ޚަބަރު / ކޮވިޑް-19

ވެންޓިލޭޓަރުތަކުގެ މައްސަލަ އިން ފިނޭންސް މިނިސްޓަރު އަމީރަށް ބޯދަމައެއް ނުގަނެވޭނެ: ޝިޔާމް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ނައިފަރު ދާއިރާގެ މެމްބަރު މިއަތު ތުހުމަތު ކުރެއްވީ ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަންގެ އަޑީގައި ހުންނެވީ އަމީރުކަމަށް.

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ކޮރަޕްޝަން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ރަނގަޅު ގޮތަަކީ ފިނޭންސް މިނިސްޓަރު އަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ގަވައިދާ ހިލާފަށް ކަމެއް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި އޮތަސް އެ ކޮރަޕްޝަންތަކުގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ރައްޔިތުން ގެއަށް ވައްދާފައި ރައްޔިތުންގެ މާލިއްޔާ ދޮވެލި ވާހަކަ. ރައްޔިތުން ކައިރީ އަތް ދޮންނާށޭ ކިޔާފައި ރައްޔިތުންގެ މާލިއްޔާ މި ސަރުކާރުން ދޮވެލި ވާހަކަ ފިނޭންސް މިނިސްޓަރު މީގެ އެންމެ އަޑީގައި ހުރެގެން. މި އޮޑިޓް ރިޕޯޓްތަކުގައި އެހެން ހުއްޓަކަސް ފިނޭންސް މިނިސްޓަރަކަށް މިއިން ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި. އޭނާ ތުހުމަތުކުރެއްވީ ކޮރަޕްޝަންގެ އެންމެ އަޑީގައި ހުންނެވީ ފިނޭންސް މިނިސްޓަރު އަމީރުކަމަށް.

އޭނާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމުން އެއީ ވަރަށް ބޮޑު ވާހަކައެއް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކަށެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ހަސަން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ކޮރަޕްޝަން މައްސަލައިގައި ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް ފައިސާ ދޫކުރުމުގެ އިންތިޒާމު މިހާރު އޮތް ގޮތް ރަނގަޅު ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީގައި ހުންނަ ފައިނޭންޝަލް އެގްޒެކެޓިވްއެއް އެޕްރޫވްކޮށްްލައިގެން ފައިސާ ދޫކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ފިނޭންސް މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަކަށް ގާނޫނާ ގަވައިދުގެ ތެރެއިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ފިނޭންސް މިނިސްޓްރީން ވެސް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް،" ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ހަސަން ވިދާޅުވި އެވެ.

މުޅި އެމްޑީޕީ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި ޝިޔާމްގެ ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ހަސަން ވިދާޅުވީ، ޝިޔާމް ހައްދަވަނީ ކަނޑައެޅިގެންް ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ވެސް އިއްޔެ ނެރެފައިވާކަމަށާއި އޮޑިޓާ ޖެނެރަލް ޑިފެންސް މިނިސްޓަރަށް ދެއްވާފައި ވަނީ "އޭ ޕްލަަަސް" ކަމަށެވެ.

"އެއްވެސް ކޮރަޕްޝަނެއް ނެތްކަން އެ އޮތީ ސާފުކޮށް ބަޔާންކޮށްގައި ޑިފެންސް މިނިސްޓްރީގެ އެ އޮޑިޓް ރިޕޯޓްގައި. އެ މިނިސްޓްރީ ހިންގަަވަން ވަޑައިގެން އެ ހުންނެވީ އެމްޑީޕީގެ ފަޚުރުވެރި މެމްބަރެއް،" ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވި އެވެ.

އޭނާ ނެންގެވީ ރަނގަޅު ނުކުތާއެއް ކަމަށް ރިޔާސަތުން ހަސަން އަފީފު ވިދާޅުވިި އެވެ.

