ޚަބަރު / މެމްބަރު މުހައްމަދު ނާޝިޒް (ކިނބިދޫ)

ބިޑް ކޮމިޓީގެ ޗެއާ އާއި ފައިނޭންޝަލް އެގްޒެކެޓިވް މަޖިލީހަށް ހާޒިރުކުރަން އަމުރެއް ނެރެނީ

ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ: އޭނާ މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަތް

ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފައިވާ މައްސަލަތައް ބަލަން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ކޮމިޓީ އަށް ހާޒިރުކުރަން އަމުރެއް ނެރެން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިިފި އެވެ.

ދުބާއީގެ އެގްޒެކެޓިވް ޖެނެރަލް ޓްރޭޑިން އާއި ރާއްޖޭގެ މެޑްޓެކް އަދި ނާޑްއާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ އެކު ބިޑް ކޮމިޓީގެ އިތުރުން ފައިނޭންޝަލް އެގްޒެކެޓިވް މިއަދު 11:00 އަށް މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވާނެ ކަމަށް ހެލްތު މިނިސްޓްރީން މަޖިލީހަށް އަންގައިފައި އޮތަސް އެ މީހުންނަށް ވަކި އެންގުމެއް އަންގައިފައެއް ނުވެ އެވެ. މިނިސްޓަރު އަމީންއާ އެކު ނުވަ ބޭފުޅަކު ކޮމިޓީ އަށް ޖަވާބުދާރިވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިގަތެވެ.

ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒް ވެސް ވިދާޅުވީ އޮޑިޓާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ކޮމިޓީން ނިންމުމުން، މިނިސްޓަރު އަަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ބޭފުޅަކު މިއަދު ކޮމިޓީ އަށް ވަޑައިގަންނަވާނެ ކަން ހެލްތު މިނިސްޓްރީން އެންގި ކަމަށެވެ. ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ވަޑައިނުގަތީ ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ އާއި އަސްލަމެވެ.

ދެ ބޭފުޅުން ހާޒިރުވާން އުޒުރުވެރިވެވަޑައިގަތީ، ނާޝިޒް ވިދާޅުވި ގޮތުގައި، ހެލްތުގެ އޮޑިޓުގައިވާ މައްސަލަތަކަކީ ފުލުހުންނާއި އޭސީސީން ތަހުގީގުކުރާ މައްސަލަތަކަކަށް ވުމާއެކު ކޮމިޓީގައި މައުލޫމާތު ހިއްސާ ނުކުރަން އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ލަފާ ދެއްވާފައިވާތީ އެވެ.

ނިޝާމާ އާއި އަސްލަމަކީ އޮޑިޓު ރިޕޯޓުން އެންމެ ބޮޑު ތުހުމަތުކުރެވޭ ދެ ބޭފުޅުންނަށްވާ އިރު، ކޮމިޓީ އަށް ވަޑައިނުގަތުމުން މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މުހިއްމު ދެ ބޭފުޅަކާ ނުލައި ކޮމިޓީ ކުރިއަށް ގެންދަން ބައެއް މެމްބަރުން ދެކޮޅު ހެއްދެވުމުން، ކަމާގުޅޭ 11 ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރުމުގެ އަމުރެއް ނެރެން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

އޭނާ ހުށަހެޅުއްވީ ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް އަންގާފައިވާ 11 މެމްބަރުން މާދަމާ މެންދުރުފަހު 2:00 އަށް ހާޒިރުކުރުމަށެވެ. ހެލްތު މިނިސްޓަރު އަމީން މަޖިލީހުގައި ވަޑައިގެން އިންނެވުމާ އެކު، ބައްދަލުވުން ކުރިއަށް ގެންދަން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނެވެ.

ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ހެލްތުގެ ޚިޔާނާތާ ގުޅޭ ގޮތުން މިނިސްޓަރާއި ބިޑް ކޮމިޓީގެ އިތުރުން ފައިނޭންޝަލް އެގްޒެކެޓިވްއާ ސުވާލުކުރަން ޖެހޭއިރު، އެކަމާ ގުޅޭ މުހިއްމު ލިޔެކިޔުންތަކެއް ކޮމިޓީގެ މެމްބަރުންނަށް މިހާތަނަށް ނުލިބޭ ކަމަށެވެ. އޭނާ ހުށަހެޅުއްވީ އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާއި އެ ކުންފުނި މެދުވެރިކޮށް ވެންޓިލޭޓަރު ހޯދަން ލަފާދީފައި ނުވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނާ ލިއުން ހޯދައިދިނުމަށެވެ. މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ތާއީދު ކުރެއްވި އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ނާޝިޒް ވިދާޅުވީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ ހުރިހާ ލިއުންތަކެއް ހޯދަން އެދިފައިވާ ކަމަށެވެ.

