ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ
19 އޯގަސްޓް 2020 - 12:29
ކޮރަޕްޝަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަން ހުއްޓުވަން ގޮވާލައި ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވުމަށް ފަހު، ބަހުސް މަރުހަލާގައި އާދަމް ޝަރީފް ވިދާޅުވީ، މައްސަލަ މަޖިލީހަށް ބަލައިގަތުމަކީ ވެސް މަޖިލީހުން ކޮރަޕްޝަނާ ދެކޮޅަށް މަސައްްކަތްކުރާ ކަން ދޭހަވާ ކަމެއް ކަމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި ކަމަށްޓަކައި އާދަމް ޝަރީފް ރިޔާސަތަށް ޝުކުރު އަދާކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މި ބާވަތުގެ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށް އަދި މިކަމަށް، ކަރަޕްޝަނަށް އޮތް މަގުތައް ބަންދު ކުރެއްވުމަށްޓަކައި ވަރަށް ހީވާގި ކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަން،" އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑުމެން އެބަ ކެހޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވެއްޖެއްޔާ މިކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެން މި މައްސލަަތައް ހައްލުކުރާނެ ގޮތްތަކެއް ހޯދަން--- އާދަމް ޝަރީފް
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުން އެގޮތަށް މަސަައްކަތް ކުރި ނަމަވެސް ގާނޫނާއި ގަވައިދުތައް ހުރި ގޮތުގެ ސަބަބުންނާއި މުއައްސަސާތަކުން ކަންތައްތައް ކުރަމުންދާ ގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. އެގޮތުން ތަންތަނުގެ ވެރިން އެކަހެރިވެލާފައި ދަށުގައި ތިބި މީހުން ލައްވައި ކޮރަޕްޝަން ހިންގޭނެ މަގު އަދިވެސް ފަހިވެފައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވެއްޖެއްޔާ މި ކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށް، އަޅުގަނޑުމެން މި މައްސލަަތައް ހައްލު ކުރާނެ ގޮތްތަކެއް ހޯދަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގަައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ކުރި މަސައްކަތުގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ ކަންތައްތަކުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ މައްސަލައެއް ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް އޭނާގެ އިހުމާލު އެކަމުގައި އެބަ އޮތެވެ. ހަމަ އެކަނި ފައިނޭންސް އެގްްޒެކެޓިވް އަކަށް ހުރިހާ ކަމެއް ދޫކޮއްލަވައިގެން އަމީރު ހުންނެވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދައުލަތުގެ ރިޒާވްގެ އެހާ ގިނަ ފައިސާ ނުމެ ނެތް އިރު، މިހާ ބައިވަރު ފައިސާ ހަރަދުވެގެން ދާއިރު މާލީ ވަޒީރު އެބަޖެހޭ ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
19 August 2020
ކޮރަޕްށަނެއް ނުހުއްޓުވޭނެ، ހެހާ ހިއްވަރެއް ވެސް ފެންވަރެއް ވެސް ނެތް ދިވެހި ދައުލަތުަގަ.
ކައްދަ
19 August 2020
ހުސް ކޮރަޕްޓު މީހުން ތިބިތަނެއްގައި ވެރިކަން ވެސް ކުރާނީ ކޮރަޕްޓު މީހުން ދޯ. ކޮރަޕްޝަންއޭ ކިޔަންޏާ ކޮންމި މީހަކު އެބަޖެހޭ ފަރުދީ ލެވެލް ގައި މީގެ ޒިންމާ ތަކެއް ނަގަން. ގިނައިން ލާރި ދެންޏާ ވަރިހަމަ އުސޫލު ދޫކޮށް ހައްޤައް މަސައްކަތް ކުރަން އެބަޖެހޭ އެންމެން. 90 ފަސެންޓު މީހުންނަށް ހައްޤު ކަމަށް ފެންނަނި ލާރި ލިބޭކޮޅު ވީމާ ވެގެން އުޅޭގޮތެއް މީ
ދީމާހު
19 August 2020
ސާބިތުވެ އޮތީ ކޯލިޝަންގެ ވަޒީރުންނާއި އިދިކޮޅު މީހުން ފަހަތުން ދުވެ ބަދަލުހިފާ ނުލަފާކަން ދައްކުމަށް. ރޯޔަލް ރޭޕު ކޭސް އޮއްބާލުންވެސް އެއީ ކޮރަޕްޝަން ނޫންތޯ
ބަސް
19 August 2020
މިދުނިޔެއަށް ލޯހުޅުވުނު ދުވަހުން ފެށިގެން އަޑުއިވޭ އެކަމަކު އޭގެ ހަގީގަތް ރަނގަޅަށް ނެއެނގޭ ބަސްތަކެއް އިވޭ. އަދުލު އިންސާފު، ހަމަހަމަކަން. ޑިމޮކްރަސީ، ކޮރަޕްޝަން، ޓެރަރިޒަމް، އިންސާނީ ޙައްޤު، މިނިވަންކަން، ތެދުވެރިކަން، އިޚްލާސްތެރިކަން، ހައްދުފަހަނައެޅުން، ހަރުކަށިކަން، މެދުމިން. މިފަދަ ބަސްތައް އެކަކު މާނަކުރާގޮތާ އަނެކަކު މާނަކުރާގޮތާ މުޅިން ފުށުއަރާތަންފެނޭ. ދެ ސަރުކާރަކުން އެއްގޮތަކަށް މާނަ ނުކުރޭ.
