ރޭޕެއް ކަމަށް ވިދާޅުވެ އޮޅުވާލެއްވީ އާޒިމާ ޝަކޫރު ކަމަށް "މެންދުރު"ން ކުރާ ތުހުމަތަށް އާޒިމާ އިންކާރުކުރައްވާ
ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވި ދަނޑިވަޅުގައި ގިނަ ބަޔަކު ނުކުމެ ރޭޕްއާ ދެކޮޅަށް މާލޭގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
23 ޖުލައި 2020 - 00:45
ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިއަ މަހު 25 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ބެހޭގޮތުން "މެންދުރު އޮންލައިން"ގައި ޖެހި ލިޔުން އެ ވެބްސައިޓުން ނަގައި މިރޭ މައާފަށް އެދިއްޖެ އެވެ.
ޖޫން 28 ގައި "މެންދުރު"ގައި ޝާއިއުކުރި ލިޔުމުގައި، ދިވެހި ދެ ފިރިހެނަކު ވެގެން އެ އަންހެންމީހާ ރޭޕްކުރި ގޮތް އޭނާ ކިޔައިދިން ކަމަށް ބުނެ ޖެހި ތަފްސީލް ވާހަކަތަކަކާ އެކު އާއްމުން ވަރަށް ބޮޑަށް ރުޅި އައިސް ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އާއިލީ ދެ މީހަކު މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލީ ނުފޫޒު ފޯރުވައިގެންކަމުގެ ތުހުމަތު، އެ ލިޔުމާ އެކު ފެންމަތިވެ، ކަމާބެހޭ އެތައް މުއައްސަސާއަކުން ދަނީ ފުލުހުން އަމަލުކުރި ގޮތް ބަލަމުންނެވެ.
"މެންދުރު"ގެ ލިޔުން ޖެހިތާ އެއް ދުވަސް ފަހުން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އަންހެންމީހާ ވަނީ އެހާތަނަށް އެހެން އެއްވެސް އިންޓަވިއުއެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ. އޭނާ ރޭޕްކުރި ކަމަށް "މެންދުރު"ގައި ޖެހި ވާހަކަތައް ދޮގުކޮށް "މިހާރު" އަށް އޭނާ ކިޔައިދިނީ ސަފާރީގައި މީހަކު އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި ގޯނާކުރި ކަމުގެ ތުހުމަތެވެ. ފުލުހުން ވެސް ބުނަމުންދަނީ އަންހެންމީހާ ފުލުހުންނަށް ދެ ފަހަރު މަތިން ބަޔާންދިން އިރު ވެސް އެ މައްސަލައިގެ ވާހަކަ ކިޔައިދިނީ އެ ގޮތަށް ކަމަށެވެ. އަދި "މެންދުރު"ން ދޮގު ވާހަކަތަކެއް ފެތުރުމުން ލިބުނު ގެއްލުންތަކާ ހެދި އެ ވެބްސައިޓުގެ މައްސަލަ ބަލަން އަންހެންމީހާ ބޭނުންވާތީ އެކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"މެންދުރު"ގެ ލިޔުމާ އެކު މައްސަލަ ހޫނުވެފައި އޮންނަތާ ތިން ހަފްތާ ފަހުން އެ ވެބްސައިޓުގައި މިރޭ ޝާއިއުކުރި ބަޔާނެއްގައި ބުނީ "މިފަހުން މެންދުރު އޮންލައިން އިން ބެލި ބެލުމުން އިނގިގެން ދިޔައީ، ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއް ނޫން" ކަމަށެވެ.
އެ ލިޔުމާ އެކު ޖެހި ނޯޓެއްގައި "މެންދުރު"ން ކުރިން ބުނެފައި އޮތީ އެ ވެބްސައިޓުން ގެނެސްދީފައި ވާނީ "ރޭޕް ވިކްޓިމް ވަރަށް އަސަރާއި އުނދަގުލާ އެކީ ދެއްކި ވާހަކަތައް އަކުރުން އަކުރަށް" ކަމަށެވެ. އަދި "މެންދުރު އޮންލައިން"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން، އެ ލިޔުމުގެ ދިފާއުގައި ބަޔާނެއް ވެސް ނެރުނެވެ.
އެކަމަކު އެ ވެބްސައިޓުން މިހާރު ބުނަނީ "މި މައްސަލަ 'ރޭޕް ކޭސް'ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއް ތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ވަނީ ކަށަވަރުވެފަ"އި ކަމަށެވެ.
ހަގީގަތް އޮޅުވާލުމުގެ ތުހުމަތު "މެންދުރު"ން ކުރަނީ ކުރީގެ ބަންޑާރަ ނާއިބު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އައިޝަތު އާޒިމާ ޝަކޫރަށެވެ.