އެ މައުލޫމާތުތައް ކޮމިޓީގެ މެމްބަރުންނާ މާދަމާ ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މާލެތެރޭގައި ކޮވިޑް ފެތުރި އާއްމުންގެ ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް މެދުވެރިވުމުގެ ކުރިން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރި ކަމެކެވެ. ހެލްތު މިނިސްޓްރީގެ ބަޖެޓުން ވެންޓިލޭޓަރުތައް ގެންނަން ނިންމައި ބީލަމަށް ނުލައި ކުންފުނިތަކެއް ހޮވީ އަވަހަށް ގެނައުމުގެ ބޭނުމުގައި ކަމަށް ހެލްތު މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކުރިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދުބާއީގެ އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައި ދިން މައްސަލަ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި ވަރަށް ބޮޑުު މަކަރެއް ކަން އޮޑިޓުގައިވެ އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލައަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއިކުރުމުގެ މާ ކުރިން ކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ. ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ އެޕްރީލް ދެ ވަނަ ދުވަހު ދޫކުރިއިރު އެއްބަސްވުމުގައި ކުންފުނިން ސޮއިކުރީ، އެނގިފައިވާ ގޮތުގައި އެޕްރީލް 15ގަ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

22 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 12%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލޯހާ

24 August 2020

މާލެ ނޫން މީހަކު ވަޒީރުކަމުގައި ހުރިއްޔާ ވޯޓުނަގައި ބޭރުކުރާތި!

The name is already taken The name is available. Register?

ނި ޝް

24 August 2020

ޤާބިލްކަން ނެތް ކަމަކު މިތިބެނީ ބޮޑެތި މަޤާމް ތައްދީފައި. ދެންވާނީ މިކަހަލަ ގޮތްތަކެއްނުން.

The name is already taken The name is available. Register?

ސިކުނޑި

24 August 2020

އަމުރު ނެރެގެން ގޮސް ތަހުގީގު ކޮށްފަ ހުކުމްވެސް ކޮއްލާ ޖަލަށް! އުސޫލީ މައްސަލައެއްގައި ސިޔާސީ މަގާމެއްގައި ހުރި މީހެއްވިއްޔާ ހާޒިރުކޮށް ތަހުގީގުކޮށް އޭގެ ރިޕޯޓް ސަރުކާރަށް ފޮނުވަންވީ! އެހެނަސް ޖިނާއީ މައްސަލައެއްގައި މީހުން ހާޒިރުކޮށް ތަހުގީގު ކުރުމުގެ ހައިސިއްޔަތެއް މަޖިލީހަކަށް ނޯންނާނެ! އަދި ސިވިލް ސާރވިސް މީހުން އެއްގޮތަކަށްވެސް ތިހެން މަޖިލީހަށް ގެންދެވިގެން ނުވާނެ!

The name is already taken The name is available. Register?

ގައުމުގެ ދޫ

24 August 2020

ހަލާލެއް ޙަރާމެއް ބަލަނީ ވަރަށްވެސް މަދު މީހަކު. ނަމަވެސް ގިނަ ދިވެހިންނަކީ އިސްލާމު ދީނަށް ލޯބިކުރާ ދީނުގައި އޮންނަގޮތަށް އުޅެން ލޯބިނުކުރާ މީހުން. ދެެންކޮން އިސްލާހެއް ގެނެވޭނީ މި ގައުމަށް. އަމާންކަމާ ސުލްހަ ލިބެން އޮތީ ދީނުގައި އޮތްގޮތަށް އުޅުމާއިގުޅުން ބައްޓަންކޮށްގެން. އެނޫން ހައްލެއް އިންސާނާއަކަށް ނުހޯދޭނެ، ހޯދިފައެއްނެތް. ގަބޫލުކުރުމާ ނުކުރުން އޮތީ ކޮމެންޓު ކިޔާބޭފުޅުންގެ އަތްމަތީގާ. ވަރަށް ވެދުން!

The name is already taken The name is available. Register?

ހަސާންބެ

24 August 2020

ކޮބާ އަމިއްލައަށް އެކަހެރިވެގެން އެހެނަސް އިސްތިއުފާ ނުދީހުރި ވަޒީރު

The name is already taken The name is available. Register?

ގައުމީ ލޯބީގާ

24 August 2020

ހަމަ ގައުމު ހިންގުމުގައި

The name is already taken The name is available. Register?

ާއުނިމާާ

24 August 2020

ބައްލަވާ، އޭނާ ކޮމިޓީއަށް ދިޔައޭ، ޚަބަރު ކިޔާބަލަ

The name is already taken The name is available. Register?