އައްޑޫބެއްޔާ
19 August 2020
ސާބިތުވެ އޮތް މިންވަރު ވަރަށް ރަގަޅަށް ރައްޔިތުންނަށް ސާފު. ރައީސް ނަޝީދު ނިސްބަތްވާ ސަރުކާރެއްގައި އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ މިނިސްޓަރަކާއި ދެކޮޅަށް ތެދުވެ ވަޑައިގެންނެވީމާ ތިޔަ މަޖިލީހުގައި ނަގޫގޮށްޖެހިފައި ތިބި މެމްބަރުން އެކަމާއި ދެކޮޅަށް އުޅުއްވަނީ ހަމަ ކަރަޕްޝަނާއި ދެކޮޅު ވާތީތޯ؟ ބްރޯ އެއް އުފަން ނުކުރެވިގެން އުޅެނީ 18 ވަނަ މަޖިލުގައި ތިއްބެވި މެމްބަރުން، އެބޭފުޅުންނަށް ބްރޯއެއް މުހިއްމުވީމާ. އަމަލުން ތިޔަ ކަމެއް ދައްކަވާ.
ތޯތޯ ވާހަކަ
19 August 2020
ހަަހަހހަހަހަ. ހީހީ ހަލާކު ވާހަކަހަލަ ވާހަކަ. ބަލަ މިގައުމުގައި އެންމެ ގިނައިން ފަސާދައާއި ވައްކަމުގެ ރިކޯޑު ހަދާފައި ތިބި ބަޔަކު ބަލާނެ ވައްކަމެއް ނޯންނާނެ އެހެން ކަމަކާ އުޅޭ.
ހަސަނު1
19 August 2020
ޖޯކް އޮފްދަ ޑޭ؟! ތި ހުރިހާ މެމްބަރުން ހަތް ފެނުން ދުވާލަކު އެއްފަހަރު 5 އަހަރު ދޮވުނަސް ކޮރަޕްޝަންގެ ވަސް ނުފިލާނެ. ހުރިހާ ނުބަޔެއްގެ އަސްލަކީވެސްތީ.. ތީ އެއްކަލ އިންޑީއާއިން ކޮރަޕްޝަންނައްތާލާން އެހީންވާން ޓީމެއް ފުނިވަމެ ބުނުންކަހަލަ ކަމެއް.
ލަޓޯ
19 August 2020
މޮޅު ވާހަކަ ނުދައްކާ މީ ޑިމޮކްރަސީ އަށް ހުތުރު އަރުވާ ބައެއް ކަލޭމެން ވޯޓު ގަނެގެން މަޖުލިހަށް ވަދި ކޮރަޕްޝަނޭ ތިޔަ ގޮވަނީ. ވޯޓު ގަތުމަކީ ސީދާ ކޮރަޕްޝަން ތިތާގަ އެމްޑީޕީ ޕީޕީއެމް ކިޔާނެ ކަމެއް ނެތް ތިބީ ހުސް އެކައްޗެއް. ރައްޔިތުންގެ ތެރެއިން ވޯޓު ވިއްކާ މީހުންނަށް ވޯޓު ނުލެވޭ ގޮތް ހަދާ ވޯޓު ގަންނަ މީހުންނަށް ފުރަތަމަ ޝަރީއަތް ކުރޭ އިޚުލާސް ތެރިއްޔާ
ބަންޑާރަ ނައިބު
19 August 2020
އެންމެ ގިނައިން އެކި ދިމަދިމާއިން އެކި އިރު ކޮރަޕްޝަން ހިންގި މީހުން ފުރެންދެން ތިބި ތަނެއް ތިޔައީ. ހަމަހުސް އަމިއްލަ ފައިދާއަށް މަސައްކަތް ކުރަނީ. އެއްވެސް އިތުބާރެއް އޮތް ތަނެއްނޫން ތިޔައީ.
ސުފިޔާނު
19 August 2020
މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީ އިންސާފުވެރި ނުވެ ތިކަމެއް ނުވާނެ. ކޮމިޝަންތައް ޒިންމާދާރު ކުރަން ތިބޭ މީހުންގެ ޒިންމާދާރުކަމެއް ނެތް. އެންމެ ތަޢުލީމީ އެންމެ ގާބިލު ކެންޑިޑޭޓުން ކަޓުވާލާފައި ތިމާމެންގެ ފިކުރަށް ތާޢީދުކުރާ މީހުންނަށް ޕޮއިންޓު ގިނައިން ލިބޭގޮތަށް އޮންނައޮތުން ބަދަލުވާން ޖެހޭ. ދައުލަތުން އެންމެ ބޮޑު އެއް ޚަރަދު ކުރަނީ ތަޢުލީމަށް. އެކަމަކު ގައުމު ހިންގުމުގެ އިސްސަފުން ތަޢުލީމީ ގާބިލު މީހުން ނުފެނޭ. މައްސަލައެއްދޯ.