ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ގަވައިދު މިއަދު އިސްލާހުކުރި.
01 ޖުލައި 2020 - 15:24
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައި، އާއްމު ކޮމިޓީން އެކުލަވައިލި ރިޕޯޓު ތަޅުމުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހުށަހެޅުއްވި އިސްލާހަކާ އެކުގަ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ ފިރިން/އަނބިން ނުވަތަ ފިރިންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ވެސް މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.
ރިޕޯޓަށް ހަސަން ހުށަހެޅުއްވި އިސްލާހުގައި އޮތީ މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީން އާއްމަށް ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ބަޔާންތަކުގެ ކޮޕީ އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދަށް އަކުރެއް އިތުރުކުރުމަށެވެ.
We now live the fiction that an MP will have no conflict of interest if an MP transfers their shares in a company to their spouse or kids on becoming an MP! How low can the current Majlis go? https://t.co/5Zkgo5EszT
— Ahmed Shaheed (@ahmedshaheed) June 30, 2020
ޑރ.ޝަހީދުގެ ޓްވީޓް
ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީން ނިންމުމުގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދި އެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުއައްސަސާތަކުން ވެސް ލަފާ ދިނީ އަނބިން/ފިރިންން އަދި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށެވެ.
އެކަމުގައި އޭސީސީން ލަފާ ދިނީ މެމްބަރުންގެ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހާމަކުރުން ރަނގަޅު ނޫން ކަމަށެވެ.
އެކަމަކު މިއީ ބައެއް މީހުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތު މައްސަލައެކެވެ. ބައެއް މީހުންގެ ނަޒަރުގައި ރައްޔިތުންގެ މަޖިލިހުގައި ހިންގާ ހިޔާނާތުގެ އަމަލްތައް ފޮރުވަން ވެސް ލިބޭނެ ފުރުސަތެކެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރެއްގެ ވިޔަފާރީގެ ހިއްސާ އަނބިދަރިންނަށް ބަދަލުކޮށްލާ ހިސާބުން މެމްބަރުގެ މަސްލަހަތު ނޯންނާނެ ކަމަށް ދުށުމަކީ "ޚިޔާލީ ކަމެއް" ކަމަށެވެ. ގަަވައިދަށް ގެންނަ އެ ބަދަލަކީ ދަށު ދަރަޖައިގެ ކަމެއް ނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
02 July 2020
އެޖެންޑާ 19 އައިގެ ހަގީގީ ސިފަ މިފެންނަނީ! މިއީ އިދިކޮޅުގައި ތިބިއިރު ވައުދުވި ދެފުށް ފެންނަ އަދި ހާމަކަން ބޮޑު ސިޔާސަތު! މިއީ ރައީސު އިބޫ އެވިދާޅުވާ ޒީރޯ ޓޮލަރެންސް އަމަލީ ގޮތުން ކުރިއަށްދާ ގޮތަކީ! މިއީ ކޮރަޕްޝަނާއި ފަސާދައިގެ އާއުސްމިންނަކަށް ދިއުމުގެ ފައުންޑޭޝަން. އެމްޑީޕީ ގެ އެކްޓިވިސްޓުންނާއި އެމީހުން ކޮންޓްރޯލްކުރާ ޓްރާންސްޕެރެންސީ ވެސް ހަމަ ހެވިފަ ތިބޭނޭތާ! މިއީ ދައުލަތުގެ ހުރިހާ ބާރެއް ދިނީމަ އެމްޑީޕީން ރައްޔިތުންނަށް ޝުކުރުއަދާކުރާގޮތް!
ފަޤީރުކޮއެ
01 July 2020
ހަބޭސް! ޑިމޮކްރަސީ ފައްކާވެ ނިމުނީ! ކަލްޓް ލީޑަރު ނަޝީދަށް ނޮބެލްޕްރައިޒް ޔަޤީންވީ! ކީހާ ފަރިއްސެއް ޅެމަށް ބަދަލުވީ! މާލިއްޔަތުގައިން އެންމެފަހު ފައިސާފޮތިވެސް ދަވާލަން ތައްޔާރުވީ!
