މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު، އެހެން މެމްބަރަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
14 ޖުލައި 2020 - 11:52
ރައްޔިތުންގެ މަޖިލީހުގެ 20 މެމްބަރަކަށް ބަޔަކު މަރުގެ އިންޒާރު ދޭ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަ ބަލައިދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިިިި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު ވިދާޅުވީ މަރުގެ އިންޒާރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ވެސް ހިމެނޭ ކަމަށެވެ.
އެ ތުހުމަތުތައް ޖާބިރު އަމާޒުކުރެއްވީ ރާއްޖޭގައި "އަޑީ ދައިލަތެއް" ހިންގާ ކަމަށް ވިދާޅުވެ އެވެ. "އަޑީ ދައުލަތް" ސިފަކުރަނީ ހަރުކަށި ފިކުރުގެ މީހުންގެ ނުފޫޒާއި ހަރަކާތްތައް، ރާއްޖޭގެ އެކި ކަންކަމަށް ފެތުފައި އޮންނަ ކަމަށް ބުނެ، އެކަމަށެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތު"ގެ ނުރައްކާތެރިކަން ގިނަ ގޮތްތަކުން ކަށަަވަރުވެފައިވާ ކަަމަށެވެ. މީހުން ގެއްލުވައިލުމާއި ގޮތް ނޭނގޭ ގަތުލުތަކުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރިޕޯޓްތަކުން ވެސް އެ ދައުލަތުގެ ބިރުވެރިކަން ވަޒަންކުރެވިފައިވާ ކަމަށް، ވިދާޅުވި އެވެ.
"އަދި މިހާރު ވެސް ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެމްބަރުންނަށް މި ދަންނަވާ އަޑީ ދައުލަތުން ދަނީ ލާދީނީ ފިކުރުގެ ބައެއް ކަމުގެ އިލްޒާމް އަޅުވައި މަރުގެ އިންޒާރު ދެމުންނެވެ،" ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަަލައިގައި ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
އޭނާ ގޮވާލެއްވީ "އަޑީ ދައުލަތު"ގައި އިސްކޮށް އުޅެނީ ކޮން ބައެއްތޯ ދެނެގަތުމަށެވެ. އެފަދަ މީހުންގެ އެޖެންޑާއަކީ ކޮބައިކަން ހޯދަން ވެސް އޭނާ ގޮވާލެއްވި އެވެ.
ބަހުސްގައި ޖާބިރު ތުހުމަތުކުރެއްވީ ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ނުބެލިގެން އުޅެނީ ކީއްވެތޯ ވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.
"މީގެ ތެެރޭގައި އެބަ ތިބި ނެޓްވޯކް އެޅިފައި ތިބި ބަޔަކު ވެސް. އެމީހުންނަކީ ވެސް ކޮބައިތޯ ބަލަން ޖެހޭ. އިއްޒަތްތެރި ރައީސް، އަދާ ހަމައަށް ނުބެލިގެން އުޅޭ މައްސަލަ ވެސް ބަލަން ޖެހޭ. ކީއްވެގެންތޯ ނުބެލިގެން މިއުޅެނީ؟ ބަލަން ތިބި ވުޒާރާތަކުގެ މީހުން ތިބީތޯ އަނެއްކާ؟" ޖާބިރު ވިދާޅުވި އެވެ.
