ނަޝީދު: ރާއްޖެ އަލުން ބަންދުކޮށްގެން ލިބޭނެ ގެއްލުން ބޮޑު ކަމަށް ވިދާޅުވި -- ފޮޓޯ/މަޖިލިސް
29 ޖުލައި 2020 - 10:46
ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.
އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެ އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެ ބަލިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓްވާން ޖާގަ ދީފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައިވެ އެވެ.
Raajje alun anbura ban’dhu kurumuge visnumakee Dhevhinnah enme faidhaa huri goiy kamah dhekeveykah neiy. Covid roaga aai eku ulheveyne goiy hoadhan jehey. Roaga in salaamaiy vumahtakai qawm ban’dhukoh rayyithun banguroot vumah jaaga dheefinama, rayyithunnah libey gellun boduvaane
— Mohamed Nasheed (@MohamedNasheed) July 29, 2020
ނަޝީދުގެ ޓްވީޓް
ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިދިން ފަހުން އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ. ބައްޔަށް ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި އިއްޔެ 92 ދިވެހިން ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިންޒާރު ދެއްވައިފަ އެވެ. އަމީން ވިދާޅުވެފައިވަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވަމުންދާ ކަމަށެވެ.
"އާއްމު ހާލަތަށް އެދޭ ނަމަ މާސްކު އަޅުއްވާ. އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ. ބައްދަލުވާ އަދަދު މަދުކުރައްވާ. ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ،" އަމީން ކުރެއްވި ޓުވީޓެއްގައި ރޭ ވިދާޅުވި އެވެ.
ރާއްޖެ އިން 3،500 އަށް ވުރެން ގިނަ މީހުންނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު 15 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫޕާޕަރޭ88
30 July 2020
ގަބޫލް ކުރަން. ގޭ ދޮރު ތަޅުއަޅުވައިގެން 5 އަަހަރު އުޅުނަސް ލޮލަށް ނުފެންނަ ކޮވިޑް އަ ކީ ނައްތާލެވޭ އެއްޗެށްނޫން.
ނީރާ
29 July 2020
ރާއްޖޭގެ ބޯޑަރު ބަންދު ނުކޮށް ތޫރިސްޓުންނަށް ރާއްޖެ އާދެވޭގޮތަށް ހަމަޖައްސާ، އެތެރޭގެ އުދުހުންތައް ކުރިއަށް ނުގެންދެވޭ ގޮތަށް ރާއްޖެ ލޮކްޑައުން ކުރުމުގެ ވަގުތު މިހާރު ޖެހިއްޖެ.
ރިހި ރާންބާގަސް
29 July 2020
ލޮކްޑައުންކޮށް އަލުން ކަންކަން ރަނގަޅަށް އެރޭންޖް ކުރަންވީ ހޮސްޕިތޓާ ފިހާރަތައް ރެސްޓޯރެންޓް އަދި މަގުތައްވެސް ކޮވިޑާއެކު އުޅެވޭ ގޮތަށް އެރޭންޖް ނުކޮށް ލޮކްޑައުން އުވާލީމަ މިހެންމިވީ! ގައިޑްލައިންތަކެއް ނެރުނަސް އޭގެއަށް އަމަލުނުކުރާ މީހުން ގިނައީ!
ފަރުދީ ޒިންމާ ސުމެއް
30 July 2020
ދެން މާސް ކް ނާޅާ އެއުޅެނީ ކޮން ކަމެއް ވެގެން ކޯޗެއް މަދުވެގެން؟
އައިސްތު
29 July 2020
ޖޫން 15 ގައި ހުޅުވައިގެން ކިތައް ޓުރިސްޓުން ތޯ އައީ އަހާލަން ބޭނުން. ލަންކާ ހެދިހެން އޮގަސްޓަށް ލަސްކޮށް ލުއިތައްވެސް އެކަށްޗަކަށް ނުދިންނަމަ ކޮވިޑު އޮތީހީ މިހާރު ކޮންޓުރޯލުވެފަ. އޮކްޓޫބަރު ޓޫރިސްޓް ސީޒަން އަންނަ އިރު ކޮވިޑާއި ހެދި ގައުމުތަކުން ރާއަޖެއަށް އަންނަ ގެސްޓުން އަބުރާ ދާއިރު ކަރަންޓީނު ކުރަން ޖައްސާތީ ބުކިން ކެންސަލް ކުރަން ފަށާނެ މިދާ ރޭޓުން