ޝިޔާމް ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މަތިން ހަނދާން ނެތުނީ އެއީ އެންމެ ދެ ސަފްހާގެ ކުރު ރިޕޯޓަކަށް ވާތީ ކަމަށެވެ. ކޮވިޑާ ގުޅޭ ކަންކަމަށް ބިލިޔަަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އިރު ރައްޔިތުންނަށް އޭގެ ފައިދާ އެއްގޮތަކަަށް ވެސް ނުކުރާ ކަަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

އިއްޔެ އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށެވެ. ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު މި ކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ، މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި އޮތީ ސިޓީގައި ވެސް ފެންނަ ގޮތުގައި އެދިވަޑައިގަތީ މާލިއްޔަތު ގަވާއިދުގެ ތެރެއިން [ހެލްތު މިނިސްޓްރީގެ] ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރަން. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. ފިނޭންސް މިނިސްޓަރު މީގައި ގޯހެއް ހަދަފައިވާ ކަމަކަށް މި އޮޑިޓުގެ ތެރެއިން ފާހަގައެއް ނުކުރެވޭ،" އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން އެނގުނީ ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށާއި ވެންޓިލޭޓަރު ގަންނަން ރާއްޖޭގެ އެހެން ދެ ކުންފުންޏަކާ ހަވާލުކުރުމުގައި ވެސް ގޯސްތައް ހަދާފައި ހުރި ކަމެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ނުގަވައިދުން ފައިސާ ހަރަދުކޮށްފައިވާކަން އޮޑިޓުން ވަނީ އެނގިފަ އެވެ.

50 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 2%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުރާހިމު

21 August 2020

މިނިސްޓަރު އަމީރުއެވެ. އިސްތިއުފާދީފަ ގެޔަށް ވަޑައިގަންނަވާށެވެ. ނޫނީ 5 އަހަރު ވަންދެއް މަޑުކޮށްލާށެވެ ގޮޅިއަށް ވަޑައިގަންނަވަނ މުޅި ކެބިނެޓްގެ އެންމެ ނާގާބިލް މިނިސްޓަރަކީ އަމީރު!

The name is already taken The name is available. Register?

ކޮބާ..ކޮބާ

21 August 2020

ސަރުކާރަށް ވަދެ ތިޔަ ތިބީ ވައްކަން ކުރަން.....ބާރާއި ނުފޫޒުގެ ބޭނުން ކުރަން..ހަނދާން ނުވަނީ އެންމެ ކަމެއް..ﷲ ގަންދީ ހުވައެއް ކޮށްގެން ތިބިކަން..ދުނިޔެއާއި އާޚިރަތުގައި ކަލޭ މެންގެ ތިޔަ ނުބައި އަމަލު ތަކުގެ ވޭންދެނިވި ޢަޒާބާއި ކުރިމަތި ލާން ޖެހޭނެ ކަން.. ﷲ ގެ ކަލާމް ފުޅު ގައި އެކަން ވަރަށް ސާފު ކޮށް އަންގަވާފަ އެބަ އޮތް ކަން...

The name is already taken The name is available. Register?

ބްލަޑް

21 August 2020

މިޒަމާނުގެ ކުޑަކުއްޖަކުވެސް ތިކަހަލަ ކަމެއް ނުކުރާނެ. ގުޅިގެން ހިންގި ބޮޑު ޖަރީމާއެއް. ތިއައިން އެކަކަށްވެސް އެއްކަމެއްވެސް ނުވާނެ. މުއްސަދިން ވީ މުއްސަނދި ފަޤީރުންގެ ހާލަތު ގޯސްވީ. ހިނގާ އެންމެން ކީރިތި ކޮށްލާފަ ނިންމާލަން.

The name is already taken The name is available. Register?

ކާނިވާ ސަރަހައްދުން

20 August 2020

އަދި ނޭނގެ. މާގިނައިން ވެންޓިލޭތަރު ހޯދަން އުޅުން. ލިބިފައިވާނަމަ، ހޮސްޕިޓަލްތަކާ ސެންޓަރުތަކަށް ބަހާލެވިދާނެ. ބިޑްކޮމިޓީއޮތީ "ނިދާފަ". ގައުމީ ވަޠަނީ ރޫހް ނެތީ. އިންޑިޔާ ސިފައިން ގައުމުން ބާލުމާއި، އެއަރޕޯޓް އަނބުރާ ހޯދައިދިނުމަކީ ގައުމީ ވަޠަނީ ރޫހު ހުރެގެން ވާނެކަންކަން.

The name is already taken The name is available. Register?