"މެންދުރު"ން ބުނާގޮތުގައި ކެންޔާ އަންހެންމީހާ ރޭޕްކުރި ކަމަށް ބުނެ "ބޮޑު އޮޅުވާލުމެއް އޮޅުވާލާ"، އެ ވެބްސައިޓާ ހަމައަށް ވާހަކަތަކެއް ގެންދެވީ އާޒިމާ އެވެ.
"ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު، ވިކްޓިމް އަށް މި ވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށް ބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހި ބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.،" ބަޔާނުގައިވެ އެވެ.
އެކަމަކު އާޒިމާ އެކަން ދޮގުކުރައްވަ އެވެ.
އާޒިމާ މިރޭ "މިހާރު"އަށް ވިދާޅުވީ މި މައްސަލަ އާއްމުވުމުގެ ކުރިން މި ކަމާ ބެހޭ އެއްވެސް ކަމެއް އޭނާ އަށް "އެންމެ ގޮތަކުން" ވެސް އެނގިވަޑައިގެންފައި ނެތް ކަމަށެވެ. މި މައްސަލައިގެ މައުލޫމާތެއް ފުރަތަމަ ލިބިވަޑައިގެންނެވީ މީޑިއާ އިން ކަމަށާއި މިކަމާ ބެހޭ ވާހަކައެއް އެނގޭ ކަމަށް ވިދާޅުވެ އެއްވެސް ބަޔަކަށް އެއްޗެއް ކިޔައިދެއްވާފައި ނޯންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "މެންދުރު އޮންލައިން" ކިޔާ ވެބްސައިޓެއް ހިންގަނީ ކޮން ބަޔަކުކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެ މީހުން ބުނެފައި އޮތް، އެ މީހުން އަތުގައި އެ ކުއްޖާގެ ރެކޯޑިންއާ އެއްޗެހި ވެސް އޮންނާނެއޭ، ހަމަ ދެއްކި ވާހަކަ އަކުރުން އަކުރަށޭ ލިޔުނީ. އެހެން ވެއްޖެއްޔާ އަޅުގަނޑު ދެއްކި ވާހަކައެއް ވެސް އެ މީހުން އަތުގައި އޮންނަންވާނެތާ،" އާޒިމާ ވިދާޅުވި އެވެ.
އައިޝަތު އާޒިމާ ޝަކޫރު
"މެންދުރު"ން މި މައްސަލައިގައި އާޒިމާގެ ނަން ގެނައުމުގެ ސަބަބެއް އެބަ އޮތްތޯ އެހުމުން އޭނާ ވިދާޅުވީ އޭނާގެ ނަން ބޭނުންކުރުމުން ސިޔާސީގޮތުން "ސެންސިޓިވް"ވާނެ ކަމަށް ބަލާފައި އޮވެދާނެ ކަމަށާއި އެކަމަކު އޭނާ ސިޔާސީ މަސައްކަތުން އެއްފަރާތްވެގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"ޕީޕީއެމްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވެ ގޭގައި އަޅުގަނޑު މި ހުންނަނީ ވެސް،" އޭނާ ވިދާޅުވި އެވެ.
"ސިޔާސީ މީހަކަށް ވީމަ، އޮޕޮޒިޝަންގެ މީހަކަށް ވީމަ އަޅުގަނޑު މަތި އަޅުވާކަށް ނުޖެހޭނެ. މިއީ ވަރަށް ބޮޑު މައްސަލައެއް. ފުލުހުން ކުރާ ތަހުގީގަކާ ގުޅުވާލާފައި އަޅުގަނޑުގެ ނަން ވައްޓާލީމަ އަނެއްހެން ކިހާ ބޮޑު ގާނޫނީ ނުރައްކަލަކަށްތޯ އަޅުގަނޑު މި ވެއްޓެނީ؟ މި މީހުންނަކީ ރެޖިސްޓަޑް ބައެއް ވެސް ނޫން. މި މީހުންނާ ދޭތެރޭ އެޅޭނީ ކޮން ފިޔަވަޅެއް؟ އަޅުގަނޑުގެ ހައްގު ހޯދަން ދާނީ ކޮން ތާކަށް؟"
ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނެތް "މެންދުރު"ގައި ލިޔުންތައް ޝާއިއުކުރަނީ ލިޔުނު މީހެއްގެ ނަން ނުޖަހަ އެވެ. އަދި އެ ވެބްސައިޓު ހިންގަނީ ކާކު ނުވަތަ ކޮން ބައެއް ކަމެއް އަދި ގުޅޭނެ ގޮތެއްގެ އެއްވެސް މައުލޫމާތެއް ވެސް ވެބްސައިޓުގައި ދީފައެއް ނެތެވެ.