ކުއްލި މައްސަލައެއް އެޖެންޑާކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ހުށަހަޅުއްވާތީ ޖާބިރަށް ފުރުސަތު ލިބިވަޑައިގަތީ ގުރުއަތުލައިގެންނެވެ. އޭނާ ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަންނަން، އެވަގުތު ތަޅުމުގައި ތިއްބެވި، 20 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
ޝިޔާމް ވިދާޅުވީ "އަޑީ ދައުލަތް" ޖާބިރު މާނަކުރައްވާ ގޮތާއި އިދިކޮޅުން މާނަކުރާ ގޮތް ތަފާތުވެދާނެ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ އައްސަލުތަކާ ހިލާފަށް ރާއްޖޭގައި ކަންތައްތައް ކުރާތަން އެބަ ފެނެ އެވެ. ރާއްޖޭގެ އިސްލާމީ މުޖުތަމައުގެ މަސްލަހަތު ގެއްލޭ ގޮތަށް، ލާދީނިއްޔަތަށް ސަރުކާރުން ހިތްވަރުދޭތީ އެއީ ބިރުހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިންޒާ
18 July 2020
ތިވާނީ ދިޔާނާ ކުރުވާކަމަކަށް
ގިޓާ
17 July 2020
ތިޔައީ މުސާރަހޯދަން މޮޅުވާހަކަތަކެއް ދައްކައިގެން ދެމިއޮންނަ ކޮމެޓީއެއް! ސާބަހޭ ކޮމެޓީ، ދީނައްފުރައްސާރަކޮށް ﷲގެ ވަޙީއަށް ގޮންޖަހާދައުލަތެއް އެބައޮތް އެ ދައުލަތަކީ އަލި ދައުލަތްތަ؟
ހެޔޮ ނިޔަތުގައި
15 July 2020
ކޮންމެ ގޮތަކަށް އުޅުނަސް މަރު އައިސް ބައްދަލު ކުރާނެ، އިސްތަށި ހުދުވީމަ ކަޅު ކުރެވުނަސް މަރުވީމަ އަލުން ނުދިރޭނެ. ދެން އޮންނާނީ ހިސާބު ބެއްލެވުން ކައިބޮއި ހެދި ތަކެތީގެ ހިސާބު، ފަޅުރަށާއި ރިސޯޓުތައް ހޯދި ގޮތުގެ ހިސާބު، ވޯޓުގަތް ގޮތުގެ ހިސާބު، ހެދި ދޮގުތަކުގެ ހިސާބު ބައްލަވާ ޢަޒާބު ދިނުމަށް ﷲ އިރާދަ ކުރެއްވި އަޅަކަށް ޢަޒާބު ދެއްވާނެ. ޢަޒާބު ދެއްވަން ހައްދަވާފައިވަނީ ނަރަކަ. ހަމަ ސީދާ އަލިފާން.
މަޑިދަށުދައުލަތް
14 July 2020
މިގައުމުގައި އަޑީ 2 ދައުލަތް އޮވޭ. 2 ދައުލަތްވަނީ ދެކޮޅަކަށް ގޮސް ހައްދު ފަހަނައަޅައިފައި. ހޯދާއިރު 2 ދައުލަތްވެސް ހޯދާލާތި. މަތީގަ އޮތް ދައުލަތަށްވެސް ނެޓްވޯކް އެޅިފަ އަޑީ ދައުލަތްތަކުން އޮންނަނީ. އެހެންވެ ހޯދަން އުނދަގޫވެގެން ތިއުޅެނީ..
ފޫހި
14 July 2020
ޖާބިރޫ ކަލޭމެން ކާނެވަރަކަށް ކައި އުޅޭނެގޮތަކަށް އުޅެންވީ އެއްވެސް ގާނޫނެއް މިގައުމުގައި ކަލޭމެންނާ އަރާ ހަމައެއްނުކުރާނެ. އަދި ތިޔަ ބުނާ މީހުން ގެ ކިބައިން ކަލޭމެންނަށް ރައްކާތެރިކަން ވެސް ހޯދޭނެ. އެކަމަކު މަލަކަލްމައުތުގެ ފާނު ކަލޭމެން ގެންދަންވީމަ ދެން ހަދާނީ ކިހިނެއް.
ކީކޭ ބުނާނީ
14 July 2020
ބިރު ގަނޭ ދޯ؟ ދެން އުޅެނީވެސް ތިމާ ކަހަލަ އިންސާނުން ކަން ދަނެގެން އުޅޭނަމަ ތިކަހަލަ ކަންތައް ކުރިމަތިވުން ދުރުވާނެ.