ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ/މަޖިލިސް
29 ޖޫން 2020 - 16:28
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ ބިދޭސީ އަންހެންމީހާ ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް އޭނާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މި މައްސަލަ ކުރިއަށް ގެންދިޔައީ ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ނުހިމަނަ އެވެ. އެއީ، ޖިންސީގޯނާ އަށް ތުހުމަތުކުރެވޭ މައްސަލައިގައި، އޭނާގެ ނުފޫޒު އޮވެދާނެ ކަމަށް ކުރާ ތުހުމަތުތަކާ ހެދި އެވެ.
ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ޒިޔާދު ރިޔާސަތު ބެލެހެއްޓެވި ކޮމިޓީގައި، މެމްބަރުން ވަނީ މި މައްސަލައިގައި ފުލުހުންގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމުގެ ތުހުމަތުތަކާ މެދު ކަންބޮޑުވުން ފާޅުުކުރައްވައިފަ އެވެ. އެއީ، މިފަދަ މައްސަލަތަކުގައި ފުލުހުންގެ އަމަލުތައް ހުންނަން ވާނެ ގޮތެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުން އިއްތިފާގުވީ، ޖިންސީ ގޯނާގެ ތުހުމަތުގެ މި މައްސަލައިގައި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާއި ޝިކާރަކަށްވި ކަމަށް ބުނާ އަންހެންމީހާގެ ހައްގުތައް ކަށަވަރު ވެފައިވޭތޯ ބަލައި، ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށެވެ. މި މަސައްކަތުގައި، ކަން ހިނގައިދިޔަ ގޮތް ކޮމިޓީއާ ވިކްޓިމް ހިއްސާކުރަން ބޭނުން ނަމަ، އޭނާ އަށް ގުޅޭނެ ގޮތެއް ހޯދައި ކޮމިޓީ އަށް ހާޒިރުކުރަން ވެސް ފާސްކުރި އެވެ.
މީގެ އިތުރުން، ސީން އަށް ދިޔަ ފުލުހުންނާއި ސްޓޭޝަން އިންޗާޖު ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރަން ނިންމި އެވެ. އަދި ފުލުހުން އަމަލުކުރި ގޮތް ގާތުން ބަލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުން އެދުމަށާއި މި ކޭސްއާ ގުޅިގެން ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވައިދޭން އެދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޓީއެއް ފޮނުވަން ފާސްކުރި އެވެ.
ޖިންސީ ގޯނާ ކަމަށް ތުހުމަތު ކުރާ މި މައްސަލައިގައި، ކޮމިޓީގެ މުގައްރިރު ޖީހާންގެ ފޮޓޯ އާއްމުކޮށް، އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި ހާދިސާގެ ވާހަކަތައް ފުރަތަމަ ފަތުރަން ފެށީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އަންހެން ހަތަރު މެމްބަރުންގެ ފޮޓޯއާ އެކު އަބުރަށް ހުތުރުވާ ގޮތަށް ކަމަށާއި އެއީ މިފަދަ މައްސަލަތަކުގައި ކުށެއް ނެތް މީހުންނަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ރޮޒައިނާ ސިފަކުރެއްވި އެވެ.
"މިގޮތަށް އަމަލުކުރީމަ ކަމާ ނުބެހޭ ބަޔަކު މީގެ ތެރެއަށް ވައްދައިގެން އެ މީހުންގެ އިއްޒަތާއި އަބުރަށް ވެސް ގެއްލުންވޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން ޖެންޑާ ކޮމިޓީގެ މުގައްރިރުގެ ނުފޫޒު ކޮމިޓީ އަށް އޮންނާނެ ކަމަށް ކުރާ ތުހުމަތުގައި ވެސް ހަގީގަތެއް ނެތެވެ. މައްސަލަ ބަލަން ޖީހާން ތާއީދާއި އެއްބާރުލުން ފުރިހަމަ އަށް އޮތް ކަަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މި ކޮމިޓީގެ މުގައްރިރު ކޮށްގެން އުޅޭ މައްސަލައެއް ނޫން. މުގައްރިރުގެ ފޮޓޯ ޖަހައިގެން ސޯޝަލް މީޑިއާ އަށް ބަލާލާއިރު ހީވަނީ މި އުޅެނީ ޖީހާން ކަމެއް ކޮށްގެން ހެން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި މައްސަލައިގެ ތެރޭގައި އެއްވެސް ހުރަހެއް ޖީހާންގެ ފަރާތަކުން ފެނިފައެއް ނުވޭ،" ރޮޒައިނާ ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ސަފާރީއަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބައިތިއްބަން އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ އެ ދެ މީހުން ދޫކޮށްލުމުން ފުލުހުންނަށް މި މައްސަލައިގައި ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އުމުރުން 27 އަހަރުގެ އަންހެންމީހާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރަމުން ދަނިކޮށް "މިހާރު" އަށް މިއަދު ދިން އިންޓަވިއުގައި އޭނާ ބުނީ އެއީ ރޭޕްގެ އަމަލެއް ނޫން ކަަމަށެވެ. އެކަމަކު ޖިންސީ ގުނަވަންތަކުގައި އަތްލި ކަމަށާއި އެކަމުގައި ފުލުހުންގެ ތަހުގީގާ މެދު ވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންވީތަ
30 June 2020
މައްސަލަ ޖެހުނު ފަހުން ވިކްޓިމަށް އެނގުނީ މަޖްލިސް މެމްބަރަކާ ގުޅޭ މީހެއް އެކަމުގަ އެބައުޅޭކަން. ދެން މުޅި ކަންތަކުގެ ރާގު ބަދަލުވީ. ވިކްޓިމް ތިޔަތަނަށް ދާން ގަންނާނީ ބިރެއްނު؟
ވަތުބަތާނަ
30 June 2020
މިހާރު ކޮމެޓީއަށް ޙާޟިރު ކުރީމާ އެއީ ހުވަފެނަކަށްވާނީ! އެކަމަކު އެ މަންޖެ ރޯގަނޑު މޫދަށް ފުންމާލީވެސް ފިނިކޮށްލަން ތޯއްޗެ؟
ޑޫމްސްޑޭ
30 June 2020
މިހާރު އަޑިތައް އިވޭ ގޮތުން ވިކްޓިމް އަކީ ފިރިހެން ބޭފުޅާ. އެބޭފުޅާތޯ ކޮމިޓީއަށް ހާޒިރު ކުރަނީ؟
ސިޓިޒަންސް އޮފް މާލެ
30 June 2020
ތިޔައީ ރޭޕް، ޖިންސީ ގޯނާ އަދި މަސްތުވާ ތަކެއްޗާ ގުޅޭ މައްސަލައެއް! ތިޔައީ ޖިނައީ މައްސަލައެއް! ތިޔަކަންތައް ތަހުގީގު ކުރަންޖެހޭނީ ފުލުހުންނާ ޕްރޮސެކިއުޓަރ ޖެނަރަލް ކަމުގައި ދެކެން! ސިޔާސީ ފަރާތްތަކުން ނުފޫޒް ފޯރުވާ ކަމަށް ތުހުމަތު ކުރެވޭ ކަމެއްގެ ތެރެއަށް ރައްޔިތުންގެ މަޖްލިސް ފަދަ ސިޔާސީ މުވައްސަސާއެއް ވަނުމަކީ އެ ތުހުމަތު ތަކަށް ބާރު ލިބޭ ކަމެއް ކަމުގައި ދެކެން!
އާރީ
30 June 2020
ވިކުޓިމް ބޭނުމެއް ނުވާނެ އެއްނު އެމަންޖެއަށް ބިރުދަށްކާ ކަންތައް ކުރީމަ އަށްނާކަށް. ވަކިފަރާތަކަށް ނުޖެހި ތިކަންބަލާބަލަ. ދިވެހި ރާއްޖޭ ފަސްގަނޑް ގަ އެމަންޖެ ހުރިހާ އިރަކު އެމަންޖެ ކޮމެޓީއަށް ހާޒިރު ކޮށް ސުވާލުކުރެވެން ޖެހޭނެ. މީގެ ކުރިން މަޖިލީހުގެ ކޮމެޓީތަކަށ މީހުން ހާޒިރު ކުރުން އޮށްނަނި އިހުތިޔާރަށް ދޫކޮށްލާފައިބާ?
އާންމު އާދުމީ
30 June 2020
މަށަށް އެނގޭ އެއްޗަކީ މިކަން ނިމިގެންދާ ގޮތުން އެނގޭނީ އަހަރުމެން ނިކަމެތިންނަށް އޮތް ގޮތް މިގައުމުގާ. ނަޝީދު ނުހޮވަން ސޯލިހޭ ކިޔާ މީހަކު ނެރުނެއް ކަމަކު ނަޝީދުނޫން ފަލްސަފާއެއް ތިބައިގަނޑަކުނެތް. ދެން މޑޕ އާއެކު ކޯލިޝަން ހަދައިގެން އަހަރުމެން ކުރިމައްޗަށް ވޯޓު ހޯދަން ނާންނާތި. މޑޕ އަށް ވައްސަލާމް.
ބާބާ
30 June 2020
އަދި ފިލިކޮޅެއް ޖަހާލާފައި ގެނޭ. ޔަގީން ހާޒިރުވާނެ.
ސީރިއަސްކޮށް
29 June 2020
އަޖަބެއް ނުވާނެ! ކޯޓެއްތަ ތީ؟؟
ާއުނިމާ
29 June 2020
ޑްރާމާ ކުޅޭ ވަރަކަށް ކުޅެންވީ، ކިތައްމެ ޑްރާމާއެއްކުޅުނަސް ތިޔަ ރޯޔަލް ފެމިލީއަކަށް މިސަރުކާރަކަށް ތާއީދެއް ނުކުރަން ނުވެސް ކުރާނަން
އެސްކޮބާރ
29 June 2020
2010 ޖެނުއަރީގައި މާލޭގެ ގެސްޓް ހައުސްއެއްގައި ބަނގުރާ ހިއްޕެވި ކަމަށް ތުހުމަތު ކުރެވި ޒުވާން ދެ އަންހެންކުދިންނާއެކު ފުލުހުންނަށް ފިރިހެނަކު ފެނުނު މައްސަލައަށް ވީގޮތެއް މަޖިލީހުން ނުބަލާނެބާ؟ އެކަމުގައިވެސް ރޭޕް ހިމެނޭކަމަށް ބުނެވޭ.