އާޒިމާ ވިދާޅުވީ ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވުން ހުއްޓާލައްވައިގެން އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ޝިކާރައަކަށްވާ ބައެއް މީހުންނަށް ކުރިން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި ހުއްޓަސް މި މައްސަލައިގައި އެ ގޮތަށް ވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެންދުރު އޮންލައިން މިފަދަ ސިޔާސީ ކަމެއްގައި ޖެހިފައި އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މިމައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން" މައާފަށް އެދޭ ކަމަށާއި "ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވާހަކަތަކަކީ މިއަށް ވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ކުރެވޭނޭ ކަމެއްކަމުގައި ދެކޭތީ، އެކަންކަން އިސްލާހުކުރާނެ" ކަމަށް އެ ވެބްސައިޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
Safaaree ah gendhiya anhenmeehaage interview: "jinsee gunavanthakugai aiyli"
The most trusted news source in the Maldives
Mihaaru
އަންހެންމީހާ "މިހާރު" އަށް ދިން އިންޓަވިއު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިލަފް
27 July 2020
ދޮގަކަށްފަހު ދޮގެއް. ސަލާމަތްވާނީ ކިތަށް ދޮގު ހެދީމަބާ؟
އައިސް
24 July 2020
ސަރުކާރު ބޮޑުން ވިއްޔަ ހުރިހާ ކަމެއް ފަސްލާ ފޮރުވީ....މިތާ ކޮންމެ ޖަރީމާ އެއް ހިންގާފަ ކުރީ ސަރުކާރު ބޮލުގަ ައަޅުވާ ގަމާރުން ގަބޫލު ކުރާނެ އެބައޮތް ރެކޭ ދެ ހަތޔާރު އޮޅިގެން،،،ކުރީސަރުކާރު...
ކެލާ
23 July 2020
މެންދުރަކީ ދެއްކި ކޮންވާހަކަޔަކަށްތޯ އިތުބާރުކުރަންވީ؟ ރޭޕްކުރިކަމަށް ބުނި ވާހަކަތޯ؟ ނޫނީ ނުކުރާކަމަށް ބުނި ވާހަކަތޯ؟ ނޫނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މީހާއަށް ރައްކާތެރިކަން ދޭނެކަމަށްތޯ ބަލަންވީ ނޫނީ ހަވަރަށްދޭނެކަމަށްތޯ ބަލަންވީ؟
ahmed
23 July 2020
ކުރީގެ ރައީސް އަށް ދެއްވި ޤާނޫނީ ލަފާ؟ އާޒިމާ
Ahmed Shujau
23 July 2020
އާ ޒި މާ ، ޖީއެމް އާރ ،/ ރައީސް އަށް ދެއްވި ލަފާ
ބީތާވެދާނެ
23 July 2020
އެދުވަހު މެންދުރު ނޫހުގަ ލިޔުނު ވާހަކަ ތައް ނުވި ފައިސާދީގެން ލިޔުނު ލިޔުމަކައް ހެހެހެ އެވާހަކަ ތައް ގަބޫލް ކޮއްގެން އެންމެންތިބެ ކޮމެންޓް ކޮއް ފުލުހުންނާ ދެއްކިވާހަކަ ތަކާ މިހާރު ނޫހުގަ ލިޔުނު ވާހަކަ ތައްވެސް ދޮގުކުރި. މިޔަދު މެންދުރުނޫހުން އެވާހަކަ ދޮގުކުރީމަ ފައިސާދީގެން ނެރުނު ނޫސްބަޔާނަކައް މިވީ....... ކީކޭބުނާނީ މީހުންގެ ވިސނުމުގެ ފެންވަރު މިފެންނަނީ
ޙަމްދަރުދީ
23 July 2020
އޮންލައިން ނޫހަކައްލާރިކޮޅެއްދީގެންވެސް އޮއްބާލެވޭތޯބަލާތި ތިވެސް ސުޕޮންސަރ ކުރަން މޮޅުގޮތެއް އެކަމަކު އާންމުންގެ ކުރިމަތީ ނޫހުގެ އަގުވެއްޓުނީ އެހެންނޫނަސް ތީ އަދި އަޑުވެސްނާހާ ނަމެއް މެންދުރު ލޮލް...
ކަކުނިބޯ
23 July 2020
ފޯނު ކުރިއްޔާ ކަނެކްޝަން ރިކޯޑް އިން އެގޭނެ ލޮކޭޝަން އެގޭނެ، ނަ މްބަރ އެގޭނެ، ފޯނު ރޮކޯޑިން ފަހަރެއްގައި އޮވެދާނެ
ކޮތަރު
23 July 2020
މުޖުތަމައު ފަސާދަވެނިމިއްޖެ.
ަލައިޔާމު
23 July 2020
މެންދުރަކަސް ހަވިރަކަސް ބިރުއައިމަ ޖެހޭނީ މާފައެދި އެބުނާގޮތަހަދަން އެމީހުން ތިބީ ސަލޮވާ ފާތިހާކިޔަން ދެންކޮންހާ ވާހަކައެއް....