މިރޭގެ ބްރީފިންގައި ޓެގްގެ މެމްބަރު ޑރ. ޝަހީދު ވާހަކަ ދައްކަވަނީ: ލެވަލް 10 އަށް އެރުމުން ލޮކްޑައުންއަކަށް ދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/އެޗްއީއޯސީ
25 އޯގަސްޓް 2020 - 23:46
ކޮވިޑް-19 ގެ ރާއްޖޭގެ ލެވެލް މިދިޔަ ހަފުތާގައި އޮތީ ނުވަ ވަނައިގައި ކަމަށާއި 10 އަށް އަރައިފި ނަމަ، މާލެ ސަރަަހއްދު ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން ބޭއްވި މީޑިއާ ބްރީފިންގައި، ކޮވިޑާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެގްގެ އިސް މެމްބަރު އަދި އައިޖީއެމްއެޗުގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ވަކި ކަންތައްތަކަކަށް ބަލައިގެން ކޮންމެ ހަފުތާއަކު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ބެލުމަށް ސްކޯ ލެވެލްތަކެއް ދެމުންދާ ކަމަށެެވެ. އެ ބަލި ޖެހޭ މީހުންނާއި މަރުވި މީހުން މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް އިތުރުވި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ ހަފުތާގައި އޮތީ ލެވެލް ނުވައެއްގައި ކަމަށާއި ލެވެލް 10 އަށް އެރުމުން ލޮކްޑައުންއަކާ ހަމައަށް އަނެއްކާވެސް ދާން ޖެހޭ ކަމަށެވެ. އެހެންވެ، ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ 10 އަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޯ ލެވެލް ކަނޑައެޅުމުގައި ބަލާނީ ފްލޫ ކްލިނިކްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތާއި ހޮސްޕިޓަލްތަކުގައި އެޑްމިިޓް ކޮށްގެން ފަރުވާ ދޭން އެނދުތައް ބޭނުން ކުރެވޭ އަދަދާއި ޕޮޒިޓިވްވާ ޖުމްލަ އަދަދު ދެ ގުނައަށް އިތުރުވާން ނަގާ މުއްދަތުގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކޭސްތަކާއި މަރުވާ މީހުންގެ އަދަދަށެވެ. އެކަމަކު ބަލި ޖެހޭ މީިހުން އެޑްމިޓް ކުރާނެ ތަނެއް ނެތުން ފަދަ ހާލަތެއް ކުރިމަތިވިޔަސް، އޮފީސްތައް ބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިން ސިސްޓަމުން ވެއްޖިއްޔާ 10 އަށް އަރައިފިއްޔާ އޭގެ މާނައަކީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހާލަތު ވަރަށް ގޯހޭ. މިދިޔަ ހަފުތާގެ ސްކޯ މި އޮތީ ނުވައެއްގައި،" ---ޑރ. ޝަހީދު
"ލޮކްޑައުންއަކީ ލާސްޓް މެޝާއެއް ގޮތަށް ކޮންސިޑާ ކުރާނެ އެއްޗެއް. ވީހާ ވެސް ބޮޑަށް މި ބަލަނީ ލޮކްޑައުންއަކަށް ނުގޮސް ވޭތޯ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ފަރުވާ ދޭން އިތުރު ތަންތަނާއި މީހުން ބޭނުންވާތީ އަތޮޅު ތެރެއިން ނަރުހުންނާއި ޑޮކްޓަރުން މާލެ އަށް ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން، ހުޅުލޭ އައިލެންޑް ހޮޓެލް ކަރަންޓީން ފެސިލިޓީއަކަށް ހަމަޖެއްސުމާއި މާލެ ސަރަހައްދުން އިތުރު ހޮޓާތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ފިޔަވަޅުތަކާ އެއްގޮތަށް އާންމުން އަމަލުކޮށް، ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަންޖެހޭ ކަމަށެވެ. މާސްކު އެޅުމާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، 7،000 އިން މައްޗަށް ގޮސްފައިވާއިރު، އެ ބަލީގައި މަރުވި މީިހުންގެ އަދަދު ވެސް 28 އަށް ވަނީ އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެވެނީ
27 August 2020
ކޮބާތަ، މަގުތައް ސެނިޓައިޒް ކުރި ސިޓީކައުންސިލް. ދެތިންދުވަހު މަގުތަކަށް ކުލޮރިން ފެން ޖަހާފަ. މިހާރު ކޮބާ؟!...
އެމްސް
27 August 2020
އެންމެ މީހަކު ޕޮސިޓިވްވެގެން ލޮކްޑައުން އަކަށް ދިޔައީ މައިނަސް 10 އަކަށް . . . . !
