ގުޅީފަޅު ހިއްކަމުންދާ ސަރަހައްދު: އެތަނުން މަދުވެގެން 6،000 ފްލެޓަށް ބިން ކަނޑައަޅަން ކޮމެޓީން ވަނީ ހުށަހަޅާފައިި
17 ޖޫން 2020 - 13:31
ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް ޚާއްސަ ކުރުމުގެ ބަދަލުގައި، އެ ތަނުގައި މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.
ގުޅީފަޅުގައި މިހާރު ހިއްކަމުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ރަށަށް ބަދަލު ކުރަން ބޭނުންވާ ސަރަހައްދެވެ. އެކަމަކު އެ ތަން ހިއްކަމުންދާ ގޮތުން ވިލިމާލޭގެ ފަރަށް ގެއްލުންވާތީ، އެ މައްސަލަ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިޔައީ ބަލަމުންނެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފައި ވަނީ އެ މަޝްރޫއުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި މަޝްރޫއު ހުއްޓުވަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު، އެންވަޔަރްމަންޓް ކޮމިޓީން ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ވަނީ އެއީ ތިމާވެށްޓަށް ބޮޑު ބަދަލެއް އަންނާނެ މަޝްރޫއުއެއް ކަމަށް ވާތީ، އިޖުތިމާއީ އަދި އިގްތިސާދީ ފައިދާ އިތުރު ކުރުން މުހިންމު ކަމަށެވެ. މާލެ އަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ޚާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އީޕީއޭގެ ފިޔަވަޅުތައް، ގުޅިފަޅުގެ މަޝްރޫއު ހިންގާ ފަރާތުން އަޅަމުން ގެންދިއުމަށާއި އެކަންކަން ހިނގާ ގޮތް ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވާލައި، ހަފުތާއަކު އެއްފަހަރު ބައްދަލުވުންތައް ބާއްވަން ވެސް ހުށަހަޅާފައިވެ އެވެ. ވިލިމާލޭ ފަރަށް ލިބޭ ގެއްލުންތައް ކޮންމެ ދުވަހަކު ބަލައި، އާންމު ކުރުމަށާއި އެކަމާބެހޭ ރިޕޯޓެއް ކޮންމެ ހަފުތާއަކު އީޕީއޭއިން އާންމު ކުރުމާއި އެކަމާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުކުރުން ވެސް ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެ އެވެ.
މާލެ އަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ޚާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަކީ ވެސް ތިމާވެއްޓާ ބެހޭ ކޮމިޓީގެ އެއް ހުށަހެޅުމެކެވެ. އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުމެއް އޮތް ނަމަ، އެކަން ފަސޭހައިން ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރަން ސަރުކާރަށް ހުށަހަޅަން ވެސް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި އެފަދަ މަޝްރޫއުތައް ހިންގުމުގައި، ބައެއް ކަންކަން ކުރުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގައި އެންމެ ފުންކޮށް ހިއްކޭނެ މިންވަރުގެ ތްރެޝް ހޯލްޑެއް ސަރުކާރުން ކަނޑައެޅުމާއި މަޝްރޫއުތަކަށް ބަޖެޓު ކަނޑައެޅުމުގައި ތިމާވެށީގެ ރައްކާތެރިކަމަށް ބަޖެޓު ހަމަޖެހިފައިވާ ކަން ކަށަވަރު ނުވާ ނަމަ، އެ މަޝްރޫއު ކުރިއަށް ގެންދަން ހުއްދަ ނުދިނުމަށް ހުށަހަޅާފައިވެ އެވެ. އީއައިއޭ އަށް އަމަލު ނުކުރާ ނަމަ، އެކަށީގެންވާ ފިޔަވަޅު އެޅުމާއި އީޕީއޭއަށް މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދޭން ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ.
ގުޅިފަޅު ހިއްކާ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް ސަރަހައްދެއް ޚާއްސަކުރަން ކޮމިޓީން ހުށަހެޅިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ ދިރިއުޅުމުގެ ބޭނުމަށާއި ބޯހިޔާވަހި ކަމަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު އެގޮތަށް ވިދާޅުވީ ވެސް ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅޭ ކަންބޮޑުވުންތައް މަޖިލީހުން ބަލަމުން ގެންދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްތާބޭ
18 June 2020
މާލޭގެ ރަޔޔިތުން އެކަނި ބިން ދޫކުރުމާ ދެކޮޅު. ޙަމަހަމަ ވާން ޖެހޭނެ.
