ވަކިވަކިން ނަމާދުކުރަން މިސްކިތްތައް ހުޅުވައިލުމުން ބަޔަކު ނަމާދުކުރަނީ: މާދަމާރޭ ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ. ފައިލް ފޮޓޯ:މިހާރު
30 ޖޫން 2020 - 21:53
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސް ދުވަހަށް ފަހު ޖަމާއަތުގައި ނަމާދުކުރަން އަލުން ފާށާނީ މާދަމާ ރޭގެ މަޣުރިބު ނަމާދުން ފެށިގެން ކަަމަށް އިސްލާމިިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ހުޅުމާލެ އއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ވެސް މާދަމާ ރޭގެ މަޣުރިބު ވަގުތުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ. މިސްކިތްތަކުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް އެ ސާކިއުލާގައި ހިމަނާފައިވެ އެވެ. ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންތައްތަކާއި ނަމާދަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހިމެނެ އެވެ.
- މިސްކިތްތަކުގެ ކާޕެޓް ނަގާފައި ބޭއްވުން.
- ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން.
- ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ކޮންމެހެން ކުރަން ޖެހިއްއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުންނުކުރާ ގޮތަށް ހަމަޖެއްސުން.
- އެއާކޯން ބޭނުން ކުރާ ނަމަ ދޭތެރެ ދޭތެރެއިން ދޮރުތައް ހުޅުވާލުން.
- ވުލޫއު ކޮށްގެން މިސްކިތަށް ދިއުން
- ގެއިން މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސަައްލައިގައި ނޫނީ ނަމާދު ނުކުރުން.
- މާސްކް އެޅުން.
- މިސްްކިތަށް ވަދެ ނިކުމެ އުޅުގައި ގައިދުރުކަން ބެހެއްޓުން.
- މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުން.
- ރޯގާ ޖެހުން، ހުން އައުން އަދި ކެއްސުން ފަދަ ކަމެއް ހުރި ނަމަ، މިސްކިތަށްް ނުދިއުމާއި އުމުރުން ދުވަސްްވީ މީހުން މިސްކިތަށް ނުދިއުން.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18 ގަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާ އެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
99.9
01 July 2020
ގިނަދިވެހިންނަށް މިސްކިތް ފެންނަނީ ރޯދަމަހު ބިދޭސީން އެހާބުރަކޮށް އުޅެމުންވެސް ހުރިހާ މަހަކު ވެސް ނާމާދަށް ރައްކާތެރިވޭ. ...
ވެދާގޮތް
01 July 2020
ބިދޭސީން ނަމާދަށް ބަރާބަރަށް ދަނީ ތަގްވާވެރިކަމުންތޯ ނޫނީ ދީނުގައި އޮންނަ ކަމެއް ކުރަން ބަސްއަހާވަރުންތޯ ނޫނީ މަސައްކަތުން ވީއްލެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށްވީމަތޯ ނޫނީ ރައްޓެހިންނާ ބައްދަލުކޮށްލާ ހަދާލަންތޯ ނޫނީ މަސައްކަތްކުރަމުންދާ މާހައުލު ބަދަލުކޮށްލަންތޯ އަސްލު ބުނާކަށް ހަމަ ނޭނގޭނެ.
ވެދާގޮތްބަލާ
01 July 2020
ބަލަ ބިދޭސިން ކޮންމެ ހާލަކު ކޮންމެ އުޒުރެއްް ދައްކާފަ ދިޔަސް ދާކަން އޮވޭ ފަރުޞެއް އަދާ ކުރަން. ދިވެހިންނަށް ނުދެވޭ. އެއީއޭ ހަގީގަތަކީ
02 July 2020
ބިދޭސީން ނަމާދަށް ދާ ދިއުން އެއީ އެމީހުން ކުރާ ރަގަޅު ކަމެއް... ރަގަޅު ކަމެއް ވިއްޔާ ހަމަ ރަގަޅު... ނަމާދަށް ދާއިރު ދާންވާނީ ސާފްތާހިރުކޮށް...