ގެދޮރު ނެތް މާލޭމީހާ
26 August 2020
އަޅުގަނޑު ހިތަށް އަރަނީ ހަމަ މިހެން މާލޭ މީހާ ވެފަ މިތާގަ ހުންނަން ވީބާއޭ. ލިބޭ ހުރިހާލާރިއެއް ދިރިއުޅޭ ތަނުގެ ކުއްޔަށް ދީފަ. ނުވިތާކަށް އިރުކޮޅަކުން ތަން ހުސްކުރަން އަންގާނެ. މިނޫން ގޮތެއް ފެނޭތޯ ބެލުން ވަރަށް މުހިއްމު ވެއްޖެ. ލޮކްޑައުން އަަކަށް ގޮސްފީޔާ އެތައް ބަޔަކު ހާލުގައި ޖެހޭނެ. އެކަމަކު ލޮކްޑައުން ނުކޮށް މިކަން ޙައްލު ވެދާނެބާއޭ ވެސް ހިތަށް އަރާ. ކޮންމެ ގޮތެއް ވިޔަސް މިކަމުގަ ގޮތް ނިންމާނީ ކަމުގެ މާހިރުން. އެނގޭ މީހުން.
ފަހުދު
26 August 2020
ދެތިން ދުވަސް ދެއްވާ. އިސާހިތަކުން ގޮސް ލެވަލް 10ގަ ޖައްސާނެ. ދެން ޖޫގޯ ބޯންތިބެގެން ކިޔާނެ އަނގަޔާ އަތާ ދިމާނުވެޔޭ.
ސުންބުލި
26 August 2020
ސަރުކާރެއް ނުފެނި ވަކި ވަކި ޑޮކްޓަރުން މިފެންނަނީ. ކިހާ ދެރަކަމެއް.
ކ.ގިރާވަރު ކައުންސިލް އިދާރާ
26 August 2020
ރައީސުލްޖުމްހޫރިއްޔާ އެބައުޅުއްވާތޯ؟ ވަޒީރު ކޮބާތޯ ؟ ރައްޔިތުންނާއި ގުޅޭ ، މި ކަހަލަ ކަންކަން އެނައުންސް ކުރަން މިއިން ބޭފުޅަކު ނުކުތުން ރަގަޅު. އަހަރުމެން ވޯޓު ލައިގެން ހޮވާފައި ތި ހުރީ ރަޖާ އަޅައިގެން ގަނޑުވަރު ގައި އޮންނަވާކަށް ނޫން . އެހެން ގައުމުތަކުގެ ލީޑަރުން އުޅޭހެން އިސްވެ އުޅޭތަން ނުފެނޭ . ފުލުހުންނާއި ސިފައިން އެއްކޮން ނުކުމެ ، މިހާރުގެ އެންގުންތައް ތަންފީޒު ކުރަން ނުކުތުން ރަގަޅު . ފެންނަ މަންޒަރުތަކުން ޒުވާން ޖީލަށް ވ. އަޑުނީވޭ
ާައަމާތޫރު އަރުވިންދު
26 August 2020
ލެވެލް ދިހައަކަށް ދަނީ ނަރުހުންގެ ބަރުދަނު ކިތަކެއް ކިލޯ ލުއިވީމަތަ؟
އަމާތޫރުގެ އަމާ
27 August 2020
ކަލޯ، 9 އަށް 1 އެއްކުރީމައިވަނީ ކިހާވަރެއް؟... ހޫން، ބަރުވާއެއްޗެއް ބަރުވިޔަސް ނުވިޔަސް، އެހެން އެބުނީ އަދަދު ބޮޑުވާތީތާދޯ/..
ކަނޑޫފާ
26 August 2020
މިހާރު އެޅެމުން ދާ ފިޔަވަޅުތައްހަރުދަނާ ކުރުމާއި އެކު ދައުލަތުގެ މުގުލުގައި ކަންކަން ނިންމަންތިބި ބޭފުޅުން އުފައްދަންވީ ސުވާލަކީ: ބޭނުްވަނީ މިޖީލު އެއްކޮށް އިގުތިޞާދީ ހީނަރުކަމުގެ ތެރެއަށް ދޫކޮައްލާ އެއާއިއެކު މުޅި ޤައުމަށް ދިމާވާނެ ކަންކަމުން ސަލާމަތް ނުވުންތޯ ނުވަތަ މަދު، އަދި ގިނަ ނަމަވެސް، ބަޔަކަށް މިބަލި ޖެހި، އަދި ހުރި މިންވަރަކާއިގެން ކުރިޔަށް ދާންތޯ؟ މީގެ 100 އަހަރު ފަހުން މިކަންދެކެނީ އިންސާނުނަށް އެޅުނު އެންމެ ބޮޑު ގަޅިޔަށް ތޯއްޗެ!
އަލީ ސަލީމް.
26 August 2020
ތި އޮތީ ފެެއިލް ވެފަ. އިސްތިއުފާ ދީފަ ދޭ
މީލާން
26 August 2020
ރައްޔިތުން ހަނާވެ މަރުވަމުން ދާއިރު. ޒީރޯ ޓޮލަރެންޓޭ އިބޫ ސަރުކާރުން އުޅެނީ ރައްޔިތުން ގޭގައި ބަހައްޓާ މެދުމަށްފަހު ވައްކަންކުރަން! ދެން ކީރިތި ކުރައްވާ! ބޮޑު ނހރޕނެއް