30 ޖޫން 2020 - 12:41
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ވެސް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ދެ މީހުން ވެސް ވަނީ ތަހުގީގަށް އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލައިފަ އެވެ.
އެ ދެ މީހުން ދޫކޮށްލުމުން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެ ދެމީހުންނަކީ ވެސް ސިޔާސީ ގޮތުން ބާރުވެރި ބައެއް ކަމަށާއި ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށް ބުނެ، ފުލުހުން އެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑާއި، ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންނާ ގާނޫނުން ހަވާލުވެފައިވާ މަސައްކަތްތައް ކުރާނީ މިނިވަންކަމާ އެކުގައި ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކަން އެގޮތަށް ކުރުމަށް ފުލުހުންނަށް ބާރު ވެސް އަޅުއްވާ ކަމަށް ވިދާޅުވި އެވެ.
Police handling of the alleged sexual assault on a Safari boat is being investigated by MPS’ Professional Standards Command, NIC and HRCM. I have always believed in and continue to inculcate the idea that each sworn officer has to operate independently in the discharge of duties.
— Mohamed Hameed (@M_Hameedh) June 30, 2020
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑުން މި މައްސަލަ ބަލަން ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ މި މައްސަލައިގައި ފުލުުހުން އަމަލުކުރި ގޮތް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.
ސަފާރީގައި އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެމީހުން ހަމައެކަނި އޭނާ ގައިގަ އަތްލީ ކަމަށާއި، އެކަމަށް އެމީހުންގެ މައްޗަށް މައްސަލައެއް ރިޕޯޓްކޮށް ދައުވާކުރަން ވެސް ބޭނުންނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމުގެދަރި
30 June 2020
ގައުމުގެ މުވައްސަސާތަކުގައި އޮންނަ ނަންތަކުގެ ތެރެއިން އެންމެ ހެއްވާ ނަން. ޕްރޮފެޝަނަލް ކޮމާންޑް. އިނގިރޭސި ޑިކްޝަނަރީގައި އޮންނަ ޕްރޮފެޝަނަލްގެ މާނަ އާގޮތަކަށް އިނގިރޭސި ޑިކްޝަނަރީ ހަދާ މީހުންވެސް ލަހެއް ނުވެ ލިޔާނެ ތޯއްޗެކެވެ. ނުވަތަ އެބަހުގެ މާނައަށް އިތުރު މާނައެއް އިތުރުކުރާނެ ތޯއްޗެކެވެ.
ސުޖާ
30 June 2020
އެމްޑިފީއަށް ތިއޮތީ މިގައުމައް ގާޒީއެއް ބޭނުނުވާވަރައް އިންސާފު ގާއިމުކުރެވިފަ! މީހަކު މަރައިފިނަމަ މުޖުރިމު އަމިއްލަޔައް މައްސަލަ ތަހުގީގު ކުރަންނަވަރައް އިންސާފު ގާއިމު ކުރެވިފަ!
ސަލީމު އިދުރީސް
30 June 2020
އިންސާފު ގާއިމު ކުރަން އައި އެމްޑީޕީ ކަންކުރި ގޮތުންފޫހިވެ މާޔޫސްވެއްޖެ އެބައިމީހުނައް ދުވަކުވެސް ވޯޓުނުދޭނަން! އެމިހުންގެ ފޮޓޯޖަހަން ނުކެރުނީ މޮޅުމީހައަށް މޮޅުގޮތް އޮތްކަން ދަކުވައިދޭކަމެއް
1828
30 June 2020
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް ފުލުހުންވެސް އިތުބާރު ނުކުރާނެ. ދެން ރައްޔިތުން ކުރަން އޮންނާނީ ކޮން އިތުބާރެއް ތޯ؟
ބޮޑުމީހާ
30 June 2020
ތިކަމުގައި ކުށްވެރިވާނީ ޖޫނިއަރ ދެތިން ފުލުހެއް. ފޯން ކޯލް ކުރި މީހާއާއި ރޭޕްކުރި މީހާއަށް އަދަބެެއް ނުލިބޭނެ. އިވާން ނަސީމްގެ ގަޔަށް ބަޑިޖެހި ސިފައިން ކުށްވެރިވީ، އޯޑަރ ދިން މީހުން ތިބީ ތިބިތާ
ކަނބިލި
30 June 2020
ކުށްވެރިން ހައްޔަރުކޮށް މައްސަލަ ނުބަލާ ކޮންސަކަރާތެއް ތިޔަ ޖަހަނީ
މުޙުއްމާ
30 June 2020
އޭނާ މިހާރަށް ދިން އިންޓަވިއު ފެންނަނީ ވަޒީފާގެ ބިރުދއްކައިގެން ބަދަލު ކުރުވާފަ ކަމަށް. ކުރީގެ އިންޓަވިއު ޤަބޫލު ކުރެވެނީ. މަސްތުގެ ޙާލަތުގައި ފުލުހުން ހައްޔަރުކުރި ދެ ދިވެހިން ޔޫރިން ޓެސްޓް ނުކޮށް ދޫކޮށްލީމަ މިކަންތަށް ދިޔަގޮތް ވަރަށް ރަގަޅަށް ސާފު ވެއްޖެ. ދެން ކިތަންމެ މަތި އޮމާންކުރަން އުޅުނަސް ތިއޮތީ ހަޑިހޭވިފަ. ދިވެހިން ޤަބޫލެއް ނުކުރާނެ.
ސަރަނގު
30 June 2020
ރީތިނަމަކުންކުރާނެ ފައިދާއެއްނެތް.ތިޔަކު އޮއްޓަރެއްނެތް. ތިޔަ މުއައްސަސާވަނީ ފޭލްވެފައި.ހޯދި ކާމިޔާބެއް ލިބުނު ކުރިއެރުމެއްފެންނާކަށްނެތް.
ޖަމަލު
30 June 2020
ރޯޔަލް ކެނެރީޒް ގެ ކަމެއް ނުބެލޭނެ އިނގޭތޯ. ރަން 30 އިޔާދަ ވެއްޖެ.
ހަ ހަ ހަ
30 June 2020
ދެން ކުރިން މަައްސަލަ ބެލީ ކެށުއަލް ކޮމާންޑް އިން ދެއްތޯ? ލޮލް!