ދޭސީމީހާ
01 July 2020
ހޮޓާތަކާއި މާުރުކޭޓް ބަންދު ނުކޮށް ބަންދު ކުރީ މިސްކިއްތައް ނަމަވެސް 2300އަށް ވުރެގިނަ މީހުންނަށް ބަލިމިޖެހުނީ މިސްކިތުންތޯ ބިދޭސީން ސާފްތާހިރުނޫން ކަމަށް ދައުވާ ކުރާ ދިވެހިންނަށްވެސް އެމީހުން ހަދާ ހެދިކާ އާއި ކާބޯތަކި ކާން ރަނގަޅު ނަމާދު ކުރަން ކައިރީގަ ހުރީމަ ބަލި މިޖެހެނީ
ހޮޓާދޯ
01 July 2020
ހޮޓާ ބަންދު ނުކުރޭތަ. ކޮންގައުމެއްގަ ތިޔަ އުޅެނީ
އަހުމަދު333
01 July 2020
މިސްކިތްތެރޭ ވަރަށް ގިނައިން ކެއްސާ ކިންބިހިއަޅާ ހަދާނެ އަދި އެއީކީ މީހަކައް ހިފެހެއްޓޭނޭކަމެއްނޫން. ވައިގެ ތެރެއަށް ވައިރަސް ފެތުރި މިކަމުން އިތުރައްބަލި ފެތުރި އިތުރު ކުލަސްޓަރ އެއްއުފެދި ވަރަށްބާރަށް ބަލި ފެތުރިދާނެ.
ކޮރަކަލި
30 June 2020
ދުވަސް ފަށަނީ ފަތިހުން މިވީކިހިނެއް؟
އެއްކަލަ
01 July 2020
ބައެއް މީހުންނަށް ފަތިސްވަނީ މަޣްރިބުން. ގޮސް އިރު އޮއްސެނީ ފަތިހަށް.
ދޮންފުތާ
01 July 2020
އަޅުކަމުގެ ގޮތުން ދުވަސް ފަށަނީ އިރުއޮއްސުމުން ދޯ!
އަމީރާ
30 June 2020
މާލޭގައި މިސްކިތައް ދާ އާބާދީގެ %45 އަކީ ބިދޭސީ ލޭބަރުން. އެމީހުންގެ ސާފުތާހިރު ކަން ހުންނަނީ ވަރަށް ދައްކޮށް. މިސްކިތުން ބަލި ފެތުރި އާ ކްލަސްޓާތައް އުފެދުނަސް، އެ ކްލަސްޓާތައް ދެނެގަންނަން ވަރަށް އުދަގޫ ވާނެ. ހުރިހާ ބޭފުޅުން މިކަމަށް ސަމާލުވާތި
ރައްޔިތު ސޮރު
30 June 2020
މިކޮވިޑްކަންތަކާ އެކިޤަޢުމުތަކުގެ ދީނީއިލްމވެރިން ޢަމަލްކުރެއްވީ ތަފާތުގޮތްގޮތައް! އެއްބައިބޭފުޅުން ޖަމާޢަތްހެދީ ޖާގަލައިގެން އަނެއްބައި ބޭފުޅުން ވިދާޅުވީ ގޭގަކުރުން ރަނގަޅުކަމަށް! މިކަންކަމުންވެސް ދޭހަވަނީ އިސްލާމްދީނަކީ ލުއިފަސޭހަދީނެއްކަން! ތިމާއާޙިޔާލްތަފާތުވާ މީހާ ދީނުންބޭރުކޮށް މުދަލާ ލޭ ހުއްދަކުރާ ދީނެއްނޫންކަން! އިސްލާމްދީން ބާރުއަޅަނީ ސުލްހަ މަސްލަސްކަމަށް! ރާއްޖޭގެ ދީނީ ޢިލްމުވެރިން މިދަތިދުވަސްވަރު ތިދެއްކެވި ސާބިތުކަމަށް ޝުކުރިއްޔާ!
ޖަމީލުބެ
30 June 2020
الحمد لله