ފަށަން
01 July 2020
ރިކަމަކޫން އެއްވެސް ފަރަގެއް މަށަކަށް ނެތް މަޝައުގުވެރިކަން ހުރިކަމެއް ނޫން ތިކަމަކީ ވަޖިލީހަށް ވަނީ މެންބަރު އޭނަގެ ބަޔާން މިއުޅެނީ ހުށަޏާލައިގެން ދެން ކޮބައިތޯ
އެޑަމް
01 July 2020
ދެނެއް ހަޅޭކެއް ލަވާަނެކަމެއްނެތް ހުރިހާބޮޑިއެއް ބޮނީ އަމިއްލަޔައް މިހާރުވެސްއެމްއެމްޕީއާރުސީގެ ފައިސާގަޑުކާލިމީހުންގެތެރޭ,ކުރިއާ,މިހާރުގެ,ދެމަޖިލިހުގެމެމްބަރުންހިމެނޭކަމައްގޮވާނަގަނީ,ދެންމާރަގަޅެއްނު, ކޮރަޕްސަނުގެބޮޑަތިލާރިގަޑުނަގާ,ސަރުކާރުދަވާލާފަ,އަބިދަރިންގެ,އެކައުންޓައްއަޅާލާނީ,މިކަހަލަބިލްފާސްކޮއްރައްޔިތުންގެހައްގުތަކައް,އަރައިގަންނަންމަގުފަހިވާކަހަލަ,ބިލްފާސްކުރަންލަދެއްވެސްނުގަނޭދޯ!!
ޖަމަލު
01 July 2020
ކޮބާތަ ބޮޓުން ކޮޅު. ރޫހާނީ ލީޑަރަށް އަތް ޖަހަން.
މޯޑް
01 July 2020
ސައްލެގެ މާލީބަޔާން ހާމަ ނުކުރިޔަސް އަހަރަމެންނަށް އޯކޭ. އެމަނިކުފާނު ގެ ދާއިރާގެ ރަށްއިތުނައްނަށް ހާދަ ހަރަދެއް ކުރެއޭ އެކި ގޮތްގޮތުން. ސުކުރިއްޔާ ސައްލެ
އެޖެންޑާ
01 July 2020
ތިޔައީ އެޖެންނާ 19 އާ ކަނޑައެޅިގެން ޚިލާފުކަމެއް! ނުކުރަން ބުނި ހުރިހާކަމެއް މި މީހުންގެ ފުށުން ފެންނަމުން ދަނީ! މިއާއެކު ރައްޔިތުންނަށް ކޮށްދޭން ބުނިކަންކަން ވެސް ކޮށްދޭން ފެށުމުގެ ޢަލާމާތެއް ވެސް ނުފެނޭ! ބައިސާ ކަނޑާފައި ފެއްޓި ނާސްތާވެސް ހުއްޓާލައިފި! ދެންބުނާނެ ކޮވިޑް އޭ! އެކަމަކު ގުޅިފަޅު ބްރިޖަށް ހަމަ އެކަނި ސާވޭ ކޮށްލަން 61،680،000 ރުފިޔާ އިންޑިޔާއަށް! އެވެސް ސާވޭކޮށްފައި ބްރިޖްއަޅަން ފީޒިބަލް ނުވެއްޖިއްޔާ 61.68 މިލިއަން ރުފިޔާ ރައްޔިތުންގެ ފައިސާއިން ބޭކާރު!
ަަަަަ
01 July 2020
މި ސަރިކާރު ވެއްޓޭ މަންޒަރު އެބަ ފެނޭ. ފާސްކުރެވެން އޮތް އެއްޗެއް އަވަހަށް ފާސްކުރޭ
ހެޔޮބަދަލު
01 July 2020
އެޖެންޑާ 19 ތަފާތުވާނެ
ފަހުދު
01 July 2020
ޒީރޯ ޓޮލަރަންސް