ޑިޒްނީ+ހޮޓްސްޓާ އިން ޕްރިމިއާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

View this post on Instagram

❤️❤️❤️ 📸 @jayeshoo

A post shared by Alia Bhatt ☀️ (@aliaabhatt) on

"ސަޅަކް 2" އަކީ މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބައެވެ. ފިލްމުގެ ކާސްޓުންނަކީ އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ އާލިއާ ބަޓާއި ޕޫޖާ ބަޓާއި ސަންޖޭގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ.

4. ދިލް ބޭޗާރާ

"ދިލް ބޭޗާރާ" އަކީ އާދީއްތަ ދުވަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމެވެ.

މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކެވެ. "ދިލް ބޭޗާރާ" ގެ ބަތަލާ އަކީ ސަންޖަނާ ސާންގީ އެވެ. މީގެ ކާސްޓުންގެ ތެރޭހައި ސައިފް އަލީ ޚާނާއި ޖާވިދު ޖެފްރީ ވެސް ހިމެނެ އެވެ.

ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ މިދިޔަ މަހުގެ 8 ގަ އެވެ. ބެލެވޭ ގޮތުން "ދިލް ބޭޗާރާ" އަކީ ދެން އެންމެ އަވަހަށް ޑިޒްނީ+ހޮޓްސްޓާ އަށް އަންނާނެ ހިންދީ ފިލްމެވެ.

5. ބިގް ބުލް

އަޖޭ ޕްރޮޑޮއުސްކުރާ "ދަ ބިގް ބުލް" އަކީ ކުރިން މި އަހަރުގެ އޮކްޓޯބަރު 23 އަށް ތާވަލުކުރި ފިލްމެކެވެ. ނަމަވެސް މިހާރު ޑިޖިޓަލްކޮށް ޕްރިމިއާކުރަން ފިލްމުގެ ހުރިހާ މަސައްކަތްތަކެއް ނިންމަމުން އަންނަ ކަމަށް ނޫސްތަކުން ބުންޏެވެ.

ކޫކީ ގުލާޓީ ޑައިރެކްޓްކުރާ "ދަ ބިގް ބުލް" ގެ ކާސްޓުންނަކީ އަބީޝެކް ބައްޗަނާއި އިލިއާނާ ޑި ކްރޫޒެވެ.

6. މިމީ

ޒުވން ބަތަލާ ކްރިތީ ސެނަން ރަހިމު ވިއްކައިގެން އާމްދަނީ ހޯދާ މީހެއްގެ ރޯލުން ފެނިގެންދާ "މިމީ" އަކީ އަންނަ މަހު ސިނަމާތަކަށް ގެންނަން ޕްލޭންކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު މިހާރު ފިލްމު ޕްރިމިއާކުރާނީ ޑިޒްނީ+ހޮޓްސްޓާ އިން ކަމަށް މީޑިއާތަކުން ބުންޏެވެ.

"މިމީ" އަކީ ލަކްޝަމް އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ އާއި ސުޕްރިޔާ ޕަތަކާއި މަނޯޖް ޕަހްވާ ވެސް ހިމެނެ އެވެ.

7. ލޫޓްކޭސް

"ލޫޓްކޭސް" އަކީ ކުނާލް ކޭމޫ އާއި ގަޖްރާޖް ރާއޯ އާއި ރާސިކާ ޑުއްގަލް އާއި ރަންވީރު ޝޯރޭ އަދި ވިޖޭ ރާޒް މުހިއްމު ރޯލްތަކެއް ކުޅެފައިވާ ކޮމެޑީ-ޑްރާމާއެކެވެ.

ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޑިޖިޓައިލް ރައިޓްސް މިހާރު ވަނީ ޑިޒްނީ+ހޮޓްސްޓާ އަށް ވިއްކާލައިފަ އެވެ.

8. ރޫހީ-އަފްޒާނާ

ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ރޫހީ-އަފްޒާނާ" އަކީ ސިނަމާތައް ބަންދުވުމާ ގުޅިގެން ޑިޖިޓަލްކޮށް ޕްރިމިއާކުރާނެ ޖާންވީ ކަޕޫރްގެ ދެވަނަ ފިލްމެވެ. އޭނާގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އިންނެވެ.

ޖާންވީ ޑަބަލް ރޯލަކުން ފެނިގެންދާނެ "ރޫހީ-އަފްޒާނާ" ގެ ބަތަލުންނަކީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ހާޑިކް މެހެތާ އެވެ.

9. ޝިއްދަތު

"ޝިއްދަތު" އަކީ "ޖަންނަތު" ފަދަ ފިލްމުތައް ގެނެސްދިން ކުނާލް ދޭޝްމުކް ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ކާސްޓުންނަކީ ޑަޔާނާ ޕެންޓީ އާއި މޯހިތު ރައިނާގެ އިތުރުން ރާދިކާ މަދަން އާއި ސަނީ ކޯޝަލެވެ.

"ޝިއްދަތު" އަކީ ޓީ ސީރީޒާއި މެޑޮކް ފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

10. ޚުދާ ހާފިޒް

"ޚުދާ ހާފިޒް" އަކޯ ފާރޫގް ކަބީރު ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާއެކެވެ. މީގެ ލީޑް ރޯލުން ފެނިގެންދާނީ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް އާއި ޝިވަލީކާ އޮބެރޯއި އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަހާނާ ކުމްރާ އާއި އައްނޫ ކަޕޫރް އަދި ޝިވް ޕަންޑިތު ހިމެނެ އެވެ.

"ޚުދާ ހާފިޒް" ގެ ގެ ޕްރޮޑިއުސަރުންނަކީ ކުމާރު މަންގަތު ޕަތަކާއި އަބީޝެކް ޕަތަކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުﷲ2

18 June 2020

އިންޑިއާއަކީ ފިލްމު އުފެއްދުމުގައި ދުނިޔޭގެ ނަމްބާ ވަން

The name is already taken The name is available. Register?

ޙިންދީ

17 June 2020

ރާއްޖެއަށްވެސް ދެންއޮތީ ޑިޖިޓަލްކޮށް ފިލްމު ޕްރިމިއަރ ކުރުން

The name is already taken The name is available. Register?

ކަސަބު

17 June 2020

އެބަޔަކަށް ކުރެވެން އޮތްގޮތަކަށް މަސައްކަތް ކުރަންވީ. އެނޫންގޮތެއް އަދި ފެންނާކަށްނެތް. ގުލާބޯ ސިތާބޯ ހާދަ ދިވެހި ބަހަކާ ކާރިކުރެއޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454