މައިނާ

20 August 2020

ޑިފެންސްމިނިސްޓުރީގެ އޮޑިޓުރިޕޯޓަކީމިޒަމާނައްބަލާފަަ އަންތަރީހުގެމީޓަރުންސައްތަޔައް އަރާވަރުގެ ހައިރާންކުރުވާރިޕޯޓެކެވެ ސަރުކާރުގެމިނިސްޓުރީއަކައްވެސް ކުންފުންޏަކައްވެސް އޮޑިޓެއްކޮއްގެން ވޭތުވެދިޔަ 60 އަހަރުތެރޭގަވެސް "އޭޕުލަސް"ރިޕޯޓެއްލިބުނުއަޑެއްނާހަންޢުމުރުމިހުސްވީސަރުކާރުގެ ތަފާތުދާއިރާތަކުގައުޅެއެވެ.!!!!

The name is already taken The name is available. Register?

ގައްދާރު

20 August 2020

ބޯހަމަޖެހޭ ވާހަކަ އެއް ދެއްކޭވަރުގެ އެންމެ މިނިސްޓަރެއް ތިތާކުނެތް.

The name is already taken The name is available. Register?

ސަލާމީ

20 August 2020

އެމްޑީޕީ ތެރެއިން ޓެލެންޓް ހުސއވެއްޖެ ކަމުގެ އަލިގަދަ ހެއްކެއް ތާކުންތާކުޖެހޭ މީހަކު ކެބިނެޓްގައި ނެތުމީ. ނާގާބިލް ކަރަޕްޓް މީހުންގެ ޕާޓީއަކަށް އެމްޑީޕީ ވެ ނިމިއްޖެ. ލަސްކުރުމެއް ނެތި އެމްޑީޕީ ރިފޯމްކުރަން ޖެހޭ. އާބަޔަކަށް އެމްޑީޕީ އަކުން ފުރުސަތެއްނުދޭ. އެމްޑީޕީ މުސްކުޅިވެ އަނަރޫފަ ވެއްޖެ.

The name is already taken The name is available. Register?

ސައްތާރު މެން

21 August 2020

ކޮން އިރަކު ޓެލެންޓު އޮތީ އަނގައިން ގިނަކަންކަން ކުރެވޭނެ. އިދިކޮޅުގައި ތިބޭއިރު ތަޅާނީ އަނގަދޯ. ބަލާބަލަ މިނިސްޓަރަކަށް އަތުން ފައިން އަމިއްލަައަށް ތިއިން އެއްވެސް މަސައްކތެއް ކުރި މީހަކު. މުޅީންއަނގަ ތަޅާ މީހުން އަދި ކިޔެވިޔަސް މަސައްކަތެއް ނުކުރާ ބަޔަކަަށް ކަމެއް ނުވާނެ. ތީން މީހަކަަށް ކިޔައިދީ އަނގަވާޅުވާ ފަހުން ޑިސިޝަން ނަގާނީ ދިމާއިދިކޮޅަށް ކިޔައިދިންމީހާގެ ވަގުތު ބޭކާރުވާނީ

The name is already taken The name is available. Register?

އވވވވ

20 August 2020

އޢެސް ޖޭޭ ޢަށް 130 މިލިއަން ބަދަލު ދިނީ. ދެން ބަލަ މިނިސްޓަރަށް ވުމުގެ ކުރިން އެސް.ޖޭ ގަ އެއއޢްވެސް ވަޒީފާ ޢއެޢް އަދާ ކުރިތޯ. ލަ އިކް އެކަ އުންޓް.......

The name is already taken The name is available. Register?

ޭމުޖީބު

20 August 2020

އޮޑިޓްގެ އިސްދައުރެއް އަދާކުރި ފަޒީލް އަކީ ފިނޭންސް މިނިސްޓްރީގެ އިންޓަރނަލް އޮޑިޓް ކޮމިޓީ މެމްބަރެއް، އެހެންކަމުން ފިނޭންސް މިނިސްޓަރ އޮޑިޓުން މިއޮތީ ސާފު ކޮށްފައި.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

20 August 2020

އަލެފަހެ އިޙުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދެވޭނެ މީހަކު މި ޤައުމުގައި ހަމަ ނެތީތޯ! އެހެން ކަމަށް ވާނަމަ އެމެރިކާގައި ވެރިކަން ކޮއް ރިޓަޔަރ ކޮއްފައިވާ ވެރިއަކު މި ޤައުމުގެ ވަރިކަމާއި ހަވާލު ކުރުމަށް ރައްޔިތުން އދ ގައި އެދެން މިހާރު ފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454