ހުޅުމާލެ ފަޅުތެރޭގައި ސަފާރީތަކެއް އަޅާފައި. ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހުން ދޫކޮށްލި މައްސަލަ އެންއައިސީީން އަންނަނީ ބަލަމުން.
30 ޖޫން 2020 - 18:07
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށްް ތުހުމަތުކުރެވޭ މައްްސަލައިގެ ކޭސް ލޮގް ހޯދަން ނެޝަަނަލްް އިންޓަގްރިޓީ ކޮމިޝަނުން މިހާތަނަށް އެދިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ސިޔާސީ ނުފޫޒުން ދޫކުރިކަމުގެ ތުހުމަތާ އެކު ފުލުހުން އަމަލުކުރި ގޮތް ބަލަން ހިންގާ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް އަދި ނުލިބޭ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބުންޏެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ ކޭސް ލޮގް ފަދަ ތަހުގީގަށް ބޭނުންވާ މުހިއްމު ލިއެކިއުންތައް ފުލުހުން އަދި ނުދޭ ކަމަށެވެ. ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ ބައެއް މައުލޫމާތު ނުދެވޭނެ ކަން އަންގާފައިވާއިރު، ބައެއް މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
އެންއައިސީގެ މި ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެމައްސަލައާ ގުޅޭ ގޮތުން އެންއައިސީގެ ފަސް ސިޓީއެއް ލިބިފައިވާ ކަމަށާއި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަަމަށެވެ.
"ނަމަވެސް އެއިން އެއވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފަައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މިއަދު ފޮނުވި މެސެއްގައިވެ އެވެ.
ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށާއި އެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ ތަފާތުކޮށް ކަމަށް ބުނެ ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އެންއައިސީގެ ތަހުގީގަށް ބޭނުންވާ ބައެއް ލިއުންތައް ނުލިބި ލަސްވާ މައްސަލަ 241 ކޮމިޓީ އަށް ފޮނުވަން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަށެއްނޫން
01 July 2020
މީގަ އޮޅުވާލުންތަކެއް އެބައުޅޭ! ފުރަތަމަ މިކޭސް ލިޔުނު ނޫހަށް އެހާމެ ތަފްސީލްކޮށް މަޢުލޫމާތު ދިނީ ކާކުބާ؟ އެއީ ތެދުކަމަށް ޤަބޫލް ކުރެވޭ! ފަހުން ތިއޮތީ ވާހަކަ ބަދަލުވެފަ، މީގަ ވިކްޓިމް އޭނަގެ ސަލާމަތަށް ބައެއްގެ ނުފޫޒުވަދެ މިކަން އޮއްބާލުމަށް ހަދިޔާއަކަށްދޭ ޑޮލަރު ކޮޅު ހިފައިގެން އަވަހަށް ޤައުމަށް ދާން އުޅޭހެން ހީވަނީ، އަތްނުފޯރާ ހިސާބަށްގޮސްފަ ފަހަރެއްގަ ވިކްޓިމް ހަޤީޤަތް ހާމަކޮށްފާނެ!
ނިރު
30 June 2020
ކުށުގެ ވެށިން ދެމީހުން އަތުލެވުނު އިރު ތިބީ މަސްތުގެ ހާލަތުގަ އެދެމީހުން ޓެސްޓް ނުކޮއްދޫކޮއްލީ މިހާރު ހެކި ގެއްލުނީ.. ދެން އައީ ތަހްގީގް ކުރަމުން ދަނިކޮއް ފޯނު ކޯލެއް ރާގާ އަޑަށް ބަދަލްއައިސް މުޅި އެތި ބަދަލް ކޮއްލަން މަސައްކަތް ކުރީ.. ވަގުތަކީ މީހުން ބޭރުގަ އުޅުން މަނާގަޑިއެއް އެޗްޕީއޭ ޤަވާއިދާ ހިލާފްވެއްޖެ އެކަމަކާ އަޅާނުލި އެމަންޖެ އަށް ބިރުދައްކާ މުޅިވާހަކަތަށް އެފުއް މިފުށައް ޖަހާލާފި މިވަރުގެ ބަޔަކު އަތުން ލޮގު ހޯދުމުގެ ބޭނުމަކީ ކޮބާބާ
1828
01 July 2020
ލޮގް ކީއްކުރަން ތޯ މޯލްޑިވްސް ޕޮލިސްގެ ހުރިހާ ވަސީލަތެއް ހިބައިން އެންއައިސީއަށް ދިނަސް ވާނެ އެއްވެސް ކަމެއް ނޯނާނެ. އެންއައިސީ ނިދާފައި އޮންނަ ތަނެއް. ރައްޔިތުންނަށް އިންސާފް ހޯދައިދިނުމަށް އެންއައިސީ ވަނީ ނުކުޅެދިފައި.
ޖަމަލު
30 June 2020
ސާބަހޭ ހުރިހާ މުއައްސަސާ ތަކުން ދަނޑު ބޭރަށް ބޯޅަށް ޖަހާ ޖަހާ މައްސަލަ އޮށްބާލާ. ރޯޔަލްސް އެބަ ޖެހޭ ހިމާޔަތް ކުރަން.