ޑޮކްޓަރ ނާން
30 July 2020
ބަލަގަ މާލެ ތެރޭ މިފެތުރެނީ. ޓޫރިސްޓުންނާ ބެހޭ ކަމެއް ނޫން. އެމީހުން ދަނީ އެއާޕޯޓުން ރިސޯޓަށް
ށޭޒު
31 July 2020
ޑޮކްޓަރު ނާން ކިތަންމެ ބަރަކަށް އެއީ މާލޭ ގއި އޮތް އެއްްޗެކޭ ރިޒޯޓަކާކީއްހޭ ގޮވިއެއްކަމަކު ގައުމުތަކުން ރިސްކެއް ނުނަ ގާނެ. ހަމަ ހިވޭތަ މިތާ އެހާވރަށް ފެތުރިފަ އޮއްވާ ރާއްޖެއައިސް ދާ ޖަރުމަނުމީހާ އަށް ކަރަންޓީނު ނުވާގ ގޮތަށް ޖރުމަނަށް އަބުރާ އެތެރެވެވޭނެހެން
ތޯއި
29 July 2020
މީނާ ހީވަނީ މިގައުމުމީ ބައިވަރު އުފައްދާ ބައެއް ކަމައްތަ؟ ދަތް ކޮއްޓާ އިލޮށިވެސް ކުރަނީ އިމްޕޯޓު ކޮއިފުޅާ. ޑޮލަރު ނުލިބޭނެ މަސައްކަތެއް ކުރަންޏާ އަމުދުން ޑޮލަރު ރާއްޖެއިންބޭރަށް ދާނެ މަސައްކަތެއް ކުރަންޏާ މިވަގުތައް ރަނގަޅީވެސް އެކަހަލަ އިގްތިސާދީ މަސައްކަތް ދައްކޮށްލުން. އޭރުން ޒަރޫރީ ބޭނުމަށް ޑޮލަރު ކޮޅެއް ހުންނާނީ. މީނާއަށް ވިސްނޭނަމަ ދެފައި އެއްތާކު ނޯވެގެން ޓޫރިޒަމް ސީޒަން ނާންނަނީސް ހުރިހާ ލުޔެއް ދޫކޮށް ޑޮލަރު ޑިމާންޑު މައްޗައް ނުފޮނުވާނެ
ތޯއި
29 July 2020
ދެން ހުޅުވައިގެން ރެސްޓޯރަންޓްތަކާއި ކެފޭތަކަށް އަރައި ބޭކާރު ޚަރަދު ޒުވާނުން ކޮށްފައި ސީޒަން އަންނަންވާއިރު ކޮވިޑާއި ހެދި ގެސްޓުން ބުކިންތައް ކެންސަލް ކުރީމާ ދެން ކެފޭތަކާއި ފިހާރަތައްވެސް އޮޓަމެޓިކުން ބަންދުވެދާނެ ޑޮލަރު ނެތިގެން. މަހީކުރީ މީނާ އުޅުނީ ފެކްޓްރީތަކުގައި މަސައްކަތް ކުރާމީހުން ގޭގައި ތިބެންޖެހި އެކްސްޕޯޓު ދައްވެގެން ޑޮލަރަށް ޖެހިދާނެތީ ބިރުންކަމަށް. ބަލަ ފެކްޓްރީތަކެއް މިރާއްޖެއަކު ނެތް. ހުޅުވީމާ އަތުގައި ހުރި ޑޮލަރު ހުސްވާން އަވަސްވީ
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
29 July 2020
ގިނަ ޤައުމުތަކުން، "ލޮކްޑައުން" ބޭނުން ކުރީ ތައްޔާރީ ހާލަތަކަށް އައުމަށް. މިސާލަކަށް، "ލޮކްޑައުން" ދޫކޮށްލުމުން މިވެނި އަދަދަކަށް މީހުން ފައްސި-ވާނެ ކަމަށްބަަލައި، މިވެނި އަދަދަކަށް ހޮސްޕިޓަލް ތަކުގެ އެނދުތައް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށް. ދިވެހިރާއްޖޭގައިވެސް އެގޮތުގެމަތިން ކަންތައްތައް ކުރިވިފައިވާނަމަ، ތިޔަވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް.
އަލީ!
29 July 2020
ރާއްޖޭގަވެސް އެގޮތަށް ކަންތަށްކޮށްފައެހެރީ
ައަފުރާސިޔާބު
29 July 2020
ލޮކްޑައުން ކުރީމާވެސް އުޅުނީ މަނިކުފާނު ވިދާޅުވިގޮތަށް. ލޮކްޑައުން ނުކުރިޔަސް މިރާއްޖޭގެ ކުދިން އުޅޭނީ މަނިކުފާނު ވިދާޅުވާ ގޮތަކަށް. ގައުމުގެ އައްޕަވީމާ ދަރިން އުޅޭނީ ބަސްއަހައިގެން.
ކޮތަރު
29 July 2020
ރަގަޅުވާހަކައެއްތިޔާބުނީ. ތިކަމަށް ތާއީދު.
އަސްލު
29 July 2020
މިކަމަކާ ހެދި އެއްވެސް ކަމެއް ނުވެ, ޤައުމުގެ އެންމެންނަށް ކޮވިޑް ޖެހުނަސް ހެޔޮ މީހުން އުޅޭތީ, މިޤައުމަކީ ވަކި މީހެއްގެ ތަރިކަ މުދާގަނޑަކަށް މިއޮތީވެފައި މި މީހަކު ބުނާގޮތަކަށް މި ޖެހެނީ ހުރިހާ ކަމެއްވެސް ކުރަން. ރައްޔިތުން ހަނާވެ މަރުވިޔަސް ހެޔޮތޯ?