ކަކުނިބޯ
19 June 2020
ތިބޭފުޅާގެ ރަށުން ތިބޭފުޅާއަށް ބިންލިބިގެން ނުވާނެ ހަ މަ ހަ މަ ވާންޖިހޭނެ.
ޙުސްނާ
18 June 2020
ބިންދެއްވާ،! އަނެއްތިއުޅެނީ ތޮއްޖައްސަން އަތޮޅުތަކުގައި ތިބެއްވި ބޭފުޅުން ގެނެސް !ކީހާ ދެރަކަމެއް މާލާ ގެ ރަތްޔަތުން އަނެއްކާވެސް ބިކަ ޖައްސާ ކުޑަތަންކޮޅުގަ އުމުރު ހުސްވަންދެން އުޅެންޖެހިފަ، މާލޭ ރަަޔްޔަތުންނައް ހައްގުވާނީ ބިން ފްލެޓެއްނުން، ފްލެޓަކީ ވަގުތީ ހައްލެއް
ޖޯންބޯލްޓަރ
18 June 2020
ބަންގާޅީންނަށް ބޭނުންވާ 600 ފްލެޓް ދެނޯ
ކަކުނިބޯ
18 June 2020
ސަރވޭކޮށްފަ ހަފްތާއަކު އެއްފަހަރު ރިޕޯޓްނެރެން އަނެއްކާ ކާކަށް ފައިސާގަޑެއްކާންދޭން މިއުޅެނީ. ކުރާނީ އައުޓްސޯސް ރިޕޯޓް ހަދާނީ ތަނުގަ އުޅޭ މީހުންނާއި ގުޅިފަތިބިމ މީހުން. ނަސީބެއްނު ދުވާލަކުއެއްފަހަރު ރިޕޯޓް ހަދަން ނުޖެހުނުކަން އަދި ކޮބާ މިގޮތަކުރިޔަށް އޮތްތާ ފައިސާކާންދޭ ގޮތަށް ހެދު މަށް ތައްޔާރުވަނީ ކުރިޔަށް އޮތް ޕީއެސްއައިޕީ ކޮން މެ ފަޅުހިއްކާ ޕްރޮޖެކްޓަކުން އެއީ އެކަ މަށް ހާއްސަކޮށް ފައިސާބަޖެޓްކޮށްގެން
ހަސަންފުޅު
18 June 2020
މާލޭ މީހުންގެ ފައިސާއިން ތިތަން ހިއްކަންވާނީ ،
ގުޅިފަޅު މޭން
18 June 2020
އުހުނ. އަޅުގަނޑު އެދެނީ އެރަށަށް މަޖިލީސް ބަދަލުކުރުން، މެންބަލުންނަށް ދިރި އުޅެވޭގޮތަށް. ކޮންމެހެން އާންމު ރައްޔިތުން ސިއްޙީ ނުރައްކަލަކަށް ހުށަހަޅުއްވާނެ ކަމެއް ނެތް.
ބޯކޮސްވީ
17 June 2020
ތި ތާ އެޔާޕޯޓް އަޅާފަ ޖީއެމް އާރު ގެނޭ...
ފަރުކޮލި
17 June 2020
6000 ފްލެޓް އެއީ ބަންގާޅީންނަށް ދޭން ބޭނުންވާ ޢަދަދު
އަންނި ބިންތު އީވާ
17 June 2020
އަހަރެން އަޑުއެހީ ގައިމު ޖަޒީރާ ރާއްޖެގެވާހަކަ! ބިންވެރިކުރާވާހަކަ! ކޮތަރު ކޮށްޓަށް ނުލާނެވާހަކަ! ގިނަ ރަށްތަކުގަ އާބާދުކުރާ ރަށްވެހި ރާއްޖެއެއްގެވާހަކަ!
ރަށްވެހިން
17 June 2020
އަތޮޅުތަކުގެ ދާއިރާތަކައް ހޮވާފަ ތިބި މެމްބަރުން އެތިބީ ކިހިނެއްވެފަ..އެމީހުންގެބޭނުމަކީ ކޮބާ