އަބް

24 August 2020

ސަރުކާރު އިދާރާ ގެ ތެރެއިން ސިވިލް ސާރވިސް މުއްވައްޒަފުނަންނަށް ޝަކުވާ ހުށަޢެޅޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ އަދި ޝަކުވާ ހުށައަޅާ މުވައްޒަފުއަށް ރައްކާތެރި ކަން ލިބޭނެ ގޮތަށް ޝަކުވާ ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭ. މިހާރު މި ވާގޮތަކީ ވެރިމީހާ ބުނީމަ ކުރަންޖެހެނީ، ނުކުރިޔަސް އެކަން ކަން އޮނަގޮތް ނޭގޭ އެހެން މުވައްޒަފަކު ލައްވައި ކުރުވަނީ... މިކަންކަމުގެ ޝަކުވާ އަރުވާނެ އިތުރު ފަރާތެއް ނެތް. މިއީ މި ފަދަ މައްސަލަތަށް މަދުކުރުމަށް އެޅި

The name is already taken The name is available. Register?

ގޯސް

24 August 2020

މިކަންވެސް ދާނީ ހަމަ ޖަމަލު ފޮޑިއަށް ބަލަ މިކަމުގެ ފުރިހަމަ ޒިންމާ މިނިސްޓަރ ނަގަންޖެހޭނެ. ހާއްސަ ހާލަތުގައި ވެސް ކަންކުރަންޖެހޭނީ ދައުލަތަށް ގެއްލުންނުވާނެގޮތަށް އަދި މިހާ ބޮޑެތި އަދަދުތަކުން ފައުސާދޭއިރު މިނިސްޓަރ ވެސް ގާތުން ބަލަންޖެހޭނެ. ޢެހެންނޫނީ ކީއްކުރާ މިނިސްޓަރެއް. ގައިމު އަމިއްލަ ފައިސާނަމަ ގެރެންޓީއެއްނެތި އަދި އެކުންފުނި ކަށަވަރު ނުކޮށް ނުދޭނެ.

The name is already taken The name is available. Register?

ބޯގޯސްް

24 August 2020

ކޮސްގޮވާބަލަ. ތިހެން ތިކަން އޮތް ނަމަ ސަރުކާރުން އޭނާ ހަމަޖައްސާފައި ހުންނާނީ ބިޑު ކޮމިޓީގެ ޗެއާއަަކަށްނު، މިނިސްޓަރަކަށް ނޫނެއްނު. ހަމަ ދެ ނޭވާ ދޭތެރެއަށްވެސް އޭނާ ފައްތައިގެން ފަޟީހަތް ކުރެވޭނެ ޖާގައެއް މި ހޯދަނީ.

The name is already taken The name is available. Register?

Yellow Canaries

24 August 2020

މި ޙަމަ ޖަމަލު ފޮޑިއެއް ފަދަ ކަމެއް ނަޝީދުއާއި އަދުރޭ ގ ުޅުިގެން ބޮޑުކޮށްލިއަސް!!!

The name is already taken The name is available. Register?

ޓަކަފިރޯށި

24 August 2020

ޔައުގޫބު ކޮމެޓީން ބޭރުކޮށްފަ ރަގަޅައް ތަހުގީގުކުރާތި! ނިޝާމާ ތަހުގީގަށް ފިލައިގެން އުޅުނަދީގެންނުވާނެ ! ރ.ނަޝީދު އަރިހުން މިއެދެނީ މިކަން ކޮޅެޢްގައިޖެއްސުމަށް! އަވަސް ކޮށްދެއްވާ!

The name is already taken The name is available. Register?

Yellow Canaries

24 August 2020

ކޮން ނަޝީދެއްތަ؟؟!!! ެެއެ ހުރިހާ ނުބައި ހަދާ މީހާ

The name is already taken The name is available. Register?

ސާބަސްހޭ

24 August 2020

ޤާނޫނުތަކުން މިކަހަލަ ތަހުޤީޤުކުރަން މުއައްސަސާތައް އުފައްދާފަ އެތަންތަނުން އެކަން ނިމިނީމަ ދޯ މަޖިލީހަށް ހާޒިރުކުރަންވާނީ! ހަމަ އަނގަތަޅާލަން ކީއްކުރަން؟

The name is already taken The name is available. Register?

މޫސާ ފުޅު

24 August 2020

ތިޔަބުނާ ތަންތަނުންވެސް ކޮޅެއްގައި ނުޖެހޭތީ މަޖްލިހުންވެސް ކުރެވޭކަމެއް ކުރެވޭތޯ ބަލަންޖެހޭނެތާ!

The name is already taken The name is available. Register?

ސޮބުރީ

24 August 2020

ތިޔަ ތަނަށް އަމުރެއް ނުނެރެވޭނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454